ވިޔަފާރި އއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ވެސް އެމްޓީސީސީ އަށް އއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 3 ބުރީގެ އައު އިމާރާތުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އިއްޔެ ހަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އއ.އަތޮޅުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ އަތޮޅު ރަސްދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ރަސްމިއްޔާތުގައެވެ. މި އެއްބަސްވުމުގައި ތަޢުލީމީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު އަދި އެމްޓީސީސީގެ ފ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ''ލޯކަލް ޓުއަރިޒަމްގެ މަސައްކަތް ކުރިއަށް ގެންދަންވާނީ އިސްލާމީ ހަމަތަކާ އެއްގޮތަށް ޤާނޫނީ އިމުގެ ތެރެއިން'' ލޯކަލް ޓުއަރިޒަމްގެ މަސައްކަތް ކުރިއަށް ގެންދަންވާނީ އިސްލާމީ ހަމަތަކާ އެއްގޮތަށް، ދިވެހިރާއްޖޭގެ ޤާނޫނުތަކުގެ އިމުގެ ތެރެއިން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، އއ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްރަށަށް އެމަނިކުފާނު އަންގާރަ ދުވަހު ފެއްޓެވި، ދަތުރުފުޅުގައި އެ އަތޮޅު އުކުޅަހަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި މިރޭ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި އުކުޅަހަކީ ލޯކަލް ޓުއަރިޒަމް ކުރިއަރާފައިވާ ރަށަކަށް ވާއ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ މާލޭގައި މީހަކަށް ހަމަލާދީ ޒަޚަމްކޮށްލައިފި މާލޭގައި މީހަކަށް ހަމަލާދީ މިރޭ ޒަޚަމްކޮށްލައިފިއެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު ރޭ 23:11 އެހާކަންހާއިރުއެވެ. މި ހާދިސާ ހިނގާފައި ވަނީ މާލޭ ސޯސަން މަގުގައެވެ. މި ހާދިސާގައި އަނިޔާ ލިބިފައިވަނީ ދިވެހި ފިރިހެނަކަށް ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. ހަމަލާގެ ޝިކާރައަކަށްވި މީހާ އަށް ލިބިފައިވާ އަނިޔާތަކަށް ފަރުވާ ދިނުމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. މި މައްސަލަ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ހަމަނުޖެހުން ހިންގަން ހިތްވަރު ލިބޭ ގޮތަށް ''އެކްސް''ގައި ޕޯސްޓްތަކެއްކުރި މީހަކު ހައްޔަރުކޮށްފި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ބިލާ ގުޅިގެން އިހުތިޖާޖު ކުރާ ފަރާތްތަކާ ދެކޮޅަށް ހަމަނުޖެހުން ހިންގުމަށް ހިތްވަރުދޭ ގޮތަށް ސޯޝަލް މީޑިއާގެ މަންސަ، “އެކްސް” ގައި ޕޯސްޓްތަކެއް ކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން މިރޭ ބުނެފިއެވެ. ”މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު” އަކީ ތުޅާދޫ ދާއިރާގެ މިނިވަން މެންބަރު އަބްދުލްހަންނާނު އަބޫބަކުރު މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލެކެވެ. 18 އޯގަސްޓް 2025 ގައި ވަނީ މި ބިލުގެ ފުރަތަމަ ކިޔުން އިއ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ތޮއްޑޫ އަށް ހޮސްޕިޓަލަކާއި، އެގްރިކަލްޗަރ އެންޑް ފުޑް ފެކަލްޓީއަކާއި ސީޕްލޭންގެ ޚިދުމަތް އއ. ތޮއްޑޫގައި މިހާރު އިމާރާތްކުރަމުންދާ 30 އެނދުގެ ޞިއްޙީ މަރުކަޒު ހޮސްޕިޓަލެއްގެ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ނިންމަވައިފިއެވެ. މިކަން އިއުލާންކުރެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އެ އަތޮޅުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ތޮއްޑޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، ތޮއްޑޫގައި ކުރިއަށްދާ ތިރީސް އެންދުގެ ޞިއްހީ މަރުކަޒު، ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ބޭނުންވާ އޮޕަރޭޝަން ތިއޭޓަރާއި އައި.ސީ.ޔޫ ހި... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ވިޔަފާރި ތޮއްޑޫ ދެކުނު ފަރާތުގައި ފާލަން ތަރައްޤީކުރަން އެމްޓީސީސީ އަށް އއ. ތޮއްޑޫގެ ދެކުނު ފަރާތުގައި ފާލަން ތަރައްޤީކުރުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. 52 މިލިޔަން ރުފިޔާގެ މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އއ.އަތޮޅުގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ތޮއްޑޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ. މި އެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށި ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ.... ނާޒިމާ އަލީ · 1 އަހަރު ކުރިން
ރާއްޖެ ތޮއްޑޫގެ ނަރުދަމާ ޚިދުމަތާއި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފަށައި ތިން އިމާރާތެއްގެ ބިންގާ އަޅައިފި އއ. ތޮއްޑޫގެ ނަރުދަމާ ނިޒާމުގެ ޚިދުމަތާއި، ޑޮލަރު އޭޓީއެމްގެ ޚިދުމަތް މިއަދު ރަސްމީކޮށް ފަށައި، ކައުންސިލް އިދާރާގެ އައު އިމާރާތާއި ފުލުހުންގެ މަރުކަޒާއި، ތޮއްޑޫ ބީއެމްއެލް ބްރާންޗްގެ ބިންގާ އަޅައިފިއެވެ. މި ޚިދުމަތްތައް ފަށައި، މި ދެ އިމާރާތުގެ ބިންގާ އަޅާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަރިއަތޮޅު އުތުރުބުރީގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފަސް ވަނަ މަންޒިލްގެ ގޮތުގައި މިއަދު ތޮއްޑޫއަށް ކުރެއްވި ޒިޔާރަތުގައެވެ. ތޮއްޑޫގެ ނަރުދަމާ ނިޒާމުގެ ޚިދުމަތް […] ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ތޮއްޑޫގައި ބާއްވާ ބައިނަލްއަޤްވާމީ ޓޭބަލްޓެނިސް މުބާރާތުގެ ފެށުން ރައީސް ޝަރަފްވެރިކޮށްދެއްވައިފި އަރިއަތޮޅު އުތުރުބުރީ ތޮއްޑޫގައި ފުރަތަމަ ފަހަރަށް ބާއްވާ ބައިނަލްއަޤްވާމީ މުބާރާތް، “ތޮއްޑޫ މާސްޓަރސް ޓޭބަލްޓެނިސް މުބާރާތް” ފެށުމުގެ ރަސްމިއްޔާތު ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ. މި މުބާރާތް ފެށުމުގެ ރަސްމިއްޔާތު ރައީސް ޝަރަފްވެރިކޮށްދެއްވީ އަރިއަތޮޅު އުތުރުބުރީގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ތޮއްޑޫއަށް ކުރެއްވި ޒިޔާރަތުގައެވެ. މި މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތުގައި ތޮއްޑޫ ސްކޫލްގެ ދަރިވަރުން ވަނީ ޚާއްޞަ ސަގާފީ އައިޓަމ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފުނަދޫ ޔުނިޓީ ކަޕަށް ގިނަ ބަޔެއްގެ ސަމާލުކަން، ގިނަ ބިދޭސީ ކުޅުންތެރިންތަކަކާއެކު ފޯރި ގަދަވާނެ ށ.ފުނަދޫ ޔުނިޓީ ސްޕޯޓްސް އެކަޑަމީން އިންތިޒާމް ކޮށްގެން ބާއްވާ “ޔުނިޓީ ކަޕް 2025” ވޮލީ މުބާރާތް މާދަމާ ފެށުމަށް ތައްޔާރުވަމުން އަންނައިރު، އެ މުބާރާތަށް ވަނީ ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓިފައެވެ. މި މުބާރާތަށް ގިނަބަޔެއްގެ ސަމާލުކަން އަމާޒުވެފައިވާ އެއް ކަމަކީ މި މުބާރާތުގައި ގިނަ އަދަދެއްގެ ބިދޭސީ ކުޅުންތެރިންގެ ހުނަރު ފެނިގެންދާނެތީއެވެ. މި މުބާރާތުގައި އެކި ޤައުމުތަކަށް ނިސްބަތްވާ ބިދޭސީ 27 ކުޅުންތެރިން ކުޅޭނެއެވެ. އަދި އޮފިޝަލުންގެ ގޮތުގައި ބިދޭސީ 3 މީހަކު ހަރަކާތްތެރިވާނެއެވެ. މި […] ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ވިޔަފާރި ސްޓެލްކޯއިން ލޭ ހަދިޔާކުރުމުގެ ޕްރޮގުރާމެއް ކުރިއަށް ގެންގޮސްފި ސްޓެލްކޯގެ މުވައްޒަފުން ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި އެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ސްޓެލްކޯ އާއި މޯލްޑިވިއަން ބްލަޑް ސާވިސް ގުޅިގެންނެވެ. ސްޓެލްކޯ އިން ބުނި ގޮތުގައި މި ޕްރޮގްރާމްގެ މަގުސަދަކީ ލޭ ބޭނުންވާ މީހުންނަށް ފަސޭހަކަމާއެކު ލޭ ލިބޭނެ މަގު ތަނަވަސްކޮށް ދިނުމެވެ. ސްޓެލްކޯގެ މުވައްޒަފުން ލޭ ހަދިޔާ ކުރުމަށް އިއްޔެ ކުރިއަށް ގެންދިޔަ ޕްރޮގްރާމް ވަރަށް ކާމިޔާބު ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ. ސްޓެލްކޯގެ މުވައްޒަފުންގެ ލޭ ހަދިޔާ […] އިބްރާހިމް އަސްވާޤް · 1 އަހަރު ކުރިން
ރާއްޖެ ކޮފްސީ ސިރަޕު ރާއްޖޭގައި މަނާކޮށްފި ރޯގާއާއި ކެއްސުމަށް، އާއްމުގޮތެއްގައި ކުޑަކުދިންނަށް ދޭ ބޭހެއްކަމަށްވާ ކޮފްސީ ސިރަޕު ރާއްޖެއަށް އިމްޕޯޓް ކުރުމާއި، ވިއްކުމާއި އަދި ބޭނުންކުރުން މަނާކޮށްފިއެވެ. މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގައި ވިއްކާ ބޭހަކީ ފެންވަރު ރަނގަޅު ބޭހެއްތޯ ކަށަވަރުކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެމަސައްކަތްތަކުގެތެރެއިން ބޭހުގެ މާކެޓް ސާވެއިލަންސް ކުރަނިކޮށް، ކޮފްސީ ސިރަޕުން ކޮލިޓީގެ މައްސަލަތަކެއް ފާހަގަކުރެވިފައިވާކަމަށެވެ. އެހެންކަމުން މިއަދުން... އިބްރާހިމް ޚަލީލް · 1 އަހަރު ކުރިން
ރާއްޖެ ބޮޑުފޮޅުދޫގައި 50 ހައުސިން ޔުނިޓްގެ މަޝްރޫޢެއް އަންނަ އަހަރު ފަށަނީ އަރިއަތޮޅު އުތުރުބުރީ (އއ.އަތޮޅު) ބޮޑުފޮޅުދޫގައި 50 ހައުސިންގް ޔުނިޓް އެޅުމުގެ މަޝްރޫޢެއް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައި، އެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އއ. އަތޮޅުގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު ބޮޑުފޮޅުދޫ ރައްޔިތުންނާ ބައްދަލުކުރެއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މި މަޝްރޫޢުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށިގެންދާނެ ކަމަށެ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ރާއްޖެ ސަރަހައްދުން ބޭރުގެ މަސްބޯޓެއް އަތުލައިގެންފި ގަވާއިދާއި ޚިލާފަށް ރާއްޖޭގެ ސަރަހައްދަށް ވަތް މަސްބޯޓެއް އަތުލައިގެންފިއެވެ. އެމްއެންޑީއެފުން ބުނީ، ދިވެހިރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދުގައި، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނާ ޚިލާފަށް ހަރަކާތްތެރިވަނިކޮށް ބޭރުގެ މަސްބޯޓެއް އަތުލައިގަނެ، އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. 6 މީހުންނާއެކު އަތުލައިގަތް މި ބޯޓު ފެނިފައިވަނީ ކ.ދިއްފުށްޓާ ދިމާ އިރުމަތިން ރާއްޖޭގެ ޚާއްޞަ އިޤްތިސާދީ ސަރަހައްދުންކަމަށް އެ ޤައުމީ ދިފާއީ ބާރުން ބުނެފަވެއެވެ. އެއީ ކޮން ޤައުމެއްގެ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ މަތިވެރީ އެއާޕޯޓް އަޅަން ބޭނުންވާ ބިން ހިއްކަން ފަށައި، ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ބިންގާއަޅައިފި އއ. މަތިވެރީގައި އެއަރޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތާއި އަދި އެރަށުގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ބިންގާ މިއަދު އަޅައިފިއެވެ. މި މަސައްކަތްތައް ފަށާފައިވަނީ ރައީސް ޑރ. މުހައްމަދު މުޢިއްޒު އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މަތިވެރީގެ ބިން ހިއްކުމާއި އެއަރޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު ސަރުކާރުން ވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށްފައެވެ. މި މަޝްރޫޢުގެ ދަށުން 1500 މީޓަރުގެ ދިގު އަދި 30 މީޓަރު ފުޅާ […] ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށީ ބޮޑު މުހައްމަދު ކަލޭފާނު ބަނދަރުގައި ސީސީޓީވީ ކެމެރާ ހަރުކޮށްދީފި ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށި ސިޓީގެ ބޮޑު މުހައްމަދު ކަލޭފާނު ބަނދަރުގައި ސީސީޓީވީ ކެމެރާ ހަރުކޮށް، އެކަމުގެ ނިންމުން ފާހަގަކޮށްފިއެވެ. މި ޕްރޮޖެކްޓް ކުޅުދުއްފުށީގައި ކުރިއަށް ގެންގޮސްފައި ވަނީ ޖަޕާނު ސަރުކާރުގެ އެހީތެރިކަމާއެކު، ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އާއި ދިވެހި ފުލުހުން އަދި ކުޅުދުއްފުށީ ސިޓީ ކައުންސިލް ގުޅިގެންނެވެ. މި ޕްރޮޖެކްޓްގެ ނިމުން ފާހަގަކުރުމުގެ ގޮތުން އިއްޔެ ވަނީ ހާއްސަ ހަފްލާއެއް ބާއްވާފައެވެ. އެ ހަފްލާ ޝަރަފްވެރި ކޮށްދެއްވާފަ... އިބްރާހިމް ޚަލީލް · 1 އަހަރު ކުރިން