އިތުރަށް ތޮއްޖެއްސުމަކުން މާލޭގެ ތޮއްޖެހުން ހައްލެއް ނުވާނެކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

ފުރަތަމަ ވިލިންގިލި، ދެން ހުޅުމާލެ، ދެން އައީ ގުޅީ ފަޅު، އަނެއްކާ އައީ ހުޅުމާލެ 2، އޭގެ ފަހުން މާލެ ހުޅުމާލެ ބުރިޖު. މީން އެއްވެސް ކަމަކުން ހައްލު ނުލިބުނީމަ އަނެއްކާވެސް އިވެމުން މިދަނީ އިތުރު 3 ބުރިޖުގެ ވާހަކަ. އިތުރަށް ތޮއްޖެއްސުމަކުން މާލެގެ ތޮއްޖެހުން ހައްލެއް ނުވާނެ.

Ad
rt

ރޭކުރެއްވި ޓުވީޓެއްގައި އަލީ ހުސައިން ބުނެފައިވެއެވެ.

ވެރިކަންކުރާ މާލެ ތަރައްގީކޮށް ހުރިހާ ވަސީލަތެއް ލިބެން ހުރި ތަނަކަށް މާލެ ހަދައި، މާލެ ތޮއްޖެއްސުމުގެ ދިގު ފަންސާސް އަހަރުގެ ސިޔާސަތު ފެއިލްވެއްޖެކަން ގަބޫލުކޮށް އެސިޔާސަތަށް ނިމުމެއް ގެނެސް އަތޮޅުތައް ތަރައްގީކޮށް އަތޮޅުތެރޭގެ ރައްޔިތުން އަނބުރާ ރަށްތަކަށް ފޮނުވާ ދިނުމަށްވެސް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ގޮވާލައިފައިވެއެވެ.

އަލީ ހުސައިން މިމޭރުމުން ޓުވީޓުކުރައްވާފައިވަނީ ރޭގެ އަލިފާނުގެ ހާދިސާއަށްފަހު މީސްމީޑިޔާގައި މާލެ ތޮއްޖެއްސުމާއި މާލެ ނޫންގޮތެއް ހޯދަން ވެއްޖެކަމަށް ބުނެ ބަހުސް ގަދަވެފައިވާ ވަނިކޮންނެވެ

މާލެ ނޫން ގޮތެއް، ހޯދާނީ ކޮންއިރަކުބާ؟
‏މާލެއަށް ތޮއްޖެއްސުން ހުއްޓުވާނީ ކޮން އިރަކުންބާ؟
‏ރަށްފުށައް ތަރައްގީ ޔަގީން ވާނީ ކޮން އިރަކުންބާ؟
‏ރަށްފުށުގެ ރައްޔިތުން، މާލޭ ސަރުކާރުގެ އަޅުވެތިކަމުން މިންޖުވާނީ ކޮން ދުވަހަކުންބާ؟
‏މިއީ ހަމަ އަހަރުމެންނަށް ހައްގު މިންވަރުބާ؟

މީސްމީޑިޔާގައި މީހަކު ފާޅުކޮށްފައިވާ ޕޯސަޓެއްގައި ބުނެފައިވެއެވެ.