ބައިނަލް އަގުވާމީ "ކޯސްޓަލް ކްލީން އަޕް ޑޭ" ފާހަގަކުރުމުގެ ގޮތުން ތިލަދުންމަތީގެ އެކި ރަށްރަށުގެ ގޮނޑުދޮށް ސާފުކުރުމުގެ ޕްރޮގުރާމެއް ކުރިއަށް ގެންގޮސްފިއެވެ.
އެގޮތުން ކުޅުދުއްފުށީގެ 22 މުވައްސަސާއަކުންނާއި ކުލަބު ޖަމިއްޔާތަކުން 500 އަށްވުރެ ގިނަ ވޮލަންޓިއަރުން ވަނީ ކުޅުދުއްފުށީގެ މި ހަރަކާތުގައި ބައިވެރިވެފައެވެ.
ކުޅުދުއްފުށީގައި މިހަރަކާތް އިންތިޒާމުކުރި "ބިލީފް" ޖަމިއްޔާއިން ބުނީ ކުޅުދުއްފުށީގެ އާޓިފިޝިއަލް ބީޗް ސަރަހައްދުން ފެށިގެން ފުއްޓަރު ފަރާތް ސާފުކޮށްފައިވާ ކަމަށެވެ. އަދި މިހަރަކާތުގައި ހޮވައި ޕްލާސްޓިކްގެ ބާވަތްތައް ރިސައިކަލް ކުރުމަށް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ޕާރލޭއަށެވެ.
ވަށަފަރު ކައުންސިލުން އިސްނަގައިގެން ކުރިއަށްގެންދިޔަ ހަރަކާތުގައިއެރަށު މުވައްސަސާތަކާއި ގެސްޓް ހައުސްތަކުން ބައިވެރިވެފައިވާކަމަށް އެކައުންސިލުން މައުލޫމާތު ދީފައިވެއެވެ.
ހއ ކެލާގައިވެސް ވަނީ މިހަރަކާތް ކުރިއަށް ގެންގޮސްފައެވެ. ކެލާކައުންސިލާއި މުވައްސަސާތަކުގެ އިތުރުން ކުލަބް ޖަމިއްޔާތަށްވެސް ވަނީ މިހަރަކާތުގައި ބައިވެރިވެފައެވެ.
ހއ ހދ އަދި ށ އަތޮޅުގެ ގިނަރަށްރަށުގައި މިހަރަކާތް ކުރިއަށް ގެނަހޮސްފައިވާކަން ފާހަގަ ކޮށްލެވެއެވެ.
ބައިނަލް އަގުވާމީ ގޮނޑުދޮށް ސާފުކުރުމުގެ ދުވަހަކީ 21 ސެޕްޓެމްބަރު އެވެ. މިއަހަރުގެ ޝިއާރަކީ "ހާނެސިން ދަ ޕަވަރ އޮފް ޕީޕަލް ޓް ފައިޓް އޯޝަން ޓްރޭޝް" އެވެ.
މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަގްސަދަކީ ހޭޅިފަށާއި، ގޮނޑުދޮށާއި، މޫދު އަދި ވަށައިގެންވާ ސަރަހައްދުތައް ރައްކާތެރިކުރުމުގެ މުހިއްމުކަމަށް އަލިއަޅުވާލައި ހޭލުންތެރިކަން އިތުރުކުރުމެވެ. މިއީ މިދުވަސް ރާއްޖޭގައި ފާހަގަކުރާ ތިންވަނަ އަހަރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!