ތިލަދުންމަތީ ޚަބަރު ހޮޅުދޫ މޭނާ ސްކޫލަކީ މުޅި ބޮޑު އުތުރުގެވެސް ފަޚުރެއް: ރައީސް ނ ހޮޅުދޫ މޭނާ ސްކޫލަކީ މުޅި ބޮޑު އުތުރުގެވެސް ފަޚުރެއްކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. މޭނާ ސްކޫލުގެ އަލިމަސް ޔޫބީލްގެ ޖަލްސާ ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ މޭނާ ސްކޫލަކީ މުޅި ރާއްޖޭގައި މިހާރު ހިނގަމުންދާ ސްކޫލު ތަކުގެ ތެރެއިން، 75 އަހަރު ފުރުނު 4 ވަނަ ސްކޫލު ކަމަށެވެ. އެހެން ކަމުން މި ސްކޫލަކީ ތަޢުލީމީ ގޮތުން މުޅި ބޮޑު އުތުރުގެވެސް ފަޚުރެއްކަމުގައި ރައީސް ވިދާޅުވިއެވެ. މޭނާ ސްކޫލު […] ސަނިއްޔާ އަބޫބަކުރު · 4 އަހަރު ކުރިން
ކޮލަމް "ރިބާ ޢާންމުވުން" ޤިޔާމަތްވުމުގެ ޢަލާމާތެއް! ރިބާ އަކީ ޙަރާމް އެއްޗެއްކަން، ޤުރުއާނާއި ސުންނަތުން އަދި އިޖްމާޢުން ސާބިތުވެއެވެ. އަލްއިމާމްނަވަވީ ވިދާޅުވެފައިވަނީ މުސްލިމުންވަނީ ރިބާއަކީ ޙަރާމްއެއްޗެއްކަމަށް އިޖުމާޢުވެފައެވެ. އަދި ރިބާ ކެއުމަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ފާފައެކެވެ. އެހެންކަމުން އިސްވެބަޔާންކުރެވުނު ދެވައްތަރުގެ ރިބާއަކީވެސް ކަނޑައެޅިގެން ހަރާމް އެއްޗެކެވެ. އިސްމާލްދީނުގައި އިޤުތިޞާދު ބިނާކުރުމުގައި ހަރުދަނާ ސިޔާސަތުތަކެއް ބިނާކުރުމަށްޓަކައި ދީނުގައި ރިބާވަނީ ކަނޑައެޅިގެން ހަރާމްކުރައްވާފައެވެ. މީއީ އިންސާނީދަ... ތިލަދުން · 4 އަހަރު ކުރިން
ވިޔަފާރި އުޅެއުޅެވެސް، ދިވެހިންގެ ބޭންކަށް ޚިދުތަމުގެ ފެންވަރު ރަނގަޅެއް ނުކުރެވުނު! ނޫސްތަކުގެ ފަލަ ސުރުހީތަކުގައި ދިވެހިންގެ ބޭންކު، ބީއެމްއެލްގެ އަޕްޑޭޓުތަކާ ގުޅޭ ޚަބަރުތައް ވަރަށްގިނައެވެ. މޯބައިލް އެޕްލިކޭޝަނާއި އިންޓަނެޓް ބޭންކިންއާ އެ ނޫންވެސް ތަފާތު ނަންނަމުގައި ޓެކްނޮލޮޖީގެ ޒަރީއާއިން ޚިދުމަތްތައް ފުރިހަމަ ކުރަމުން އަންނަ ކަމަށް އެ ބޭންކުން ބުނެއެވެ. ނަމަވެސް އަދިވެސް ދިވެހިންގެ ބޭންކަށް ނުކުރެވޭ ކަމަކީ ދިވެހިންނަށް ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރެވުމެވެ. ކޮންމެ އަހަރެއްގެ އަހަރީ އާއްމު ޖަލްސާގައި ބޯޑު މެމްބަރުން ޚިދުމަތްތައް ފުރިހަމަ ކުރެވިފައިވާ ކަމަށް ބުނެ އެތައް... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ވިޔަފާރި އެސްޓީއޯއިން ބައްޕައިންގެ ދުވަހަށް ހާއްސަ ޕްރޮމޯޝަނެއް އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ބައްޕައިންގެ ދުވަހަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ. މިއަދު ފެށި މި ޕްރޮމޯޝަނުގައި އެ ކުންފުނިން ވިއްކާ ރެމިންގްޓަން އަދި ފިލިޕްސްގެ ގްރޫމިން ޕްރޮޑްކްޓުތަކުން 10 އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެއެވެ. މި ދެ ބްރޭންޑުގެ އުފެއްދުންތަކުގެ ތެރޭގައި ޝޭވާ އާއި ޓްރިމާ ފަދަ ފިރިހެނުންގެ ގްރޫމިންއަށް މުހިންމު އުފެއްދުންތައް ހިމެނެއެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދު އެކަންޏެވެ. https://twitter.com/stoplc/status/1538391403822080001?s=20&t=pd5dxGb_RNA0bRBAcHdq_g ބައިނަ... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ރާއްޖެ ސަނީ ލިއޯނީއާއެކު ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމުގެ ފުރުސަތު ބޮލީވުޑްގެ ބަތަލާ ސަނީ ލިއޯނީއާއެކު، ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ސަނީގެ ސޯޝަލް މީޑިއާ އޮފިޝަލް އެކައުންޓުތަކުގައި އިއްޔެ ކުރި ޕޯސްޓެއްގައި ވާގޮތުން މިއީ އިންޑިއާގެ ޓްރެވަލް އެޖެންސީއެއް ކަމަށްވާ “އޭޒް ޔޫ ޕްލޭން” އިން ދޭ ފުރުސަތެކެވެ. އެ ފުރުސަތު މިހާރު އެންމެނަށް ވެސް ހުޅުވާލާފައިވާ ކަމަށް އެ ޕޯސްޓުގައި ވަނީ ބުނެފައެވެ. “ޓްރެޒާ އައިލެންޑް ވެކޭޝަން ވިތު ސަނީ ލިއޯން – މޯލްޑިވްސް އެޑިޝަން” ކިޔާ އެ ޕްލޭންގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު […] އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ވިޔަފާރި އަންނަ މަހުން ފެށިގެން ރީޖަނަލް ޕޯޓުތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރަނީ އަންނަ މަހުން ފެށިގެން ރީޖަނަލް ޕޯޓުތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަނަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ނިންމައިފިއެވެ. އެމްޕީއެލްއިން ކުރި ޓުވީޓެއްގައި ބުނީ، ރީޖަނަލް ޕޯޓުތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ނިންމީ، އައްޑޫ ސިޓީ ހިތަދޫ ޕޯޓްސް މުވައްޒަފުންނާއެކު ބޭއްވި ބޯޑު ބައްދަލުވުމުގައި ކަމަށެވެ. އެ ބައްދަލުވުމުގައި ކުންފުނީގެ ޕޮލިސީތަކެއް ފާސްކޮށް، ރީޖަނަލް ޕޯޓުތަކުގެ އޯގަނައިޒޭޝަނަލް ސްޓްރަކްޗަރަށް ގެންނަ ބަދަލުތަކާ ބެހޭގޮތުން މުވައްޒަފުންނަށް މައުލޫމާތުދީ، މުވައްޒަފުން... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ރާއްޖެ ޑޮމިނިކަން ރިޕަބްލިކްގެ އެންމެ މަތީ ޢިއްޒަތް ޝާހިދަށް އެރުވުމުން ރައީސް މަރުހަބާ ވިދާޅުވެއްޖެ ޑޮމިނިކަން ރިޕަބްލިކްގެ އެންމެ މަތީ ނިޝާނުގެ ޢިއްޒަތް އދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ ޝާހިދު ނޢޢވ އަށް ލިބުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަރުހަބާ ވިދާޅުވެއްޖެ އެވެ. ރާއްޖޭގެ ޚާރިޖީ ވަޒީރު ކަންވެސް ކުރައްވާ ޢަބްދުﷲ ޝާހިދަށް ރައީސް މަރުހަބާ ދެންނެވީ ރޭ ކުރެއްވި ޓްވީޓެއްގަ އެވެ. މި ނިޝާންގެ ޢިއްޒަތް ޝާހިދަށް އަރުވާފައިވަނީ ޑޮމިނިކަން ރިޕަބްލިކްގެ ވެރިރަށް ސަންޓޮޑޮމިންގޯގައި ބޭއްވި ޚާއްސަ ރަސްމިއަޔާތެއްގަ […] ސަނިއްޔާ އަބޫބަކުރު · 4 އަހަރު ކުރިން
ރާއްޖެ ހޮޅުދޫ ފެނުގެ މަޝްރޫޢު ނިމުމާއެކު، މަގުހެދުމުގެ މަޝްރޫޢު ފެށޭނެ: ރައީސް ހޮޅުދޫ ފެނުގެ މަޝްރޫޢު ނިމުމާއެކު، މަގުހެދުމުގެ މަޝްރޫޢު ފެށޭނެ ކަމަށް ރައީސް އިބްރާޙީމް މުހައްމަދު ސާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ ކައުންސިލާ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށް އެންމެ މުހިންމުކަންކަން ފާހަގަކުރައްވާފައެވެ. އެގޮތުން މޭނާ ސްކޫލު އެއް ކެންޕަސްއަކަށް ބަދަލުކުރުމުގެ މަޝްރޫޢުގެ މަސައްކަތް އަވަސްކުރުމާ ގުޅޭ... ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ބޮޑުތިލަދުންމަތީގެ ސަރަހައްދީ ދަނޑުވެރި ވިޔަފާރީގެ މައުރަޒު މިއަދު ހަނިމާދޫގައި ބާއްވައިފި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ބޮޑު ތިލަދުންމައްޗަށް އަމާޒު ކޮށްގެން ހއ. ހދ. އަދި ށ. އަތޮޅަށް ކުރިއަށް ގެންދާ މޯލްޑިވްސް އެގްރި ބިޒްނަސް މަޝްރޫޢުގެ “ސަރަހައްދީ ދަނޑުވެރި ވިޔަފާރީގެ މައުރަޒު” ހަނިމާދޫގައި މިއަދު ކުރިއަށް ގެންގޮސްފި އެވެ. މި މަޢުރަޒުގައި ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރ އަދި ދަނޑުވެރިކަމުގެ ސާމާނު ވިއްކާ ފަރާތްތަކާއި ދަނޑުވެރިކަމުގެ ބާވަތްތައް ގަންނަ ފަރާތްތަކުން މައުލޫމާތު ދިނުމުގެ ތަފާތު ސެޝަންތައްވެސް ވަނީ ބާއްވާފަ އެވެ. މި މައުރަޒުގައި […] ސަނިއްޔާ އަބޫބަކުރު · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މަދަނީ އިޖުރާއަތުގެ ޤާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ކުޅުދުއްފުށީގައި ފަށައިފި ބޮޑުތިލަދުންމަތީގެ ކޯޓުތަކުގެ މުވައްޒަފުން މަދަނީ އިޖުރާއަތުގެ ޤާނޫނަށް އަހުލުވެރިކުރުމުގެ ތަމްރީނު ޕްރޮގްރާމެއް ކުޅުދުއްފުށީ ސިޓީގައި މިއަދު ފަށައިފިއެވެ. ހދ. ކުޅުދުއްފުށި ސިޓީގައި މިއަދު ފެށުނު މި ޕްރޮގްރާމްގައި ބޮޑު ތިލަދުންމަތިން ހއ، ހދ އަދި ށ އަތޮޅަށް ނިސްބަތްވާ 8 މެޖިސްޓްރޭޓުންނާއި 38 މުވައްޒަފުން ބައިވެރިވާ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވިދާޅުވެއެވެ. މި ޕްރޮގްރާމް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ދިވެހިރާއްޖޭގެ އު... ސަނިއްޔާ އަބޫބަކުރު · 4 އަހަރު ކުރިން
ރާއްޖެ ޑޮމިނިކަން ރިޕަބްލިކްގެ އެންމެ މަތީ ނިޝާނުގެ ޢިއްޒަތް ޝާހިދަށް ޑޮމިނިކަން ރިޕަބްލިކްގެ އެންމެ މަތީ ނިޝާނުގެ ޢިއްޒަތް އދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުދުﷲ ޝާހިދު (ނޢޢވ) އަށް އަރުވައިފިއެވެ. މި ނިޝާންގެ ޢިއްޒަތް މިނިސްޓަރ ޝާހިދަށް އަރުވާފައިވަނީ ޑޮމިނިކަން ރިޕަބްލިކްގެ ވެރިރަށް ސަންޓޮޑޮމިންގޯގައި ބޭއްވި ޚާއްސަ ރަސްމިއަޔާތެއްގައެވެ. މިނިސްޓަރ ޝާހިދަށް އަރުވާފައިވަނީ “ދަ ޑުއާރޓޭ، ސަންޗޭޒް، އެންޑް މެލާ އޯރޑަރ އޮފް މެރިޓް” ގްރޭންޑް ކްރޮސް، ސިލްވަރ ޕެލޭޓެވެ. މި ނިޝާންގެ ޢިއްޒަތަކީ 1931 […] މުޙައްމަދު ވަސީމް · 4 އަހަރު ކުރިން
ރާއްޖެ ދަރަނބޫދޫ މިސްކިތަކީ ކައުންސިލާ ހަވާލުކޮށްފައިވާ މިސްކިތެއް: އިސްލާމިކް މިނިސްޓްރީ ދަރަނބޫދޫ މިސްކިތަކީ އިސްލާމިކް މިނިސްޓްރީން ކައުންސިލާ ހަވާލުކޮށްފައިވާ މިސްކިތެއް ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ. މިނިސްޓްރީން މިހެން ބުނީ އެ މިސްކިތުގައި ބިދޭސީން ދިރިއުޅޭ ވީޑިއޯ އެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާތީ އެވެ. އެ ވީޑިއޯ އާންމު ކުރީ މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒެވެ. އެކަމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ އެ ރަށުގައި އައު މިސްކިތް އެޅުމަށް ފަހު ވީޑިއޯއިން ފެންނަ މިސްކިތުގެ ބޭނުންކުރުން ހުއްޓާލާފައިވާ ކަމަށެވެ. އަދި ކައުންސިލުން […] ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފުނަދޫ ބިން ހިއްކުން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނަން: ރައީސް ބިންހިއްކާ ރަށްރަށުގެ ލިސްޓުގައި މިލަދުން މަޑުލު އުތުރުބުރީ ފުނަދޫ ހިމަނައި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އެމަސައްކަތް ކުރިޔަށްގެންދިއުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިހާރު ފުނަދޫ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ރަށު ކައުންސިލާ ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގައެވެ. މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންތައްތައް ކަމުގައިވާ ބ... ޝިއުނާ އާދަމް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު "ފުނަދޫ ސްކޫލުން ބިނާކޮށްދިން އިންސާނީ ވަޞީލަތްތަކަކީ މުޖުތަމަޢަށް ދޫކުރި އަގުހުރި ހަދިޔާއެއް" ށ. ފުނަދޫ ސްކޫލުން ބިނާކޮށްދިން އިންސާނީ ވަޞީލަތްތަކަކީ އެ ސްކޫލުން މުޖުތަމަޢަށް ދޫކުރި ވަރަށް އަގުހުރި ހަދިޔާއެއް ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ ފުނަދޫ ސްކޫލަށް 50 އަހަރު ފުރޭ ރަންޔޫބީލް މުނާޞަބާ ފާހަގަކުރުމަށް ރޭ އެ ސްކޫލުގައި ބޭއްވި ޚާއްޞަ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރޭގެ ވާހަކަފުޅުގައި ރައީސް ވިދާޅުވީ، ފުނަދޫ ސްކޫލްގައި ފާހަގަކުރާ ރަންޔޫބީލްގެ ޙަޤީޤަތަކީ، އެ ރަށުގެ އަލިވާގޭ އަލްމަރްޙޫމް ޢަބްދުﷲ ޢަބްދުލ... ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ރާއްޖެ އެންމެން އާނ ބަސް ކިޔައިގެން ނޫނީ މަގުމަތީގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ނުކުރެވޭނެ: ނައިބު ރައީސް އެންމެން އާނ ބަސް ކިޔައި، އެކަމަށް މަސައްކަތް ކޮށްގެން ނޫނީ މަގުމަތީގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ނުކުރެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. ބައިނަލް އަޤްވާމީ ގޮތުން ފާހަގަކުރާ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ ހަފްތާ ފާހަގަ ކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ކަމާ ގުޅުންހުރި މުވައްސަސާތަކާ ގުޅިގެން ކުރިއަށް ގެންދާ ރޯޑް ސޭފްޓީ ފެއަރ ފަށްޓަވައި ދެއްވަމުން ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ ސަރުކާރުން އެންމެ އިސްކަމެއް ދެއ... ސަނިއްޔާ އަބޫބަކުރު · 4 އަހަރު ކުރިން