މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
މަދަނީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފަށައިފި

މަދަނީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފަށައިފި

ރާއްޖޭގެ މަދަނީ އަދުލުގެ ނިޒާމަށް އިންގިލާބީ ބޮޑެތި ބަދަލުތަކެއް ގެނުވާނެ، އަދި ރާއްޖޭގައި ފުރަތަމަ ފަހަރަށް އެކުލަވާލި މަދަނީ އިޖުރައާތުގެ ގާނޫނަށް އަމަލުކުރަން ފަށައިފިއެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު 16 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވި މަދަނީ އިޖުރައާތުގެ ގާނޫނަށް އަމަލު ކުރަން ފެށީ މިއަދުއެވެ. މިއާއެކު ރާއްޖޭގެ މަަނީ އަދުލުގެ ނިޒާމަށް ބޮޑު ބަދަލެއް އަންނާނެއެވެ. މި ބިލަކީ، މިއަހަރުގެ ނޮވެންބަރު 29 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ […]

ޝިއުނާ އާދަމް
ވަކީލުންނަށް ލުއިލިބޭހެން ބާ އިމްތިހާނުގެ އުސޫލު ބަދަލުކުރަން ގާނޫނީ ފަންނުގެ ބިލަށް އިސްލާހެއް

ވަކީލުންނަށް ލުއިލިބޭހެން ބާ އިމްތިހާނުގެ އުސޫލު ބަދަލުކުރަން ގާނޫނީ ފަންނުގެ ބިލަށް އިސްލާހެއް

ގާނޫނީ ފަންނުގެ ގާނޫނު ތަސްދީގު ކުރި އިރު ކިޔަވަން ފަށައި އަދި ނިމިފައިވާ ގާނޫނީ ވަކީލުންނަށް ފުރަތަމަ ބާ އިމްތިހާނުގައި ބައިވެރިވާ ނުޖެހޭ ގޮތަށް ގާނޫނު އިސްލާހުކުރަން މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ) އިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. އެމްއެންޕީގެ ފަރާތުން ގާނޫނީ ފަންނުގެ ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމްއެވެ. ގާނޫނީ ފަންނުގެ ގާނޫނު މިހާރު އޮންނަގޮތުން ގާނޫނީ ފަންނުގެ ބިލު ފާސްކުރި އިރު ލައިސަންސް ލިބިފައި ނުވާ ހުރިހާ […]

އިބްރާހިމް އަސްވާޤް
މިފްކޯއިން “ހައްޓަށް ފަސޭހަ ޓައްޕަށް ފަސޭހަ، ކައްކަން ފަސޭހަ އަދި ޖީބަށް ލުއި” މަސްދަޅު ބާޒާރަށް

މިފްކޯއިން “ހައްޓަށް ފަސޭހަ ޓައްޕަށް ފަސޭހަ، ކައްކަން ފަސޭހަ އަދި ޖީބަށް ލުއި” މަސްދަޅު ބާޒާރަށް

މިފްކޯއިން އަލަށް ތައާރަފު ކުރި “ޑްރެއިންޑް ކަނޑުމަސް ޗަންކްސް” މަސްދަޅު ބާޒާރަށް ނެރެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މިއަދުން ފެށިގެން މިފްކޯގެ މަސް ފިހާރަ ތަކުންނާއި އެހެނިހެން ފިހާރަ ތަކުން ވެސް މި މަސްދަޅު މިހާރު ލިބެން ހުންނާނެ ކަމަަށެވެ. މިއީ އުފެއްދުންތެރި ޓެކްނޮލޮޖީއެއްގެ އެހީގައި ކުޑަ ތެޔޮފޮދެއްގައި ތައްޔާރުކުރެވިފައިވާ މަސްދަޅެކެވެ. މިއީ މިބާވަތުގެ މަސްދަޅު ރާއްޖޭގެ ބާޒާރަށް ނެރޭ ފުރަތަމަ ފަހަރެވެ. ކުޑަ ތެޔޮފޮދެއްގައި މި މަސްދަޅު ތައްޔާރު ކުރެވިފައި ވުމުން މި މަސްދަޅު […]

