ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި ޕީޖީގެ ދެ ވަކީލަކު ސަސްޕެންޑުކޮށް މައްސަލަ ފުލުހަށް
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން (ޕީޖީ) ގެ ދެ ވަކީލަކު ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި ސަސްޕެންޑުކޮށް ފުލުހުންގެ ތަޙުޤީޤަށް ހުށަހަޅައިފި އެވެ. ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ އެ އޮފީހުގެ ދެ ޕްރޮސިކިއުޓަރަކު ޖިންސީ ފުރައްސާރަކުރުމާއި އަޚްލާޤީ މިންގަނޑާ ޚިލާފުވުމުގެ ތުހުމަތުގައި ސަސްޕެންޑުކޮށް، މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައިވާ ކަމަށެވެ. މި މައްސަލަ ބަލަމުން ގެންދަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންގެ ސުލޫކީ މައްސަލަތައް ބަލައި ފިޔ...