ކޮލަމް މިއަހަރުގެ ޢީދުގައިވެސް ބ. ގޮއިދޫގައި ފޯރި ހިފީ، "އަލިފާން ބޯޅަ" މެޗުގައި ޢީދާއި ގުޅުވައިގެން ރަށްރަށުގައި ތަފާތު ކުޅިވަރުތައް ކުޅުމަކީ އިހުޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އޮތް އާދައެކެވެ. މިގޮތުން ރާއްޖޭގެ އެކިރަށްރަށުގައި ވަރަށް ތަފާތު އާދަޔާ ޚިލާފް ކުޅިވަރުތައް ކުޅެމުންދެއެވެ. ނިމިގެންމިދާ އަޟްހާ ޢީދުގައި އެންމެ ތަފާތު އެއް އިވެންޓް ކުރިއަށް ގެންދިޔަ އެއް ރަށަކަށް ބ އަތޮޅު ގޮއިދޫ ވާނެއެވެ. ގޮއިދޫ އަލިފާން ބޯޅަ “ފަޔަބޯލް” މެޗަކީ މިފަހަރު ޢީދުގައި ފެނުނު އެންމެ ތަފާތު އެއް ހަރަކާތެވެ. މެޗު ކުޅޭ ދަނޑުގެ ރޮނގުތަކުން ފެށިގެން ގޮސް ދެކޮޅު ގޯލުގެ […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ރާއްޖެ ވިލިމާލެއިން އަންހެނަކު ގެއްލިގެން ހޯދަނީ ވިލިމާލެއިން 53 އަހަރުގެ އަންހެނެއް ގެއްލިގެން ހޯދަން ފަށައިފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ގެއްލިގެން ހޯދަމުން ދަނީ މ. އާޒާދީގުލްޝަން / އާތިފާ ޢަބްދުﷲ ކަމަށެވެ. އުމުރުން 53 އަހަރުގެ އާތިފާ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވަނީ މިއަދު 10:25 ހާއިރު ކަމަށް ވެސް ވިދާޅުވިއެވެ. އެ ރިޕޯޓު ލިބުމާއެކު އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އޭނާ އެންމެ ފަހުން ފެނިފައިވަނީ ވިލިމާލޭގައި އޭނާ ދިރިއުޅޭ ގެއިން، ޖޫން 30 ވަނަ ދުވަހުގެ ތރޭ 10:45 ހާއިރު […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ބައިނަލްއަގުވާމީ އެމެރިކާގައި އެތައް ބިލިއަން ޑޮލަރެއްގެ ސްޓޫޑެންޓް ލޯނު މައާފްކުރުން ސުޕްރީމް ކޯޓުން ހުއްޓުވައިފި އެމެރިކާގެ ރައްޔިތުން ކިޔެވުމަށް ނަގާފައި ހުރި އެތައް ބިލިއަން ޑޮލަރެއް ލޯނު މައާފްކޮށްދޭން ރައީސް ޖޯ ބައިޑަން ނިންމެވި ނިންމުން އެމެރިކާގެ ސުޕްރީމް ކޯޓުން ބާތިލްކޮށްފި އެވެ. އެމެރިކާގައި 40 މިލިއަނަށް ވުރެ ގިނަ މީހުން ކިޔަވަން ލޯނު ނަގާފައި ހުރިއިރު އޭގެ ތެރެއިން ކޮންމެ މީހަކު މަދުވެގެން 10,000 ޑޮލަރު ދައްކަން ޖެހިފައި އެބަހުއްޓެވެ. އެ ލޯނުތައް މައާފްކުރަން ބައިޑެން ނިންމެވި ނިންމުމާ ދެކޮޅު ހަދައި, ކޯޓަށް މައްސަލަ ހުށަހެޅީ ރިޕަބްލިކަން ކޮންޓްރޯލް ސްޓޭޓްތަކުންނެވެ. އެމެރިކާގެ […] ހުސައިން ހަބީބް · 3 އަހަރު ކުރިން
ރާއްޖެ ކޮންމެ ބަޔަކާއި ގުޅިގެން ވިޔަސް މިވެރިކަން ބަދަލު ކުރުމުގެ މަސައްކަތް ކުރާނަން: ހަސަން ރައްޔިތުން އެދޭ ގޮތަށް މިވެރިކަން ބަދަލު ކުުރަން ގުޅެން ޖެހުނު ކޮންމެ ބަޔަކާއި ގުޅިގެން ވެރިކަން ބަދަލު ކުރުމުގެ މަސައްކަތް ކުރާނެކަމަށް “ދަ ޑިމޮކްރެޓްސް” ގެ މުއައްސިސް އަދި މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ އެ ޕާޓީގެ ރިޔާސީ މެނިފެސްޓޯ އެކުލަވާލަން ނިންމައި، އެކަމުގެ މަޝްވަރާތަކެއް ފުވައްމުލަކުގައި ކުރިއަށް ގެންދިއުމަށްފަހު ރޭ ބޭއްވި ކަންމަތީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. ހަސަން ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުން އޮތީ ނ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ބައިނަލްއަގުވާމީ ޑައިޓް ކޯކުގައި ހުންނަ މާއްދާއަކުން ކެންސަރަށް މަގުފަހިވާކަން މިމަހު އިއުލާން ކުރާނެ: ރިޕޯޓް ޑައިޓް ކޯކް އުފައްދަން ބޭނުންކުރާ މާއްދާއެއްގައި ކެންސަރަށް މަގުފަހިކުރާ ކާސިނޯޖެންގެ އަސަރު ހުރިކަން ޑަބްލިއު އެޗްއޯގެ ކެންސަރާ ބެހޭ ރިސާޗް ސެންޓަރުން މިމަހު އިއުލާން ކުރާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ. ސިއްރު މަސްދަރަކާ ހަވާލާދީ ރޮއިޓާޒްއިން ބުނިގޮތުގައި ޑަބްލިއު އެޗްއޯގެ ކެންސަރާ ބެހޭ ސެންޓަރު ކަމަށްވާ އިންޓަނޭޝަނަލް އެޖެންސީ ފޯ ރިސާޗް އޮން ކެންސަރ (އައިއޭއާރުސީ) އިން ވަނީ ޑައިޓް ކޯކުގައި އެކުލެވޭ ބާވަތެއް ކަމަށްވާ އެސްޕާޓޭމްގައި ކާސިނޯޖެންގެ އަސަރު ހުރި ކަމަށް ނިންމައި, އެކަން […] ހުސައިން ހަބީބް · 3 އަހަރު ކުރިން
ރާއްޖެ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށްދިޔަ މީހަކު ނިޔާވެއްޖެ ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ މީހުންގެ ތެރެއިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ހަވާލުގައި ދިޔަ ހައްޖާޖީއަކު ނިޔާވެއްޖެއެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ނިޔާވެފައިވަނީ ދ. މާއެނބޫދޫ، ފިޔާތޮށިގެ، ޢަލީ ޙަސަން ކަމަށެވެ. އަދި އެއީ އުމުރުން 72 ގެ މީހެއް ކަމަށެވެ. އެ މިނިސްޓްރީން ވިދާޅުވީ އޭނާ ނިޔާވީ މައްކާގެ ސަޢުދީ ޖާމަން ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ރާއްޖެ ގަޑިން އިއްޔެ އިރުއޮއްސި 6:17 ހާއިރު ކަމަށެވެ. ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ މީހުންގެ ތެރެއިން މިއީ […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ޖޫން 1 ން 21 ގެ ނިޔަލަށް 95،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަތުވެއްޖެ މިއަހަރުގެ ޖޫން 1 ން 21 ގެ ނިޔަލަށް 95،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކައިފިއެވެ. އެ މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކާގޮތުގައި ނިމިދިޔަ ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށް 95000އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. ފައިބެއަހަރުގެ މިމުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރީ 45،958 ފަތުރުވެރިންނެވެ. އަދި 2021 ވަނަ އަހަރުގެ މިމުއްދަތުގައި ޒިޔާރަތްކުރީ 92،519 ފަތުރުވެރިންނެވެ. އެހެންކަމުން ފާ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ހުރިހާ މިސްކިތްތައް އޭސީކޮށް ހިލޭ ޤުރުއާން ކިޔަވައިދޭނަން: ނާޒިމް ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވިއްޖެނަމަ ރާއްޖޭގެ ހުރިހާ މިސްކިތްތައް އޭސީކޮށް އެ މިސްކިތްތަކުގައި ހިލޭ ޤުރުއާން ކިޔަވައިދެވޭނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް އަދި އެ ޕާޓީގެ ރައީސް ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ނާޒިމް މިހެން ވިދާޅުވީ، އޭނާގެ ރިޔާސީ މެނިފެސްޓޯ، އުޖާލާ ޒަމާން މެނިފެސްޓޯގެ “އިސްލާމީ ވަޙުދަތު” ގެ ދަށުން ވެފައިވާ ވައުދުތަކާއި ގުޅޭގޮތުން ދެއްވި މެސެޖެއްގައެވެ. ނާޒިމްގެ މެސެޖުގައި ވިދާޅުވެފ... ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ކުޅިވަރު ޒޮބޮސްލާއީ ހޯދުމަށް ލިވަޕޫލުން މަސައްކަތް ކުރަނީ ޖަރުމަނު ލީގުގެ ލައިޕްޒިގަށް ކުޅެމުން އަންނަ ހަންގޭރީގެ ޒުވާން މިޑްފީލްޑަރުގެ ސޮއި ހޯދުމަށް އެ ޓީމާއިއެކު ލިވަޕޫލުން މަޝްވަރާ ކުރަން ފަށައިފިއެވެ. އުމުރުން 22 އަހަރުގެ ޒޮބޮސްލާއީ ވަނީ މިދިޔަ ސީޒަންގައި ލައިޕްޒިގްގެ އެޓޭކިން މިޑްފީލްޑްގައި މޮޅު ކުޅުމެއް ދައްކާފައެވެ. މިދިޔަ ސީޒަންގައި ލައިޕްޒިގަށް ޖަރުމަނު ލީގުގެ ތިންވަނަ ލިބުނު ނަމަވެސް އެ ޓީމުން ވަނީ ޖަރުމަނު ކަޕް ކާމިޔާބު ކޮށްފައެވެ. ޒޮބޮސްލާއީ ވަނީ މިދިޔަ ސީޒަންގައި ލައިޕްޒިގަށް 31 މެޗު ކުޅެ ހަ ލަނޑު ޖަހައި […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ރާއްޖެ ރިޔާސީ އިންތިޚާބު: ވޯޓާސް ލިސްޓަށް 551 ޝަކުވާއެއް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވައިލުމުން ހުށަހެޅި ޝަކުވާތަކުގެ ތެރެއިން 551 ޝަކުވާއަކަށް ޖަވާބު ދީފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންސް (އީސީ) އިން ވިދާޅުވެއްޖެއެވެ. އެ ކޮމިޝަނުން ވިދާޅުވިގޮތުގައި ސެޕްޓެމްބަރ 9 އަށް 18 އަހަރު ފުރޭ 138317 އަންހެނުންނާއި، 144355 ފިރިހެންނާއެކު ޖުމްލަ 282672 މީހުންނަށް ވޯޓުދިނުމުގެ ހައްގު ވަނީ ލިބިފައެވެ. އަދި އެމީހުންގެ ލިސްޓު ދިވެހި ސަރުކާރުގެ ގެޒެޓްގައި، ޝާއިޢު... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ރައީސް، ހިންނަވަރަށް ވަޑައިގެންފި ރައީސް އިބްރާހިމް މުހައްމަދު ސާލިހު، ޅ. ހިންނަވަރަށް ވަޑައިގެންފިއެވެ. އެމަނިކުފާނުގެ އުފަން ރަށް، ހިންނަވަރަށް ވަޑައިގެންނެވީ މިއަދު ހެނދުނުއެވެ. އެމަނިކުފާނު ހިންނަވަރަށް ވަޑައިގަތުމުން މަރުހަބާ ކިޔުމަށާއި ސަލާމްކުރެއްވުމަށް ރަށުގެ ބަނދަރު ސަރަހައްދަށް ގިނަ ޢަދަދެއްގެ ރައްޔިތުންވަނީ ނުކުމެފައެވެ. މި ދަތުރުފުޅުގައި އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ، އަޟްހާ އީދާއިގުޅިގެން ހިންނަވަރުގައި ކުރިއަށްދާ ކުޅިވަރު ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. ރައީ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ މާލޭގެ ގެއެއްގައި ނިޔާވެފައި އޮތް މީހަކު ފެނިއްޖެ މާލޭގެ ހެންވޭރުގެ ގެއެއްގައި ނިޔާވެފައި އޮތް މީހަކު ފެނިއްޖެއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ހެންވޭރުގެ ގެއެއްގައި ޚަބަރުހުސްވެފައި މީހަކު އޮތް ކަމުގެ ރިޕޯޓު މިއަދު މެންދުރު 1:20 ހާއިރު ލިބިފައިވާ ކަމަށެވެ. އެމީހާ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އަދި އެމީހާ ނިޔާވެފައިވާ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދޭ ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ. ފުލުހުން އިތުރަށް ވިދާޅުވީ އެއީ 43 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. ނަމަވެސް އިތުރު މައުލުމާތެއް ހާމައެއް ނުކުރައްވައެވެ. […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ދީން ''ދޭތެރެ ޖައްސާ މީހުންނަށް ގިޔާމަތް ދުވަހުން ގަދަފަދަ ޢަޒާބު ލިބޭނެ'' މާތް ﷲގެ ހަޟުރަތުން އެމީހަކަށް ލިބިފައިވާ ހެކި ވަންހަނާކޮށްފި މީހަކަށްވުރެ އަނިޔާވެރިކަން ބޮޑު މީހަކު ނުވާ ކަމަށް ހުކުރު ޚުތުބާގައި ހަނދާން ކޮށްދީފިއެވެ. ޚުތުބާގައި ބުނީ ދޮގު ހެކި ދިނުމުގެ ސަބަބުން ފޫނުބެއްދޭފަދަ ބޮޑެތި ގެއްލުންތައް ލިބޭ ކަމަށާއި އެކަންތައްތަކުގެ ތެރޭގައި ގާޟީއަށް ހައްގު އޮޅި، ބާތިލަކީ ހައްގު ކަމުގައި ހީވުން ހިމެނޭ ކަމަށެވެ. އަދި އޭގެ ސަބަބުން އެހެންމީހުންގެ ހައްގުތައް ގެއްލިގެން ދިއުމާއި މުޖުރިމުން ކުށުން ބަރީއަ ވުން ހިމެނޭ ކަމަށް ވެސް ބުނެފައި ވެއެވެ. […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ގެއްލުނު ދިވެހި ހައްޖާޖީ ނިޔާވެފައި އޮއްވާ ފެނިއްޖެ ގެއްލިގެން ހޯދަމުން ދިޔަ ދިވެހި ހައްޖާޖީ ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ. އިސްލާމިކް މިނިސްޓްރީން މިއަދު ވިދާޅުވީ، އަލް ޙަރަމައިން ޙައްޖު އެންޑް ޢުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ހަވާލުގައި މި އަހަރު ދިވެހިރާއްޖެއިން ޙައްޖަށް ދިޔަ ޙައްޖުވެރިޔަކު ކަމުގައިވާ ރ. މާކުރަތު، މަލަ، މުޙައްމަދު ނަސީމް ޢަލީ (72) ނިޔާވެފައިވާ ކަމަށެވެ. މަރުޙޫމު މުޙައްމަދު ނަސީމު ޢަލީ ވީނުވީއެއް ނޭނގި ގެއްލުނީ ޙައްޖު މަހުގެ 8 ވަނަ ދުވަހުގެރޭ މިނާ ޓެންޓުން ނިކުތް ފަހުންނެވެ. މުޙައްމަދު ނަސީމް […] ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ކުޅިވަރު އެންމެ ފަހުން ޗެލްސީން ޔުނައިޓެޑަށް މައުންޓް ވިއްކާލަން އެއްބަސްވެއްޖެ ޗެލްސީއަށް ކުޅެމުން އަންނަ އިންގްލެންޑްގެ ޒުވާން މިޑްފީލްޑަރ މޭސަން މައުންޓް، މެންޗެސްޓާ ޔުނައިޓެޑަށް ވިއްކާލަން ޗެލްސީން އެއްބަސް ވެއްޖެއެވެ. އަންނަ ސީޒަންގައި ޔުނައިޓެޑުން ޗެމްޕިއަންސް ލީގުގައި ވާދަ ކުރުމަށް ޓީމް ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، މައުންޓަކީ މި ޓްރާންސްފާގައި މިހާތަނަށް ޔުނައިޓެޑާއި ގުޅުނު ފުރަތަމަ ކުޅުންތެރިޔާއެވެ. ޗެލްސީން މައުންޓް ވިއްކާލަން ނިންމާފައި މިވަނީ އޭނާ ޗެލްސީއާއި އެކު ހަދާފައިވާ އެއްބަސް ވުމުގައި ބާކީ އެއް އަހަރު އޮއްވައެވެ. ޔުނައިޓެޑުން މައުންޓް... އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން