ހުޅުމާލޭގައި ދެ ބިދޭސީންގެ މެދުގައި މާރާމާރީއެއް
މިރޭ ހުޅުމާލޭގެ ފޭސް 1 ގައި ހުންނަ ކެފޭއެއްގައި ދެ ބިދޭސީންގެ މެދުގައި މާރާމާރީއެއް ހިނގައިފި އެވެ. ފުލުހުން މަޢުލޫމާތު ދެއްވިގޮތުގައި، މި މާރާމާރީ ހިނގާފައިވަނީ ނެޕާލް އަދި ބަންގްލަދޭޝްގެ ދެ ފިރިހެނެއްގެ މެދުގައެވެ. މި ހާދިސާގައި ބަންގްލަދޭޝްގެ މީހާއަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. ނަމަވެސް، އެއީ ސީރިއަސް އަނިޔާއެއް ނޫން ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. މި މައްސަލައާ ގުޅިގެން ނެޕާލްގެ މީހާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓުކުރެވިފައި...