ބަލިމީހަކަށް ދިން އެހީގެ މައުލޫމާތު އާންމުކުރެވުމުން ނެޝަނަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)އިން މައާފަށްއެދިއްޖެއެވެ.

އެ އެޖެންސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، އެ އެޖެންސީން ބަލިމީހަކަށް އެހީނުދިންކަމަށްބުނެ، މީސްމީޑިއާގައި ދޮގު މައުލޫމާތު ފަތުރައި، އެ އެޖެންސީ ބަދުނާމުކޮށް ފަތުރަމުންދިޔަ ވާހަކަތަކާއި ގުޅިގެން އެކަން ހިނގާފައިވާގޮތުގެ ތަފްސީލް ހާމަކުރުމުގެ ގޮތުން ބަޔާނެއް ނެރުނުކަމަށެވެ.

Ad
rt

އެ ބަޔާނުގައި ބަލިމީހާގެ އެއްވެސް އައިޑެންޓިޓީއެއް ބަޔާންކޮށްފައި ނެތްނަމަވެސް، އެބަޔާނުގައި ބަލިމީހާ އަށް އެ އެޖެންސީން ދީފައިވާ އެހީގެ މައުލޫމާތު ހިމެނިފައިވާތީ އެއީ އެންމެ ރަނގަޅުގޮތް ނޫންކަމަށް ދެކޭކަމަށް އެ ބަޔާނުގަވެއެވެ.

އެހެންވެ، ނޫސްބަޔާނުގަައި އެ މައުލޫމާތު ހިމެނިފައިވާތީ އެކަމާއި މައާފަށް އެދޭކަމަށް އެ ބަޔާނުގައި ބުނެފަވެއެވެ.