މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 3 ބޭފުޅަކަށް

ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 3 ބޭފުޅަކަށް

ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 3 ބޭފުޅަކަށް މިއަދު އަރުވައިފިއެވެ. މި ބޭފުޅުން ޝަރަފް އަރުވާފައި ވަނީ މިއަދު ހއ. އުތީމުގައި ކުރިއަށްދާ ޤައުމީ ދުވަހުގެ ޖަލްސާގައެވެ. މި ޖަލްސާގައި މި ބޭފުޅުން މި ޝަރަފް އެރުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. މި އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ތިން ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކަށް އިނާމު އެރުވީ، އެ ބޭފުޅާގެ ހަނދާނަށެވެ. މިއަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު އެރުވި 3 ބޭފުޅުންނަކީ: […]

ޔުމްނާ ޢަލީ
އުތީމު ''އޮނުހިޔާ'' ހުޅުވައިފި

އުތީމު ''އޮނުހިޔާ'' ހުޅުވައިފި

އުތީމު އިސްރަށްވެހީންގެ މައިޒާން، ”އޮނުހިޔާ” ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުޅުއްވައިދެއްވައިފިއެވެ. ރައީސް މިތަން ހުޅުއްވައިދެއްވީ، ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވުމަށް މިއަދު އުތީމަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ. އުތީމު އިސްރަށްވެހީންގެ މައިޒާން، އޮނުހިޔާ ހުޅުއްވައިދެއްވުމަށްފަހު ބޮޑުތަކުރުފާނުގެ ހަނދާނުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ އެ މައިޒާނުގައި ހައިވަކަރު ދެ ގަސް އިންދަވާފައެވެ. ޤައުމީ ދުވަހުގެ މުނާސަބަތުގައި...

ޔުމްނާ ޢަލީ
ނިޝާން ދިޔަމިގިލި ޝަރަފްގެ ޢިއްޒަތް އުތީމު އާދަމް އަބުދުއްރަޙްމާން

ނިޝާން ދިޔަމިގިލި ޝަރަފްގެ ޢިއްޒަތް އުތީމު އާދަމް އަބުދުއްރަޙްމާން

ދިވެހި ދައުލަތުން އަރުވާ ނިޝާން ދިޔަމިގިލި ޝަރަފް (ނ.ދ.ޝ.ޢ)ގެ ޢިއްޒަތް އުތީމު އާދަމް އަބުދުއްރަޙްމާން (އުތީމު އާދަމްބެ) އަށް މިއަދު އަރުވައިފިއެވެ. މި ޝަރަފްއާދަމްއަބުދުއްރަޙްމާނަށް މިއަދު އަރުވާފައި ވަނީ އުތީމުގައި މިހާރު ކުރިއަށްދާ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ. މި ޝަރަފް އާދަމްއަބުދުއްރަޙްމާނަށް އެރުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. އަދި މި ޝަރަފާއި ހަވާލުވެލެއްވީ އާދަމް އަބުދުއްރަޙްމާނެވެ. އާދަމް އަބުދުއްރަޙްމާނަކީ ހއ.އަތޮޅުވެރިކަމާއި، އަތޮޅުތެރޭ ކިޔަވައިދޭ ތަންތަނުގެ ނާޒިރުކަމާއ...

ޔުމްނާ ޢަލީ
ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޚާއްޞަ ޝަރަފު އުތީމު ރައްޔިތުންނަށް އަރުވައިފި

ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޚާއްޞަ ޝަރަފު އުތީމު ރައްޔިތުންނަށް އަރުވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޚާއްޞަ ޝަރަފު، ތިލަދުންމަތީ އުތުރުބުރީ (ހއ.) އުތީމު ރައްޔިތުންނަށް މިއަދު އަރުވައިފިއެވެ. މި ޝަރަފް އުތީމު ރައްޔިތުންނަށް މިއަދު އަރުވާފައި ވަނީ އުތީމުގައި މިހާރު ކުރިއަށްދާ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ. މި ޝަރަފް އުތީމަށް އެރުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. އުތީމުގެ ފަރާތުން އެ ޝަރަފްގެ އައްޑަނަ އާއި ހަވާލުވެލެއްވީ ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދެވެ. މިޖަލްސާގައި އުތީމު ރައްޔިތުން އުތީމު ގަނޑުވަރު […]

ޔުމްނާ ޢަލީ
ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާއަށް ރައީސް އުތީމަށް

ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާއަށް ރައީސް އުތީމަށް

ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ދެކަނބަލުން ހއ. އުތީމަށް މިއަދު ވަޑައިގަންނަވައިފިއެވެ. ރައީސްގެ ދެކަނބަލުން އުތީމަށް ވަޑައިގެންނެވުމުން އެރަށު ބަނދަރުން ވަނީ ސަޤާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ދަންނަވާފައެވެ. ރައީސް އުތީމަށް ވަޑައިގެން ސަރުކާރުން ފަށާފައިވާ ޣާޒީ ރަދުންގެ ހަނދާން އައު ކުރުމުގެ މަޝްރޫޢުގެ ދަށުން އުތީމުގައި ތަރައްޤީކުރާ ބޮޑުތަކުރުފާނު ދޮރާށީގެ ބިންގާ (އުތީމު ގޭޓު) އެޅުމުގެ ރަސްމީއްޔާތުގައި ބައިވެރިވެވަޑައިގަންނަވާފ...

ޔުމްނާ ޢަލީ
ޤައުމީ ވިންދު އަބަދުވެސް ހަނދާންކޮށްދެނީ ބަޠަލުންގެ ޢަޒުމާއި ހިތްވަރުން ޢިބްރަތް: ރައީސް

ޤައުމީ ވިންދު އަބަދުވެސް ހަނދާންކޮށްދެނީ ބަޠަލުންގެ ޢަޒުމާއި ހިތްވަރުން ޢިބްރަތް: ރައީސް

ދިވެހީންގެ ހަށިގަނޑުގައި ޖަހާ ޤައުމީ ވިންދު އަބަދުވެސް ހަނދާންކޮށްދެނީ ޤައުމުގެ ޙައްޤުގައި ޖިހާދުކުރެއްވި އަގުހުރި ބަޠަލުންގެ ޢަޒުމާއި ހިތްވަރުން ޢިބްރަތް ޙާޞިލްކުރުމަށް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް ފަދައިން ވިދާޅުވީ މިއަހަރުގެ ޤައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވަމުން މީސްމީޑިޔާގައި ޙިއްސާކުރެއްވި މެސެޖެއްގައެވެ. ރައީސްގެ މެސެޖުގައި ވިދާޅުވެފައި ވަނީ، ބޮޑުތަކުރުފާނުގެ އަގުހުރި ޤައުމީ ޖިހާދުގެ ނަޞްރާއި ކާމިޔާބީއަށް 466 އަހަރު މިއަދު ފުރުނު އިރު، އެ ޒިކުރާތަކާ...

ޝިއުނާ އާދަމް
މާލޭގެ ގެއެއްގައި އޭސީ އައުޓްޑޯރ ޔުނިޓެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް

މާލޭގެ ގެއެއްގައި އޭސީ އައުޓްޑޯރ ޔުނިޓެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް

މާލޭގެ ގެއެއްގައި އޭސީ އައުޓްޑޯރ ޔުނިޓެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އެމްއެންޑީއެފުން ބުނިގޮތުގައި މި ހާދިސާ ހިނގާފައި ވަނީ މާލޭގެ މާފަންނު އަފްޒާ ގޭގައެވެ. އަލިފާން ރޯވީ އެ ގޭގެ 6 ވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއްގެ ބެލްކަނީގައި ހަރުކޮށްފަ ހުރި އޭސީ އައުޓްޑޯރ ޔުނިޓެއްގައެވެ. މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ މިއަދު 07:43 ހާއިރުކަމަށް އެމްއެންޑީއެފުން ބުންޏެވެ. މި ހާދިސާގެ މަޢުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފް ފަޔަރ […]

ޔުމްނާ ޢަލީ
މައްކާގައި ހައްޖު ވިލެޖެއް އެޅުމަށް އިންޑޮނޭޝިއާއިން ބިން ގަންނަނީ

މައްކާގައި ހައްޖު ވިލެޖެއް އެޅުމަށް އިންޑޮނޭޝިއާއިން ބިން ގަންނަނީ

މައްކާގެ މަސްޖިދުލް ހަރާމް ކައިރިން އިންޑޮނޭޝިއާގެ ހައްޖު ވެރިންނަށް “ހައްޖު ވިލެޖެއް” އެޅުމަށްޓަކައި އެ ގައުމުން ބިން ގަތުމުގެ މަސައްކަތް ފަށައިފިއެވެ. މި މަޝްރޫޢަކީ އިންޑޮނޭޝިއާގެ ރައީސް ޕްރަބޯވޯ ސުބިއާންތޯ ހުށަހަޅުއްވައި، ސަޢޫދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާންއާއެކު ކުރެވުނު ކުރެވުނު މަޝްވަރާތަކުގައި އެއްބަސްވެވުނު މަޝްރޫޢެކެވެ. މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް މަގުފަހިވެފައިވަނީ 2026 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން މައްކާގައި ބޭރު ގައުމުތަކަށް ބިން ގަތުމުގެ ހުއްދަ ދި...

އަލީ އާދިލް
ޤައުމީ ދުވަހުގެ ދިދަނެގުމުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި

ޤައުމީ ދުވަހުގެ ދިދަނެގުމުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި

ޤައުމީ ދުވަހާ ގުޅިގެން މިއަދު ހެނދުނު 6:00 ގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންފިއެވެ. މި ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުންގެ އިތުރުން ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފާއި ސަރުކާރުގެ އިސްވެރިންނެއް ބައިވެރިވެވަޑައިގެންނެވިއެވެ. މި އިހްތިފާލްގައި ބައިވެރިވެވަޑައިގަތުމަށް ރައީސްގެ ދެކަނބަލުން ޖުމްހޫރީ މައިދާނަށް ވަޑައިގެންނެވުމުން، މަރުޙަބާ ދެންނެވީ މިނ...

ޔުމްނާ ޢަލީ
އަހަރަކު 2.3 ބިލިއަން ޑޮލަރު ގެއްލުންވާތީ، އިންޑިއާއިން ޖުވާ ސައިޓުތައް މަނާކޮށްފި 

އަހަރަކު 2.3 ބިލިއަން ޑޮލަރު ގެއްލުންވާތީ، އިންޑިއާއިން ޖުވާ ސައިޓުތައް މަނާކޮށްފި 

އަހަރަކު 2.3 ބިލިއަން ޑޮލަރު ގޭމިންގ އެޕްތަކުން ގެއްލެމުންދާކަން ސަރުކާރުގެ ތަފާސްހިސާބުތަކުން ހާމަވުމާއެކު، އިންޑިއާއިން ޖުވާ ސައިޓުތައް (އޮންލައިން ގޭމްބްލިންގ) ރަސްމީކޮށް މަނާކޮށްފިއެވެ. މަޖިލީހުގެ މަތިގެއާތި ތިރިގެއިން ފާސްކޮށްފައިވާ މި އައު ޤާނޫނުގެ ސަބަބުން ޕޮކާ ކާޑު ކުޅުމާއި، ޕޯކަރ އަދި ފެންޓަސީ ސްޕޯޓްސް ހިމެނޭ ގޮތަށް އިންޑިއާގައި މަޤްބޫލު ކްރިކެޓް އަދި ސްޕޯޓްސް ބެޓް އެޕްތަކަށް ސީދާ އަސަރުކުރާނެއެވެ. ޕްރޮމޯޝަން އެންޑް ރެގިއުލޭޝަން އޮފް އޮންލައިން ގޭމިންގ ބިލުގެ ދަށުން އޮންލައިން ޖުވާ ޕްލެ...

އިބްރާހިމް އަސްވާޤް
އުތީމުން މި ފެނުނީ އާދަޔާ ޚިލާފް ޤައުމީ ރޫހެއް

އުތީމުން މި ފެނުނީ އާދަޔާ ޚިލާފް ޤައުމީ ރޫހެއް

ދިވެހި ޤައުމީ ދުވަސް އެދުވަހަކަށް ނިސްބަތްވާ ރަބީޢުލްއައްވަލު މަހުގެ 1 ވަނަ ދުވަހަކީ ތިލަދުންމަތިން އުފެދުނު ޤައުމީ ބަދަލު އުތީމު މުޙައްމަދު ތަކުރުފާނު، އެޒަމާނުގެ ކަނޑުގެ “ބާޒު” ގޮތުގައި ސިފަކުރެވުނު ވަރުގަދަ ޕޯޗުގީޒުންގެ ވަކިތަކުން މި ދިވެހި އުންމަތް މިނިވަން ކުރެއްވި ދުވަހެވެ. މުޅި ރާއްޖެއަށް ޕޯޗުގީޒުންގެ ހަންފަތުރައި، އަނިޔާ ވެރިކަން އިންތިހާއަށްގޮސް، ޣައިރު ދީނަށް ދިވެހިން މަޖުބޫރުން ވައްދަމުން ދިޔަ ދިޔުން ހުއްޓުމަށް ނުކުންނެވީ ތިލަދުންމަތީ ހއ. އުތީމު ތިންބެއިން އިސްވެ ތިއްބަވައިގެންނެވެ. މ...

ޙުސައިން ޝަހުދީ
ރައީސް މައުމޫނާއި ޔާމީނަކީ ''އުޑާ ބިމާހާ ތަފާތު'' ދެވެރިން: ލަތީފް

ރައީސް މައުމޫނާއި ޔާމީނަކީ ''އުޑާ ބިމާހާ ތަފާތު'' ދެވެރިން: ލަތީފް

ކުރީގެ ރައީސް މައުމޫން އަބުދުލްޤައްޔޫމާއި، ކުރީގެ ރައީސް ޢަބުދުﷲ ޔާމީން އަބުދުލްޤައްޔޫމަކީ ”އުޑާ ބިމާހާ ތަފާތު” ދެވެރިން ކަމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބުދުއްލަތީފް މުހައްމަދު (ލަތީބެ) ވިދާޅުވެއްޖެއެވެ. ލަތީފް މިހެން ވިދާޅުވީ މެންދުރު ޓީވީން ހުކުރު ދުވަހުގެ ރޭ ގެނެސްދިން ”ޖަވާބުދާރީ” ޕްރޮގްރާމްގައި އެ ދެބޭފުޅުންގެ ތަފާތާއި ބެހޭ ގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ލަތީފް ރައީސް މައުމޫން ސިފަކުރެއްވީ ޚުލްޤުހެޔޮ، ކެތްތެރިކަމާއި ރުޅިމަޑު ބޭފުޅެއްގެ ގޮތުގައެވެ. މައުމުނާއެކު ބާއްވާ ބައްދަ...

ޔުމްނާ ޢަލީ
ބޮޑުތަކުރުފާނަށް އިލްހާމުކުރެއްވުމާއި އެ ތަކުރުފާނުން ނެރުއްވުން!

ބޮޑުތަކުރުފާނަށް އިލްހާމުކުރެއްވުމާއި އެ ތަކުރުފާނުން ނެރުއްވުން!

މިހުންނެވީ ދިވެހި އުންމަތުގެ ޚާލިދު ބުން ވަލީދެވެ. މިއީ ދިވެހި ޤައުމުގެ ޞަލާޙުއްދީނުލް އައްޔޫބީއެވެ. މިއީ ދިވެހި ޖަޒީރާގެ ޠާރިޤު ބިން ޒިޔާދެވެ. ދިވެހިރާއްޖޭގެ ބޮޑުގަނޑުވަރުގައި ތައުޙީދުގެ ވޮށް ދިއްލީއްސުރެ، ދިވެހި ތާރީޚުގެ އެންމެ އަގުހުރި ސަފުހާ ލިޔުއްވި ދިވެއްސެވެ. ތިލަދުންމަތީ އުތީމު ކަޅު ޢަލީ ޚަޠީބު ތަކުރުފާނުގެ ޙުސައިން ޚަޠީބު ތަކުރުފާނުގެ މުޙައްމަދު ޚަޠީބު ތަކުރުފާނެވެ. މިއީ ދިވެހިރާއްޖޭގެ ބޮޑުތަކުރުފާނެވެ. އަލިރަސްގެފާނު ޝަހީދުކޮށް، ނަޞާރާ ޕޯޗުގީޒުން ދިވެހިރާއްޖެ ހިފީ ހިޖުރައިން 965 ވަނަ އ...

އަޙްމަދު ސާލިމް
ޕެނަލްޓީގައި ޒިގްޒެގް ބަލިކޮށް ކަނޑިތީމް ފައިނަލަށް

ޕެނަލްޓީގައި ޒިގްޒެގް ބަލިކޮށް ކަނޑިތީމް ފައިނަލަށް

ކުޅުދުއްފުށި ޗެމްޕިއަންޝިޕް ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި، ކުޅުދުއްފުށީ ޒިގްޒެގް ފޯ ޔޫތު ލިންކޭޖްގެ މައްޗަށް ޕެނަލްޓީގައި ކުރި ހޯދައި ކަނޑިތީމުން ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފިއެވެ. އިއްޔެ ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އޮތީ 2-2 ގެ ނަތީޖާއިން އެއްވަރުވެފައެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ކަނޑިތީމުން ކުރި ހޯދާފައި ވަނީ 7-6 ގެ ނަތީޖާއިންނެވެ. ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި […]

އިބްރާހިމް ޚަލީލް
ތަފާތު ބޮޑުކޮށް ވެސްޓްހޭމް ބަލިކޮށް ޗެލްސީން ފުރަތަމަ މޮޅު ހޯދައިފި

ތަފާތު ބޮޑުކޮށް ވެސްޓްހޭމް ބަލިކޮށް ޗެލްސީން ފުރަތަމަ މޮޅު ހޯދައިފި

އިނގިރޭސް ޕްރިމިއާ ލީގުގައި ރޭ ޗެލްސީއާއި ވެސްޓްހޭމް ބައްދަލުކުރި މެޗު 5-1 ގެ ތަފާތުބޮޑު ނަތީޖާއަކުން ޗެލްސީން ކާމިޔާބު ކޮށްފިއެވެ. ލީގުގެ ފުރަތަމަ މެޗުގައި ޗެލްސީ ބައްދަލުކޮށްފައި ވަނީ ކްރިސްޓަލް ޕެލަސްއާއިއެވެ. އެ މެޗު ނިމުނީ އެއްވަރުވެގެންނެވެ. ރޭ ރަށުން ބޭރުގައި ބޮޑު މޮޅެއް ހޯދައި ޗެލްސީން މިވަނީ ފުރަތަމަ މޮޅު ހޯދާފައެވެ. ރޭ ޗެލްސީގެ ފުރަތަމަ އެގާރާހައި ކޯލް ޕާމާ ހިމެނި ނަމަވެސް، މެޗަށް ވާމްއަޕް ކުރަނިކޮށް އޭނާއަށް އަށް ވަނީ އަނިޔާވެފައެވެ. ވުމާއިއެކު ކޯޗު […]

އިބްރާހިމް ޚަލީލް