ރާއްޖެ ވީއައިއޭ އަށް ދަތުރުކުރާ މަގުގެ ޓްރެފިކް ލައިޓެއް ނިވުމުގެ މައްސަލަ ދިމާވާތީ ސަމާލުވުމަށް އެދިއްޖެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ދަތުރުކުރާ މަގުގެ ޓްރެފިކް ލައިޓެއް ނިވުމުގެ މައްސަލަ ދިމާވާތީ ފުލުހުންގެ އިރުޝާދަށް ޢަމަލުކޮށްދިނުމަށް އެދިއްޖެއެވެ. ފުލުހުން ބުނިގޮތުގައި ވީއައިއޭ އަށް ދާ މަގުގައި އެއާޕޯޓަށް އަޅާ ޖަންގްޝަންގައި ހަރުކޮށްފައި ހުންނަ ޓްރެފިކް ލައިޓް ނިވުމުގެ މައްސަލަ އަންނަނީ ކުރިމަތިވަމުންނެވެ. އެކަން ދިމާވަނީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށް ވެސް ފުލުހުން ބުންޏެވެ. މި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ކުރަމުން އަންނައިރު، އެ ސަރަހައ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވަނީ ނޫސްވެރިންގެ ކަންބޮޑުވުންތައް އަޑުއައްސަވަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނޫސްވެރިން ތަމްސީލްކުރާ ނޫސްވެރިންތަކަކާއެކު ބައްދަލުވުމެއް މިއަދު ފައްޓަވައިފިއެވެ. މި ބައްދަލުކުރެއްވުމަކީ މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އުވާލައި، “މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން” ގެ ނަމުގައި އައު ކޮމިޝަނެއް އުފެއްދައްދައި، މީޑިއާތައް ކޮންޓްރޯލް އެ ކޮމިޝަނަށް ނެގޭގޮތަށް ތުޅާދޫ ދާއިރާގެ މިނިވަން މެންބ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ކުޅިވަރު ހަތަރުވަނަ ޑިވިޝަންގެ ޓީމެއް އަތުން ބަލިވެ ކަރަބޯ ކަޕުން ޔުނައިޓެޑް ކަޓައިފި އިނގިރޭސި ފުޓްބޯޅައިގެ ހަތަރުވަނަ ޑިވިޝަންގެ ޓީމެއް ކަމަށްވާ ގްރިމްސްބީ ޓައުން އަތުން ބަލިވެ ކަރަބޯ ކަޕްގެ ދެވަނަ ބުރުން މެންޗެސްޓާ ޔުނައިޓެޑް ކަޓައިފިއެވެ. ރޭ ގްރިމްސްބީ ޓައުންގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އޮތީ 2-2 ގެ ނަތީޖާއިން އެއްވަރުވެފައެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ގްރިމްސްބީ ޓައުން އިން ކުރި ހޯދީ 11-12 އިންނެވެ. މިއީ ލީގު ކަޕްގައި ޔުނައިޓެޑް ހަތަރު ވަނަ ޑިވިޝަނުގެ ޓީމެއް އަތުން ކެޓި […] އިބްރާހިމް ޚަލީލް · 1 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށީގެ މަގު ހެދުމުގެ ތިންވަނަ ފިޔަވަހީގެ ބައެއް މަގުތައް ހަދާނީ ރޭސިން އަށް ބޭނުންކުރެވޭ ގޮތަށް: ރައީސް ކުޅުދުއްފުށީ ސިޓީގެ މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ ބައެއް މަގުތައް، ރޭސިންގ އަށް ބޭނުންކުރެވޭ ގޮތަށް ހަދައިދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިކަން ހާމަކުރެއްވީ، ހދ. އަތޮޅުގެ މީހުން އުޅޭ 13 ރަށަށް ހޯމަ ދުވަހުން ފެށިގެން ބުދަ ނިޔަލަށް ކުރެއްވި ތިން ދުވަހުގެ ދަތުރުފުޅުގެ ތެރެއިން، އަންގާރަ ދުވަހުގެ ރޭ ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ކުޅުދުއްފުށީ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅު... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުމުންދޫ ރައްޔިތުން އެދޭ ލޮކޭޝަންގައި އައު ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ދެ މަސް ތެރޭ ފަށަނީ ހދ. ކުމުންދޫ ރައްޔިތުން އެދޭ ލޮކޭޝަންގައި އައު ބަނދަރެއް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް، ގިނަވެގެން ދެ މަސް ތެރޭގައި ފައްޓަވައިދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ ހދ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި އިއްޔެ މެންދުރު ކުމުންދޫގައި ރައްޔިތުންނާ ބައްދަލުކުރައްވައި ބޭއްވެވި ޖަލްސާއެއްގައެވެ. ރައީސް މުޢިއްޒު، ހދ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ހޯމަ ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް ކުރެއްވި ރަސްމީ ދަތުރުފުޅުގ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފުނަދޫ އަންހެނުންގެ ކޮމެޓީން ޖިމް ތަމްރީން ޕްރޮގްރާމަށްފަހު ހޭންޑް ބޯޅަ ތަމްރީން ޕްރޮގްރާމެއް ށ. ފުނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (އތމކ) އިން އެރަށުގައި ހޭންޑް ބޯޅަ ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމް އަމާޒުކޮށްފައި ވަނީ ފުނަދޫ ސްކޫލްގެ ގްރޭޑް 7 އިން މަތީގެ ދަރިވަރުންނަށެވެ. މި ޕްރޮގްރާމަކީ އޯގަސްޓް 10 އިން 20 އަށް ކުރިއަށް ގެންދިޔަ 10 ދުވަހުގެ ތަމްރީނެކެވެ. މި ޕްރޮގްރާމްގެ ނިމުން އިއްޔެ ފާހަގަކޮށްފައިވާއިރު، ފުނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ވަނީ މިކަމުގައި އެހީތެރިވި ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ. މި […] ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު 24 އޯގަސްޓްގެ ނިޔަލަށް ހިރިމަރަދޫން ގޯތި ލިބިފައިވާ މީހުންނަށް ހަނިމާދޫން ގޯތި ލިބޭނެ 24 އޯގަސްޓް 2025 ގެ ނިޔަލަށް ހދ. ހިރިމަރަދޫން ގޯތި ލިބިފައިވާ މީހުންނަށް އެ އަތޮޅު ހަނިމާދޫން ގޯތި ލިބޭނެ ކަމަށާއި، ހިރިމަރަދޫގެ ރައްޔިތުން ހަނިމާދު އަށް ބަދަލުކުރަން ސަރުކާރުން ނިންމާފައިވާތީ އެ މަސައްކަތް ކުރަމުންދާ މުއްދަތުގައި އެެއްވެސް މީހަކަށް މިހާރު ލިބިފައިވާ ގޯއްޗެއް އެހެން މީހެއްގެ ނަމަށް ބަދަލުކުރުމުގެ ކަންކަން ނުކުރުމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން އެދިއްޖެއެވެ. ހަނިމާދު އަށް ބަދަލުވާން ބޭނުންވާ ހިރިމަރަދޫގެ ރައްޔިތުންގެ ބޯހިޔާވަހިކަމާއި މުނިސިޕަލް ހިދުމަ... އައިޝަތު އައިނީ އާމިރު · 1 އަހަރު ކުރިން
ރާއްޖެ މަރުވެފައި އޮއްވާ ފެނުނީ ގެއްލިގެން ހޯދަމުން އަންނަ ބިދޭސީ މީހާކަން ކަށަވަރުވެއްޖެ ހުޅުމާލޭގައި ވޯޓާ ތީމް ޕާކެއް ހަދަން ދޫކޮށްފައި އޮންނަ ސަރަހައްދުގައި މަރުވެފައި އޮއްވާ ފެނުނު މީހާ އަކީ ގެއްލިގެން ހޯދަމުން ދިޔަ މީހާކަން ކަށަވަރުވެފައިވާ ކަމަށް ފުލުހުން މިރޭ ބުނެފިއެވެ. ހުޅުމާލޭގައި ވޯޓާ ތީމް ޕާކެއް ހަދަން ދޫކޮށްފައި އޮންނަ ސަރަހައްދުން މަރުވެފައި އޮތް މީހަކު ފެނިގެން މައްސަލަ ތަހްގީގުކުރަން ފަށާފައިވާކަން ފުލުހުން ހާމަކުރީ 25 އޯގަސްޓް 2025 ގައެވެ. ފުލުހުން މިރޭ ބުނެފައިވާ ގޮތުގައި، މަރުވެފައި އޮއްވާ ފެނިފައިވަނީ، 2025 ވަނަ އަހަރުގެ އޮގަސްޓު މަހުގެ […] ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ކުޅުދުއްފުށި ސިޓީގައި ބީޗް ހޭންޑްބޯލް ސްޓޭޑިއަމެއް ކުޅުދުއްފުށީ ސިޓީގައި ހޭންޑްބޯލް ބަލަން ތިބޭގޮތަށް ގާއިމުކުރެވޭ ސިޑިބަރިއާއެކު ހަގީގަތުގައި ގާއިމުވެގެން ދަނީ ބީޗް ހޭންޑްބޯލް ސްޓޭޑިއަމެއް ކަމަށް ރައީސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވެފައިވަނީ ހދ. އަތޮޅުގެ މީހުން އުޅޭ 13 ރަށަށް ހޯމަ ދުވަހުން ފެށިގެން މިއަދު ނިޔަލަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރޭ ކުޅުދުއްފުށި ސިޓީއަށް ކުރެއްވި ޒިޔާރަތުގައި، އެ ސިޓީގެ ރައްޔިތުންނާއެކު ބޭއްވެވި ޖަލްސާގައެވެ. ރައީސްގެ ވާހަކަފުޅުގައި، ކުޅިވަރުގެ ދާއިރާއިން ކުޅުދު... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުމުންދޫގެ ފެނާއި ނަރުދަމާގެ ޚިދުމަތް ރަސްމީކޮށްފަށައި މަގު ހެދުމުގެ މަސައްކަތް ހަވާލުކޮށްފި ހދ. ކުމުންދޫ ފެނާއި ނަރުދަމާގެ ޚިދުމަތް ރަސްމީކޮށްފަށައި، މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް މިއަދު ހަވާލުކޮށްފިއެވެ. ކުމުންދޫ ފެނާއި ނަރުދަމާގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. މިއީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހު މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާއި ޙަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫޢު އެކެވެ. 