އުތީމު ބެލެނިވެރިން ހޭލުންތެރިކުރުމަށް ޕްރޮގްރާމެއް ބާއްވަނީ
ހއ. އުތީމުގައި ބެލެނިވެރިން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ބާއްވަން ތައްޔާރުވެއްޖެއެވެ. އުތީމު ކައުންސިލުން ބުނިގޮތުގައި މިއީ އެ ކައުންސިލާއި ދިވެހި ފުލުހުން ގުޅިގެން ބާއްވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ބާއްވަން ތާވަލުކޮށްފައި ވަނީ އަންނަ ބުރާސްފަތި ދުވަހު ހަވީރު 16:00 ގައެވެ. އުތީމު ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒުގައި ބާއްވާ މި ޕްރޮގްރާމަށް އުތީމުގެ 18 އަހަރުން މަތީ ހުރިހާ ބެލެނިވެރިންނަށް ކައުންސިލުން ވަނީ ދައުވަތު ދީފައެވެ.