ހދ.ސްޓޭޓްހައުސްގެ ވަށާފާރާއި ބްލޮކެއްގެ ފާޚާތައް މަރާމާތުކުރަން 4 ލައްކަ އަށް ބަޔަކާ ހަވާލުކޮށްފި
ހދ.އަތޮޅު ސްޓޭޓްހައުސް ބްލޮކް ދެއެއްގެ ފާޚާނާތައް މަރާމާތުކުރުމާއި، ވަށާފާރު މަރާމާތުކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. ހދ. އަތޮޅު ކައުންސިލުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ މި މަސައްކަތް އެ ކައުންސިލްގެ ފަރާތުން މެޓްރޯވާއާ ހަވާލުކޮށްފައިވާ ކަމަށެވެ. ހދ. އަތޮޅު ކައުންސިލާއި، މެޓްރޯވާއާ ދެމެދު މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ 23 ޖުލައި 2025 ގައެވެ. މިމަސައްކަތުގެ އަގަކީ 429،562.00 ރުފިޔާ ކަމަށާއި، މަސައްކަތް ޙަވާލު ކުރެވިފައިވަނީ 44 ދުވަހުގެ މުއްދަތުގައި ނިން...