އަޙްމަދު ވަހީދު
އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމަށް ބާ ޖަމާލުއްދީން ތަޅާލަނީ

އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމަށް ބާ ޖަމާލުއްދީން ތަޅާލަނީ

އަރަބި ބަހުން ތައުލީމް ފޯރުކޮށްދޭ ހަމަ އެކަނި ސްކޫލް ކަމަށްވާ އަރަބިއްޔާ ސްކޫލުގެ އައު އިމާރާތުގެ މަސައްކަތް ފެށުމަށް ބާ ޖަމާލުއްދީންގެ އިމާރާތް ތަޅާލަން ފަށައިފިއެވެ. މީގެ ކުރިން އެ ސްކޫލް ހިންގަމުން އައީ އަމީނިއްޔާ ސްކޫލް ކުރިމަތީގައި ހުރި އިމާރާތެއްގައެވެ. އަރަބިއްޔާ ސްކޫލަށް އައު އިމާރާތެއް ހެދުމުގެ މަސައްކަތް ފެށިފައި މިވަނީ އެ ސްކޫލް ހިންގަމުން ދިޔަ އިމާރާތުގައި ރެނދުލާ ދަރިވަރުންނަށް ނުރައްކާތެރި މާހައުލަކަށް ސްކޫލު ވެފައިވާތީ އެ ޝަކުވާ ބޮޑުވެ އެންމެ ފަހުން ބެލެނެވެރިން […]

މުޙައްމަދު ވަސީމް
ބައިނަލްއަގުވާމީ ދަތުރުތަކުގައި މާސްކު އަޅަން އަންގައިފި

ބައިނަލްއަގުވާމީ ދަތުރުތަކުގައި މާސްކު އަޅަން އަންގައިފި

ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގައި މާސްކު އަޅަން ގައުމީ އެއާލައިން މޯލްޑިވިއަން އިން އަންގައިފިއެވެ. ރާއްޖޭގައި ކޮވިޑްގެ ހާލަތު ރަނގަޅުވެ ދެ އަހަރަށް ފަހު ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި މާސްކު އެޅުން މަޖުބޫރިކުރި އުސޫލު ވެސް އުވާލީ މި އަހަރު މާޗު މަހުއެވެ. ކުރިއަށް އީދު ބަންދެއް އޮއްވާ މޯލްޑިވިއަން އިން މިއަދު ކުރި ޓުވީޓުގައި ބުނީ ރާއްޖެއިން ބޭރަށް ދަތުރުކުރާ ހުރިހާ އެންމެން ވެސް މާސްކު އަޅަން ޖެހޭނެ ކަމަށެވެ. ކުއްލި ނުރައްކަލުގެ ހާލަތު […]

މުޙައްމަދު ވަސީމް
މާބްލް ޝީޓްތަކުގެ ދަށުވި ދެވަނަ މީހާ މަރުވެއްޖެ

މާބްލް ޝީޓްތަކުގެ ދަށުވި ދެވަނަ މީހާ މަރުވެއްޖެ

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޑިންގީ ޖެޓީގައި ހިނގި ހާދިސާއެއްގައި މާބްލް ޝީޓްތަކުގެ ދަށުވި ދެވަނަ މީހާ ވެސް މަރުވެއްޖެއެވެ. މިދިޔަ އާދިއްތަ ދުވަހު ހިނގި މި ހާދިސާގައި، ދެ ފަރާތުގައި ލައްގާފައި ހުރި ޝީޓްތަކުގެ މެދުގައި ތާށިވީ ދެ ބިދޭސީންނެވެ. އޭގެ ތެރެއިން އެކަކު ވަނީ އެތަނުގައި މަރުވެފައެވެ. އަނެއް މީހާ މަރުވީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު އިތުރު ފަރުވާ އަށް އައިޖީއެމްއެޗުގައި އޮއްވާ މިދިޔަ އަންގާރަ ދުވަހުއެވެ. މި ހާދިސާގައި ދެވަނަ އަށް މަރުވީ […]

ޝިއުނާ އާދަމް
ގުޅީފަޅު އިތުރަށް ހިއްކަން 1.6 ބިލިއަން ރުފިޔާގެ ލޯނެއް

ގުޅީފަޅު އިތުރަށް ހިއްކަން 1.6 ބިލިއަން ރުފިޔާގެ ލޯނެއް

ގުޅިފަޅުގެ ދެވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތަށް ސަރުކާރުން 1.6 ބިލިއަން ރުފިޔާގެ ލޯނެއް ނަގައިފިއެވެ. ފިނޭންސް މިނިސްޓްރީން ވަނީ މި ލޯނު ނެގުމަށް ތިން ބޭންކަކާއެކު އެއްބަސްވެފައެވެ. އެއީ އޭކޭއޭ ޔޫރަޕިއަން އެކްސްޕޯޓް އެންޑް ޓްރޭޑް ބޭންކާއި ނެދަލޭންޑްސްގެ އޭބީއެން އޭއެމްއާރްއޯ ބޭންކާއި އައިއެންޖީ ބޭންކެވެ. މި ލޯނު އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. ލޯނު އަނބުރާ ދައްކަންޖެހޭ މުއްދަތާއި ލޯނުގެ އިންޓްރެސްޓް ރޭޓާ ގުޅޭ މައުލޫމާތު ފިނޭންސުން ހާމައެއް ނުކުރެއެވެ. Th...

އަޙްމަދު ވަހީދު
އެސްޓީއޯ ''ގިފްޓް ޕެކް'' ހުޅުމާލެ ހޮސްޕިޓަލުގައި ދޭން ފަށައިފި

އެސްޓީއޯ ''ގިފްޓް ޕެކް'' ހުޅުމާލެ ހޮސްޕިޓަލުގައި ދޭން ފަށައިފި

ހުޅުމާލޭ ހޮސްޕިޓަލްގައި އުފަންވާ ކުދިންނަށް އެސްޓީއޯއިން “ގިފްޓް ޕެކް” ދޭން ފަށައިފިއެވެ. އެސްޓީއޯއިން ދޭ ގިފްޓް ޕެކްގައި ހިމެނޭނީ އެސްޓީއޯއިން ރާއްޖެ އެތެރެ ކުރާ ޕިއުރިޓީ ބްރޭންޑުގެ ރީތިވާ ސާމާނެވެ. މީގެ އިތުރުން އެކުންފުނިން ތުއްތު ކުދިންގެ ސިއްހަތައް ހާއްސަ ކޮށްގެން ނެރުނު ފޮތް ވެސް މި ހަދިޔާގެ ތެރޭގައި މިހާރު ވަނީ ހިމަނައިފައެވެ. މިއީ ސަރުކާރުން ފެށި “ފަހުރުވެރި އާއިލާ” ކެމްޕެއިންގެ ދަށުން ދޭ ހަދިޔާތަކެކެވެ. އެގޮތުން މި ކެމްޕެއިނޔގެ ދަށުން މިހާތަނަށް ގިނަ ހޮސްޕިޓަލްތަކުގައި […]

އަޙްމަދު ވަހީދު
ދިވެހި އަސްކަރިއްޔާއާއި އެމެރިކާގެ އަސްކަރިއްޔާ ގުޅިގެން ހިންގި ތަމްރީން ނިއްމާލައިފި

ދިވެހި އަސްކަރިއްޔާއާއި އެމެރިކާގެ އަސްކަރިއްޔާ ގުޅިގެން ހިންގި ތަމްރީން ނިއްމާލައިފި

ދިވެހި ސިފައިންގެ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން، އެމެރިކާގެ ސެކިޔުރިޓީ ފޯސް އެސިސްޓެންސް ބްރިގޭޑް (އެސްއެފްއޭބީ) އާ ގުޅިގެން އެމްއެންޑީއެފުން ހިންގި “އެކްސަސައިޒް ބްލެކް މަރލިން 2022” ކާމިޔާބުކަމާ އެކު ނިންމާލައިފިއެވެ. މި އެކްސަސައިޒް ނިންމުމުގެ ގޮތުން ބަންޑާރަކޮށީ އޮޑިޓޯރިއަމްގައި ޖޫން 16 ވަނަ ދުވަހު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ. މި ރަސްމިއްޔާތުގައި އެ ތަމްރީނުތަކުގައި ބައިވެރިވި ދިވެހި ސިފައިންނަށް ހަނދާނީ ލިޔުން ހ...

ސަނިއްޔާ އަބޫބަކުރު
"ކޮމިއުނިޓީ ސޭފްޓީ ޕާޓްނާޝިޕް" އެމްއޯޔޫއެއްގައި އެމްޑަބްލިއުއެސްސީއާ ފުލުހުން ސޮއިކޮށްފި

"ކޮމިއުނިޓީ ސޭފްޓީ ޕާޓްނާޝިޕް" އެމްއޯޔޫއެއްގައި އެމްޑަބްލިއުއެސްސީއާ ފުލުހުން ސޮއިކޮށްފި

ދިވެހި ފުލުހުންގެ ޚިދުމަތުގެ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާ އިން މުޅި ރާއްޖެއަށް އަމާޒުކޮށް ކުރިއަށް ގެންދާ އެކި ޕްރޮގްރާމްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން މްޑަބްލިއުއެސްސީއާ ދިވެހި ފުލުހުންގެ ހިދުމަތާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއަދު މެންދުރުފަހު އިސްކަންދަރު ބިލްޑިންގައި ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަލީ ރަޝީދުއެވެ. އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖ...

އަޙްމަދު ވަހީދު
ނަތިންގ ފޯނަކީ ހަމަ ނަތިންގ! ލީކުތަކަށް ބަލާއިރު ހީކުރިވަރެއް ނޫން

ނަތިންގ ފޯނަކީ ހަމަ ނަތިންގ! ލީކުތަކަށް ބަލާއިރު ހީކުރިވަރެއް ނޫން

އަންނަ މަހު ނެރެން ހަމަޖެހިފައިވާ ނަތިންގ ފޯނާ ގުޅޭގޮތުން މި ހަފްތާގެ ކުރީކޮޅު ނެރުނު ޓީޒާ ހިންޓަކާއެކު މީހުންގެ ހިތް ތަޅުވާލުމަށް ފަހު، ނަތިންގް ފޯނު 1 ގެ ޑިޒައިން މިހާރު ވަނީ ޓެކް ސްޓާޓްއަޕް އިން ހާމަކޮށްފަ އެވެ. ކުރިންވެސް އެނގިފައިވާ ގޮތަށް ނަތިންގ ފޯނު (1) އިން ޓްރާންސްޕޭރެންސީ އަނބުރާ ގެނެސްދީފައި ވެއެވެ. އެހެންނަމަވެސް އެތެރެއިން ފެންނަން ހުންނަނީ ހަމައެކަނި ވަޔަލެސް ޗާޖިންގ ކޮއިލެވެ. ފަހަތުގެ ބާކީ ބައި ނިވާކޮށްފައި ހުންނައިރު ފޯނުގެ މަތިން […]

ސަނިއްޔާ އަބޫބަކުރު
ހދ. އަމާންހިޔާ ކުދިންނަށާއި މުވައްޒަފުންނަށް ރައްކާތެރިގޮތުގައި އިންޓަނެޓް ބޭނުންކުރަން ސެޝަންތަކެއް

ހދ. އަމާންހިޔާ ކުދިންނަށާއި މުވައްޒަފުންނަށް ރައްކާތެރިގޮތުގައި އިންޓަނެޓް ބޭނުންކުރަން ސެޝަންތަކެއް

ހދ. އަމާންހިޔާ ކުދިންނަށާއި ހދ. ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގެ މުވައްޒަފުންނަށް، ރައްކާތެރިގޮތުގައި އިންޓަނެޓް ބޭނުންކުރާނެ ގޮތުގެ މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ. މިސެޝެންތައް ކުރިއަށް ގެންގޮސްފައިވަނީ، މިމަހުގެ 15 ވަނަ ދުވަހު އެވެ. އެ ސެޝަންތަކަކީ ކުޅުދުއްފުށީ ސިޓީ ޕޮލިސް، ޑިޖިޓަލް އެވިޑެންސް ލެބޯޓްރީ، އަދި ހދ. ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރު ގުޅިގެން ކުރިއަށް ގެންދިޔަ ސެޝަންތަކެކެވެ. މިކަމާއި ގުޅޭ މަޢުލޫމާތު ހިއްސާ ކުރަމުން ދިވެހި ފުލުހުންގެ ޚިދ...

އަލީ އާދިލް
މުދަލު ޒަކާތުގެ ނިޞާބު ދަށް ކޮށްފި

މުދަލު ޒަކާތުގެ ނިޞާބު ދަށް ކޮށްފި

އިސްލާމިކް މިނިސްޓްރީން މުދަލު ޒަކާތުގެ ނިޞާބު ދަށް ކޮށްފިއެވެ. އިސްލާމިކް މިނިސްޓްރީން ހާމަ ކުރައްވާފައިވާ ގޮތުގައި މިދިޔަ އާދިއްތަ ދުވަހުން ފެށިގެން މުދަލު ޒަކާތް ވާޖިބުވާ ނިޞާބަކީ 6396.25 ރުފިޔާ ކަމަށެވެ. މިއީ ކުރީގެ ނިޞާބަށްވުރެ 844.90 ރުފިޔާގެ މަދު މިންވަރެކެވެ. މި އަހަރުގެ މާޗް މަހު ކަނޑައަޅާފައިވާ މުދަލު ޒަކާތުގެ ނިޞާބަކީ 7241.15 ރުފިޔާއެވެ. އެހެން ޤައުމުތަކާ ޚިލާފަށް ރާއްޖޭގައި ޒަކާތުގެ ނިސާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. ރިހީގެ އަގަށް އަންނަ ބަދަލާ […]

ސަނިއްޔާ އަބޫބަކުރު
ބޮޑުތިލަދުންމައްޗަށް އަމާޒުކޮށްގެން ދަނޑުވެރިކަމުގެ މައުރަޒެއް ބާއްވަނީ

ބޮޑުތިލަދުންމައްޗަށް އަމާޒުކޮށްގެން ދަނޑުވެރިކަމުގެ މައުރަޒެއް ބާއްވަނީ

އުތުރުގެ 3 އަތޮޅަށް އަމާޒުކޮށްގެން ދަނޑުވެރިކަމުގެ މައުރަޒެއް ބޭއްވުމަށް ތައްޔާރު ވަމުން އަންނަ ކަމަށް ދަނޑުވެރިކަމާބެހޭ ވުޒާރާއިން ހާމަ ކޮށްފިއެވެ. ރީޖަނަލް އެގްރި ބިޒްނަސް އެގްޒިބިޝަންގެ ނަމުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މައުރަޒު އޮންނާނީ މިމަހުގެ 18 ވަނަ ދުވަހު ހދ. ހަނިމާދޫގައެވެ. މިއީ މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ މޯލްޑިވްސް އެގްރި ބިޒްނަސް ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ ޙަރަކާތެކެވެ. މި މައުރަޒުގައި ހއ އަތޮޅާއި ހދ، އަތޮޅުގެ އިތުރުން ށ އަތ...

ސަނިއްޔާ އަބޫބަކުރު
އުރީދޫ ސުޕަނެޓް ހިދުމަތް ފިޔޯރީއަށް

އުރީދޫ ސުޕަނެޓް ހިދުމަތް ފިޔޯރީއަށް

100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާ އެކު، އުރީދޫ މޯލްޑިވްސްގެ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ގދ. ފިޔޯރީއަށް ތައާރަފް ކޮށްފިއެވެ. މިއަދު ތައާރަފު ކުރި މި ހިދުމަތާއެކު އެ ރަށުގެ ރައްޔިތުން ޑިޖިޓަލް ޒަރިއްޔާތަައް މެދުވެރިކޮށް އިތުރު ފުރުސަތުތަކާ ގުޅުވާލަދީފައިވާ ކަމަށް އުރީދޫ އިން ބުންޏެވެ. އުރީދޫއިން ބުނީ އެ ކުންފުނީގެ ތަސައްވުރަކީ މުޅި ރާއްޖޭގެ ހުރިހާ ރަށަކަށް އެ ކުންފުނީގެ ހިދުމަތް ފޯރުކޮށްދިނުން ކަމަށެވެ. އެކަމަށް ކުރަން ޖެހޭ މަސައްކަތްތައް މިހާރު ކުރަމުން […]

އަޙްމަދު ވަހީދު