ކޯސްޓަލް ކްލީން އަޕް ޑޭ: ތިލަދުންމަތީގެ ގޮނޑުދޮށްތައް ސާފުކޮށްފި
ބައިނަލް އަގުވާމީ “ކޯސްޓަލް ކްލީން އަޕް ޑޭ” ފާހަގަކުރުމުގެ ގޮތުން ތިލަދުންމަތީގެ އެކި ރަށްރަށުގެ ގޮނޑުދޮށް ސާފުކުރުމުގެ ޕްރޮގުރާމެއް ކުރިއަށް ގެންގޮސްފިއެވެ. އެގޮތުން ކުޅުދުއްފުށީގެ 22 މުވައްސަސާއަކުންނާއި ކުލަބު ޖަމިއްޔާތަކުން 500 އަށްވުރެ ގިނަ ވޮލަންޓިއަރުން ވަނީ ކުޅުދުއްފުށީގެ މި ހަރަކާތުގައި ބައިވެރިވެފައެވެ. ކުޅުދުއްފުށީގައި މިހަރަކާތް އިންތިޒާމުކުރި “ބިލީފް” ޖަމިއްޔާއިން ބުނީ ކުޅުދުއްފުށީގެ އާޓިފިޝިއަލް ބީޗް ސަރަހައްދުން ފެށިގެން ފުއްޓަރު ފަރާތް ސާފުކޮށްފައިވާ ކަމަށެވެ. އަދި މިހަރަކާތުގައި...