ބައިނަލްއަގުވާމީ އެމެރިކާގެ ނިންމުން ބަދަލުކޮށް ރައީސް އައްބާސް އަށް ވިސާ ދޫކުރުމަށް ފަލަސްތީނުން ގޮވާލައިފި އދ.ގެ އާންމު މަޖިލީހުގައި ބައިވެރިވުމަށް ފުރުސަތުދީ، ފަލަސްތީނުގެ ރައީސް މަޙްމޫދު އައްބާސްގެ އަލުން ވިސާ ދޫކުރުމަށް އެ ޤައުމުން، އެމެރިކާއަށް ރަސްމީކޮށް ގޮވާލައިފިއެވެ. އަންނަ މަހު ނިއުޔޯކުގައި ބޭއްވުމަށް ހަމަޖެހިފައިވާ އދ. ގެ ބައްދަލުވުމުގައި ބައިވެރިވުމަށް ފަލަސްތީނުގެ ރައީސް މަޙްމޫދު އައްބާސާއި، އެ ގައުމުގެ އިސް 80 އޮފިޝަލުން އެމެރިކާ އަށް އެތެރެނުވެވޭނެހެން ހަދަން އެމެރިކާއިން ވަނީ ނިންމާފައެވެ. މީގެ ތެރޭގައި ރައީސް އައްބާސަށް ވިސާ ނުދިނުމަށާއި، 80 އޮފިޝަލުން ތެރެއިން މިހާރު ވިސާ ދީފައިވާ މީ... ނާޒިމާ އަލީ · 1 އަހަރު ކުރިން
ރާއްޖެ ސާނަވީ ދަރިވަރުންނަށް އަމާޒުކޮށް "އަޅުގަނޑުގެ ދޭހަފޮތް 2" ނެރެފި ސާނަވީ ދަރިވަރުންނަށް އަމާޒުކޮށް ތައްޔާރުކޮށްފައިވާ “އަޅުގަނޑުގެ ދޭހަ ފޮތް 2” މި ނަމުގައި ދޭހައިގެ ޢަމަލީ މަސައްކަތްތައް ހިމަނައިގެން ދޭހައިގެ ފޮތެއް ނެރެފިއެވެ. ޤައުމީ ކުތުބުހާނާގައި މިކަމަށްޓަކައި ބޭއްވި ހަފުލާގައި މި ފޮތް ނެރެދެއްވީ ދިވެހިބަހުގެ އެކަޑަމީގެ ބަސްކޮމެޓީގެ ރައީސް އަދި ފިނޭންސް އެންޑް ޕްލޭނިން މިނިސްޓްރީގެ، ޕްލޭނިން އެޑްވައިޒަރ އަލްފާޟިލް ޙަމްދޫން ހަމީދެވެ. މިފޮތަކީ އެސްއެސްސީ އިމްތިހާނުގައި ދަރިވަރުން އިމްތިހާނުކުރެވޭ އެއްބައިކަމުގައި ދޭހައިގެ ބަޔަކަށް އަމާޒުކޮށް ތައްޔާރުކޮށްފައި... އަލީ އާދިލް · 1 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ޤައުމީ ދުވަސް ބިލެތްފަހިން: ސަގާފީ ޖާފަތާއި ހާއްސަ ހަވީރު ވެސް އެހާމެ ފުރިހަމަ ށ. އަތޮޅު ފެންވަރުގައި އެ އަތޮޅު ބިލެތްފަހީގައި ކުލަގަދަކޮށް ޤައުމީ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތަކެއް މިއަދު ނިމުމަކަށް އައިސްފައިވާއިރު، ބިލެތްފަހިން ވަނީ މި ދުވަހަށް ވަރަށް ރަނގަޅަށް ތައްޔާރުވެ، އިންތިޒާމްތައް ހަމަޖައްސާފައެވެ. ބިލެތްފަހީގައި ފާހަގަކުރި މި ދުވަހުގެ ހަރކާތްތައް ކާމިޔާބުކަމާއެކު ނިންމާލެވުމުގެ ސިއްރަކީ ވެސް އެޔެވެ. 29 އޯގަސްޓް އިން 30 އޯގަސްޓް އަށް ކުރިއަށް ގެންދިޔަ މި ހަރަކާތްތަކުގެ ޝަރަފްވެރިންގެ ގޮތުގައި ބިލެތްފައްސަށް ވަޑައިގަތީ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުމުންދޫ އުސްކުންނަ ސަރަހައްދު ހިމާޔާތްކޮށް ސާފުކޮށްފި ދިވެހިރާއްޖޭގައި ހުރި އާސާރީ ތަންތަނުގެ ލިސްޓުގައި ހިމަނާފައިވާ ހދ. ކުމުންދޫ އުސްކުންނަ ސަރަހައްދު ހިމާޔާތްކޮށް ސާފުކޮށްފިއެވެ. އެގޮތުން ކުމުންދޫ އުސްކުންނައަކީ އުސްވެލިގަނޑެއްގެ ގޮތުގައި ފެންނަން ހުރި ސައިންޓިފިކް ދިރާސާއެއް މިހާތަނަށް ހެދިފައި ނުވާ، ރާއްޖެ އިސްލާމްވުމުގެ ކުރީގައި މީހުން އަޅުކަން ކުރަން ގެންގުޅު ތަކެތި ފޮރުވާފައި ހުރި ތަނެއް ކަމަށްވުން ބެލެވެއެވެ. 2004 ވަނަ އަހަރު އެކުލަވާލި ރާއްޖޭގައި ހުރި އާސާރީ ތަންތަނުގެ ލިސްޓުގައި ކުމުންދޫގެ އާސާރީ ތަންތަނުގެ ގޮތުގައި ގެނެވިފައި މި އުސްކު... އައިޝަތު އައިނީ އާމިރު · 1 އަހަރު ކުރިން
ޚަބަރު ރާއްޖެ މަގްބޫލު ފަތުރުވެރިކަމުގެ މަންޒިލަކަށް ހެދުމުގައި މަރްޙޫމް އެމްޔޫ މަނިކުގެ ދައުރު ވަރަށް ބޮޑު: ރައީސް ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ފަތުރުވެރިންގެ ޚާއްޞަ މަންޒިލަކަށް ހެއްދުމުގައި ކޮލިގޭ މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު)ގެ ދައުރު ވަރަށް ބޮޑުކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާގެ ޝަރަފް ދައުލަތުން އަރުވާފައިވާ މުޙައްމަދު ޢުމަރު މަނިކު އަވަހާރަވުމާ ގުޅިގެން، އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ. ރައީސްގެ ޕޯސްޓްގައި ވަނީ އެމްޔޫ މަނިކަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެއްބާނީކަން ފާހ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ށ.އަތޮޅުގެ އެންމެ ހިންގުންތެރި އަންހެނުންގެ ކޮމެޓީތަކުގެ އެވޯޑު ފުނަދޫ, ބިލެތްފަހި އަދި ގޮއިދޫ ކޮމިޓީއަށް ށ. އަތޮޅުގެ އަންހެނުންގެ ތަރައްްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އަށް ހާއްސަކޮށްގެން، އަތޮޅުގެ އެންމެ ހިންގުންތެރި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް ކޮންމެ އަހަރަކު ދޭ “މާރެސް އެވޯޑު” އެ އަތޮޅު ފުނަދޫ، ބިލެތްފަހި އަދި ގޮއިދޫ އިން ހާސިލްކޮށްފިއެވެ. މި އެވޯޑު ހަވާލުކޮށްފައިވަނީ އަތޮޅު ފެންވަރުގައި ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު ށ. ބިލެތްފަހީގައި ބޭއްވި ޤައުމީ ދުވަހުގެ ހާއްސަ ޖަލްސާގައެވެ. މާރެސް އެވޯޑަށް ށ. އަތޮޅުގެ ޑަބްލިއުޑީސީތަކުން ކުރިމަތިލައ... އައިޝަތު އައިނީ އާމިރު · 1 އަހަރު ކުރިން
ރާއްޖެ މެލޭޝިޔާގެ ފުލުހުން ތަހްގީގުކުރާ މައްސަލައެއްގައި ދިވެއްސަކު ހައްޔަރުކޮށްފި މެލޭޝިޔާގެ ފުލުހުން ތަހްގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން ދިވެހި ރައްޔިތަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައިގެ މަޢުލޫމާތު ދިވެހި ފުލުހުންގެ ޚިދުމަތަށް ލިބިފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދީފައިވެއެވެ. މެލޭޝިޔާ ފުލުހުން ހައްޔަރުކޮށްފައިވަނީ އަބުދުލް ބާތިން މުހައްމަދު މުސްތަފާ ކިޔާ މީހެކެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިންގޮތުގައި، ހައްޔަރުކުރެވުނު ފަރާތުގެ މައްޗަށް ތުހުމަތުކުރެވޭ ގެވެށި އަނިޔާގެ މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ވެސް ދަނީ ތަހުގީގުކުރަމުންނެ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ އަންނަ އަހަރުން ފެށިގެން އިންޖިނޭރުންގެ ޤައުމީ އެވޯޑް ދެނީ ރާއްޖޭގެ އިންޖިނޭރުންގެ ޚިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން، 2026 ވަނަ އަހަރުން ފެށިގެން އިންޖިނޭރުންގެ ޤައުމީ އެވޯޑް ސަރުކާރުން ދެއްވަން ފައްޓަވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މިކަން