މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް (15:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
އެމްޓީސީސީން މަނަދޫގައި 4 މަޝްރޫޢުއެއްގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ

އެމްޓީސީސީން މަނަދޫގައި 4 މަޝްރޫޢުއެއްގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ

ނ. މަނަދޫގައި 4 މަޝްރޫޢުއެއްގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ޕްރޮޖެކްޓް ސައިޓްތައް މޮބިލައިޒް ކޮށްފިއެވެ. އެމްޓީސީސީން ބުނިގޮތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ރަށުގެ ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ކަންކަމާއި ގުޅުންހުރި މަޝްރޫޢުތަށް ހުއްޓިފައި ނޫނީ ފަށައިނުގަނެވި ހުރުމުގެ ސަބަބުން ރައްޔިތުންގެ ކަންބޮޑުވުންތަކަށް އިސްކަމެއްދީގެން މި މަޝްރޫޢުތަކުގެ މަސައްކަތް ނިންމުމަށް އެ ކުންފުންޏާއި ހަވާލުކުރެވުނީ ރައީސް ޑރ....

އައިޝަތު އައިނީ އާމިރު
ސަޢޫދީ ފަންޑްގެ ވެރިޔާ، ރައީސް މުޢިއްޒާ ބައްދަލުކުރައްވައިފި

ސަޢޫދީ ފަންޑްގެ ވެރިޔާ، ރައީސް މުޢިއްޒާ ބައްދަލުކުރައްވައިފި

ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓް (ސައޫދީ ފަންޑް)ގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ، ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މުރްޝިދު، ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާއި މިއަދު ބައްދަލުކުރަށްވައިފިއެވެ. ރައީސް އޮފީހުގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ރައީސް މުޢިއްޒު ވަނީ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މުރްޝިދަށް ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް ޤަބޫލުކުރެއްވި ކަމަށްޓަކައި މަރުޙަބާ ދަންނަވާފައެވެ. މި ޝަރަފު އެ މަނިކުފާނަށް އެރުވުނީ، އެ މަނިކުފާނުގެ […]

ޔުމްނާ ޢަލީ
ދިވެހި ބަހުގެ ޚިދުމަތްތެރިޔާ މަޑުލު ވަހީދު އަވަހާރަވެއްޖެ

ދިވެހި ބަހުގެ ޚިދުމަތްތެރިޔާ މަޑުލު ވަހީދު އަވަހާރަވެއްޖެ

ދިވެހި ބަހާއި އަދަބިއްޔާތާއި ނޫސްވެރިކަމަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ދިވެހި ބަހުގެ އެކެޑަމީގެ މުޝީރު، މަޑުލު މުޙައްމަދު ވަހީދު މިއަދު އަވަހާރަވެއްޖެއެވެ. މަޑުލު ވަހީދު އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ އިންޓެންސިވް ކެއަރ ޔުނިޓުގައި ފަރުވާ ދެމުންދަނިކޮށެވެ. ލިބިފައިވާ މަޢުލޫމާތުން އެނގޭ ގޮތުގައި އޭނާ އަވަހާރަވީ ގިނަ ދުވަސްތަކެއް ވަންދެން ބަލިހާލުގައި އުޅުއްވުމަށްފަހުގައެވެ. މަޑުލު ވަހީދަކީ ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާއިން ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކުރައްވ...

ޔުމްނާ ޢަލީ
އޮނާނާ ބާކީކޮށްގެން ވެސް ޔުނައިޓެޑް މޮޅެއްނުވި

އޮނާނާ ބާކީކޮށްގެން ވެސް ޔުނައިޓެޑް މޮޅެއްނުވި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑް އަތުން މެންޗެސްޓާ ޔުނައިޓެޑް ތަފާތު ބޮޑުކޮށް ބަލިވެއްޖެއެވެ. ރޭ އަމިއްލަ ދަނޑުގައި ނިއުކާސަލުން ވަނީ 4-1 ގެ ނަތީޖާއިން ޔުނައިޓެޑް ބަލިކޮށްފައެވެ. ރޭ މެޗަށް ޔުނައިޓެޑް ނެރުނު ފުރަތަމަ އެގާރާގައި އެ ޓީމްގެ އެއްވަނަ ކީޕަރު އަންދްރޭ އޮނާނާ ހިމަނާފައިނުވެއެވެ. ސަބަބަކީ މެޗުތަކުގައި ތަކުރާރުކޮށް އޭނާ ބޮޑެތި ގޯސްތައް ހަދަމުން އަންނާތީއެވެ. ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ލިޔޯންއާއި 2-2 ގެ ނަތީޖާއިން މިދިޔަ ހަފްތާގައި […]

އިބްރާހިމް ޚަލީލް
ސައޫދީ ފަންޑުން ވީއައިއޭ ތަރައްގީއަށް 287 މިލިޔަން ރުފިޔާގެ ލޯނެއް

ސައޫދީ ފަންޑުން ވީއައިއޭ ތަރައްގީއަށް 287 މިލިޔަން ރުފިޔާގެ ލޯނެއް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލް ނިންމަން ސައޫދީ ފަންޑުން ރާއްޖެ އަށް ދޭ ދެވަނަ ލޯނުގެގޮތުގައި 287 މިލިޔަން ރުފިޔާގެ ލޯނު އެހީގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މިކަމަށް ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓުން،އެކްސްޕޭންޝަން އޮފް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް މަޝްރޫޢަށް އިތުރު ފައިނޭންސިންގގެ ގޮތުގައިދިނުމަށް ހަމަޖެހިފައި ވަނީ 63،750،000.00 ސައުދީ ރިޔާލް (ގާތްގަނޑަކަށް 287 މިލިޔަން ރުފިޔާ) އ...

ޔުމްނާ ޢަލީ
ސައޫދީ ފަންޑުގެ ވެރިޔާ އަށް ދިވެހި ދައުލަތުގެ ޝަރަފުގެ އިއްޒަތް

ސައޫދީ ފަންޑުގެ ވެރިޔާ އަށް ދިވެހި ދައުލަތުގެ ޝަރަފުގެ އިއްޒަތް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް، ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓު (ސައޫދީ ފަންޑް)ގެ އެންމެ އިސްވެރިޔާ، ޗީފް އެގްޒެކެޓިވް އޮފިސަރ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މުރްޝިދަށް އަރުވައިފިއެވެ. ދިވެހި ދައުލަތުން އަރުވާ ޢިއްޒަތް، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް ނިސްބަތްވަނީ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީނަށެވެ. ސަޢޫދީ ފަންޑްގެ ވެރިޔާ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މުރްޝިދަށް، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް އެރުވުމަށް ރައީސް މުޢިއްޒު ކަނޑައެޅުއްވީ، ސަޢޫދީ ފަ...

ޔުމްނާ ޢަލީ
ސިލްސިލާ ވާހަކަ: ފުރާނައިން ލޯބިވަމޭ (4)

ސިލްސިލާ ވާހަކަ: ފުރާނައިން ލޯބިވަމޭ (4)

ކުރީގެ އަދަދާއިގުޅޭ: ” އަހަރެން ކީއްކުރީތަ؟ ” ކުޑަކޮށް ބޯ ހިއްލާލުމަށްފަހު ހަސަން ސުވާލު ކުރިއެވެ. ނަމަވެސް މަރިޔަމް އޮތީ ހަސަންގެ ސުވާލުތަކަށް ޖަވާބު ނުދޭން ނިންމައިގެންނެވެ. އެއްޗެއް ނުބުނުމުން ހަސަން މަރިޔަމްގެ ގައިގައި ކޮއްޓާލިއެވެ. ” އަހަރެން ދެކެ މަރިޔަން ރުޅި އައިސްފަ ހުރިކަން އަހަންނަށް އެނގެޔޭ. މިރޭ ކަންތައް ތި ކުރަނީ މީގެ ކުރިން ދުވަހަކު ވެސް މަރިޔަން ކަންތައް ކުރި ގޮތަކަށް ނޫން.” ހަސަން ބުންޏެވެ. ” ބައެއް ކަންތައްތަކަކީ ވަގުތާ ހާލަތު […]