102 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢުގެ ދަށުން ކުމުންދޫގައި އާރްއޯ ޕްލާންޓެއް ބަހައ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުމުންދޫ އާއި ކުރިނބީގެ ފިޓްނަސް ސެންޓަރުގެ ބިންގާ އަޅައިފި ހދ. ކުމުންދޫ އާއި ކުރިނބީގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފިއެވެ. މި ތަންތަނުގެ ބިންގާ އަޅާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހދ.އަތޮޅުގެ މީހުން އުޅޭ 13 ރަށަށް ހޯމަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މި ދެރަށަށް މިއަދު ކުރެއްވި ޒިޔާރަތުގައެވެ. ކުރިނބީގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވާފައިވަނީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢު އާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް […] ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ނޭކުރެންދޫ ފިޓްނަސް ސެންޓަރުގެ ބިންގާ އަޅައި ހޭންޑްބޯޅަ ކޯޓު ހުޅުވައިފި ހދ. ނޭކުރެންދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އިއްޔެ އަޅައި އެރަށު ހޭންޑްބޯޅަ ކޯޓު އިއްޔެ ރަސްމީކޮށް ހުޅުވައިފިއެވެ. ނޭކުރެންދޫ ހޭންޑްބޯޅަ ކޯޓު ހުޅުއްވައިދެއްވީ ރައީސް ޑރ. މުޙއްމަދު މުޢިއްޒު ހދ.އަތޮޅުގެ މީހުން އުޅޭ 13 ރަށަށް ހޯމަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އިއްޔެ ނޭކުރެންދޫ އަށް ކުރެއްވި ޒިޔާރަތުގައެވެ. މި ހޭންޑްބޯޅަ ކޯޓް ހުޅުއްވައި ދެއްވީ ވެސް ރައީސެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް […] ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ވައިކަރަދޫގައި ފުރިހަމަ ފުޓްބޯޅަ ދަނޑަކާއި، އައުޓްޑޯ ޖިމެއް، ހޭންޑްބޯލް ކޯޓެއް އަދި ސްކޭޓް ޕާކެއް ދ. ވައިކަރަދޫގައި ކުޅިވަރުގެ ވަސީލަތްތައް ތަރައްގީކޮށްދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މިޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، އެމަނިކުފާނު ހދ.އަތޮޅުގެ މީހުން އުޅޭ 13 ރަށަށް ހޯމަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އިއްޔެ ވައިކަރަދޫ އަށް ކުރެއްވި ޒިޔާރަތުގައި އެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ވައިކަރަދޫގެ ކުޅިވަރުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ގެނެސްދެއްވުމަށް ސަރުކާ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުމުންދޫ އާއި ކުރިނބީގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި ހދ. ކުމުންދޫ އަދި ކުރިނބީގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އޭޓީއެމްގެ ޚިދުމަތް މިއަދު ފަށައިފިއެވެ. މި ޚިދުމަތް ފައްޓަވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު އެ ދެ ރަށަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ. އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވުމަށްފަހު އެމަނިކުފާނު ވަނީ އޭޓީއެމުން ފައިސާ ނަންގަވާފައެވެ. އަދި ހަނދާނީ ބޭންކް ކާޑެއް ދެ ރަށު ކައުންސިލާއި ވަނީ ހަވާލުކުރައްވާފައެވެ. މި ދެރަށުގައި ޤާއިމްކޮށްފައިވާ ސެލްފް ސަރވިސް އޭޓީއެމުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށ... އައިޝަތު އައިނީ އާމިރު · 1 އަހަރު ކުރިން
ރާއްޖެ ހުޅުމާލެއިން މީހަކު ގެއްލިގެން ހޯދަނީ ހުޅުމާލޭ އެމްޕީއެލް ޓަވަރުގައި ދިރިއުޅެމުން އައި މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ފުލުހުން މިއަދު ބުނީ، ގެއްލިގެން ހޯދަމުން އަންނަނީ މަސީޙް ޢަބްދުލް ޙަކީމް (41އ) ދޫޑިގަން، ފަސީހްއާބާދު / ޏ.ފުވައްމުލައް އެވެ. އާއިލާއަށް މަސީޙްގެ ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް މި އޯގަސްޓު މަހުގެ 25 ވަނަ ދުވަހުގެ ރޭ ފުލުހުންނަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ. މަސީޙް ޢަބްދުލް ޙަކީމް މިހާރު ދިރިއުޅެމުންދަނީ ހުޅުމާލެ، އެމްޕީއެލް ޓަވަރުގައި ކަމަށާއި އޭނާގެ [... ޔުމްނާ ޢަލީ · 1 އަހަރު ކުރިން