ރާއްޖެ ހިމަންދޫ ފެނާއި ނަރުދަމާ އިފްތިތާޙްކޮށް، ޞިއްޙީ މަރުކަޒުގެ އައު އިމާރާތް ހުޅުވައިފި އއ. ހިމަންދޫގައި ޤާއިމްކުރި ފެނާއި ނަރުދަމާގެ ޚިދުމަތް އިފްތިތާޙްކޮށް، އެރަށު ޞިއްޙީ މަރުކަޒުގެ އައު އިމާރާތް މިއަދު ހުޅުވައިފިއެވެ. މި ޚިދުމަތްތައް އިފްތިތާޙުކޮށްދެއްވީ ރައީސްޑރ. މުޙައްމަދު މުޢިއްޒު އއ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ހިމަންދޫއަށް ކުރެއްވި ޒިޔާރަތުގައެވެ. ހިމަންދޫގެ ފެނާއި ނަރުދަމާގެ ނިޒާމް ހިމަންދޫގެ ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތުގެ ދަށުން 6.35 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ޤާއިމުކޮށް، އާރް.އޯ ފެސިލިޓީ ބިލްޑިންގ އިމާރާތްކޮށްފައިވެއެވެ. މީ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މާއުނގޫދޫ ޤުރުއާނާއި ބެހޭ ސެންޓަރު އަޅަން ހަވާލުކޮށްފި ށ. މާއުނގޫދޫގައި ޤުރުއާނާ ބެހޭ ސެންޓަރެއް އިމާރާތް ކުރުމުގެ މަސައްކަތް އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ ހޯމަ ދުވަހު އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި މަޝްރޫޢަކީ ދައުލަތުގެ ބަޖެޓުން 4 މިލިއަން ރުފިޔާއަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. މަޝްރޫޢުގެ މަސައްކަތް ނިންމުމަށް ކޮންޓްރެކްޓަރަށް ދީފައި ވަނީ 240 ދުވަހުގެ މުއްދަތެވެ. މި ސެންޓަރުގެ އިމާރާތް ނިމުމުން،... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
މަޖިލިސް ހަންނާނުގެ މީޑިއާ ބިލު އަނބުރާ ގެންދިޔުމަށް އެމްޖޭއޭއިން ގޮވާލައިފި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އުވާލައި، “މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން” ގެ ނަމުގައި އައު ކޮމިޝަނެއް އުފެއްދުމަށް ތުޅާދޫ ދާއިރާގެ މިނިވަން މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލު އަނބުރާ ގެންދިޔުމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ގޮވާލައިފިއެވެ. ހަންނާން ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައި ވެސް ބްރޯޑްކޮމްއާއި މީޑިއާ ކައުންސިލް އެއްކޮށްލުމަށް... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ރައީސް އއ. އަތޮޅަށް ފުރާވަޑައިގެންފި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަރިއަތޮޅު އުތުރުބުރީ (އއ.އަތޮޅު)ގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ރައީސް މުޢިއްޒު، އއ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކުރައްވައި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާނެއެވެ. އަދި އެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ ހަނގުރާމަ ހުއްޓާލުމުގެ އައު ހުށަހެޅުން ޤަބޫލުކޮށް ހަމާސްއިން ދިން ޖަވާބު އިސްރާއީލުން ދިރާސާ ކުރަނީ މިސްރާއި ޤަޠަރުގެ މެދުވެރިކޮށް ހުށަހެޅި ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ އައު ހުށަހެޅުން ޤަބޫލުކޮށް ހަމާސްއިން ދިން ޖަވާބު ދިރާސާ ކުރަމުން އަންނަކަމަށް ޖައްބާރު އިސްރާއީލުން ބުނެފިއެވެ. ފަލަސްޠީނުގެ ޖަމާޢަތް ޙަމާސްއިން ހޯމަ ދުވަހު ބުނެފައިވަނީ، މިސްރާއި ޤަޠަރުގެ މެދުވެރިންގެ ހުށަހެޅި ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުން އެ ޖަމާޢަތުން ޤަބޫލުކޮށްފައިވާ ކަމަށެވެ. ޙަމާސްއިން ނެރުނު ކުރު ބަޔާނެއްގައި ބުނެފައިވަނީ، މި ހުށަހެޅުން ޤަބޫލުކުރިކަން މެދުވެރިންނަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް، ހުށަހ... ނާޒިމާ އަލީ · 1 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ބައްތެއްޔެއް ސިފަވާ ފީވަކު ހާބަރ ކެފޭ ފެރީ ޓާމިނަލަށް ބޮޑު ސަމާލުކަމެއް މިލަދުންމަޑުލު އުތުރުބުރީ ފީވަކު ކައުންސިލުން، އެ ރަށުގެ ބަނދަރުގެ ޓީޖެޓީ ސަރަހައްދުގައި ރެސްޓޯރެންޓަކާއިއެކު ތަރައްގީ ކޮށްފައިވާ ހިތްގައިމު ފެރީ ޓާމިނަލްގެ ފޮޓޯތައް އެ ކައުންސިލްގެ ފޭސްބުކް ޕޭޖުގައި ހިއްސާ ކުރުމުން، ގިނަބަޔަކަށް އެ އިމާރާތް ވަރަށް ކަމުދިޔައެވެ. އެ އިމާރާތް ތަރައްގީ ކޮށްފައި ވަނީ ޖާގަތަނަވަސް ފެރީ ޓާމިނަލަކާއި ހިތްގައުމު މޫދުގެ މަންޒަރުތައް ވަރަށް ފުރިހަމައަށް ފެންނާނެ ރެސްޓޯރެންޓަކާއިއެކުއެވެ. އެތަނުގައި ފީޑިން ރޫމްގެ އިތުރުން އާންމު ފާހާނާތައް ވެސް ހިމެނެއެވެ. އެ އިމާރާތުގެ އަ... އިބްރާހިމް ޚަލީލް · 1 އަހަރު ކުރިން
ރާއްޖެ ބްރޯޑްކޮމް އާއި މީޑިއާ ކައުންސިލް އުވާލައި އައު ކޮމިޝަނެއް އުފެއްދުމުގެ ބިލެއް ހުށަހަޅައިފި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އުވާލައި، “މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން” ގެ ނަމުގައި އައު ކޮމިޝަނެއް އުފެއްދުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ. މި ބަދަލު ގެންނަން ”މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު” މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރެވެ. ހަންނާނު ހުށަހެޅުއްވި މި ބިލުގެ ދަށުން މޯލްޑިވްސް މީޑިއާ ކައުންސިލް އާއި ބްރޯޑްކާސްޓ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ސައިކަލު މަޑިދަށުގައި ހުރި ޑްރަގް ނަގައިގެން ފިލަން އުޅުނު މީހަކު ހައްޔަރު މަސްތުވާތަކެތީގެ މައްސަލައެއްގައި ލ. ކަލައިދޫއިން މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ލ. އިސްދޫ / ހިޔަލީގުލްޝަން، އަޙްމަދު ނަޝީދު (38އ) ކަމަށެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ މި މަހުގެ 17 ވަނަ ދުވަހު ފުލުހުން ރަށުތެރޭގައި ޕެޓްރޯލްކުރަމުން ދަނިކޮށް، އޭނާގެ ޢަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައިފާސްކުރުމަށްފަހުއެވެ. ފުލުހުން ބުނާ ގޮތުގައި ސައިކަލެއްގައި ދަތުރުކުރަމުންދިޔަ އަޙްމަދު ނަޝީދު ހުއްޓުވި ވަގުތު، ސައިކަލ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އެމްޓީސީސީން ހޯރަފުށީގެ 3 ވަނަ ބެރިއާ އައިލެންޑްގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިންމާލައިފި އެމްޓީސީސީން ހއ. ހޯރަފުށީގެ ތިންވަނަ ބެރިއާ އައިލެންޑްގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްތައް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ. މި މަޝްރޫޢުގެ ދަށުން ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި 27،300 ކިއުބިކް މީޓަރުގެ ބިންހިއްކުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢުގެ ދަށުން 210 މީޓަރުގެ ޖިއޯ ބޭގް ރިވެޓްމަންޓް އަދި 210 މީޓަރުގެ ރޮކް އެޕްރަން އެޅުމުގެ މަސައްކަތް ވަނީ ފުރިހަމަކުރެވިފައެވެ. މީގެ އިތުރުން 50 މީޓަރުގެ ގްރޮއިން އެޅުމުގެ މަސައްކަތްވެސް ވަނީ ނިމިފައެވެ. މި މަޝްރޫޢުގެ ދަށުން ކުރަންޖެހޭ މަ... އަލީ އާދިލް · 1 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މާ މަކުނުދޫ ފުޓްސަލް ޗެލެންޖް 2025ގެ ގުރުއަތުލައިފި ހދ. މަކުނުދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ”މާ މަކުނުދޫ ފުޓްސަލް ޗެލެންޖް 2025”ގެ ގުރުއަތުލައިފިއެވެ. މި މުބާރާތުގެ ގުރުއަތުލުން މަކުނުދޫ ކައުންސިލް އިދާރާގައި މިއަދު ބާއްވާފައިވާއިރު، މި މުބާރާތަކީ ދެ ޖިންސަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. މަކުނުދޫ ކައުންސިލުން މުޅި މަކުނުދޫއަށް ހުޅުވާލައިގެން އަހަރަކު އެއްފަހަރު ކުރިއަށް ގެންދާ މި ފުޓްސަލް މުބާރާތުގެ މިއަހަރުގެ މުބާރާތް ފަށަން ނިންމާފައި ވަނީ 24 އޯގަސްޓް 2025 ގައި އަންހެން ޑިވިޒަންގެ ހޭޅި ލޭޑީސް އާއި ހޭޅި ބައްދަލުކުރާ މެ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ މަސްވެރިކަމުގެ ދާއިރާއިން ރާއްޖެއިން ބޭރުން މަތީތައުލީމަށް ކިޔެވުމުގެ ފުރުސަތު މަސްވެރިކަމުގެ ދާއިރާއިން ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މިއަދު ހުޅުވާލައިފިއެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ ޓްރާންސްފޯރމިންގ ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓްގެ ދަށުންނެވެ. މަސްވެރިކަމާއި ބެހޭ ވުޒާރާއިން މި ސްކޮލާޝިޕް ޕްރޮގްރާމް ކުރިއަށް ގެންދަނީ ޓްރާންސްފޯމް ޕްރޮޖެކްޓްގެ އެހީތެރިކަމާއެކު، ދިވެހި ސަރުކާރާއި ވާރލްޑް ބޭންކާ ގުޅިގެންނެވެ. މި ޕްރޮގްރާމްގެ ދަށުނ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ޑްރަގްގެ ދެ އޮޕަރޭޝަނެއްގައި ނުވަ މީހަކު ހައްޔަރުކޮށްފި ދިވެހި ފުލުހުންގެ ޚިދުމަތުން ފ. ނިލަންދޫގައި ހިންގި މަސްތުވާތަކެތީގެ ތިން އޮޕަރޭޝަނެއްގައި ޖުމްލަ 9 މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މައުލޫމާތުދިން ގޮތުގައި، މި އޮޕަރޭޝަންތަކުގެ ތެރެއިން އެއް އޮޕަރޭޝަނަކީ ނިލަންދޫ ގެއެއްގައި މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި މަހުގެ 16 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި، ކޯޓު އަމުރެއްގެ ދަށުން އެ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ނިއުޕޯޓްވިއުގެ ކުލީގެ މައްސަލަ ދައުލަތުން އަނބުރާ ގެންގޮސްފި ނިއުޕޯޓްވިއު ރެސްޓޯރަންޓް ހިންގި ބިމުގެ ކުއްޔަށް ސްޓްރާޑާ ކުންފުނިން 1.1 މިލިއަން ރުފިޔާ ނުދައްކާ މައްސަލަ ދައުލަތުން އަނބުރާ ގެންގޮސްފި އެވެ. ނިއުޕޯޓް ހިންގި ބިން ސްޓްރާޑާ ކުންފުންޏަށް ސަރުކާރުން ދިނީ 2016 ވަނަ އަހަރު އެވެ. ނަމަވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި 2019 ވަނަ އަހަރު އެ ބިމުގެ އެއްބަސްވުން ސަރުކާރުން ބާތިލްކުރި އެވެ. ސިވިލް ކޯޓުން 2019 ވަނަ އަހަރު ވަނީ އެ ބިން ދައުލަތާ ހަވާލުކޮށް އަދި ކުލީގެ […] ހުސައިން ހަބީބް · 1 އަހަރު ކުރިން
ރާއްޖެ ޖަޕާނުން ދިވެހި ފުލުހުންނަށް ފަސް ލޯންޗު ހަދިޔާކޮށްފި ޖަޕާން ސަރުކާރުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ކަނޑުމަތީގެ ހަރަކާތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ފަސް ލޯންޗު ހަދިޔާކޮށްފިއެވެ. މި އުޅަނދުތައް ރަސްމީކޮށް ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ދޫނިދޫގައެވެ. މި ރަސްމިއްޔާތުގައި، ޖަޕާން ސަރުކާރުގެ ފަރާތުން މި އުޅަނދުތައް ދިވެހި ފުލުހުންނާ ހަވާލުކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މި އުޅަނދުތަކާ ހަވާލުވެލެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ބަންދުގައި ހުއްޓާ ނިޔާވި މީހާގެ ޕޯސްޓްމޯޓަމް ހަދަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ބަންދުކޮށްފައި ހުއްޓައި ނިޔާވި މީހާގެ ޕޯސްޓްމޯޓަމް ހަދަން ނިންމައިފި އެވެ. ނިޔާވި މީހާއަކީ ގ. ޒާމިއާ / މާލެ، އަޙްމަދު އަފްރާޙް ކަމަށް ފުލުހުން ބުނެފައިވެ އެވެ. އަފްރާހް ނިޔާވިކަން ހާމަކޮށް ފުލުހުން އިއްޔެ ބުނެފައިވަނީ، ފުލުހުންގެ އަތޮޅުވެހީގެ 07 ނަންބަރު ގޮޅީގައި ބަންދުކޮށްފައި ހުރި އަފްރާޙްގެ ހާލަތު އާދީއްތަ ދުވަހުގެ ފަތިހު 05:50 އެހައިކަށްހާއިރު ބެލިއިރު ހަރަކާތް ހުއްޓިފައިވާކަން ފާހަގަކުރެވުނުކަމަށެވެ. އެހެންވެ އޭނާ އައިޖީއެމްއެޗްއަށް ގެންދިޔަކަމަށާއި، އޭނާ ހޮސްޕި... ޔުމްނާ ޢަލީ · 1 އަހަރު ކުރިން