ބްރެންޓްފޯޑުން އާސެނަލް ހުއްޓުވުމުން، ލިވަޕޫލަށް ބާކީ ނުވަޕޮއިންޓް
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބްރެންޓްފޯޑާއި އާސެނަލް ބައްދަލުކުރި މެޗު 1-1 ގެ ނަތީޖާއިން އެއްވަރުވުމުން، ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް ލިވަޕޫލަށް ފުރުސަތު ބޮޑުވެއްޖެއެވެ. މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި ލިވަޕޫލް އޮތީ 31 މެޗުން 73 ޕޮއިންޓް ހޯދައިގެންނެވެ. އާސެނަލުން އެއްމެޗު އިތުރަށް ކުޅެގެން ލިބިފައިވަނީ 63 ޕޮއިންޓެވެ. އެއްވަނާގައި އޮތް ލިވަޕޫލާއި ދެވަނާގައި އޮތް އާސެނަލާއި ދެމެދު މިހާރު ވެސް 10 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. ލިވަޕޫލުން މިރޭ އަމިއްލަ ދަނޑުގައި ނުކުންނާނީ […]