ރައީސް ނ. އަތޮޅަށް، ފުރަތަމަ މަންޒިލަކީ މާފަރު
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ނ. އަތޮޅުގެ ރަށްރަށަށް ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅެއް މިއަދު ފައްޓަވައިފިއެވެ. ރައީސް މިދަތުރުފުޅުގައި ނ. އަތޮޅުން ފުރަތަމަ ވަޑައިގެންނެވީ މާފަރަށެވެ. މި ދަތުރުފުޅުގައި އެ އަތޮޅުގެ މީހުން އުޅޭ 13 ރަށަށް ކަމަށްވާ، ހެނބަދޫ، ހޮޅުދޫ، ޅޮހި، ކުޑަފަރި، ކެނދިކުޅުދޫ، ވެލިދޫ، މަނަދޫ، މަގޫދޫ، މާޅެންދޫ، މާފަރު، މިލަދޫ، ފޮއްދޫ އަދި ލަންދޫ ޒިޔާރަތްކުރައްވާނެކަމަށް ރައީސް އޮފީހުން ވަނީ މައުލޫމާތު ދީފައެވެ. ރައީސް އެ ރަށްރަށަށް ވަޑައިގެން އެ ރަށްރަށުގެ […]