ހދ.އަތޮޅު ސްޓޭޓްހައުސް ބްލޮކް ދެއެއްގެ ފާޚާނާތައް މަރާމާތުކުރުމާއި، ވަށާފާރު މަރާމާތުކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

ހދ. އަތޮޅު ކައުންސިލުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ މި މަސައްކަތް އެ ކައުންސިލްގެ ފަރާތުން މެޓްރޯވާއާ ހަވާލުކޮށްފައިވާ ކަމަށެވެ.

Ad
rt

ހދ. އަތޮޅު ކައުންސިލާއި، މެޓްރޯވާއާ ދެމެދު މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ 23 ޖުލައި 2025 ގައެވެ.

މިމަސައްކަތުގެ އަގަކީ 429،562.00 ރުފިޔާ ކަމަށާއި، މަސައްކަތް ޙަވާލު ކުރެވިފައިވަނީ 44 ދުވަހުގެ މުއްދަތުގައި ނިންމާގޮތަށް ކަމަށް ހދ. އަތޮޅު ކައުންސިލުން ބުންޏެވެ.

ހދ. އަތޮޅު ސްޓޭޓް ހައުސް އަކީ އެތަނުގެ ކޮޓަރި ކުއްޔަށް ދީގެން ލިބޭ އާމްދަނީ ސީދާ އަތޮޅު ކައުންސިލަށް ލިބޭ ތަނެކެވެ. އެތަން ހިންގައި ބަލަހައްޓަމުން އަންނަނީ ވެސް އަތޮޅު ކައުންސިލުންނެވެ.