މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ކ. އަތޮޅުން ފެށިގެން ތ. އަތޮޅަށް (07:00 އިން 13:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ރައީސް ނ.އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

ރައީސް ނ.އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނ.އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށްރަށަށް ކުރެއްވި ދަތުރުފުޅު މިއަދު ނިންމަވާލައްވައިފިއެވެ. މި ޖުލައި 21 ވަނަ ދުވަހު ރައީސް ފެއްޓެވި މި ދަތުރުފުޅުގައި ފުރަތަމަ ވަޑައިގަތީ ނ.މާފަރަށެވެ. ފަހު މަންޒިލެއް ގޮތުގައި މިއަދު ހެނދުނު ވަޑައިގަތީ ޅޮއްސަށެވެ. ރައީސް މުޢިއްޒުގެ މި ދަތުރުފުޅުގައި، ނ. އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށަށް ޒިޔާރަތްކުރައްވައި، އެ ރަށްރަށުގެ ރައްޔިތުންނާއި، ކައުންސިލްތަކާއި އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ.) ކޮމިޓީތަކާ ބައްދަލ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީގައި ނަފްސާނީ އަދި ދީނީ ނަޒަރަކުން ރުޅި ކޮންޓްރޯލް ކުރުމުގެ ގޮތުން ޕްރޮގްރާމެއް

ކުޅުދުއްފުށީގައި ނަފްސާނީ އަދި ދީނީ ނަޒަރަކުން ރުޅި ކޮންޓްރޯލް ކުރުމުގެ ގޮތުން ޕްރޮގްރާމެއް

ކުޅުދުއްފުށި ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ “ނަފްސާނީ އަދި ދީނީ ނަޒަރަކުން ރުޅި ކޮންޓްރޯލް ކުރުން” ސެޝަން އެއް ބާއްވަން ހަމަޖެހިއްޖެއެވެ. އެގޮތުން މި ސެޝަން އާއި ގުޅޭގޮތުން ކޮމިޓީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މި ޕްރޮގްރާމުގައި ބައިވެރިކުރުމަށް ހަމަޖެހިފައިވަނީ ކޮމިޓީން ހިއްސާކޮށްފައިވާ ފޯމު މެދުވެރިކޮށް ރަޖިސްޓަރ ކުރައްވާ ފުރަތަމަ 25 ބައިވެރިންނަށް ކަމަށެވެ. އަދި މިހާރު އެ 25 ބައިވެރިން ހަމަވެއްޖެ ކަމަށް އެ ކޮމިޓީން މައުލޫމާތ...

އައިޝަތު އައިނީ އާމިރު
ޅޮހީގައި ބައިނަލްއަޤްވާމީ ރާޅާއަޅާ ސަރަޙައްދެއް ހެދުމުގެ މަސައްކަތް ލަސްތަކެއްނުވެ ފަށަނީ

ޅޮހީގައި ބައިނަލްއަޤްވާމީ ރާޅާއަޅާ ސަރަޙައްދެއް ހެދުމުގެ މަސައްކަތް ލަސްތަކެއްނުވެ ފަށަނީ

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނ. ޅޮއްސަށް މިއަދު ކުރެއްވި ދަތުރުފުޅުގައި، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ޅޮހީގައި ބައިނަލްއަޤްވާމީ މުބާރާތްތައް ބޭއްވޭ ފެންވަރުގެ ރާޅާއަޅާ ސަރަޙައްދެއް ހެދުމުގެ މަސައްކަތް ލަސްތަކެއްނުވެ ފެށޭނެ ކަމުގެ ޔަޤީންކަން ދެއްވައިފިއެވެ.   ރައީސް ވިދާޅުވީ ރައްޔިތުން އެދިވަޑައިގެންނެވި ތަރައްޤީގެ އެހެން މަޝްރޫޢުތައްވެސް މާ ލަހެއް ނުވެ ފަށައި ނިންމަވައިދެއްވާނެ ކަމަށެވެ. ރައީސް މުޢިއްޒު ޅޮއްސަށް ކުރެއްވި މި ދަތުރުފުޅުގައި، ރަށުގެ ތަރައްޤީއަށް މުހިއްމު ގިނަ ކަންކަނ...

ޔުމްނާ ޢަލީ
ރައްޔިތުންނަށް ޚިދުމަތްކުރުމަށް ނިސްބަތްވާ ސިޔާސީ ޕާޓީ ހުރަހަކަށް ވެގެންނުވާނެ: ރައީސް

ރައްޔިތުންނަށް ޚިދުމަތްކުރުމަށް ނިސްބަތްވާ ސިޔާސީ ޕާޓީ ހުރަހަކަށް ވެގެންނުވާނެ: ރައީސް

ރައްޔިތުން އިންތިޚާބުކޮށްފައި ތިއްބަވާ ބޭފުޅުން ނިސްބަތްވެވަޑައިގަންނަވާ ސިޔާސީ ޕާޓީއަކީ ރައްޔިތުންނަށް ޚިދުމަތްކުރެއްވުމަށް އޮތް ހުރަހަކަށް ވެގެން ނުވާނެކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މި މޭރުމުން ވާހަކަފުޅުދައްކަވާފައިވަނީ، އެ މަނިކުފާނު ނ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތައް ކުރެއްވި ދަތުރުފުޅުގައި، ނ. ވެލިދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ ތަރައްޤީ އަށް ކުރާ މަސައްކަތްތައް...

ޔުމްނާ ޢަލީ
ތިލައުތުރު ފުޓްސަލް މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

ތިލައުތުރު ފުޓްސަލް މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

ހއ. އަތޮޅު ކައުންސިލާއި އުތީމު ކައުންސިލުން ގުޅިގެން މި އަހަރު އުތީމުގައި ބާއްވާ “ތިލައުތުރު ފުޓްސަލް މުބާރާތް 2025” ގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ. މި މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލަމުން ހއ.އަތޮޅު ކައުންސިލުން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މިއަހަރު ނޮވެމްބަރ 3 ގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވެވޭނީ ހއ އަތޮޅުގެ ކޮންމެ ރަށަކުންވެސް އެ ރަށެއް ތަމްޘީލުކުރާ އެއް ޓީމަކަށް ކަމަށެވެ. އެގޮތުން މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމުތަކުން މުބާރާތުގައި ބައ...

އައިޝަތު އައިނީ އާމިރު
ރައީސް ދެއްވީ ނ.މަގޫދޫ އަށް ވެވަޑައިގެން ހުރިހާ ވަޢުދެއް ފުއްދަވާނެކަމުގެ ޔަގީންކަން

ރައީސް ދެއްވީ ނ.މަގޫދޫ އަށް ވެވަޑައިގެން ހުރިހާ ވަޢުދެއް ފުއްދަވާނެކަމުގެ ޔަގީންކަން

ނ.މަގޫދޫ އަށް ވެވަޑައިގެން ހުރިހާ ވަޢުދެއް ފުއްދަވާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ދެއްވައިފިއެވެ. ރައީސް މިޔަގީންކަން ދެއްވީ ނ.އަތޮޅަށް ކުރަށްވަމުން ގެންދަވާ ހަތަރު ދުވަހުގެ ދަތުރުފުޅުގައި އިއްޔެ މަގޫދޫ އަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވިވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، މިދިޔަ ދުވަސްތަކުގައި ސަރުކާރުން އެކިކަހަލަ މަސައްކަތްތައް ކުރެއްވީ، ރަށްރަށުގައި މަޝްރޫޢުތައް ހިންގޭނެ ގޮތަށް ކަންކަން ތަރުތީބުކުރުމަށްޓަކައި ކަމަށެވެ....

ޔުމްނާ ޢަލީ
ނަތަންޔާހޫ މަރާލަން ރޭވިކަމަށް ބުނެ 70 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފި

ނަތަންޔާހޫ މަރާލަން ރޭވިކަމަށް ބުނެ 70 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފި

ހައްދުފަހަނައަޅާފައިވާ އިސްރާއީލްގެ ބޮޑުވަޒީރު ޖައްބާރު ނަތަންޔާހޫ މަރާލަން ރޭވިކަމުގެ ތުހުމަތުގައި ނަތަންޔާހޫގެ ސަރުކާރާ ދެކޮޅު އެކްޓިވިސްޓަކު، ދެ ހަފްތާ ކުރިން ހައްޔަރުކޮށްފައިވާ ކަމަށް ބުދަ ދުވަހު އިސްރާއީލުގެ ފުލުހުން ބުނެފިއެވެ. އިސްރާއީލުގެ ފުލުހުންނާއި ހަވާލާދީ އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ނަތަންޔާހޫ މަރާލަން އުޅޭކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފައި ވަނީ 70 އަހަރުގެ އަންހެނެކެވެ. އޭނާ ހައްޔަރުކުރީ، ސަރުކާރާ ދެކޮޅު އިހުތިޖާޖު ހަރަކާތުގައި ހިމެނޭ ގާތް މީހުންނާއެކު ނަތ...

ޔުމްނާ ޢަލީ
އެމްއޭސީއެލްގެ މުވައްޒަފުންނަށް ހިތްވަރު ދިނުމަށް އެޗްޑީސީ މުވައްޒަފުންގެ ފަރާތުން ފަރިވަޅު

އެމްއޭސީއެލްގެ މުވައްޒަފުންނަށް ހިތްވަރު ދިނުމަށް އެޗްޑީސީ މުވައްޒަފުންގެ ފަރާތުން ފަރިވަޅު

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ)ގެ އައު ޓާރމިނަލް ހުޅުވުމުގެ މަސައްކަތުގައި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ މުވައްޒަފުން ދައްކަމުންދާ ހިތްވަރުގެ އަގު ވަޒަން ކުރުމަށް، ހައުސިން ޑިވެޕޮލްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މުވައްޒަފުން މިއަދު ފަރިވަޅު ދީފިއެވެ. އެޗްޑީސީން ބުނީ ވީއައިއޭގެ އައު ޓާރމިނަލް ބިނާ ކުރުމުގައި އަވަދިނެތި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ އަގުވަޒަން ކުރުމުގެ ގޮތުން އެޗްޑީސީން ތައްޔާރުކުރި ފަރިވަޅު މިއަދު ދީފައިވާ ކަމަށެވެ. އެޗްޑީސީގެ މުވައްޒަފުން މި...

ޔުމްނާ ޢަލީ
ވެލިދޫގައި ސީ ޕްލޭން ޕްލެޓްފޯމެއް ޤާއިމުކޮށް ޖަނަވަރީ މަހު ޚިދުމަތް ފަށަނީ

ވެލިދޫގައި ސީ ޕްލޭން ޕްލެޓްފޯމެއް ޤާއިމުކޮށް ޖަނަވަރީ މަހު ޚިދުމަތް ފަށަނީ

ނ.ވެލިދޫގައި ސީ ޕްލޭން ޕްލެޓްފޯމެއް ޤާއިމުކުރައްވަން ނިންމަވާފައިވާކަން ރައީސް މުޙައްމަދު މުޢިއްޒު މިރޭ ޢިއުލާން ކުރަށްވައިފިއެވެ. ރައީސް ނ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވެލިދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އަންނަ ޖަނަވަރީ މަހު ވެލިދޫގައި ސީޕްލޭން ޕްލެޓްފޯމެއް ޤާއިމުކޮށް، ސީޕްލޭން ޚިދުމަތް ފައްޓަވާނެކަމަށެވެ. މީގެ އިތުރުން، އެމަނިކުފާނު ވަނީ އަންނަ އަހަރުގެ ޖަނަވަރީ މަހު ވެލިދޫގައި ސީ އެ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީ ޤުރުއާން މުބާރާތުގެ އެއްވަނަ ޔޫސުފަށް، އެއްވަނަ ސްކޫލަކަށް އަފީފުއްދީން، ޤުރްއާން ކްލާހަކަށް އަލްމަސާރު

ކުޅުދުއްފުށީ ޤުރުއާން މުބާރާތުގެ އެއްވަނަ ޔޫސުފަށް، އެއްވަނަ ސްކޫލަކަށް އަފީފުއްދީން، ޤުރްއާން ކްލާހަކަށް އަލްމަސާރު

ކުޅުދުއްފުށި ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ “ކުޅުދުއްފުށީ ޤުރުއާން މުބާރާތް 1447” ގެ އެއްވަނަ އަލްމަސާރު އެކަޑަމިކް ސެންޓަރގެ ދަރިވަރު، ޔޫސުފް ބިން އަޙުމަދު މުފީދު ހޯދައިފިއެވެ. މި ޖުލައި މަހު 19 އިން 21 އަށް ކުޅުދުއްފުށި ސިޓީ ގައި ކުރިއަށް ގެންދިޔަ މި މުބާރާތުގައި މުޅި ޖުމްލަ 199 ދަރިވަރުން ބައިވެރިވެ، މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު އިއްޔެ ވަނީ ހަވީރުބާއްވައިފިއެވެ. މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގ...

އައިޝަތު އައިނީ އާމިރު
މިލަދޫ ގިރާ ސަރަޙައްދު ހިމާޔަތްކުރުމާއި މަގު ހެދުމުގެ މަސައްކަތް އޯގަސްޓްގައި ފަށަނީ

މިލަދޫ ގިރާ ސަރަޙައްދު ހިމާޔަތްކުރުމާއި މަގު ހެދުމުގެ މަސައްކަތް އޯގަސްޓްގައި ފަށަނީ

ނ. މިލަދޫގެ ގިރާ ސަރަޙައްދު ހިމާޔަތްކުރުމާއި މަގު ހެދުމުގެ މަސައްކަތް އަންނަ އޯގަސްޓް މަހު ފަށާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު،ވިދާޅުވެއްޖެއެވެ. މިކަން އެމަނިކުފާނު އިޢުލާންކުރެއްވީ މިލަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީ. އާ، އަދި މަގު ހެދުމުގެ މަސައްކަތް އާރް.ޑީ.ސީ. އާ ޙަވާލުކުރެއްވުމަށް ނިންމަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވިގޮތުގައި ގިރާ ސަރަޙައްދުގެ މަސައްކަތް ކުރިއަށްގެންދަވާނީ ރައ...

ޔުމްނާ ޢަލީ
އިޓަލީގެ ހައިވޭއަކަށް ކުޑަ މަތިންދާބޯޓެއް ވެއްޓި 2 މީހުން މަރުވެއްޖެ

އިޓަލީގެ ހައިވޭއަކަށް ކުޑަ މަތިންދާބޯޓެއް ވެއްޓި 2 މީހުން މަރުވެއްޖެ

އިޓަލީގެ ހައިވޭއަކަށް ކުޑަ މަތިންދާބޯޓެއް ވެއްޓި 2 މީހުން މަރުވެއްޖެ އެވެ. މިއަދު ހިނގި މި ހާދިސާގައި އަލްޓްރަލައިޓް މަތިންދާބޯޓެއް ހައިވޭ އަށް ވެއްޓި އަލިފާން ރޯވެ، އެ ވަގުތު އެތަނުން ދުއްވަމުންދިޔަ ދެ އުޅަނދެއްގައިވެސް އަލިފާން ރޯވެފައިވެއެވެ. މި ހާދިސާގައި މަރުވި ދެމީހުންނަކީ އެވަގުތު މަތިންދާ ބޯޓުގައި ތިބި 75 އަހަރުގެ ފިރިހެނަކާއި 50 އަހަރުގެ އަންހެނެކެވެ. އެއަރ އެމްބިއުލަންސް، އާއި ފަޔަރ ފައިޓަރުން އަދި ފުލުހުން ވަރަށް އަވަހަށް ހާދިސާ ހިނގި ސަރަޙައްދަށް އައި ނަމަވެސް، […]

އަލީ އާދިލް
ބީއެމްއެލްއިން، އެސްޑީއެފްސީ ގަތުމުގެ މުއާމަލާތްތައް ކުރިއަށް ގެންދަނީ އިޖުރާއަތްތަކާ އެއްގޮތަށް: އެމްއެމްއޭ

ބީއެމްއެލްއިން، އެސްޑީއެފްސީ ގަތުމުގެ މުއާމަލާތްތައް ކުރިއަށް ގެންދަނީ އިޖުރާއަތްތަކާ އެއްގޮތަށް: އެމްއެމްއޭ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެސްއެމްއީ ޑިވޮލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގަތުމަށް ކުރިއަށްގެންދާ މުއާމަލާތްތައް ކުރިއަށް ގެންދަނީ ރަނގަޅަށް ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފި އެވެ. އެމްއެމްއޭ އިން ބުނެފައިވާ ގޮތުގައި، ބީއެމްއެލްއިން އެސްޑީއެފްސީ ގަތުމަށް ހުށަހަޅާފައިވާ މުއާމަލާތާ ގުޅޭގޮތުން އެ އޮތޯރިޓީއަށް ލިބިފައިވާ މައުލޫމާތުތަކަށް ބިނާކޮށް، އެމްއެމްއޭގެ އާންމު އުސޫލުތަކާ އެއްގޮތަށް މި މުއާމަލާތް ހިންގުމުގައި އަމަލުކުރަންޖެހޭ އިޖު...

އަލީ އާދިލް
އިންސާނީ ވަގުފާރިއާއި ގުޅޭ ސައްލާގައި ބައިވެރިވުމުގެ ފުރުސަތު

އިންސާނީ ވަގުފާރިއާއި ގުޅޭ ސައްލާގައި ބައިވެރިވުމުގެ ފުރުސަތު

ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް)އިން އިންތިޒާމްކުރާ އިންސާނީ ވަގުފާރިއާއި ގުޅޭ އޮންލައިން ސައްލާއެއްގައި ބައިވެރިވުމަށް ޝައުގުވެރިވާ މީހުންނަށް ރަޖިސްޓަރީވުމަށް ހުޅުވާލައިފިއެވެ. މި ސައްލާ ކުރިއަށް ގެންދަން ނިންމާފައި ވަނީ، ‘’އިންސާނީ ވަގުފާރި – މިއީ ރާއްޖޭގައި ހިނގާ ކަމެއްތަ؟’’ މައުޟޫ އަށެވެ. މި ސައްލާގައި ދާއިރާގެ ތަޖުރިބާ ކާރުންގެ ގޮތުގައި ބައިވެރިވަނީ ދިވެހި ފުލުހުންގެ ހިއުމަން ޓްރެފިކިން އިންވެސްޓިގޭޝަން ޔުނިޓްގެ ފަރާތުން އާދަމް މުއީނާއި، މޯލްޑިވްސް އިމިގްރޭޝަންގެ...

ޔުމްނާ ޢަލީ
ފޮއްދިއްޕަރު ފަޅުގެ ނަފާ ފޮއްދޫ ކައުންސިލަށް ލިބޭނެގޮތަށް ހަދަނީ

ފޮއްދިއްޕަރު ފަޅުގެ ނަފާ ފޮއްދޫ ކައުންސިލަށް ލިބޭނެގޮތަށް ހަދަނީ

ނ. ފޮއްދިއްޕަރު ފަޅުގެ ނަފާ ފޮއްދޫ ކައުންސިލަށް ލިބޭނެގޮތަށް ކަންކަން ހަމަޖެއްސަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ފޮއްދިއްޕަރު ފަޅަކީ ފޮއްދޫ ކައިރީގައި އޮންނަ ހިމާޔަތްކުރެވިފައިވާ ފަޅެކެވެ. ރައީސް މިފަދައިން ވިދާޅުވީ ނ.އަތޮޅަށް ކުރަށްވަމުން ގެންދަވާ ހަތަރު ދުވަހުގެ ދަތުރުފުޅުގައި މިއަދު ހެނދުނު ފޮއްދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވިވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، އެފަޅަކީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވ...

ޔުމްނާ ޢަލީ