މަޖިލިސް ފަލާހް ދެއްކެވި ވާހަކައާއި ގުޅިގެން ހުށަހެޅި މައްސަލަ ތަހުގީގު ކުރުމާމެދު ލަފާ ހޯދަނީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ނޫސްވެރިންނާއި ގުޅުވައިގެން ދެއްކެވި ވާހަކައާއި ގުޅިގެން ހުށަހަޅާފައިވާ މައްސަލަ ތަހްގީގްކުރުމާމެދު ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ ލަފައަކަށް އެދިފައިވާކަމަށް ފުލުހުން މިއަދު ބުނެފިއެވެ. މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ފަރާތުންނެވެ. ފަލާހު ނޫސްވެރިންނާއި ގުޅުވައިގެން މިވާހަކަ ދެއްކެވީ މީޑ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ބިލެތްފަހީގައި އަތޮޅު ފެންވަރުގައި ޤައުމީ ދުވަސް ފާހަގަކުރުމުގެ ކުލަގަދަ ހަރަކާތްތަކެއް ށ. ބިލެތްފަހީގައި އަތޮޅު ފެންވަރުގައި ކުލަގަދަކޮށް ޤައުމީ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތަކެއް ކުރިއަށް އެބަދެއެވެ. ށ. އަތޮޅު ރައްޔިތުންގެ މެދުގައި ޤައުމިއްޔަތު ދިރުވައި އާލާކޮށް އިޖްތިމާޢީ ގުޅުން ބަދަހިކުރުމުގެ މަޤުސަދުގައި ބިލެތްފަހީގައި އަތޮޅު ފެންވަރުގައި މިއަހަރު ޤައުމީ ދުވަސް ފާހަގަކުރުމަށް ހަމަޖެހުނީ ށ. އަތޮޅު ކައުންސިލުން ޤައުމީ ދުވަސް ފާހަގަކުރުމަށް ހުޅުވާލި ފުރުސަތުގެ ދަށުން ބީލަން ބިލެތްފަހީ ކައުންސިލުން ކާމިޔާބުކޮށްގެންނެވެ. މި އޮގަސްޓް މަހު 29 އިން 30 އަށް ދެ ދުވަހަށް ހަރަކާތްތައް ބ... އައިޝަތު އައިނީ އާމިރު · 1 އަހަރު ކުރިން
ރާއްޖެ އެމްޑީޕީ ޓިކެޓުގައި ކައުންސިލާއި އަންހެނުންގެ ކޮމެޓީއަށް ވާދަކުރަން ޝައުޤުވެރިކަންފާޅުކުރަން ހުޅުވާލައިފި އަންނަ 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރުމަށް ޝައުޤުވެރިވާ އެޕާޓީގެ މެމްބަރުންނަށް، ޝައުޤުވެރިކަންފާޅުކުރުމުގެ ފުރުޞަތު އެ ޕާޓީން އިއްޔެ ހުޅުވާލައިފިއެވެ. އެމްޑީޕީން ކުރި ޢިއުލާނެއްގައިވާ ގޮތުން، މި ފުރުޞަތު 28 އޯގަސްޓް 2025 ވާ ބުރާސްފަތި ދުވަހުން ފެށިގެން 30 ސެޕްޓެމްބަރ 2025 ވާ އަންގާރަ ދުވަހުގެ 14:00 އާ ހަމަޔަށް ވަނީ ހުޅުވާލާފައެވެ. އެމްޑީޕީން ބުނިގޮތުގައި މި ޕްރައިމަރ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އިހަވަންދޫގައި ކުރިޔަށް ގެންދިޔަ އަގުއެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރުމުގެ ތަމްރީން ނިންމާލައިފި ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫގައި ކުރިއަށް ގެންދިޔަ އަގުއެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރުމާއި ކުދި ވިޔަފާރި ހިންގާ ބެލެހެއްޓުމުގެ ތަމްރީން ޕްރޮގްރާމް ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ. މި ތަމްރީން ޕްރޮގްރާމަކީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސްއާއި އިހަވަންދޫ ކައުންސިލް ގުޅިގެން ކުރިއަށް ގެންގޮސްފައިވާ ޕްރޮގްރާމެކެވެ. ޖުމްލަ 12 ބައިވެރިންނާއިއެކު އިހަވަންދޫގައި މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ މި މަހު 21 އިން 26 އަށެވެ. މި ތަމްރީނު ޕްރޮގްރާމުގައި، މަހުން ތައްޔާރު... އިބްރާހިމް ޚަލީލް · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ ތައިލެންޑްގެ ދުސްތޫރީ ކޯޓުން އެ ގައުމުގެ ބޮޑުވަޒީރު މަގާމުން ވަކިކޮށްފި ތައިލެންޑުގެ ދުސްތޫރީ ކޯޓުން، ވަގުތީގޮތުން މަޤާމުން ދުރުކޮށްފައި ހުންނެވި އެ ޤައުމުގެ ބޮޑުވަޒީރު ޕައެޓޯންގްޓަރން ޝިނަވަތްރާ މަޤާމުން ވަކިކުރުމަށް ނިންމައިފިއެވެ. މި ޙުކުމް އައިސްފައިވަނީ ކެމްބޯޑިއާގެ ކުރީގެ ވެރިޔާ ހުން ސެންއާއެކު ތައިލެންޑުގެ ބޮޑުވަޒީރު ކުރެއްވި ފޯނު މުޢާމަލާތަކާ ގުޅިގެން އަޚްލާޤީ ގޮތުން އެކަށީގެންނުވާ ޢަމަލެއް ހިންގިކަމަށް ދަޢުވާކޮށް ހިންގުނު ޝަރީޢަތަކަށް ފަހުގައެވެ. ހުކުރު ދުވަހު އިއްވި މި ޙުކުމާއެކު ޕައެޓޯންގްޓަރންއަކީ 2008 އިން ފެށިގެން ތައިލެންޑުގެ ފަނޑިޔާރުން މަޤާމުން ވަކި... ނާޒިމާ އަލީ · 1 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފޯރިގަދަ ފުނަދޫ ޔުނިޓީ ކަޕްގެ ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ކޮމަންޑޫ ސްޕޯޓްސް އަށް ށ.ފުނަދޫ ޔުނިޓީ ސްޕޯޓްސް އެކަޑަމީން އިންތިޒާމް ކޮށްގެން ބޭއްވި “ޔުނިޓީ ކަޕް 2025” ވޮލީ މުބާރާތުގެ ޗެމްޕިއަންކަން، އެ އަތޮޅު ކޮމަންޑޫއަށް ނިސްބަތްވާ، ކޮމަންޑޫ ސްޕޯޓްސް އިން ކާމިޔާބު ކޮށްފިއެވެ. މި މުބާރާތުގެ ފައިނަލް މެޗު ރޭ ފުނަދޫ ވޮލީ ކޯޓުގައި ކުޅެފައިވާއިރު ފައިނަލް މެޗުގައި ބައްދަލުކުރީ ކޮމަންޑޫ ސްޕޯޓްސްއާއި ޒޮލޭންއެވެ. މި މެޗު 3 ސެޓް 1 ސެޓުން ކާމިޔާބު ކޮށްފައި ވަނީ ކޮމަންޑޫ ސްޕޯޓްސް އިންނެވެ. މެޗުގެ ސެޓްތައް ގޮސްފައި ވަނީ 30/28، 25/19، […] އިބްރާހިމް ޚަލީލް · 1 އަހަރު ކުރިން
ކޮލަމް ''ހަރުދަނާ ޢާއިލާއެއް ބިނާކުރެވޭނީ ދީނާ ދުރު ފިކުރާއި ޢަމަލުތައް ގޭތެރޭގެ މާޙައުލުން ނައްތައިލެވިގެން'' ހަރުދަނާ ޢާއިލާއެއް ބިނާކުރެވޭނީ ގޭތެރޭގެ މާޙައުލުން ދީނާ ދުރު ފިކުރުތަކާއި ޢަމަލުތައް ނައްތާލައި، އިސްލާމްދީނުގެ ތަޢުލީމާއި ތަރުބިޔަތުގެ ހިޔަލުގައި ޢާއިލާ ބައްޓަންކުރުމުންކަމަށް މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މިސްކިތްތަކުގައި ދިން ހުކުރު ޚުޠުބާގައި ބުނެފިއެވެ. “ރަނގަޅު ޢާއިލާއެއް ބިނާކުރުން” މައުޟޫއަށް ޚާއްސަކުރެވިފައިވާ މި ޚުޠުބާގައި ވަނީ ޢާއިލާއަކީ ދުނިޔަވީ ޙަޔާތުގެ މުޑުވައް ކަމަށާއި، މުޖުތަމަޢުގެ ހަމަޖެހުމަށް ޢާއިލާގެ ދައުރު މުހިންމުކަން ފާހަގަކޮށްފައެވެ. މިއަދުގެ ޚުޠުބާގައި ބުނެފައިވާ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ސަޤާފީ މައުރަޒުގައި ބައިވެރިވުމަށް ހުޅުވާލައިފި “ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ސަޤާފީ މައުރަޒު 2025” ގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފިއެވެ. އެގޮތުން މި މައުރަޒަކީ މި އަންނަ ސެޕްޓެމްބަރ މަހު ކުޅުދުއްފުށި ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ “ކޮމަންވެލްތް ބީޗްހޭންޑް ބޯޅަ މުބާރާތް 2025” ކުރިއަށްދާ ވަގުތު ބޭއްވުމަށް ހަމަޖެހިފައިވާ މައުރަޒެކެވެ. މި މައުރަޒުގައި ބައިވެރިވުމަށް ހުޅުވާލަމުން ސިޓީ ކައުންސިލުން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މި މައުރަޒު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށި ސިޓީ ކައުންސިލުން އިންތިޒާމްކ... އައިޝަތު އައިނީ އާމިރު · 1 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކެލާގައި ބޭއްވި މާލިއްޔަތު ޤަވާއިދަށް އަހުލުވެރިކުރުމުގެ ތަމްރީނު ނިންމާލައިފި ހއ. ކެލާގައި ދައުލަތުގެ މާލިއްޔަތު ޤަވާއިދަށް އަހުލުވެރިކުރުމަށް ބޭއްވި ތަމްރީނު ޕްރޮގްރާމު ނިންމާލައިފިއެވެ. މި ތަމްރީނު ޕްރޮގްރާމަކީ ކެލާ ކައުންސިލާއި ޕަބްލިކް ފައިނޭންސް އިންސްޓިޓިއުޓާއި ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މި އޮގަސްޓް މަހު 20 އިން 21 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ހއ. އަތޮޅުގެ 10 ރަށެއްގެ ދައުލަތުގެ މުއައްސަސާތަކުގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ. އެގޮތުން މި ޕްރޮގްރާމުގައި ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދަށް އަހުލުވެރިކުރުމުގެ ގޮތުން ދައުލަތުގެ ޕްރޮކިއުމަ... އައިޝަތު އައިނީ އާމިރު · 1 އަހަރު ކުރިން
ރާއްޖެ އިންޝުއަރެންސް ބިލާއި ޕޭމަންޓް ޤާނޫނަށް އިޞްލާޙު ގެނައި ބިލު ތަޞްދީޤުކުރައްވައިފި އިންޝުއަރެންސްއާއި ބެހޭ ބިލާއި ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ތަޞްދީޤުކުރައްވައިފިއެވެ. މި ދެ ބިލަކީ 18 އޮގަސްޓު 2025 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 26 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލުތަކެކެވެ. އިންޝުއަރެންސް ބިލުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި ހަރުދަނާ އަދި ރައްކާތެރި ގޮތެއްގައި އިންޝުއަރެންސް ވިޔަފާރި ހިންގުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު ޤާއިމްކުރުމެވެ. މި ބިލުގައި އިންޝުއަރެންސް... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ޚަބަރު މަރާމާތައް ފަހު ކުޅުދުއްފުށީގެ ހަސަނާތު މިސްކިތް މާދަމާ ހުޅުވަނީ ކުޅުދުއްފުށި ސިޓީ މަސްޖިދުލް ހަސަނާތުގެ މަރާމާތުގެ ބޮޑު ބައެއް ނިމިފައިވުމާއެކު މާދަމާ އާންމުންނަށް ނަމާދުކުރުމަށް އެ މިސްކިތް އަލުން ހުޅުވުމަށް ހަމަޖެހިއްޖެއެވެ. ސިޓީ ކައުންސިލުން ހަސަނާތު މިސްކިތް އަލުން ހުޅުވާލުމަށް އާންމުންނަށް އިއުލާނުކުރަމުން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ އެ މިސްކިތުގެ ބޮޑު ބައެއް ނިމިފައިވުމާއެކު މާދަމާ، 29 އޮގަސްޓް 2025 ވާ ހުކުރު ދުވަހު ފަތިސް ނަމާދުން ފެށިގެން އާންމުނަށް ނަމާދުކުރުމަށް ހުޅުވާލާނެކަމަށެވެ. އެގޮތުން މި އަހަރުގެ މެއި މަހު ސިޓީ ކައުންސިލުން ވަނ... އައިޝަތު އައިނީ އާމިރު · 1 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހަނިމާދޫގައި ޕާސްޕޯޓްގެ ހިދުމަތް ފެށުމަށް ސަރުކާރުން އެދުނު އިންތިޒާމްތައް ކައުންސިލުން ހަމަޖައްސައިދީފި ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގައި ޕާސްޕޯޓުގެ ހިދުމަތާއި އައިޑީ ކާޑްގެ ހިދުމަތް ފެށުމަށް، ސަރުކާރުން އެ ރަށު ކައުންސިލުގައި އެދުނު އިންތިޒާމްތައް އެ ކައުންސިލުން ހަމަޖައްސައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ހދ.އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މި މަހުގެ 24 ވަނަ ދުވަހުގެ ރޭ ހަނިމާދޫއަށް ވަޑައިގެން ހަނިމާދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ހަނިމާދޫގައި ޕާސްޕޯޓް ހެދުމުގެ ހިދުމަތާއި އައިޑީ ކާޑްގެ ހިދުމަތް ފެށުމަށްޓަކައި، އެކަން... އިބްރާހިމް ޚަލީލް · 1 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކަނޑުތައް ގަދަވާނެ، ބޮޑު ތިލަދުންމައްޗަށް ރީނދޫ ސަމާލު މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ށ. އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން އިން ނެރުނު ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، ހއ. އަތޮޅުން ފެށިގެން ށ. އަތޮޅާއި ދެމެދު ސަރަހައްދަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މެޓް އޮފީހުން މި ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފައި ވަނީ ހަވީރު 16:45 އިން ފެށިގެން ރޭގަނޑު 21:00 އާއި […] ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ މީޑިއާ ރެގިއުލޭޓްކުރުމުގައި ސަރުކާރުގެ ކޮންޓްރޯލް ބާއްވަން ބޭނުމެއްނޫން، ބިލަށް އިސްލާޙް ހުށަހަޅާނަން: ރައީސް މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި، ތުޅާދޫ ދާއިރާގެ މިނިވަން މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލަށް ސަރުކާރުގެ ފަރާތުން އިސްލާޙް ހުށަހަޅުއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން އެދިވަޑައިގަތުމާ ގުޅިގެން، “މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު” އާ ގުޅޭގޮތުން ނޫސްވެރިންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ރައީސް މުޢިއްޒު މިއަދު މެންދުރުފަހު ރައީސް އޮފީހުގައި އެ އެސ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ޑްރަގް ވިޔަފާރީގައި އުޅޭ ޒުވާނަކު ލައްކައެއްހާ ރުފިޔާ އާއި ކިލޯއެއްހާ ޑްރަގާއެކު ހައްޔަރުކޮށްފި މާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާއާއެކު 23 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މައުލޫމާތު ދީފައިވާގޮތުގައި، މަސްތުވާތަކެތި ގެންގުޅެ އެތަކެތި ވިއްކާ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން މި މަހުގެ 27 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ވަނީ ޅ. ހިންނަވަރު / ކަފިދޫގެ، ހާރޫން ޖައިލަމް ހައްޔަރުކޮށްފައެވެ. މި އޮޕަރޭޝަނުގައ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން