އިޓަލީގެ ހައިވޭއަކަށް ކުޑަ މަތިންދާބޯޓެއް ވެއްޓި 2 މީހުން މަރުވެއްޖެ އެވެ.

މިއަދު ހިނގި މި ހާދިސާގައި އަލްޓްރަލައިޓް މަތިންދާބޯޓެއް ހައިވޭ އަށް ވެއްޓި އަލިފާން ރޯވެ، އެ ވަގުތު އެތަނުން ދުއްވަމުންދިޔަ ދެ އުޅަނދެއްގައިވެސް އަލިފާން ރޯވެފައިވެއެވެ.

Ad
rt

މި ހާދިސާގައި މަރުވި ދެމީހުންނަކީ އެވަގުތު މަތިންދާ ބޯޓުގައި ތިބި 75 އަހަރުގެ ފިރިހެނަކާއި 50 އަހަރުގެ އަންހެނެކެވެ. އެއަރ އެމްބިއުލަންސް، އާއި ފަޔަރ ފައިޓަރުން އަދި ފުލުހުން ވަރަށް އަވަހަށް ހާދިސާ ހިނގި ސަރަޙައްދަށް އައި ނަމަވެސް، މަތިންދާބޯޓުގައި ތިބި ދެމީހުންނަށް އެއްވެސް އެހީތެރިކަމެއް ފޯރުކޮށްދެވޭވަރު ނުވިއެވެ. އެ ދެމީހުންގެ ހަށިގަނޑު ފެނުނުއިރު އަނދައިގެން ގޮސްފައިވާ ކަމަށް ވެއެވެ.

ކާރޫބާރޫ ބޮޑު އެ ހައިވޭގެ ސަރަޙައްދުގެ މަގުތައް ވަނީ ތެޔޮ އެޅި އަލިފާން ހިފާފަ އެވެ. މީސްމީޑިއާގައި މި ބޯއްޓު ހައިވޭ އަށް ވެއްޓޭ މަންޒަރު އަންނަނީ ވައިރަލްވަމުންނެވެ.

މި ވަގުތު އަލްޓްރަލައިޓް މަތިންދާބޯޓު އައީ ކޮން ތަނަކުންކަން އަދި ހާދިސާ ދިމާވި ސަބަބު އަދި ސާފެއް ނުވެއެވެ. ކަމާބެހޭ ފަރާތްތަކުން ދަނީ މި ހާދިސާ ތަޙުޤީޤުކުރަމުންނެވެ.