ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރެފިއެވެ.
މިއަދު ހެނދުނު 09:30 އިން ފެށިގެން މެންދުރުފަހު 15:30 އާ ހަމައަށް ހުދު ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ނ. އަތޮޅާ ދެމެދުގެ ސަރަޙައްދަށް އަދި މ. އަތޮޅުން އައްޑޫ ސިޓީއާ ދެމެދުގެ ސަރަޙައްދަށެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ނެރުނު ސަމާލުގެ މެސެޖުގައި ބުނެފައިވަނީ މި ވަގުތުތަކުގެ ތެރޭގައި ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކުން 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް ބުނެފައިވެއެވެ.
އެއިދާރާއިން މިއަދު ނެރުނު ތަފްސާހިސާބުތައް ދައްކާގޮތުން އިއްޔެގެ ހެނދުނު 08:00 އިން މިއަދުގެ ހެނދުނު 08:00 އަށް އެންމެ ބޮޑަށް ވާރޭވެހިފައިވަނީ ހުޅުލެއަށެވެ. އެއީ، 143.2 މިލިމީޓަރުގެ ވާރެއެވެ.
މޫސުމާ ބެހޭ ހުދު ސަމާލު ނެރެފައިވާނަމަ، އިދާރާތަކުން ފޯރުކޮށްދޭ މައުލޫމާތަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!