އެމަނިކުފާނު ހާމަކުރެއްވީ ދިވެހިރާއްޖޭގައި ޤައުމީ ފެންވަރުގައި ފުރަތަމަ ފަހަރަށް ފާހަގަކުރާ އިންޖިނޭރުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ. މި ޚިޠާބުގައި ރައީސް މުޢިއްޒު ވިދާޅުވީ، އިންޖިނޭރުންގެ ދުވަސް ފާހަގަކުރަން މި ފެށީ، ރާއްޖޭގައި މިހާތަނަށް ކުރެވިފައިވާ އިނ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
މަޖިލިސް ''އުލުބޭންދުން'' އަޅުގަނޑުމެން ހިސާބުގައި ބޭނުންކުރަނީ ބަސްނާހާ މީހުން ބިމަށްވުރެމަތީތާކަށް އެރުވުމަށް: ފަލާހް އޭނާ ނިސްބަތްވާ ރާއްޖޭގެ ސަރަހައްދުގައި ”އުލުބޭންދުން” ބޭނުންކުރަނީ ބަސްނާ ހާމީހުން ބިމަށްވުރެމަތީތާކަށް އެރުވުމަށް ކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ވިދާޅުވެއްޖެއެވެ. މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި، ތުޅާދޫ ދާއިރާގެ މިނިވަން މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލުގެ ބަހުސްގައި 27 އޯގަސްޓް 2025 ދުވަހު މަޖިލީހުގެ ތަޅުމުގައި ވާހަކަ ދައްކަވަމުން ފަލާހް ވަނީ އޭ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ އިންޖިނޭރުކަމަކީ ޤައުމު ބިނާކުރުމަށް ކޮށްދެވޭ ވަރަށް އަގުހުރި ޚިދުމަތެއް: ރައީސް އިންޖިނޭރުކަމަކީ ޤައުމު ބިނާކުރުމަށާއި އިންސާނިއްޔަތަށްޓަކައި ކޮށްދެވޭ ވަރަށް އަގުހުރި ޚިދުމަތެއްކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަހުގެ މުނާސަބާތުގައި މިއަދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސް ވިދާޅުވެފައިވާ ގޮތުގައި، އިންޖިނޭރުކަމަކީ ހަމައެކަނި ވަޒީފާއެއް ނޫނެވެ. އަދި އެއީ، ޤައުމު ބިނާކުރުމަށާއި އިންސާނިއްޔަތަށްޓަކައި ކޮށްދެވޭ ވަރަށް އަގުހުރި ޚިދުމަތެއް ކަމަށް ވިދާޅުވެފަވެއެވެ. ”ޢިލްމާ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ އދ.ބައްދަލުވުމުގައި ފަލަސްތީނުގެ ރައީސާއި އޮފިޝަލުން ބައިވެރިވުމަށް ހުރަސްއަޅަން އެމެރިކާއިން ނިންމައިފި އަންނަ މަހު ނިއުޔޯކުގައި ބޭއްވުމަށް ހަމަޖެހިފައިވާ އދ. ގެ ބައްދަލުވުމުގައި ބައިވެރިވުމަށް ފަލަސްތީނުގެ ރައީސް މަޙްމޫދު އައްބާސް އެ ގައުމަށް އެތެރެވުމަށް ހުއްދަނުދޭނެކަމަށް އެމެރިކާގެ ސަރުކާރުން ހުކުރު ދުވަހު ބުނެފިއެވެ. މި ބައްދަލުވުމުގައި އެމެރިކާގެ ބައެއް އެކުވެރި ޤައުމުތަކުން ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ވަނީ އެއްބަސްވެފައެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ އިސް ވެރިއެއް ބުނި ގޮތުގައި، މި ބައްދަލުވުމަށް ދަތުރުކުރަން ހަމަޖެހިފައިވާ ރައީސް އައްބާސްގެ އިތުރުން ފަލަސްތީނުގެ އ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ރާއްޖޭގެ ފަތުރުވެރިކަމުގެ އެއް ބާނީ އެމްޔޫ މަނިކު އަވަހާރަވެއްޖެ ރާއްޖޭގައި ގިނަ ރިސޯޓްތަކެއް ހިންގާ ޔުނިވާސަލް އެންޓަޕްރައިސަސްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) މިއަދު ހެނދުނު އަވަހާރަވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، އުމުރުފުޅުން 78 އަހަރުގައި މަނިކު ނިޔާވެފައި ވަނީ ސިންގަޕޫރުގައި އާލާސްކަންފުޅަށް ފަރުވާ ހޯދަމުން ދަނިކޮށް، މައުންޓު އެލިޒަބަތު ހޮސްޕިޓަލްގައި އެ ގައުމުގެ ގަޑިން މިއަދު ހެނދުނު 6:30 ހާއިރުއެވެ. އެމްޔޫ މަނިކު އަވަހާރަވިއިރު އަނބިކަނބަލަކާއި ދެ ބޭފުޅުން ދުނިޔޭގައި އެބަ ތިއްބެވި އެވެ. Our beloved Chairman, Honourable M... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ރައީސް ޗައިނާ އަށް ފުރާވަޑައިގެންފި ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޗައިނާ އަށް ކުރަށްވާ ރަސްމީ ދަތުރުފުޅެއްގައި ރޭ ފުރާވަޑައިގެންފިއެވެ. ރައީސް އޮފީހުން ބުނިގޮތުގައި ރައީސްގެ މި ދަތުރުފުޅަކީ، ޗައިނާގެ ރައީސް ޝީ ޖިންޕިންގ ގެ ދަޢުވަތަކަށް، ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް އެ ޤައުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. ރައީސް އޮފީހުން މަޢުލޫމާތު ދިންގޮތުގައި މި ދަތުރުފުޅުގައި ރައީސް މުޢިއްޒު، ޗައިނާގެ ރައީސް ޝީ ޖިންޕިންގ އާއި އެހެނިހެން ޤައުމުތަކުގެ ލީޑަރުންނާ ބައްދަލުކުރައްވާނެއެވ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ ދެކުނު ކޮރެއާގެ ކުރީގެ ރައީސްގެ އަނބިކަނބަލުންނާއި ކުރީގެ ބޮޑުވަޒީރުގެ މައްޗަށް ދައުވާ އުފުލައިފި ދެކުނު ކޮރެއާގެ ކުރީގެ ރައީސް ޔޫން ސުކް-ޔޯލްގެ އަނބިކަނބަލުން ކިމް ކިއޮން-ހީ އާއި އޭނާގެ ކުރީގެ ބޮޑުވަޒީރު ހަން ޑަކް-ސޫ ގެ މައްޗަށް ހުކުރު ދުވަހު ދަޢުވާ އުފުލައިފިއެވެ. މިއީ ޔޫންގެ ވެރިކަމުގައި އިދިކޮޅު ފަރާތްތަކުގެ ދެކޮޅުވެރިކަން ނައްތާލުމަށް މާޝަލް ލޯ އިޢުލާންކުރުމުގެ މައްސަލަ ތަޙުޤީޤުކުރުމުގެ ތެރެއިން ކުރެވުނު ދަޢުވާތަކެކެވެ. ޔޫން އޭނާގެ އެޖެންޑާއަށް ހުރަސްއަޅާ އިދިކޮޅު ޕާޓީތަކުގެ މެޖޯރިޓީ އޮތް މަޖިލިސް ކޮންޓްރޯލްކުރުމަށް ކުއްލިއަކަށް މާޝަލް ލޯ އިޢުލާންކުރުމުން، ދެކުނު ކޮރެއާގެ އެންމެ ނުރައްކ... ނާޒިމާ އަލީ · 1 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ދަނޑުވެރިކަމުގައި ނަމޫނާ ދައްކައި އެމްގެޕް ސެޓިފައިޑް ދަނޑުވެރިން ތިބި ފުރަތަމަ ރަށަކަށް ށ.ގޮއިދޫ ގައުމީ ފެންވަރުގައި ކާބޯތަކެތީގެ ރައްކާތެރިކަން ހަރުދަނާކުރުމަށާއި، ދަނޑުވެރިކަމުގެ އުސޫލުތައް ކުރިއެރުވައި ރާއްޖޭގައި އުފައްދާ ކާބޯތަކެތީގެ ރައްކާތެރިކަމާއި ފައިދާތައް ތިމާވެއްޓާ ރައްޓެހި ގޮތެއްގައި އުފެއްދޭކަން ކަށަވަރުކުރުމަށްޓަކައި ތައާރަފް ކޮށްފައިވާ މޯލްޑިވްސް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސަސް (އެމްގެޕް) ގެ ސެޓިފައިޑް ދަނޑުވެރިން ތިބި ފުރަތަމަ ރަށަކަށް ށ. ގޮއިދޫ ވެއްޖެއެވެ. އެމްގެޕް، ސެޓްފިކެޓް ހާސިލްކުރި ދަނޑުވެރިންނަށް ސެޓްފިކްޓް ހަވާލުކުރުމަށް ގޮއިދޫގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި... އިބްރާހިމް ޚަލީލް · 1 އަހަރު ކުރިން