ސަލާމާ ޢަބްދުލް ޢަލީމް
ގޫގުލްގެ އެކްސްޓެންޑެޑް ރިއަލިޓީ އައިނު ދައްކާލައިފި

ގޫގުލްގެ އެކްސްޓެންޑެޑް ރިއަލިޓީ އައިނު ދައްކާލައިފި

ކެނެޑާގެ ވެންކޫވަރުގައި ކުރިއަށްދާ ޓެޑް 2025 ކޮންފަރެންސްގައި ގޫގުލްއިން އެކުންފުނީގެ އެކްސްޓެންޑެޑް ރިއަލިޓީ (އެކްސްއާރު) އައިނު ދައްކާލައިފިއެވެ. މިއީ ސްމާޓްފޯނަކާ ގުޅާލެވޭ، ލައިވްކޮށް ތަރުޖަމާކުރުމާއި ކުރިން ބެލި މަންޒަރުތައް ދެނެގަތުމުގެ ޤާބިލުކަން ލިބިފައިވާ އައިނެކެވެ. ގޫގުލްގެ އެކްސްއާރު ޑިވިޜަންގެ ވައިސް ޕްރެޒިޑެންޓް އަދި ޖެނެރަލް މެނޭޖަރު ޝަހްރާމް އިޒާދީ މި އައިނާ ބެހޭ ގޮތުން މަޢުލޫމާތު ދެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މި އައިނަކީ ކެމެރާއަކާއި، މައިކްރޯފޯނަކާއި، ސްޕީކަރުތަކެއް ހަރުކުރ...

އަޙްމަދު ދާއޫދު
އެމްބާޕޭއަށް ރަތެއް، އަލަވޭސް އަތުން ރެއާލަށް މުހިންމު މޮޅެއް

އެމްބާޕޭއަށް ރަތެއް، އަލަވޭސް އަތުން ރެއާލަށް މުހިންމު މޮޅެއް

ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި ޑިޕޯޓިވޯ އަލަވޭސް ބައްދަލުކުރި މެޗު ހަނި ގޮތަކަށް ކާމިޔާބުކޮށް ރެއާލުން އުންމީދު ދަމަހައްޓައިފިއެވެ. ރޭ އަލަވޭސްގެ ދަނޑުގައި ކުޅުނު މެޗު ރެއާލުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. ޗެމްޕިއަންސް ލީގުގެ ދެވަނަ ލެގުގައި އާސެނަލްއާއި ބައްދަލުކުރާ މެޗަށް އަރާމު ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން، ރޭ މެޗުގެ ފުރަތަމަ އެގާރާގައި ރެއާލުން ޖޫޑް ބެލިންހަމްއާއި ވިނީސިއަސް ހިމަނާފައިނުވެއެވެ. ރޭ މެޗުގެ 20 ވަނަ މިނެޓުގައި ލިބުނު ކޯނަރަކުން […]

އިބްރާހިމް ޚަލީލް
ކޭއެފްސީ އާއި ޕިއްޒާ ހަޓް ބަނގުރޫޓްވެ ތުރުކީ ދޫކޮށްލައިފި

ކޭއެފްސީ އާއި ޕިއްޒާ ހަޓް ބަނގުރޫޓްވެ ތުރުކީ ދޫކޮށްލައިފި

ތުރުކީގައި ހުރި ހުރިހާ ކޭއެފްސީ އައުޓްލެޓްތަކެއް ބަންދުކޮށްފިކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. ޓާކީގައި ހުރި ހުރިހާ ކޭއެފްސީ އައުޓްލެޓްތަކެއް ބަންދުކޮށްފައިވަނީ 2025 އޭޕްރީލް 12 ވަނަ ދުވަހުއެވެ. މި ބަންދުކުރުމަކީ ކޭއެފްސީގެ ފްރެންޗައިޒް އޮޕަރޭޓަރު ކަމުގައިވާ އިޝް ގިދާ އިފްލާސްވުމާ ގުޅިގެން އައި ބަދަލެކެވެ. އިޝް ގިދާގެ ދަރަނި 214 މިލިއަން ޑޮލަރަށްވުރެ އިތުރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ކޭއެފްސީގެ މައި ކުންފުނި ކަމުގައިވާ ޔަމް! ބްރޭންޑްސްއިން އިޝް ގިދާއާއެކު އޮތް އެއްބަސްވުން ނިމުމަކަށް...

އަޙްމަދު ދާއޫދު
ވެސްޓްހޭމް ބަލިކޮށް، ލިވަޕޫލުން ލީގު ހޯދުމާއި ގާތަށް ޖެހިލައިފި

ވެސްޓްހޭމް ބަލިކޮށް، ލިވަޕޫލުން ލީގު ހޯދުމާއި ގާތަށް ޖެހިލައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލާއި ވެސްޓްހޭމް ބައްދަލުކުރި މެޗު ކާމިޔާބުކޮށް 20 ވަނަ ފަހަރަށް ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދުމާއި ވަރަށް ގާތަށް ލިވަޕޫލް ޖެހިލައިފިއެވެ. ރޭ ލިވަޕޫލްގެ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ 2-1 ގެ ނަތީޖާއިންނެވެ. ރޭ މެޗުގެ ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ލިވަޕޫލުންނެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ މުހައްމަދު ސަލާހު ދިން ބޯޅައަކުން ލުއިސް ޑިއާޒްއެވެ. ސަލާހްގެ މި މެޗުގައި ހެދި އެސިސްޓާއިއެކު […]

އިބްރާހިމް ޚަލީލް
ރަޝިޔާގެ ހަމަލާއެއްގައި ޔުކްރެއިންގެ 34 މީހުން މަރުވެއްޖެ

ރަޝިޔާގެ ހަމަލާއެއްގައި ޔުކްރެއިންގެ 34 މީހުން މަރުވެއްޖެ

ރަޝިޔާއިން ޔުކްރެއިންގެ އިރުމަތީ އުތުރުގައި އޮންނަ ސުމީ ސިޓީއަށް ދިން ބެލިސްޓިކް މިސައިލް ހަމަލާއެއްގައި މަދުވެގެން 34 މީހުން މަރުވެ، 100 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެ ކަމަށް އޮފިޝަލުން ބުނެފިއެވެ. ޔުކްރެއިންގެ އޮފިޝަލުން ބުނާ ގޮތުގައި، އާދިއްތަ ދުވަހު ހެނދުނު 10:15 ގައި ދެ މިސައިލެއް ސިޓީގެ މެދުތެރެއަށް ވަނީ އަރާފައެވެ. އެ ވަގުތަކީ ކްރިސްޓިއަން ދީނުގެ ހޯލީ ވީކްގެ ފުރަތަމަ ދުވަސް ކަމަށްވާ ޕާމް ސަންޑޭ ފާހަގަ ކުރުމަށް ގިނަ ބަޔަކު އެއްވެފައިވާ ވަގުތެކެވެ. […]

އަޙްމަދު ދާއޫދު
ރަށު ޕިކަޕާއި ސައިކަލް ދުއްވަން 60 އަހަރުން މަތީގެ މީހުންނަށް ހާއްސަ ލައިސަންސެއް

ރަށު ޕިކަޕާއި ސައިކަލް ދުއްވަން 60 އަހަރުން މަތީގެ މީހުންނަށް ހާއްސަ ލައިސަންސެއް

60 ސީސީއިން ދަށުގެ މޮޓޯސައިކަލާއި އޮޓޯ ސައިކަލާއި ރަށުޕިކަޕް ފަދަ އުޅަނދުދުއްވުމަށް  60 އަހަރުން މަތީގެ މީހުންނަށް ހާއްސަ ލައިސަންސެއް ލިބޭ ގޮތަށް  އެއްގަމުން އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމާބެެހޭ ޤަވައިދަށް މިއަދު އިސްލާހް ގެނެސްފިއެވެ. ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ފަރާތުން ގެނައި މި އައު އިސްލާހުގެ ދަށުން، 60 އަހަރުން މަތީގެ މީހުންނަށް ހަތަރު ގަޑިއިރުގެ ޕްރޮގްރާމެއް ފުރިހަމަ ކުރުމަށްފަހު ހާއްސަ ލައިސަންސެއް ނެގިދާނެ އެވެ. މި ޕްރޮގްރާމްގައި ޓްރެފިކްގެ ގަވާއިދުތައ...

ޔުމްނާ ޢަލީ
ސަރުކާރުން ދަނީ މާނިއުގެ ޙާލު ވަރަށް ކައިރިން ބަލަމުން: ޚަލީލް

ސަރުކާރުން ދަނީ މާނިއުގެ ޙާލު ވަރަށް ކައިރިން ބަލަމުން: ޚަލީލް

ޕައިލެޓްކަން ކިޔަވަން ފިލިޕީންސްގައި ހުރި ހދ. ހަނިމާދޫ/ފަހި ރޯދި، އަބުދުލް މާނިއު އަށް ތަމްރީނުގެ ތެރޭ އިއްޔެ އަނިޔާވެ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނައިރު، ސަރުކާރުން ދަނީ ވަރަށް ކައިރިން އޭނާގެ ހާލު ބަލަމުންކަމަށް ޚާރިޖީ ވަޒީރު އަބުދުﷲ ޚަލީލް މިރޭ ވިދާޅުވެއްޖެއެވެ. މާނިއުއަށް އަނިޔާވެ ޒަޚަމްވީ ޓްރެއިނިން ހެެދުމަށް މަތިންދާ ބޯޓު ދުއްވުމަށްފަހު ފޭބި ވަގުތު ބޮލަށް އެނބުރުން އަރައިގެން ބޯޓުގެ ބުރަފައްޗާ ދިމާއަށް ދެވިގެން ބުރަފަތީގައި ޖެހިގެންނެވެ. މާނިއުއަށް ލިބުނު އަނިޔާގައި ޒަޚަމްވެގެން މިހާރު...

ޔުމްނާ ޢަލީ
ޕެންޝަން އޮފީހުގެ ސީއެސްއާރު ގްރާންޓް ޕްރޮގްރާމް އިއުލާން ކޮށްފި

ޕެންޝަން އޮފީހުގެ ސީއެސްއާރު ގްރާންޓް ޕްރޮގްރާމް އިއުލާން ކޮށްފި

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން (އެމްޕީއޭއޯ) 2025 ވަނަ އަހަރަށް ސީއެސްއާރު ގްރާންޓް ޕްރޮގްރާމް އިއުލާން ކޮށްފިއެވެ. މި ޕްރޮގްރާމަކީ އެ އޮފީހުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތިން މުޖުތަމައުގެ ބޭނުންތަކަށް އަމާޒުކޮށްގެން ހިންގާ މަޝްރޫއުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ރޭވިފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ މަޤްޞަދަކީ އިޖްތިމާއީ ދުޅަހެޔޮކަމާއި، ތިމާވެށި ދެމެހެއްޓުމާއި، އިޤްތިޞާދީ ކުރިއެރުމާއި އަދި މުޖުތަމައު ބާރުވެރިކުރުވުމަ...

އަލީ އާދިލް