ކުޅިވަރު ގްރީސް ކޮޅަށް ލަނޑެއް ނުޖެހި، ނޭޝަންސް ލީގު ޖަރުމަނުން ނިންމާލީ މާޔޫސްކަމާއެކު ޔުއެފާ ނޭޝަންސް ލީގުގައި ގްރީސްއާ ދެކޮޅަށް ކުޅުނު މެޗު 0-0 އިން އެއްވަރުވެ، މާޔޫސްކަމާއެކު ޖަރުމަނުން މުބާރާތުގެ މެޗުތައް ނިންމާލައިފިއެވެ. ވޭތުވެދިޔަ ހަފުތާ ބަންދުގައި ގްރީސް އަތުން ހައިރާންކުރުވަނިވި ބައްޔަކާ ކުރިމަތިލާން ޖެހުމަށްފަހު، މި މެޗަށް ޖަރުމަނު ނުކުތީ އެ ބަލީގެ ބަދަލުހިފުމުގެ އުންމީދުގައެވެ. ނަމަވެސް އެ ހަފުތާގެ ކުރީކޮޅު ސާބިއާ އަތުން މޮޅުވި މެޗުގައި ދެއްކި ފަދަ މޮޅު ކުޅުމެއް ކޯޗު ޔާގެން ކްލޮޕްގެ ޓީމަށް މި މެޗުގައި ދެއްކޭ ގޮތެއް ނުވިއެވެ. ސާބިއާ އަތުން […] އަޙްމަދު ވަހީދު · 1 މަސް ކުރިން
ތިލަދުންމަތީ ޚަބަރު ހަންދަ ތޮށި އުކުމަށް، މަކުނުދޫއިން ވަކި ސަރަޙައްދެއް ޚާއްސަކޮށްފި ހަންދަ ތޮށިތައް އުކުމަށް، މަކުނުދޫގެ ވަކި ސަރަހައްދެއް ޚާއްސަކޮށް، ހދ. މަކުނުދޫ ކައުންސިލުން އެކަން އާންމުކޮށް އަންގައިފިއެވެ. އެ ރަށު ކައުންސިލުން މައުލޫމާތު ދެއްވާ ގޮތުގައި، މި ފަހަކަށް އައިސް، ރަށުގެ އެކި ސަރަހައްދުތަކަށް ހަންދަ ތޮއްޓާއި، މިޒާތުގެ ސާމާނު އުކާލާކަން އެ އިދާރާއަށް ފާހަގަ ކުރެވިފައިވެއެވެ. އެހެންކަމުން، މި ގޮތަށް ނިންމަން ޖެހުނީ އާންމުންނަށް އެކި ކަހަލަ އުނދަގޫތައް ކުރިމަތިވަމުންދާތީ ކަމަށް ވެސް އެ އިދާރާއިން ހާމަކުރައްވާފައިވެއެވެ. އެ ގޮތުން ، އެ ފަދަ ތަކެތި […] ފާތިމަތު ސަޙާ · 1 މަސް ކުރިން
ތިލަދުންމަތީ ޚަބަރު އިލެކްޓްރޯނިކް ލޮގްފޮތް ފުރަން ދަސްކޮށްދޭ ސެޝަނެއް: ކުޅުދުއްފުށީ މަސްވެރިންނަށް ދައުވަތު ހދ. ކުޅުދުއްފުށި ސިޓީގައި ކަނޑުމަހުގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ ކެޔޮޅުންނާއި މަސްވެރިންނަށް، ‘ކެޔޮޅު އެޕް’ މެދުވެރިކޮށް އިލެކްޓްރޯނިކް ލޮގްފޮތް ފުރިހަމަކުރާނެ ގޮތުގެ މައުލޫމާތު ދިނުމުގެ ސެޝަނެއް މިރޭ ބޭއްވުމަށް ސިޓީ ކައުންސިލުން ތައްޔާރުވެއްޖެއެވެ. މި ސެޝަނުގައި އެ ސިޓީގެ މަސްވެރިން ބައިވެރިވުމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން މިހާރު ވަނީ ދައުވަތު ދީފައެވެ. މިއީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ޚާއްސަ އޮންލައިން ސެޝަނެކެވެ. މި ސެޝަންގެ... ފާތިމަތު ސަޙާ · 1 މަސް ކުރިން
ބައިނަލްއަގުވާމީ ރިޔާސީ އިންތިޚާބަށް އެމެރިކާއިން ''އަތްބާނާ'' ކަމުގެ ތުހުމަތާ އެކު ބްރެޒިލުން ތަހުގީގު ފަށައިފި ބްރެޒިލްގައި އޮކްޓޫބަރު 2026 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް އެމެރިކާއިން ނުފޫޒު ފޯރުވައި އަތްބާނަން މަސައްކަތްކުރާ ކަމަށް ބުނެ، އެ މައްސަލަ ރަސްމީކޮށް ތަހުގީގުކޮށްދިނުމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުންނާއި ކެމްޕޭން އޮފިޝަލުން އެދިވަޑައިގެންފިއެވެ. މި ތުހުމަތުތަކާ ގުޅިގެން ގާނޫނީ ގޮތުން ފިޔަވަޅުތަކެއް އެޅުމަށް ވަނީ ހުށަހަޅާފައެވެ. މި މައްސަލައިގައި ބްރެޒިލްގެ އެޓާނީ ޖެނެރަލް ވަނީ އެމެރިކާ ސަރުކާރުގެ އެހީގެ ޕްރޮގްރާމްތަކަކާ ގުޅޭ ތަހުގީގެއް ހިންގައިދިނުމަށް އެދިވަޑައިގެންފައ... ނާޒިމާ އަލީ · 1 މަސް ކުރިން
ކުޅިވަރު ހާލަންޑް ހުއްޓުވައި، ރޮނާލްޑޯ ނެތި ޕޯޗުގަލް ހޯދި މޮޅާއެކު ކުއާޓާ ފައިނަލަށް ދުނިޔެއާއި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ނުލައި ކުޅުނު މެޗުގައި ނޯވޭގެ މައްޗަށް 2-1 އިން ކުރިހޯދައި، ޔޫއެފާ ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލުން ޕޯޗުގަލް އާދީއްތަ ދުވަހު ޖާގަ ހޯދައިފިއެވެ. މިއާއެކު، އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް ވެފައިވަނީ މި މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރި ފުރަތަމަ ޓީމަށެވެ. ގްރޫޕް އޭ4 ގައި ހިމެނޭ ޕޯޗުގަލް، ކޯޗު ޖޯޖް ޖީސަސްގެ އިރުޝާދުގެ ދަށުން ކުޅުނު މި މެޗުން މޮޅުވެ، އެ ޓީމު ވަނީ ގްރޫޕުގައި ކުޅުނު […] އަޙްމަދު ވަހީދު · 1 މަސް ކުރިން
ރާއްޖެ ބޭރުގެ ހަމަލާއަކުން ރާއްޖެ ދިފާޢުކުރަން ވެސް ސިފައިން ތިބީ ތައްޔާރީ ހާލަތުގައި: ވަޒީރު ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ބެލެހެއްޓުމަށާއި، ބޭރުގެ ފަރާތަކުން ދީފާނެ ހަމަލާއަކަށް ނުވަތަ އެފަދަ ހާލަތަކަށް ދިވެހި އަސްކަރިއްޔާ އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށް ދިފާޢީ އަދި ވަޠަނީ ޚިދުމަތާބެހޭ ވަޒީރު ޙަސަން ރަޝީދު ރޭ ވިދާޅުވެއްޖެއެވެ. ސަރުކާރުގެ ވުޒާރާތަކުން ހިންގަމުންދާ މަޝްރޫއުތަކާއި މަސައްކަތްތަކުގެ މައުލޫމާތު ރައްޔިތުންނާ ހިއްސާކުރުމަށް ސިލްސިލާކޮށް ކުރިއަށްގެންދާ “އަހާ” ފޯރަމްގެ އަށްވަނަ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު މިހެން ވިދާޅުވީ... ޔުމްނާ ޢަލީ · 1 މަސް ކުރިން
ކުޅިވަރު ކަޅު ބޭންޑާއެކު ވަރުގަދަ މެސެޖެއް: އިސްރާއީލާ ދެކޮޅަށް އަޔަލެންޑުން އަނެއްކާވެސް އިހުތިޖާޖުކޮށްފި ޔޫއެފާ ނޭޝަންސް ލީގުގައި އިސްރާއީލާ ދެކޮޅަށް ކުޅުނު ދެވަނަ މެޗުގެ ކުރިން، އަޔަލެންޑް ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން އަނެއްކާވެސް އަތުގައި ކަޅު ބޭންޑް އަޅައި، އިސްރާއީލުގެ ގައުމީ ސަލާމް ކިޔަމުންދިޔަ ވަގުތު އިސްދަށަށް ޖަހައިގެން ތިބެ އިހުތިޖާޖުކޮށްފިއެވެ. އާދީއްތަ ދުވަހު ކުޅުނު މި މެޗުގެ ކުރިން އަޔަލެންޑުގެ ކެޕްޓަން ވަނީ އިސްރާއީލުގެ ކެޕްޓަނާ ސަލާމްކުރުމަށް ވެސް ދެކޮޅު ހަދާފައެވެ. ސާބިއާގެ ބަކާ ޓޮޕޯލާގައި ކުޅުނު މި މެޗުގައި އަޔަލެންޑްގެ ކެޕްޓަން ބޭންޑް އަޅައިގެން ނުކުތް ކީޕަރު […] އަޙްމަދު ވަހީދު · 1 މަސް ކުރިން
ރާއްޖެ ހައިވޭގައި ސައިކަލުމަތީ އޮށޯވެގެން ދުއްވައި ފުލުހުންގެ ކާރުގައި ޖެއްސި މީހާ ހައްޔަރު: 44،000ރ. ގެ ޖޫރިމަނާ ވެސް ނުދައްކާ މަސްތުގެ ހާލަތުގައި ހުރެ، ހައިވޭގައި ސައިކަލުމަތީ އޮށޯވެގެން ނުރައްކާތެރިކޮށް ދުއްވުމަށްފަހު، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފިލަން އުޅުމުގެ ތެރޭގައި ފުލުހުންގެ ކާރުގައި ޖެއްސި ޒުވާނަކު ހައްޔަރުކޮށްފިއެވެ. މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެއިން މާލެއަށް ދަތުރުކުރި މަގުމަތީގައެވެ. ފުލުހުންގެ ޚިދުމަތުން މީސްމީޑިއާގައި އާންމުކުރި މައުލޫމާތުގައި ބުނީ، އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ނުރައްކާތެރިކޮށް ސައިކަލު ދުއްވައި ފުލުހުންގެ ވެހިކަލެއްގައި ޖެއްސި މި މައްސަލައާ ގުޅިގ... ޝިއުނާ އާދަމް · 1 މަސް ކުރިން
ރާއްޖެ އީގަލް ހިލްސްއާ އެކު ފުރިހަމަ އެއްބަސްވުމެއް ހަދާނީ ރިއަލްއެސްޓޭޓް ޤާނޫނުގެ ދަށުން: އޭޖީ ދިވެހިރާއްޖޭގެ ސަރުކާރާއި، އީމާރް ޕްރޮޕަޓީޒްގެ ބާނީ އަދި އަބޫދާބީގެ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން އަލައްބާރު ގުޅިގެން ރަސްމާލޭގައި ތަރައްގީކުރާ “މާލްދީވްސް ވޯޓަރފްރަންޓް އެންޑް މެރީނާ” މަޝްރޫޢުއާ ގުޅިގެން ފުރިހަމަ އެއްބަސްވުމެއް ޤާއިމުކުރާނީ އަލަށް އެކުލަވާލާ ރިއަލް އެސްޓޭޓް ޤާނޫނާއި މިހާރު ޢަމަލުކުރަމުންދާ އެހެނިހެން ޤާނޫނުތަކުގެ ތެރެއިން މަޝްވަރާތައް ކުރުމަށްފަހު ކަމަށް ބަންޑާރަނައިބު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ. ވުޒާރާތަކުން ހިންގަމުންދާ މަޝްރޫއުތަކާއި މަސައްކަތްތަކުގެ މައުލޫމާތު ރައ... ޔުމްނާ ޢަލީ · 1 މަސް ކުރިން
ރާއްޖެ ޓްރެފިކް ބާރުބޮޑުވާ ގަޑިތަކަށާއި ސްކޫލް ކުދިންނަށް ޚާއްސަ ބަސްތަކެއް ތަޢާރަފްކުރަނީ ޓްރެފިކް ބާރުބޮޑުވާ ވަގުތުތަކަށް ޚާއްސަކޮށްގެން ދަތުރުކުރާނެ ބަސްތަކާއި، ސްކޫލް ކުދިންނަށް ޚާއްސަ “ސްކޫލް ފްރެންޑްލީ” ބަސްތަކެއް ތަޢާރަފްކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިކަން ހާމަކުރެއްވީ، ވުޒާރާތަކުން ހިންގަމުންދާ މަޝްރޫއުތަކާއި މަސައްކަތްތަކުގެ މައުލޫމާތު ރައްޔިތުންނާ ހިއްސާކުރުމަށް ސިލްސިލާކޮށް ކުރިއަށްގެންދާ “އަހާ” ފޯރަމްގެ އަށްވަނަ ބައްދަލުވުމުގައި މިރޭ ވާހަކަ ދައްކަވަމ... ޔުމްނާ ޢަލީ · 1 މަސް ކުރިން
ތިލަދުންމަތީ ޚަބަރު ފީވަކު ޞިއްޙީ މަރުކަޒަށް ބޮޑު ކުރިއެރުމެއް؛ އައު އިމާރާތާއެކު ޚިދުމަތް 24 ގަޑިއިރަށް ފުޅާކޮށްފި ށ. ފީވަކު ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ރަސްމީކޮށް ހުޅުވައި، އެ މަރުކަޒުން ދެމުން އައި ޚިދުމަތްތައް 24 ގަޑިއިރަށް ބަދަލުކޮށްފިއެވެ. ފީވަކު ޞިއްޙީ މަރުކަޒުގެ އައު އެކްސްޓެންޝަން އިމާރާތް ހުޅުއްވައިދެއްވީ ޞިއްޙަތާއި ޢާއިލާއާއި އިޖްތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީއެވެ. ފީވަކުގައި މީގެ ކުރިން ޞިއްޙީ ޚިދުމަތް ދެމުން އައީ ދުވާލަކު 16 ގަޑިއިރުއެވެ. ނަމަވެސް، އަލަށް އިމާރާތްކުރި އެކްސްޓެންޝަން އިމާރާތް ބޭނުންކުރަން ފެށުމާއެކު، މަރުކަޒުގެ ޚިދުމަތްތައް މެދުކެނޑުމެއްނެތި 24 ގަޑިއިރު ލިބޭނެ އ... ޔުމްނާ ޢަލީ · 1 މަސް ކުރިން
ކުޅިވަރު ވޯލްޑް ކަޕާއި އޭޝިއަން ކަޕް ކޮލިފައިން ބަދަލުކޮށް، އޭޝިއާގައި ނޭޝަންސް ލީގެއް ފަށަނީ ފީފާ ވޯލްޑް ކަޕާއި އޭއެފްސީ އޭޝިއަން ކަޕަށް ކޮލިފައިވާ އުސޫލު މުޅިން ބަދަލުކޮށް، އޭޝިއާ ސަރަޙައްދުގައި މުޅިން އައު މުބާރާތެއްގެ ގޮތުގައި “ނޭޝަންސް ލީގު” ތަޢާރަފުކުރުމަށް އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އިން ރާވަމުން އަންނަކަމަށް ރިޕޯޓްތައް ބުނެފިއެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު މިފަދަ މުބާރާތެއް ބޭއްވުމުގެ ޝައުޤުވެރިކަން ފާޅުކޮށްފައިވާއިރު، 2030 ވަނަ އަހަރުން ފެށިގެން ކޮންމެ ދެ އަހަރަކުން އެއް އަހަރު މި މުބާރާތް ބޭއްވުމަށް ހުށަހަޅާފައިވާ ޑްރާފްޓް ޕްލޭންގެ މަޢުލޫމާތު ކުޅިވަރު ޚަބ... އަޙްމަދު ވަހީދު · 1 މަސް ކުރިން
ތިލަދުންމަތީ ޚަބަރު ރަށުގައި ތިބެގެން ކިޔެވޭނެ މަގު ފަހިކޮށްދީ، އައިޔޫއެމްގެ ކޯސްތައް ކަނޑިތީމުގައި ފަށައިފި ރަށުގައި ތިބެގެން މަތީ ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ މަޤްޞަދުގައި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އާއި ށ. ކަނޑިތީމު ކައުންސިލް ގުޅިގެން މަތީ ތަޢުލީމުގެ ކޯސްތައް ހިންގަން ފަށައިފިއެވެ. ކަނޑިތީމު ކައުންސިލާއި އައިޔޫއެމްއާއި ދެމެދު މިކަމަށް ވެވިފައިވާ އެއްބަސްވުމުގެ ދަށުން ކަނޑިތީމު ކައުންސިލް އިދާރާގެ ހޯލް އައިޔޫއެމްގެ އައުޓްރީޗް ސެންޓަރެއްގެ ގޮތުގައި ބޭނުންކުރަމުން އަންނައިރު، މިވަގުތު އެ ސެންޓަރުގައި ކުރިއަށްދަނީ ޔުނިވަރސިޓީ ޕްރިޕަރޭޝަން ޕްރޮގްރާމް (ޔޫޕީޕީ... ފާތިމަތު ސަޙާ · 1 މަސް ކުރިން
ތިލަދުންމަތީ ޚަބަރު ނޫމަރާގައި ލެބޯޓަރީގެ ޚިދުމަތް ރަސްމީކޮށް ފަށައިފި ށ. ނޫމަރާ ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ. އެރަށުގައި މި ޚިދުމަތް ފައްޓަވައިދެއްވީ ޞިއްޙަތާއި ޢާއިލާއާއި އިޖްތިމާޢީ އެހީއާއި ބެހޭ ވަޒީރު ޤީލާ ޢަލީއެވެ. މި ޚިދުމަތް ރަސްމީކޮށް ފެށުމަށްޓަކައި މިއަދު ނޫމަރާގައި ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ވަޒީރު ޤީލާ ޢަލީގެ އިތުރުން ޞިއްޙީ ވުޒާރާގެ އިސްވެރިންނާއި، ނޫމަރާ ކައުންސިލްގެ އިސްވެރިންގެ އިތުރުން އެރަށު ޞިއްޙީ މަރުކަޒުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. ލެބޯޓަރީ ހުޅުއްވައިދެއްވުމަށ... ޔުމްނާ ޢަލީ · 1 މަސް ކުރިން
ބައިނަލްއަގުވާމީ މެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސެއްގެ ފުރާނަ ގެއްލިއްޖެ މެލޭޝިއާގައި މިއަދު ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ. އެ އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވަނީ އުމުރުން 21 އަހަރުގެ ދިވެހި އަންހެނެކެވެ. މެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެފައިވާ ކަން ދިވެހި ސަރުކާރުން ވެސް މިހާރު ވަނީ ކަށަވަރުކޮށްދީފަ އެވެ. މި ހާދިސާގައި ނިޔާވި ދަރިވަރުގެ އިތުރުން، އިތުރު ދިވެއްސަކު ވެސް އެ އެކްސިޑެންޓުގައި ޝާމިލުވާ ކަން މިހާތަނަށް ވަނީ އެނގިފަ އެވެ. އެހެންނަމަވެސް، މި ހާދިސާއާ ގުޅޭ […... ޔުމްނާ ޢަލީ · 1 މަސް ކުރިން