މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
''މާލޭ ގެއެއް ތެރެއިން ނިޔާވެފައި އޮއްވާ ފެނުނީ ކަރަންޓް ކޭބަލް ވަގަށް ނަގަން އުޅުނު މީހެއް''

''މާލޭ ގެއެއް ތެރެއިން ނިޔާވެފައި އޮއްވާ ފެނުނީ ކަރަންޓް ކޭބަލް ވަގަށް ނަގަން އުޅުނު މީހެއް''

ޖޫން 30 ވަނަ ދުވަހު މާލޭގެ ގެއެއްގެ ތެރޭގައި އޮއްވާ ފެނުނީ ކަރަން ކޭބަލް ވަގަން ނަގަން އުޅެނިކޮށް ކަރަންޓުގައި ޖެހިގެން ނިޔާވި މީހެއް ކަމަށް ބެލޭވެކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވެއްޖެއެވެ. އެ އިދާރާއިން ވިދާޅުވީ އެމީހާއަކީ އެގެއަށް ކަރަންޓު ކޭބަލް ވަގަށް ނެގުމަށް ވަދެ އުޅުނު މީހެއް ކަމަށާއި އޭނާ ނިޔާވެފައިވަނީ ކަރަންޓު ކޭބަލް ބުރިކުރަން އުޅުމުގެ ތެރޭގައި ކަރަންޓުގައި ޖެހިގެންކަމަށް ފުލުހުންގެ ތަހުގީގަށް ބެލެވޭ ކަމަށެވެ. ނިޔާވި މީހާގެ ހަށިގަނޑުން ކަރަންޓުގައި ޖެހިފައި […]

މުޙައްމަދު އަފްރާޙް
ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން އަޒްޕިލްކުއޭޓާ އެތްލެޓިކޯ މެޑްރިޑަށް

ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން އަޒްޕިލްކުއޭޓާ އެތްލެޓިކޯ މެޑްރިޑަށް

ޗެލްސީއަށް ކުޅެމުންއައި ސްޕެއިންގެ ފުލްބެކް ސެޒާ އަޒްޕިލްކުއޭޓާ، ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑަށް ބަދަލުވެއްޖެއެވެ. ޗެލްސީއާއިއެކު އަޒްޕިލްކުއޭޓާ ހަދާފައިވާ އެއްބަސްވުން ޖޫން މަހުގެ ނިޔަލަށް ހަމަވިއިރު، އޭނާ މިވަނީ ފްރީ ޓްރާންސްފާއެއްގައި ދެ އަހަރު ދުވަހުގެ އެއްބަސް ވުމެއްގެ ދަށުން އެތުލެޓިކޯއަށް ސޮއި ކޮށްފައެވެ. އަޒްޕިލްކުއޭޓާ ހޯދުމުގެ މަސައްކަތް އިޓަލީގެ އިންޓަ މިލާނުން ވެސް ކުރިއެވެ. ނަމަވެސް އިޓަލީއަށް ބަދަލުވުމުގެ ބަދަލުގައި އޭނާ ބޭނުންވީ އަމިއްލަ ގައުމުގައި އާއިލާ ކައިރީ ކެރިއާގެ ބާކީބައި...

އިބްރާހިމް ޚަލީލް
ނައިފަރު ބަނދަރުގައި އަޅާފައި އޮތް ތިން ލޯންޗެއްގައި އަލިފާން ރޯވެއްޖެ

ނައިފަރު ބަނދަރުގައި އަޅާފައި އޮތް ތިން ލޯންޗެއްގައި އަލިފާން ރޯވެއްޖެ

ޅ. ނައިފަރު ބަނދަރުގައި އަޅާފައި އޮތް ތިން ލޯންޗެއްގައި އަލިފާން ރޯވެއްޖެއެވެ. އެރަށުން ވާހަކަ ދެއްވި މީހަކު ‘ތިލަދުން’ އަށް ބުނީ އެ ހާދިސާ ހިނގީ ރޭ ދަންވަރު ގާތްގަޑަކަށް 3 ނުވަތަ 3:30 ހާއިރު ކަމަށާއި ތިން ލޯންޗު ވެސް އެއްކޮށް އަނދާފައިވާ ކަމަށެވެ. އޭނާ ބުނީ ތިން ލޯންޗު އެނދީ، ފުރަތަމަ ރޯވި ލޯންޗުގައި ހިފި އަލިފާންގަނޑު ނިއްވާނުލެވިގެން ކަމަށެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ވެސް […]

މުޙައްމަދު އަފްރާޙް
ގުޅީފަޅު ބިން ހިއްކުމުގެ މަޝްރޫއު މިއަދު ފަށަނީ

ގުޅީފަޅު ބިން ހިއްކުމުގެ މަޝްރޫއު މިއަދު ފަށަނީ

ގުޅީފަޅު ބިން ހިއްކުމުގެ މަޝްރޫއު މިއަދު ފެށުމަށް ތައްޔާރުވެއްޖެއެވެ. މި މަޝްރޫއު މިއަދު ހަވީރު ރަސްމީކޮށް އިފްތިތާޙްކޮށްދެއްވާނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. ގުޅީފަޅު ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެ ފަޅުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ވެސް ކުރި ކުންފުނި، ނެދަލޭންޑްސްގެ ބޮސްކާލީސް ކުންފުންޏާއެވެ. މި މަސައްކަތް އެކުންފުންޏާއި ހަވާލުކޮށްފައިވަނީ 120 މިލިއަން ޑޮލަރު ނުވަތަ 2 ބިލިއަން ރުފިޔާ އަށެވެ. ގުޅީފަޅު ހިއްކުމުގެ ދެވަނަ ފިޔަވަހީގައި ގުޅީފަޅު ހިމެނޭ ސަރަޙައްދުން 192 ހެކް...

މުޙައްމަދު އަފްރާޙް
އާރުޓީއެލްއިން ތިލަދުންމަތީގެ ރަށްތަކަށް ދަތުރުކުރި، ލޯފަން ދެ މީހެއްގެ ތަޖުރިބާ!

އާރުޓީއެލްއިން ތިލަދުންމަތީގެ ރަށްތަކަށް ދަތުރުކުރި، ލޯފަން ދެ މީހެއްގެ ތަޖުރިބާ!

ދިވެހިރާއްޖޭގެ ހުރިހާ ރަށެއް ގުޅާލުމަށް ސަރުކާރުން ފަށާފައިވާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ޚިދުމަތް ތަޢާރަފްވެ ބައެއް އަތޮޅުތައް ގުޅާލުމުން، އެ އަތޮޅުތަކުގެ މީހުންނަށް ލިބުނު ފަސޭހަތަކުގެ ވާހަކައަކީ އައު ވާހަކައެއް ނޫނެވެ. އެ ވާހަކަތައް އެކިއެކި މަންސަތަކުގައި ގިނަބަޔަކު ހިއްސާކުރަނީ އުފަލާއި އެކުގައެވެ. ނަމަވެސް މި ފެރީގެ ނިޒާމުގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހުރި ފަސޭހަތަކުގެ ވާހަކައަކީ އާންމު ވާހަކައަކަށް ނުވެދާނެއެވެ. މިހާރު ބްލައިންޑް އެސޯސިއޭޝަންގެ ބައެއް މެމްބަރުން...

އިބްރާހިމް ޚަލީލް
ކާމިޔާބު ކެރިއަރަކަށް ފަހު ފެބްރިގާސް ކުޅުން ހުއްޓާލައިފި

ކާމިޔާބު ކެރިއަރަކަށް ފަހު ފެބްރިގާސް ކުޅުން ހުއްޓާލައިފި

ސްޕެއިންގެ ކުރީގެ މިޑްފީލްޑަރ ސެސް ފެބްރިގާސް ރަސްމީކޮށް ފުޓްބޯޅަ ކުޅުން ހުއްޓާލައިފިއެވެ. ކުޅުން ހުއްޓާލިކަން އޭނާ އިއުލާން ކޮށްފައި ވަނީ އިއްޔެއެވެ. ކުޅުން ހުއްޓާލަން ނިންމިއިރު އޭނާ ހުރީ އިޓަލީގެ ދެވަނަ ޑިވިޝަނުގެ ކުލަބެއް ކަމަށްވާ ކޮމޯއާ ގައެވެ. އެ ޓީމާއިއެކު ދެ އަހަރުގެ އެއްބަސްވުމެއްގައި އޭނާ ހުރިއިރު، އޭނާ ކުޅުން ހުއްޓާލާފައި މިވަނީ ކޮންޓްރެކްޓްގައި ބާކީ އެއް އަހަރު އޮއްވައެވެ. އުމުރުން 36 އަހަރުގެ ފެބްރިގާސް ދެން ފެންނާނީ އެ ޓީމުގެ ކޯޗުގެ މަގާމުންނެވެ. ބާސާ […]

އިބްރާހިމް ޚަލީލް
ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ. މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ބުނީ މި އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު މި ޖުލައި މަހުގެ 23 ވާ އާދީއްތަ ދުވަހުގެ މެންދުރު 1 ޖެހުމާއި ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ. މި އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު ޖޫން 9 ގައި އެންމެފުރަތަމަ ހުޅުވާލީ މިއަދު މެންދުރު 1 ޖެހުމާއި ހަމައަށެވެ. އެ ކައުންސިލުން ކޮންމެ އަހަރަކު ދެމުން އަންނަ މި އިނާމު ދިނުމުގެ މައިގަނޑު […]

އަލީ އާދިލް
ކުމުންދޫ ނެރު މައްޗައް ޑިންގީއެއް ބަންޑުން ޖަހާލައިފި

ކުމުންދޫ ނެރު މައްޗައް ޑިންގީއެއް ބަންޑުން ޖަހާލައިފި

ހދ. ކުމުންދޫ ނެރު މައްޗައް ޑިންގީއެއް ބަންޑުން ޖަހާލައިފިއެވެ. ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުހައްމަދު މިއަދު ވިދާޅުވީ، ކުމުންދޫ ނެރު މައްޗައް މިއަދުގެ ވަގުތެއްގައި ޑިންގީއެއް ބަންޑުން ޖަހާލާފަ ވާކަމަށެވެ. މި ޑިންގީ އިން ދަތުރު ކުރިން 6 މީހުން ވެސް ވަނީ ސަލާމަތް ކުރެވިފައި ކަމަށް އަމީން ވިދާޅުވިއެވެ. އަދި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް ވެސް ވިދާޅުވިއެވެ. ”ޑިންގީ އަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައި” އަމީން ވިދާޅުވެފަވެއެވެ. ކުމުންދޫ ނެރު […]

ޔުމްނާ ޢަލީ
ރާއްޖެއަށް ރަންވަނަތައް ހޯދައިދިން ސްޕެޝަލް އޮލިމްޕިކްސްގެ ޓީމާއި ރައީސް ބައްދަލުކުރައްވައިފި

ރާއްޖެއަށް ރަންވަނަތައް ހޯދައިދިން ސްޕެޝަލް އޮލިމްޕިކްސްގެ ޓީމާއި ރައީސް ބައްދަލުކުރައްވައިފި

“ސްޕެޝަލް އޮލިމްޕިކްސް ވަރލްޑް ގޭމްސް”ގައި ބައިވެރިވެ ރާއްޖެއަށް ރަންވަނަތައް ހޯދައިދިން ރާއްޖޭގެ ސްޕެޝަލް އޮލިމްޕިކްސް ޓީމުގެ އެތުލީޓުންނާ އެފަރާތްތަކުގެ ބެލެނިވެރިންނާއި އަދި ޑެލިގޭޝަނުގެ މެންބަރުންނާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިއަދު ބައްދަލު ކުރައްވައިފިއެވެ. ޖޫން 17 އިން 25 އަށް ޖަރުމަނުވިލާތުގެ ބާރލިންގައި ބޭއްވި “ސްޕެޝަލް އޮލިމްޕިކްސް ވަރލްޑް ގޭމްސް”ގައި ރާއްޖޭގެ ޓީމުން ވަނީ 2 ރަންމެޑަލްއާ 1 ލޯ މެޑެލް ހޯދާފައެވެ. އެ މުބާރާތުގައި ވ...

ޔުމްނާ ޢަލީ
ސިލްސިލާ ވާހަކަ: ޝިކާޔަތު (9)

ސިލްސިލާ ވާހަކަ: ޝިކާޔަތު (9)

ކުރީގެ އަދަދާއިގުޅޭ، ” ތިއެއް ނޫނެއްނު މައުޟޫއަކީ! ތިހެން ވާހަކަ ދައްކާއިރުވެސް ޖާވިދަށް އެނގޭނެ އަހަންނަށް ޖާވިދް ނޫން އިތުރު އެއްވެސް މީހަކު ބޭނުމެއް ނުވާނެކަން! ދެން ތިޝަކުވާ ނުކޮށް، މި ވާހަކައަށް އެއްޗެއް ކިޔާބަަލަ! އެދެމީހުންގެ ކޮންމެވެސް ގުޅުމެއް އޮވޭ! އަހަންނަށް ހަމަ ޔަޤީން” ޝަހާނާ ބުންޏެވެ. ޖާވިދް އަދިވެސް ޝަހާނާއަށް ބަލަމުންދަނީ ފާޑަކަށް ހުރެއެވެ. ” ތިޔަ ކަަމަކީ ހިިނގާ ކަމެއްނަަމަ އެކަން ހުއްޓުވަން ޖެހޭނެ! ތިއީ ވާނެ ކަމެއް ނޫން.. ” ޖާވިދް […]

ސަލާމާ ޢަބްދުލް ޢަލީމް
ރާއްޖެއިން ހައްޖަށްދިޔަ އިތުރު މީހަކު ނިޔާވެއްޖެ

ރާއްޖެއިން ހައްޖަށްދިޔަ އިތުރު މީހަކު ނިޔާވެއްޖެ

ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ މީހުންގެ ތެރެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައި ވަނީ ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި ހައްޖަށް ގޮސްހުރި ނ. ހޮޅުދޫގެ އުމުރުން 70 އަހަރުގެ ގާސިމް އިބްރާހީމެވެ. އޭނާ ނިޔާވީ ހުންނަ ހޮޓަލުގައި ހުއްޓައި ކަމަށް ވެސް މައުލޫމާތު ލިބެއެވެ. މިއީ މި އަހަރު ހައްޖުގެ އަޅުކަމަށް ރާއްޖެއިން ދިޔަ މީހުން ތެރެއިން ނިޔާވި ތިން ވަނަ މީހާއެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހު ދ. މާއެނބޫދޫ، ފިޔާތޮށިގޭ، […]

ޔުމްނާ ޢަލީ
ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ ދީފި

ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ ދީފި

“ދަ ޑިމޮކްރެޓްސް”ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް، ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަން ކޮމިޝަން (އީސީ) އިން މިއަދު ދީފިއެވެ. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް މުހައްމަދު ނަޝީދުގެ އަރިސް ބޭފުޅުންތަކެއް އިސްވެ ތިއްބަވާ އުފައްދަން މަސައްކަތް ފަށާފައިވާ މި ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި ހުށަހަޅާފައި ވަނީ 21 މެއި 2023 ގައެވެ. އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްގެ ނަމުގައި އެ ޕާޓީ އުފެއްދުމުގެ […]

ޔުމްނާ ޢަލީ
ސްވިޑަންގައި މުސްހަފެއް އަންދާލި މައްސަލާގައި އޯއައިސީގެ ކުއްލި ބައްދަލުވުމެއް

ސްވިޑަންގައި މުސްހަފެއް އަންދާލި މައްސަލާގައި އޯއައިސީގެ ކުއްލި ބައްދަލުވުމެއް

އަޟްޙާ އީދު ދުވަހާ ދިމާކޮށް ސްވިޑަންގައި ކީރިތި ޤުރުއާނުގެ މުސްހަފެއް އަންދާލުމުގެ ދަށުދަރަޖައިގެ ޢަމަލު ހިންގި މައްސަލާގައި އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) ގެ އެގްޒެކެޓިވް ކޮމިޓީގެ އޯޕަން އެންޑެޑް ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފިއެވެ. ރާއްޖޭގެ ފޮރިން މިނިސްޓްރީން ވިދާޅުވީ މި ބައްދަލުވުން އޮންނާނީ ސައުދީ އަރަބިއްޔާގެ ޖިއްދާގައި ހުންނަ އޯ.އައި.ސީގެ މައި މަރުކަޒުގައި ކަމަށާއި މިބައްދަލުވުމުގައި ރާއްޖެއިން އޯ.އައި.ސީއަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު،...

މުޙައްމަދު އަފްރާޙް
66 ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

66 ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

66 ބިދޭސީއެއް މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. އިމިގްރޭޝަނުން ބުނީ މިއީ ގަވާއިދާއި ހިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ހޯދުމަށް ކުރިއަށްގެންދާ ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދިޔަ ހަރަކާތެއް ކަމަށެވެ. މި ހަރަކާތުގައި 14 ތަނެއް ބަލައި، ފާސްކޮށްފައިވާ ކަމަށާއި އިމިގްރޭޝަންގެ ބެލުުގެދަށަށް ގެންދިޔަ ބިދޭސީން މިހާރުތިބީ ހުޅުމާލޭގައި ގާއިމުކޮށްފައިވާ ޑިޓެންޝަނަށް ސެންޓަރުގައި ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝް 65 މީހަކާއި އިންޑިއާގެ މީހެއްކަމަށް އިމިގްރޭޝަނުން ބުނ...

މުޙައްމަދު އަފްރާޙް
ރާއްޖޭގެ ހާފު މެރަތަން ދުވުމުގެ ރެކޯޑު ޔޫސުފް މުގުރާލައިފި

ރާއްޖޭގެ ހާފު މެރަތަން ދުވުމުގެ ރެކޯޑު ޔޫސުފް މުގުރާލައިފި

ރާއްޖޭގެ ހާފު މެރަތަން ދުވުމުގެ ރެކޯޑު ޔޫސުފް އިބްރާހިމް މުގުރާލައިފިއެވެ. އޭނާ މި ރެކޯޑު މުގުރާލީ އޮސްޓްރޭލިއާގެ ގޯލްޑްކޯސްޓް ހާފް މެރަތަންގައި މިއަދު ވާދަކޮށްނެވެ. އޭނާ މި ރެކޯޑް މުގުރާލީ، 1:9:58 (1 ގަޑިއިރާއި ނުވަ މިނެޓް 58 ސިކުންތު) ދުވެގެންނެވެ. މި ރެކޯޑު ކުރިިން އޮތީ ޝިފާޒު މުހައްމަދު އަތުގައެވެ. ޝިފާޒު މި ރެކޯޑު ގާއިމުކުރީ މޮރިޝަސްގައި 2019 ގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ދުވެ، 1:10:55 ން ރޭސް ނިންމައިގެންނެވެ. ޔޫސުފަކީ ރާއްޖޭގެ […]

މުޙައްމަދު އަފްރާޙް