ރާއްޖެ ސްވިޑަންގައި ޤުރުއާނަށް ފުރައްސާރަކުރި މައްސަލަ ސަރުކާރުން ކުށްވެރިކޮށްފި ސްވިޑްން މީހަކު ކީރިތި ޤުރްއާނަށް ފުރައްސާރަކުރުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ. ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވީ އަޟްޙާ ޢީދު ދުވަހާ ގުޅުވައިގެން ސަލްވާން މޮމިކާ ނަމަކަށް ކިޔާ މީހަކު ސްވިޑަންގައި ކީރިތި ޤުރުއާނަށް ފުރައްސާރަކުރި މައްސަލަ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. މިއީ ވަރަށް އިހާނެތި ޢަމަލެއް ކަމަށާއި މި ޢަމަލު ތަކުރާރުވުމަކީ ދުނިޔޭގެ އެތައް މިލިއަން މުސްލިމުންގެ ދީނީ އިހުސާސްތަކަށް ގެއްލުންދޭ ކަމެއް ކަމަށް ވެސް ފޮރިން މިނިސްޓްރ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ އިންޑިއަން އޯޝަން އައިލަންޑް ގޭމްސްގައި ރާއްޖެއިން ވާދަކުރާ ފެތުންތެރިންގެ ޓީމު އިއުލާން ކޮށްފި އިންޑިއަން އޯޝަން އައިލަންޑް ގޭމްސްގައި ރާއްޖެއިން ވާދަކުރާ ފެތުންތެރިންގެ ޓީމު އިއުލާން ކޮށްފިއެވެ. މޯލްޑިވްސް ސްވިމިން އެސޯސިއޭޝަނން ބުނީ 11 ވަނަ އިންޑިއަން އޯޝަން އައިލަންޑް ގޭމްސްގައި ރާއްޖެ ތަމްސީލުކުރާ ފެތުންތެރިންގެ ޓީމުގައި އަންހެން 6 ފެތުންތެރިންނާއި ފިރިހެން 6 ފެތުންތެރިން ހިމެނޭ ކަމަށެވެ. މަޑަގަސްކަރ ގައި މި މުބާރާތަށް ބޭއްވުމަށް ނިންމާފައިވަނީ މިއަހަރުގެ އޮގަސްޓް 25 ން ސެޕްޓެމްބަރ 3 އަށެވެ. ރާއްޖެއިން ބައިވެރިވާ އަންހެން ފެތުންތެރިންގެ ތެރޭގައި ހިމެނެނީ މިރާލް ޢައިން ލަތީފް، ޙަމްނާ [... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ކުޅިވަރު ފަސް އަހަރުގެ އެއްބަސްވުމެއްގެ ދަށުން މެޑިސަން ޓޮޓެންހަމަށް މިދިޔަ ސީޒަންގައި ޕްރިމިއާ ލީގުން ރެލިގޭޓްވި ލެސްޓާ ސިޓީއަށް ކުޅެމުން އައި އިންގްލެންޑް މިޑްފީލްޑަރ ޖޭމްސް މެޑިސަން ފަސް އަހަރުގެ އެއްބަސްވުމެއްގެ ދަށުން ޓޮޓެންހަމާއި ގުޅިއްޖެއެވެ. އުމުރުން 26 އަހަރުގެ މެޑިސަން ޓޮޓްންހަމާއި ގުޅިފައި މިވަނީ 46.3 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީއެއްގެ ދަށުންނެވެ. މި އެއްބަސްވުމުގެ ދަށުން އޭނާ ޓޮޓެންހަމުގައި 2028 އަހަރުގެ ޖޫން މަހުގެ ނިޔަލަށް މަޑުކުރާނެއެވެ. ލެސްޓާ ސިޓީއާއިއެކު އެފްއޭ ކަޕް ކާމިޔާބުކުރި މެޑިސަން އެ ޓީމާއި ގުޅިފައި ވަނީ 2018 ވަނަ […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ރާއްޖެ މީހަކަށް މަރުގެ އިންޒާރު ދިންކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އައްޑޫ ސިޓީ ހުޅުމީދޫގައި އަމަން ނަގާލަން އުޅުމުން ހައްޔަރުކުރި މީހާ ދޫކޮށްލާފައި ހުއްޓާ މީހަކަށް މަރުގެ އިންޒާރު ދިންކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ހުޅުމީދޫ ތެރޭގައި އަމަން ނަގާލަން އުޅުނު ކަމުގެ ތުހުމަތުގައި 44 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާ ހައްޔަރުކުރީ މި ޖޫން މަހުގެ 27 ވަނަ ދުވަހު ކަމަށެވެ. އޭނާ އެދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް 24 ގަޑިއިރުފަހުން އޭނާ ދޫކޮށްލާފައިވާ ކަމަށް ފުލުހުން […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ވިޔަފާރި ގޯތި ލިބުނު ކަމަށް ބުނެ އާބަންކޯގެ ނަމުގައި ސްކޭމް ކޯލުތަކެއް އާބަންކޯގެ ނަމުގައި އަނެއްކާ ވެސް ސްކޭމް ކޯލުތަކެއް ދައުރުވަމުންދާތީ، އެކަމަށް ސަމާލުވުމަށް އެ ކުންފުނިން ބުނެފިއެވެ. އެ ކުންފުނިން ބުނީ މިފަހަރު ދައުރުވަމުން ދަނީ “ބިންވެރިޔާ” ސްކީމްގެ ދަށުން ގޯތި ލިބުނު ކަމަށް ބުނެ ކަމަށެވެ. “މި ކުންފުނީގެ ފަރާތުން “ބިންވެރިޔާ ސްކީމް”ގެ ގޯތި ނުވަތަ ފްލެޓު ލިސްޓާއި ބެހޭ އެއްވެސް މުއާމަލާތެއް ނުކުރާނެ. އަދި އެފަދަ ކަމެއްގައި ނުވަތަ ފައިސާއާއި ޕޭމެންޓާއި ބެހޭ އެއްވެސް ލިންކެއް ނުފޮނުވާނެކަމުގެ ޔަގީންކަން ދެން.” އާބަންކޯ އިން ބުނެއެވެ. އާބަންކޯ އިން […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ސިފްކޯ ހިޔާ ޓަވަރު ކައިރީ ހުރި ކުނިތަކެއްގައި ރޯވި އަލިފާން ނިއްވާލައިފި ސިފްކޯ ހިޔާ ޓަވަރު ކައިރީ ހުރި ކުނިތަކެއްގައި ރޯވި އަލިފާން ނިއްވާލައިފިއެވެ. އެންއެމްޑީއެފް އިން މިހެން ވިދާޅުވީ ހުޅުމާލޭ ޕޮލިސް އަދި އެމްއެންޑީއެފް ފްލެޓުގެ ބޭނުމަށް ގެނެސްފައި ހުރި ކޮންސްޓްރަކްޝަން ތަކެތީގައި އަލިފާން ރޯވެގެން އުޅޭ ކަމަށް ބުނެ ޓްވިޓާ ގައި ދައުރުވަމުން ދާ ވީޑިއޯ އާ ގުޅިގެން ‘ތިލަދުން’ އިން ސުވާލު ކުރުމުންނެވެ. އެ އިދާރާ އިން ވިދާޅުވީ އަލިފާން ރޯވެފައިވަނީ އެތަނުގައި ހުރި ކަރުދާސްތަކެއްގައި ކަމަށެވެ. އެ ހާދިސާގެ ރިޕޯޓު ލިބުނީ މިއަދު 11:33 […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ދިވެހި ހައްޖުވެރިން ރާއްޖެ އަންނަން ފަށާނީ އަންނަ މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިއަހަރުގެ ހައްޖު އަޅުކަމަށް ދިޔަ ރާއްޖޭގެ ހައްޖުވެރިން ރާއްޖެ އަންނަ ފަށާނީ އަންނަ ޖުލައި މަހުގެ 7 ވަނަ ދުވަހުން ފެށިގެން ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. 1444 ވަނަ އަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ޙައްޖަށްދާ ޙައްޖާޖީން ފުރާފައި ވަނީ ޖޫންމަހުގެ 12 އިން 19 އަށެވެ. ސައޫދީ ސަރުކާރުން ދެއްވި 1000 ކޯޓާގައި މިއަހަރު ރާއްޖެއިން މީހުން ހައްޖަށް ގޮސްފައިވާއިރު، މި އަހަރުގެ ހައްޖު ދުވަހަކީ މި މަހުގެ 27 ވީ […] ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ވާހަކަ ސިލްސިލާ ވާހަކަ: ޝިކާޔަތު (8) ކުރީގެ އަދާއިގުޅޭ، ” ހާރޫން އުޅެނީ މާލޭގައިތަ؟” ފާއިޒާ އެހިއެވެ. ފާއިޒާގެ ސުވާލުން ހާރޫން ހީލިއެވެ. އަދި ފެންފޮދެއް ބޯލަމުން ބުންޏެވެ. ” އެތަންމިތަނުގައި މިއުޅެންޖެހެނީ! ” ” އެހެންތަ؟ ވަޒީފާގެ ގޮތުން ތިހެން އުޅެން ޖެހުނީމަ އަނބިދަރިންނަށްވެސް ވަރަށް އުނދަގޫވާނެތާ! ” ފާއިޒާގެ ދެވަނަ ޖުމްލައިން ޖާވިދްއަށް މަޑުމަޑުން ބޯ ހޫރާލެވުނެވެ. މަންމަގެ ސުވާލުތައް ނުހުއްޓޭނެކަން ޖާވިދަށް އެނގެއެވެ. ” މިހެން އުޅެން ޖެހޭތީ ކަންނޭނގެ އަދި އެކަހަލަ ކަމަކާ ނުވިސްނަން!” ހާރޫން ފަސޭހަ ކަމާއިއެކު […] ސަލާމާ ޢަބްދުލް ޢަލީމް · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށީގައި "ހަ ވާ" އަރުވައިފި ހދ. ކުޅުދުއްފުށީ ސިޓީގައި ހަވާ (ފަޔާވޯކްސް) ބަލަން ދިޔަ މީހުންނަށް “ހަ ވާ” ފެނި އެއްބަޔަކު ރުޅިގަދަވި އިރު، އަނެއްބަޔަކަށް އެކަން ވީ މަޖާކަމަކަށެވެ. އަޟުޙާ ޢީދުގެ އުފާ ފާޅުކުރުމަށް ކުޅުދުއްފުށި ސިޓީގައި ކުރިއަށް ގެންދާ ހަރަކާތްތަށް އިޢުލާންކޮށް އަންގާ ހަދަނީ ސިޓީ ކައުންސިލުންނެވެ. އެގޮތުން ރޭ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތެއްގެ ގޮތުގައި އޮތީ އެރަށު ހިއްކި ސަރަހައްދުގައި “ޕަޗަރާލި ޝޯ، ހަ ވާ އެރުވުން” މިނަން ކިޔާ ހަރަކާތެކެވެ. 20:30 ގައި ފެށުމަށް ހަމަޖެހިފައިވާ […] އަލީ އާދިލް · 3 އަހަރު ކުރިން
ކުޅިވަރު ސާފް ޗެމްޕިއަންޝިޕްގެ ގުރޫޕް ސްޓޭޖުން ފުރަތަމަ ފަހަރަށް ރާއްޖެ ކަޓައިފި ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުން ފުރަތަމަ ފަހަރަށް ރާއްޖެ ކަޓައިފިއެވެ. މި މުބާރާތް ފުރަތަމަ ބާއްވާފައި ވަނީ ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން ގޯލްޑް ކަޕުގެ ނަމުގައެވެ. އެއީ 1993 ވަނަ އަހަރުއެވެ. ދެން މި މުބާރާތް ބޭއްވީ 1995 ވަނަ އަހަރުއެވެ. އެ ދެ އަހަރު މި މުބާރާތުގައި ރާއްޖެ ވާދައެއް ނުކުރެއެވެ. ރާއްޖެ ފުރަތަމަ މި މުބާރާތުގައި ވާދަކޮށްފައި ވަނީ 1997 ވަނަ އަހަރުއެވެ. އޭގެ ފަހުން ގަވައިދުން […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ކުޅިވަރު ޗެލްސީގެ ކީޕަރ މެންޑީ ސައުދީ ލީގުގެ އަލް އަހްލީއަށް ބަދަލުވެއްޖެ ޗެލްސީއަށް ކުޅެމުން އަންނަ ސެނަގާލްގެ ކީޕަރ އެޑުއާޑް މެންޑީ ސައުދީ ލީގުގެ އަލް އަހްލީއަށް ބަދަލުވެއްޖެއެވެ. އުމުރުން 31 އަހަރުގެ މެންޑީ ޗެލްސީ ދޫކޮށް އަލް އަހްލީއަށް ބަދަލުވެފައި ވަނީ ތިން އަހަރު ދުވަހުގެ އެއްބަސް ވުމެއްގެ ދަށުންނެވެ. މި އެއްބަސްވުމުގެ ދަށުން 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޭނާ އަލް އަހްލީގައި މަޑުކުރާނެއެވެ. މެންޑީއަކީ ޗެލްސީ ދޫކޮށް ސައުދީ ލީގާއި ގުޅުނު ތިންވަނަ ކުޅުންތެރިއާއެވެ. ޗެލްސީއަށް ކުޅުނު ސެނެގާލްގެ ޑިފެންޑަރ ކަލިދޫ ކުލިބާލީ […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ރާއްޖެ ގޯތި ލިސްޓުގައި އިންޑިއާ މީހާގެ ނަން އޮތީ ޑީއެންއާރް ގެ މައްސަލަ އަކުން؟ “ބިންވެރިޔާ” ސްކީމްގެ ދަށުން ގޯތި ލިބޭ މީހުންގެ ލިސްޓުގައި އަވަށްޓެރި އިންޑިއާ މީހެއްގެ ނަން އޮތީ ޑިޕާޓްމެންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) ގެ މައްސަލައަކުން ކަމަށް ގެދޮރުވެރިޔާ ކޮމެޓީގެ ޗެއާ އަދި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ. އެ ސްކީމުގެ ދަށުން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓް ސަރުކާރުން އާންމު ކުރައްވާފައިވައި، ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރައްވާފައިވަނީ ޖޫން 26 ވަނަ ދުވަހުއެވެ. މި ލިސްޓުގައި މއ. މަލިކުވިއު، ހަބީބު […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ބައިނަލްއަގުވާމީ ދުނިޔޭގެ އެންމެ ބޮޑު ކްރޫޒް ޝިޕް އަންނަ އަހަރު ދަތުރުތައް ފަށަނީ ދުނިޔޭގެ އެންމެ ބޮޑު ކްރޫޒް ޝިޕް ބަނުމުގެ މަސައްކަތް މިއަހަރު ނިމި އަންނަ އަހަރު ކުރީކޮޅު ދަތުރުތައް ފަށަން ތައްޔާރުވެއްޖެ އެވެ. ރޯޔަލް ކެރިބިއަން އިންޓަނޭޝަނަލްގެ އައިކޮން އޮފް ދަ ސީސް ނަމަކަށް ކިޔާ މި އުޅަނދަކީ ގާތްގަނޑަކަށް އަކީ ދިގުމިނުގައި 1,200 ފޫޓް ހުންނަ އަދި ބަރުދަނުގައި 250،000 ޓަނު ހުންނާނެ އުޅަނދެކެވެ. މިއީ ކުރިން ދުނިޔޭގެ އެންމެ ބޮޑު ބޯޓު ކަމަށްވާ ޓައިޓޭނިކް ބަރުދަނާ އަޅާ ބަލާއިރު ފަސް ގުނަ ބޮޑު އަދަދެކެވެ. މި […] ހުސައިން ހަބީބް · 3 އަހަރު ކުރިން
ރާއްޖެ އީދު ފާހަގަކުރުމަށް ރައީސްގެ ދެކަނބަލުން ތޮއްޑޫއަށް މިއަހަރުގެ އަޟުހާ އީދު ފާހަގަކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒުނާ އަހްމަދު އއ. ތޮއްޑޫއަށް ވަޑައިގެންފިއެވެ. އެ ދެކަނބަކުން އެރަށަށް ވަޑައިގެންނެވުމުން މަރުހަބާ ދެންނެވުމަށް ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބަނދަރު ސަރަހައްދަށް ޖަމާވެފައެވެ. އީދާއި ގުޅިގެން ތޮއްޑޫގައި ހާއްސަ ހަރަކާތްތަކެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިއަދު މެންދުރު ބޮޑު ޖާފަތެއް ބޭއްވުމަށް ވަނީ ހަމެޖެހިފައެވެ. މިޖާފަތުގައި ރައީސް އާއި ރަށުގެ ރައްޔިތުން ބައިވެރިވާނެއެވެ. މީގެ އިތުރުން އެރަށުގ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ސައިކަލަކުން ޖެހި އެކްސިޑެންޓުވި މީހަކަށް ފަރުވާ ދެނީ ސައިކަލަކުން ޖެހި އެކްސިޑެންޓުވި މީހަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މަޖީދީމަގު ރެޑްވޭވް ހިސާބުން ހިނގާފާ ދިޔަ މީހެއްގެ ގައިގާ ސައިކަލަކުން ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމުގެ މައުލޫމާތު މިއަދު ހެނދުނު 5:01 ހާއިރު، އެ އިދާރާއަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި އެކްސިޑެންޓުގައި އުމުރުން 50 އަހަރުގެ ދިވެހި ފިރިހެނަކަށް އަނިޔާވެ، އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމަށް ފުލުހުން ވިދާޅު... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން