ރާއްޖެ ޗެނަލް 13ގެ ޕްރޮގްރާމްތައް މެދުކަނޑާލުމަށް އެންގިން، ޒިންމާ އަދާކުރަން ހުރަސް އަޅާނަމަ ފިޔަވަޅު އަޅާނަން: ބްރޯޑްކޮމް ޗެނަލް 13ގެ ޕްރޮގްރާމް ޝެޑިއުލް އެއް ގަޑިއިރަށް މެދުކަނޑާލުމަށް އެ ޗެނަލް ހިންގާ ޑިއާ ރިންގ ޕްރައިވެޓް ލިމިޓެޑަށް މިރޭ އެންގި ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ބުނެފިއެވެ. ބްރޯޑްކޮމް އިން މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ ދަށުން 21 އޮގަސްޓް 2025 ވަނަ ދުވަހުގެ ރޭ 08:00 ން 09:00 އަށް ޗެނަލް-13 ގެ ޕްރޮގްރާމް ޝެޑިއުލް މެދުކަނޑާލުމަށް 11 އޮގަސްޓް 2025 ގައި އެ ޗެނަލް ހިންގާ މީޑިއާ […] ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ބާރަށާއި މާރަންދޫ ޞިއްޙީމަރުކަޒުތަކުގެ އައު ޢިމާރާތުގެ މަސައްކަތް ހަވާލުކޮށްފި ހއ. ބާރަށާއި މާރަންދޫ ޞިއްޙީމަރުކަޒުތަކުގައި އަލަށް ހަދާ ޢިމާރާތުގެ މަސައްކަތް، ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، ހެލްތު މިނިސްޓްރީގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އިސްމާޢިލް ޝަރީފެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ނަޒީމެވެ. ހއ. މާރަންދޫ ޞިއްޙީމަރުކަޒުމާރަންދޫ ޞިއްޙީމަރުކަޒުގައ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހަނިމާދޫގައި ބެހެއްޓި ފަންޑްފޮށިތަކުން ލިބުނު ފައިސާގެ އެހީ ފަލަސްތީނަށް ފޯރުކޮށްދީފި ފަލަސްތީނުގެ ގައްޒާގައި ހާލުގައި ޖެހިފައިވާ މުސްލިމް އަހުންނާއި އުހްތުންނަށް އެހީތެރިކަން ފޯރުކޮށްދުނުމަށް ބޭނުންވާ ފައިސާ ހޯދުމަށް ހަނިމާދޫ ކައުންސިލުން އެ ރަށުގައި ބެހެއްޓި ފަންޑް ފޮށިތަކުން ލިބިނު ފައިސާއިން އެހީތެރިކަން ފޯރުކޮށްދީފައެވެ. ހަނިމާދޫ ކައުންސިލުން އިސްނަގައިގެން މި ހަރަކާތް ހިންގާފައި ވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ. ހަނިމާދޫގެ ބައެއް ތަންތަނުގައި ދެ ހަފްތާގެ މުއްދަތަށް ފަންޑްފޮށި ބަހައްޓައިގެން 88492.25 ރުފިޔާ ލިބިފައިވެއެވެ. ނަމަވެސް ކައުންސިލުން މި ފައިސާ އިންޓަނޭޝަނަލް އެއިޑް... އިބްރާހިމް ޚަލީލް · 1 އަހަރު ކުރިން
ރާއްޖެ މާލޭ ބޮޑުތަކުރުފާނުމަގު އުތުރު ފަރާތް ފުޅާކޮށް ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފި މާލޭގެ ބޮޑުތަކުރުފާނުމަގު އުތުރު ފަރާތުން މަގު ފުޅާކޮށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން ހައުސިންގ، އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުالله މުއްޠަލިބްއެވެ. މި މަޝްރޫޢަކީ ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން، މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ޙަވާލުކޮށްފައިވާ މަޝްރޫޢެކެވެ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކޭއާރުއެޗު ޓާޝަރީ ފެންވަރަށް އަޕްގްރޭޑްކުރުމަށް ބޭނުންވާ ޢިމާރާތް ޑިޒައިންކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު) ޓާޝަރީ ފެންވަރަށް އަޕްގްރޭޑްކުރުމަށް ބޭނުންވާ ޢިމާރާތް ޑިޒައިންކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ. ހެލްތް މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް އަޕްގްރޭޑްކުރުމަށް ބޭނުންވާ ޢިމާރާތް ޑިޒައިންކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައިވާއިރު، މި އެއްބަސްވުމުގައި ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ހެލްތުގެ ނައިބު އަޙުމަދު ހަމްދާން ނާސިރު އެ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ވަކީލުކަމުގެ ފޭކް ސަނަދެއް ގެންގުޅޭ މައްސަލައެއް ބަލަނީ ވަކީލުކަމުގެ ފޭކް ސަނަދެއް ގެންގުޅޭ މައްސަލައެއް ފެންމަތިވެ އެ މައްސަލަ ބަލައިދިނުމަށް ފުލުހުންނަށް ހުށަހަޅާފައިވާކަމަށް ބާ ކައުންސިލުން މިއަދު ބުނެފިއެވެ. ވަކީލުކަމުގެ ހުއްދައިގެ ނަމުގައި އަސްލު ނޫން ސަނަދެއް ގެންގުޅޭ މައްސަލައެއް ފެންމަތިވީ، މޯލްޑިވްސް ޕޯޓްސް ލިިމިޓެޑް (އެމްޕީއެލް)ގައި މަސައްކަތްކުރާ ފާތިމަތު ތޫބާ އަބުދުﷲ ހަވޭލި/ލ. ފޮނަދޫ، އެ ކުންފުންޏަށް ހުށައަޅާފައިވާ ޤާނޫނީ ވަކީލުކަމުގެ ހުއްދަ އަކީ ބާ ކައުންސިލުން ދޫކޮށްފައިވާ ހުއްދައެއްތޯ ބަލަން އެ ކުންފުނިން ބާ ކައުންސިލަށް ހުށަހެޅުމުން ބ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށީ މަސްމާރުކޭޓްގައި ދެ އަހަރު ދުވަހު މަސްކަނޑުމުގެ ފުރުސަތު ހދ.ކުޅުދުއްފުށީ މަސްމާރުކޭޓުގައި ހުސްވެފައިވާ މަސްކެނޑުމުގެ ޖާގަތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މަސްމާރުކޭޓުގައި މަސްކެނޑުމަށް ހާއްސަ ކޮށްފައިވާ 8 ޖާގާގައި ރަޖިސްޓަރީވެގެން މަސްކެނޑުމުގެ ހިދުމަތް ދެ އަހަރުގެ މުއްދަތަށް ދިނުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. މިޖާގަތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ފޯމް ހުށަހަޅުއްވާ ފަރާތްތަކުގެ އަދަދު 08 (އަށެއް) ވުރެން އިތުރުވެއްޖެނަމަ ފޯމް ހުށަހަޅުއްވ... އިބްރާހިމް ޚަލީލް · 1 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ތިލަދެކުނު ވޮލީ މުބާރާތް ފިރިހެން 8 ޓީމާއި އަންހެން 6 ޓީމާއިއެކު ގައުމީ ދުވަހު ފަށަނީ ހދ.އަތޮޅުގެ ގިނަ ރަށްތަކަކުން ވާދަކުރާ “ތިލަދެކުނު ވޮލީބޯޅަ މުބާރާތް 2025” ގައުމީ ދުވަހު (24 އޮގަސްޓް) ނައިވާދޫގައި ފަށާނެއެވެ. ހދ.އަތޮޅު ކައުންސިލުން އިންތިޒާމްކުރާ މި މުބާރާތުގައި ފިރިހެން ޑިވިޝަނާއި އަންހެން ޑިވިޝަން ހިމެނެއެވެ. ދެ މުބާރާތް ވެސް ކުރިއަށް ގެންދަން ނިންމާފައި ވަނީ ނައިވާދޫގައެވެ. ފިރިހެން ޑިވިޝަންގައި ބައިވެރިވެފައިވާ 8 ޓީމް: ކްލަބް ކޮރަލްސް (ކުޅުދުއްފުށި) ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ (ހަނިމާދޫ) ކުމުންދޫ ސްޕޯޓްސް ކްލަބް (ކުމުންދޫ) ނޮޅިވަރަމް ޒުވާނުންގެ ގުޅުން (ނޮޅިވަރަމް) ނައިވ... އިބްރާހިމް ޚަލީލް · 1 އަހަރު ކުރިން
ރާއްޖެ ރައީސް އއ. އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަރިއަތޮޅު އުތުރުބުރީ (އއ.އަތޮޅު)ގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ރަސްމީ ދަތުރުފު މިއަދު ހެނދުނު ނިންމަވާލައްވައިފިއެވެ. 19 އޯގަސް 2025 (އަންގާރަ) ދުވަހު ފެއްޓެވި މި ދަތުރުފުޅުގައި ރައީސް ވަނީ އއ. އަތޮޅުގައި މީހުން ދިރިއުޅޭ 8 ރަށަކަށް ކަމަށްވާ ތޮއްޑޫ، ރަސްދޫ، އުކުޅަސް، މަތިވެރި، ބޮޑުފޮޅުދޫ، ފެރިދޫ، މާޅޮސް އަދި ހިމަންދޫ އަށް ޒިޔާރަތް ކުރަށްވާފައެވެ. މި ދަތުރުފުޅުގައި އަންގާރަ ދުވަހު ރައީސް އެންމެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި ވަޑައިގަތީ […] ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ މާލޭ ބަންޑާރަ މިސްކިތުގައި އަލިފާނުގެ ހާދިސާއެއް މާލޭގެ ބަންޑާރަ މިސްކިތުގެ ސީލިންގައި ރޯވެ، އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މިއަދު ހެނދުނު ހިނގި މި ހާދިސާއާއި ގުޅޭގޮތުން އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ މިއަދު 10:25 ގައި ކަމަށެވެ. ”މައުލޫމާތު ލިބުމާ އެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް، ރޯވި އަލިފާން ނިއްވާލައިފައި” އެމްއެންޑީއެފުން ބުންޏެވެ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށް ވެސް އ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ މަޑިވަރު ފިނޮޅު ހިމާޔަތްކޮށް، ރަސްދޫ ރައްޔިތުންނަށް ބޭނުންކުރެވޭނެހެން ތަރައްޤީކޮށްދޭނަން: ރައީސް އއ.މަޑިވަރު ފިނޮޅު ހިމާޔަތްކޮށްދީ، އެ އަތޮޅު ރަސްދޫ ރައްޔިތުންނަށް ބޭނުންކުރެވޭނެހެން ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދީގެން އެތަން ތަރައްޤީކޮށްދެއްވާނެކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، އެ މަނިކުފާނު އަންގާރަ ދުވަހު އއ. މީހުން ދިރިއުޅޭ ރަށްރަށަށް ފެއްޓެވި ދަތުރުފުޅުގައި، އިއްޔެ އެ އަތޮޅު ރަސްދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅެކެވެ. މަޑިވަރު ފިނޮޅުގެ ވަށައިގެން ޖިއޯބޭގްސް ޖަހައި ވެލިއަރާނެގޮ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ އަބްދުއްރަހުމާންގެ މަރު: ތުހުމަތުވާ ތިން މީހަކު ހައްޔަރުކޮށްފި އއ. މާޅޮހުގައި އަނިޔާވެރިކޮށް މަރާލި އަބްދުއްރަހުމާން އާދަމްގެ މަރުގެ މައްސަލައިގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އަބްދުއްރަހުމާން އާދަމް މަރާލުމުގައި ބައިވެރިވިކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އިތުރު މައުލޫމާތު ފަހުން އާންމުކުރާނެކަމަށް ވެސް ބުންޏެވެ. މައުލޫމާތު ލިބޭގޮތުގައި މި މައްސަލައިގައި ފުލުހުން ވަނީ ތިން މީހެއްގެ ގެ ފާސްކުރުމުގެ އިތުރުން، އެއް މީހެއްގެ އަންނައުނު ވެސް ބަލައި ފާސްކޮށްފައެ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ އއ.އަތޮޅުގައި ޕާސްޕޯޓް ޚިދުމަތާއި އައީޑީކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ރަސްމީކޮށް ފަށައިފި އއ. އަތޮޅުގައި ޕާސްޕޯޓް ޚިދުމަތާއި އައީޑީކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް އިއްޔެ ރަސްމީކޮށް ފަށައިފިއެވެ. މި ޚިދުމަތްތައް ރަސްމީކޮށް ފަށްޓަވައިދެއްވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އއ.އަތޮޅުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ އަތޮޅު ރަސްދޫ އަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ. ރައީސް މުޢިއްޒު ރަސްދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި މި ޚިދުމަތްތައް ރަސްމީކޮށްފަށާފައިވާއިރު، މި ޚިދުމަތްތައް ރަސްމީކޮށް ފައްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ އއ.އަތޮޅު ހޮސްޕިޓަލުން ޑަޔަލިސިސްގެ ޚިދުމަތް، އައު އިމާރާތުގެ ބިންގާ އަޅައިފި އއ. އަތޮޅުގެ ވެރިރަށް ރަސްދޫގައި ހުންނަ ހޮސްޕިޓަލުގައި ޑަޔަލިސިސްގެ ޚިދުމަތް އިއްޔެ ފަށައިފިއެވެ. މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ، އއ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ރަސްދޫއަށް ކުރެއްވި ޒިޔާރަތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ޑަޔަލިސިސް ސެންޓަރެއް ޤާއިމްކުރުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެއް ކަމަށްވާއިރު، މި ޚިދުމަތް އއ. އަތޮޅުގައި ޤާއިމްކުރެވުމާއެކު އިތުރު އަތޮޅަކަށް މި ޚިދުމަތް ވަނީ ފުޅާކުރެވިފައެވެ. މީގެ އިތުރ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ ބަޙްރެއިންގައި ރޯބްލޮކްސް މަނާކުރަން މަޖިލީހަށް ބިލެއް ހުށައަޅަނީ ކުޑަކުދިންގެ ރައްކާތެރިކަމަށް ނުރައްކާވާ ކަމަށް ބުނެ ބަޙްރެއިންގައި ރޯބްލޮކްސް މަނާކުރަން މަޖިލީހަށް ބިލެއް ހުށައަޅަން ނިންމައިފި އެވެ. ބަޙްރެއިންގެ މަޖިލިސް މެމްބަރު ޙަމަދު އަލް ދޯއީ ވަނީ މިކަމާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ. ޙަމަދު ވިދާޅުވެފައިވަނީ، މި އޮންލައިން ގޭމިން ޕްލެޓްފޯމްގައި ކުޑަކުދިންނަށް ނުރަނގަޅު އަސަރުކުރާނެ ކަންކަން ހުރިކަމަށާއި، އަދި އެކުދިން ނުރަނގަޅު މީހުންނާ ބައްދަލުވުމުގެ ފުރުސަތު އޮތްކަމަށް ފާހަގަކުރެވިފައިވާކަމަށެވެ. އަދި މި... އިބްރާހިމް އަސްވާޤް · 1 އަހަރު ކުރިން