ރާއްޖެ ހައްޖުގެ އަޅުކަމަށްފަހު ނައިބު ރައީސް މާލެ ވަޑައިގެންފި ހައްޖުގެ އަޅުކަން އަދާކުރެއްވުމަށްފަހު ނައިބު ރައީސް ފައިސަލް ނަސީމް މާލެ ވަޑައިގެންފިއެވެ. މިއަހަރުގެ އަމީރުލްހައްޖުގެ ގޮތުގައި ވަޑައިގެންނެވި ހައްޖުގެ އަޅުކަން އަދާކުރެއްވުމަށްފަހު، ނައިބު ރައީސް މާލެ ވަޑައިގެންނެވީ މިއަދު ހެނދުނުއެވެ. ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ މީހުން ރާއްޖެ އަންނަންފަށާނީ މި ޖުލައި މަހުގެ 7 ވަނަ ދުވަހުން ފެށިގެންނެވެ. އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދެއްވާފައިވާ ގޮތުގައި ދިވެހި ހައްޖުވެރިން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައި ވަނީ ހަ ފްލައިޓެއްގައެވެ. އެގޮތުން ފުރ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ދާރުލް އާސާރުގެ ސެކިއުރިޓީ ގާޑު ދިދަ ތިރިކުރަން އުޅެނިކޮށް ވެއްޓި ޒަޚަމްވެއްޖެ ގައުމީ ދާރުލް އާސާރުގެ ސެކިއުރިޓީ ގާޑު ވެއްޓި އަނިޔާވެއްޖެއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ނެޝަނަލް މިއުޒިއަމްގެ ސެކިއުރިޓީ ގާޑަށް އަނިޔާވެފައިވަނީ އިއްޔެ ހަވީރު 6 ޖަހާކަންހާއިރު ކަމަށާއި އެއީ އެ މިއުޒިއަމްގެ ދިދަ ތިރިކުރަން އުޅުމުގެ ތެރޭގައި ކަމަށެވެ. އަދި އޭނާ ވެއްޓި ޒަހަމް ވެފައިވާ ކަމަށެވެ. އޭނާ އަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާ ކަމަށާއި އެއީ ބިދޭސީ ފިރިހެނެއް ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ. އެހެންނަމަވެސް އޭނާއަށް ލިބިފައިވަނީ ކިހާވަރެއްގެ އަނިޔާއެއް ކަމެއް ހާމައެއް […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ކަނޑުތައް ގަދަވާނެތީ ދަތުރުކުރުމުގައި ސަމާލުވުމަށް އިލްތިމާސް ކޮށްފި ރާއްޖޭގެ ކަނޑުތައް މިއަދު ވެސް ގަދަވާނެތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން އިލްތިމާސް ކޮށްފިއެވެ. އެ އިދާރާގެ މޫސުމީ ބުލެޓިން ގައި ބުނީ ރާއްޖޭގެ އެކި ހިސާބަށް މިއަދު ވެސް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަޑުގައި 40 މޭލަށް ވައި ގަދަަވުން އެކަށީގެންވާ ކަމަށް ވެސް ވަނީ ބުނެފައެވެ. އުތުރާއި މެދުރާއްޖޭގައި ރާޅުގެ އުސްމިން، ހަތަރު ފޫޓާއި ހަތް […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރި ކެންޑިޑޭޓުން ޖޫރިމަނާކޮށްފި ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރި 3 ކެންޑިޑޭޓުން ޖޫރިމަނާކޮށްފިއެވެ. އެ ދާއިރާގެ ބައި އިލެކްޝަން ގައި ވާދަކޮށްފައިވަނީ ޕީޕީއެމްގެ ފަރާތުން އެ ދާއިރާގެ ކުރީގެމެންބަރު އިބްރާހިމް ރިޒާގެ ކޮއްކޮ ހުސައިން ރިޒާ އާދަމް އާއި އެމްޑީޕީގެ ފަރާތުން އިބްރާހީމް ޝާޒް އަދި އެމްއެންޕީން އަލީ އަރީފް އެވެ. އިލެކްޝަންސް ކޮމިޝަނުން މިއިން ކެންޑިޑޭޓުން ޖޫރިމަނާ ކޮށްފައިވަނީ 6000 ރުފިޔާ އިންނެވެ. އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވެފައިވަނީ މިދިޔަ […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ކުޅިވަރު ފާއިތުވި ފަނަރަ އަހަރު ޕްރިމިއާ ލީގުގެ އެންމެ މޮޅު ޓީމަކީ ޗެލްސީ – ޕޮޗެޓީނޯ ފާއިތުވި ފަނަރަ ވަރަކަށް އަހަރުތެރޭ ޕްރިމިއާ ލީގުގެ އެންމެ މޮޅު އެންމެ ކާމިޔާބު ޓީމަކީ ޗެލްސީ ކަމުގައި އެ ޓީމްގެ ކޯޗުކަމާއި ދާދި ފަހުން ހަވާލުވި މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޗެލްސީ ޕްރިމިއާ ލީގުގެ ގަދަބާރަކަށް ހެދީ ރަޝިއާގެ މަހުޖަނު ރޯމަން އަބްރަހަމިވިޗް 2003 ވަނަ އަހަރު އެ ކްލަބް ގަތުމަށް ފަހުއެވެ. މިގޮތުން ފާއިތުވި އަހަރުތަކުގައި ޕްރިމިއާ ލީގުގެ ޓީމްތަކުގެ ތެރެއިން އެންމެ ގިނަ ތަށި ހޯދާފައި ވަނީ ވެސް ޗެލްސީންނެވެ. އެ ޓީމުން 2004 […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ކުޅިވަރު ސައުދީ ލީގުގެ އަލް-އިއްތިފާޤްގެ ކޯޗަކަށް ޖެރާޑް ހަމަޖައްސައިފި އިންގްލެންޑްގެ ކުރީގެ މިޑްފީލްޑަރ ސްޓީވެން ޖެރާޑް ސައުދީ ޕްރޮފެޝަނަލް ލީގުގެ އަލް-އިއްތިފާޤްގެ ކޯޗަކަށް ހަމަޖައްސައިފިއެވެ. އަލް-އިއްތިފާޤުން އެ ޓީމްގެ ކޯޗަކަށް ޖެރާޑް ހަމަޖެއްސިކަން އިޢުލާންކުރި ނަމަވެސް، ޖެރާޑްގެ ކޮންޓްރެކްޓާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް އެ ޓީމުން މިހާތަނަށް ހާމަކޮށްފައިނުވެއެވެ. ވުމާއެކު އެ ކުލަބުން އޭނާއާއިއެކު ހަދާފައި ވަނީ ކިތައް އަހަރު ދުވަހުގެ އެއްބަސްވުމެއްކަން ސާފެއް ނުވެއެވެ. 2016 ވަނަ އަހަރު ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުން ހުއްޓާލުމަށް ފަހު އޭނާ ކޯޗިން ކެރިއާ ފަށާ... އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުލަގަދަ ރަސްމިއްޔާތަކާއެކު ހޯރަފުށީ ''ކޮއި ޕާކު'' ހުޅުވައިފި ހއ. ހޯރަފުށީގައި ތަރައްގީކޮށްފައިވާ ކުޑަކުދިންގެ ޕާކު، ”ކޮއި ޕާކު” ކުލަގަދަ ރަސްމިއްޔާތަކާއެކު މިރޭ ހުޅުވައިފިއެވެ. މި ކުޑަކުދިންގެ ޕާކަކީ، ހޯރަފުށީ ކައުންސިލާ، އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާ އަދި ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ) ގުޅިގެން ތަރައްގީކޮށްފައިވާ ޕާކެއްކަމަށް ހޯރަފުށީ ކައުންސިލުން ވިދާޅުވެއެވެ. މި ޕާކު ހުޅުވުމަށް ބޭއްވި ކުލަގަދަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ، ހޯރަފުށީ ކައުންސިލާ، އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ މެ... ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ވެބްސައިޓް ހަދައިދޭނެ ފަރާތެއް ހޯދަނީ ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ ވެބްސައިޓް ޑިޒައިންކޮށް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިޢުލާން ކޮށްފިއެވެ. މި ބީލަމުގައި ރަޖިސްޓަރީވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 16 ވަނަ ދުވަހުގެ 10:30 ގެ ކުރިން އެކަމަށް ހާއްސަ ކޮށްފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ރަޖިސްޓަރީވުމަށް ހުޅުވާލާފައިވާއިރު، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ނިންމާފައި ވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެ... އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މުއްދަތުގެ ތެރޭގައި ފައިސާ ނުދެއްކުމުން އަލިދުއްފަރު ދެވަނައަށް ބޮޑު އަގު ހުށަހެޅި ފަރާތަށް! ސަރުކާރުން ފަތުރުވެރިކަމަށް ތަރައްގީކުރަން ދޫކުރާ ރަށްތަކުގެ ތެރެއިން ތިލަދުންމަތީ އަލިދުއްފަރުގެ ބިޑް ކާމިޔާބު ކުރި ފަރާތުން މުއްދަތުގެ ތެރޭގައި ފައިސާ ނުދެއްކުމުން ދެވަނައަށް އެންމެ ބޮޑު އަގު ހުށަހެޅި ފަރާތަށް އެ ފުރުސަތު ލިބިއްޖެއެވެ. ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި އެންމެ ބޮޑު ބިޑެއް ހުށަހެޅި ކުންފުންޏަށް 60 ދުވަހުގެ ތެރޭގައި އިކުއިޒިޝަން ކޯސްޓް ދެއްކުމުގެ ފުރުސަތު ދިން ނަމަވެސް އެ ފައިސާ ދައްކާފައިވާ ނުވާ ކަމަށެވެ. އެ ރަށަށް އެންމެ ބޮޑު އަގެއް ހުށަހެޅީ ސަބް […] އަޙްމަދު ވަހީދު · 3 އަހަރު ކުރިން
ކުޅިވަރު މިލާން ދޫކޮށް ޓޮނާލީ ނިއުކާސަލަށް ސޮއިކޮށްފި އިޓާލިއަން ލީގުގެ އޭސީ މިލާނަށް ކުޅެމުން އައި އިޓަލީގެ ޒުވާން މިޑްފީލްޑަރ ސަންޑްރޯ ޓޮނާލީ ނިއުކާސަލަށް ސޮއިކޮށްފިއެވެ. އަންނަ ސީޒަންގައި ނިއުކާސަލުން ޗެމްޕިއަންސް ލީގުގައި ވާދަކުރާނެއެވެ. ޓޮނާލީއަކީ މި ޓްރާންސްފާ މާކެޓްގައި އެ ޓީމުން ސޮއި ހޯދި ފުރަތަމަ ކުޅުންތެރިޔާއެވެ. އުމުރުން 23 އަހަރުގެ ޓޮނާލީ ނިއުކާސަލާއި ގުޅިފައި މި ވަނީ 55 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއެއްގެ ދަށުން ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. މިލާނުން 2021/22، ސީޒަންގައި އިޓާލިއަން ލީގު ކާމިޔާބުކުރި އިރު އެ […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ރާއްޖެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުނުވެ އޮތީ ކުރީގެ ސަރުކާރުތަކުގައި ކުދި މަޝްރޫޢުތަކަށް ސަމާލުކަން ދިނުމުން: އަސްލަމް މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުނުވެ އޮތީ ކުރީގެ ސަރުކާރުތަކުގައި ކުދިކުދި ޕްރޮޖެކްޓްތަކަށް ސަމާލުކަން ދިނުމުން ކަމަށް ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. ގުޅިފަޅުގެ ބިން ހިއްކުމަށް ޖުލައި 2 ވަނަ ދުވަހު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ މާލޭގެ ބޯހިޔާވަހިކަމަށް ހައްލު ގެނެވޭނީ ވަރަށް ބޮޑު ޕްލޭނެއް އޮވެގެން ކަމަށާއި އެއީ ޒަމާންވީ ބޮޑު މައްސަލައެއް ކަމަށެވެ. އަދި ކުރީގެ ސަރުކާރުތަކުގައި މަސައްކަތްކުރައްވާފައިވަނީ ކުދިކުދި ޕްރޮޖެކްޓްތަކ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އުރީދޫ މަސްރޭހުގައި ރަޖިސްޓްރީވުމުގެ މުއްދަތު އިތުރުކޮށްފި އުރީދޫ މޯލްޑިވްސް އިން ކުޅުދުއްފުށި ސިޓީ ހިމެނޭހެން ރާއްޖޭގެ ހަތަރު ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ މަސްރޭހުގައި، ރަޖިސްޓްރީވުމުގެ މުއްދަތު އިތުރުކޮށްފިއެވެ. އުރީދޫ މޯލްޑިވްސްގެ 18 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މިއަހަރު މި މުބާރާތް ބާއްވަން ނިންމާފައިވަނީ އޮގަސްޓް މަހުގައެވެ. މިއަހަރުގެ މުބާރާތް ވެގެން ދާނީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އަދި އެންމެ ކުލަ ގަދަ މަސްވެރިކަމުގެ މުބާރަަތައް ކަމަށް އުރީދޫން ބުންޏެވެ. ފެށުނީއްސުރެވެސް އުރީދޫ މަސްރޭހަކީ މަސްވެރިކަމުގެ އުފާވެރިކަމުގެ ތެރެއިން އެއްބައ... އަޙްމަދު ވަހީދު · 3 އަހަރު ކުރިން
ރާއްޖެ މި މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށް ޗައިނާއިން 64،341 ފަތުރުވެރިން ރާއްޖެއަަށް މި ޖުލައި މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާއިން 64،341 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. އެ މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކާގޮތުގައި މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުގެ 6.9 އިންސައްތަ އެވެ. މިއާއެކު ރާއްޖެއަށް ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުގެ 5 ވަނައަށް އެ ގައުމު ވަނީ ޖެހިލާފައެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބަށް ބަލާއިރު، މިއަހަރުގެ ޖުލައި 2 ގެ ނިޔަަލަށް ރާއްޖެއައިސްފައިވަނީ 934,317 ފަތުރުވެރިންނެވެ. […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އުތުރުގެ އަތޮޅުތައް "ވިއަވަތި ރާއްޖެ" މަހާސިންތާގެ އިންތިޒާރުގައި! ލާމަރުކަޒީ ގާނޫނުގައި ހުރި މައްސަލަތަކާއި އެ ނިޒާމްގެ ހިންގުން ހަރުދަނާކުރުމަށް ކުރިއަށްގެންދާ ވިއަވަތީގެ ހަތަރު ވަނަ ކޮންފަރެންސް އެންމެ ފުރަތަމަ އޮންނާނެކަމަށް އިޢުލާން ކުރީ މިއަހަރުގެ ޖެނުއަރީ މަހު ހދ. ކުޅުދުއްފުށި ސިޓީ ގަ އެވެ. ކޮންމެވެސް ސަބަބަކާއި ހުރެ ކުޅުދުއްފުށި ސިޓީގެ ބަދަލުގައި ހދ. ހަނިމާދޫގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ފަހުން އިޢުލާންކުރިއެވެ. އުތުރުގެ އަތޮޅުތަކަށް އަމާޒުކޮށްގެން ބޭއްވުމަށް ހަމަޖެހިފަވާ، މި މަހާސިންތާ ބޭއްވުމަށް ފަހުން ތާވަލުކޮށް ތައްޔާރުވަމުން އައީ، މިއަހަރުގެ... އަލީ އާދިލް · 3 އަހަރު ކުރިން
ރާއްޖެ ދަގަނޑު ހޮޅިތަކެއް ވަގަށް ނެގި ދެމީހުން ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދިއްޖެ ދަގަނޑު ހޮޅިތަކެއް ވަގަށް ނެގި ދެމީހުން ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ. އެ ދެމީހުން ހޯދުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ސީސީޓީވީ ފުޓޭޖެއް އާންމުކޮށްފައެވެ. އަދި ވިދާޅުވެފައިވަނީ އެދެމީހުން މިހާތަނަށް ދަނެގަނެވިފައިނުވާ ކަމަށެވެ. އެ އިދާރާ އިން އިތުރަށް ވިދާޅުވީ އެ ދެމީހުން އެނގޭ މީހަކު ހުރި ނަމަ އެ އިދާރާއަށް އެކަން އެންގުމަށް އެދޭ ކަމަށެވެ. ފުލުހުން އާންމު ކުރައްވާފައިވާ ވީޑިއޯއިން ފެންނަގޮތުގައި ގެއަކުން ދިގު ދަގަނޑު ހޮޅިއެއް ގެއަކުން ނެރެގެން ގެންދާ މަންޒަރު ފެނެއެެވެ.... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން