ރޭ މާލޭގެ ގުދަންތަކެއްގައި ރޯވެގެން ހިނގި އަލިފާނުގެ ހާދިސާގައި ރޭ މަރުވި ތ. ބުރުނީ، ފެންފިޔާޒުގޭ، އައިޝަތު ޝައުނާ މިއަދު ވަޅުލައިފި އެވެ.

ހ. ރަދުވާނިއާގޭގައި ދިރިއުޅުނު އުމުރުން 46 އަހަރުގެ ޝައުނާ މަރުވީ އަލިފާން ރޯވެ އެ ގޭގެ ދޮރު ތާށިވެ ނުނިކުމެވިގެން ކަމަށް ވެއެވެ. އެވަގުތު އޭނާ އެހީ އަށް އެދި އާއިލާގެ މެމްބަރަކަށް ގުޅި ނަމަވެސް ފަޔަ އެންޑް ރެސްކިއު ޓީމަށް ފެނުނުއިރު އޭނާގެ ހަށިގަނޑު އޮތީ ވަރަށް ބޮޑަށް އަނދައިފަ އެވެ.

Ad
rt

އޭނާގެ ކަށުނަމާދު އޮތީ، މެންދުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގަ އެވެ. ޖަނާޒާގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި އެވެ.

އިސްލާމިކް ޔުނިވާސިޓީން ގުރުއާނުން ޑިގްރީ ހަދާފައިވާ ޝައުނާ އަކީ ގުރުއާން ޓީޗަރެކެވެ. ކުރިން ކައިވެންޏެއްކޮށް ޝައުނާގެ ދެ ފިރިހެން ކުދިން ތިބެ އެވެ.