ކުޅިވަރު ކްރިސްޓަލް ޕެލަސް ބަލިކޮށް ޔުނައިޓެޑް ލީގު ކަޕްގެ ހަތަރުވަނަ ބުރަށް އިނގިރޭސި ލީގް ކަޕް ތިންވަނަ ބުރުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކޮށް މުބާރާތުގެ ހަތަރުވަނަ ބުރުން ޔުނައިޓެޑް ޖާގަ ހޯދައިފިއެވެ. ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއަކުންނެވެ. އަނިޔާއިން ސަލާމަތްވެ ދާދި ފަހުން ކްލަބްގެ ތަމްރީންތަކުގައި ބައިވެރިވާންފެށި މޭސަން މައުންޓާއި، ނިމިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި ޔުނައިޓެޑާއި ގުޅުނު ސޮފިޔާން އަމްރަބަތު މި މެޗުގެ ފުރަތަމަ އެގާރާގައި ހިމެނިގެން... އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ރާއްޖެ ތިލަފުށީ ފަޅުތެރޭގައި އޮތް ދޯންޏެއްގައި އަލިފާން ރޯވެއްޖެ ތިލަފުށީ ފަޅުތެރޭގައި އޮތް ދޯންޏެއްގައި އަލިފާން ރޯވެއްޖެއެވެ. އެމްއެންޑީއެފް އިން ވިދާޅުވީ ތިލަފުށީ ފަޅުތެރޭގައި އޮތް ތެޔޮ އުފުލާ ދޯންޏެއްގައި އަލިފާން ރޯވެގެން އެ އިދާރާގެ އަލިފާން ނިއްވާ ޓީމުން ހަރަކާތްތެރިވަމުން އަންނަކަމަށެވެ. އެ ދޯނި މިހާރުވަނީ ތިލަފުށި ފަޅުތެރެއިން ނެރަފައި ކަމަށާއި އެ ދޯނީގައި ތިބި މީހުންނަށް އަނިޔާއެއް ލިބިފައިވާކަން މިހާތަނަށް މައުލޫމާތު ލިބިފައި ނުވާ ކަމަށް ވެސް އެ އިދާރާ އިން ވިދާޅުވިއެވެ. އިތުރު މައުލޫމާތެއް އަދިހާމަނުކުރެއްވިޔަސް އެމްއެންޑީއެފް އިން ވިދާޅުވީ މި ހާދ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ކުޅިވަރު ލީޑު ފުޅާކުރަން ލިބުނު ފުރުޞަތު ބާސާއިން ނަގާލައިފި ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއާއި މަޔޯކާ ބައްދަލުކުރި މެޗުން މޮޅުވެ ޕޮއިންޓް ތާވަލުގެ އެއްވަނާގައި ލީޑު ފުޅާކުރަން ލިބުނު ފުރުޞަތު ބާސާއިން ނަގާލައިފިއެވެ. ރޭ ބާސާއާއި މަޔޯކާ ބައްދަލުކުރި މެޗު ނިމިގެން ދިޔައީ 2-2 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މި މެޗުން މޮޅުވެގެން ޕޮއިންޓް ތާވަލުގެ އެއްވަނާގައި ބާސާއަށް ތިން ޕޮއިންޓްގެ ލީޑެއް ހޯދެން އޮތެވެ. މެޗު އެއްވަރުވުވުމުން މިވަގުތު ބާސާ ތާވަލުގެ އެއްވަނާގައި އޮތީ ހަތް މެޗުން 17 ޕޮއިންޓް ހޯދައިގެނެވެ. […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ރާއްޖެ އެމްޑީއޭ ދޫކޮށް ދިޔަޔަސް، ފައްޔާޒް ދެއްވީ ހިތްވަރު! އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކުރި ތާއީދު އަނބުރާ ގެނެސް، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރަން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ނިންމުމާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް، އެ ޕާޓީގެ މެމްބަރުންނަށް ހިތްވަރު ދެއްވައި ގަދަކޮށް ތިބުމަށް މިރޭ ނަސޭހަތްތެރިވެވަޑައިގެންފިއެވެ. އެމްޑީއޭ އިން ބޭއްވި ކައުންސިލް ބައްދަލުވުމުގައި ވަނީ އެމްޑީޕީއާ އެކުގައި އެމް... މުޙައްމަދު · 3 އަހަރު ކުރިން
ރާއްޖެ ޒާތީ ގޮތުން ދިމާކުރިޔަސް، މައްސަލައެއް ނެތް، މީހެއްގެ ހައްގަކަށް އަރައިނުގަންނަން: މުއިއްޒު އެމްޑީޕީގެ ސިޔާސަތުތައް ރައްޔިތުން ބަލައިނުގަތީމަ، ދެން ދައްކާނެ ވާހަކައެއް ނެތިގެން އޭނާގެ ވާދަވެރިން ޒާތީ ގޮތުން ދިމާ ކުރަން ފަށާފައިވާ ކަމަށާއި އެކަމާ ފަރުވާލެއް ނެތް ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ. އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިންގައި ފުވައްމުލައް ސިޓީ އަށް ވަޑައިގެން އެ ރަށުގައި މިރޭ ބޭއްވެވި ބޮޑު ޖަލްސާގައި މުއިއްޒު ވިދާޅުވީ އޭނާއަކީ ގާނޫނާއި ގަވައިދާ ހިލާފަށް އެއްވެސް ކަމެއް […] މުޙައްމަދު · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އުލިގަމު: ސިޔާސީ އެއްވެސް ކުލައެއް ނެތް ހަމައެކަނި ރަށް ފޯރިގަދަ ރިޔާސީ އިންތިޚާބެއްގެ ފުރަތަމަ ބުރު ނިމި ދެވަނަ ބުރު ވެސް ނިމެނީއެވެ. އެހެންނަމަވެސް މި އިންތިޚާބުގެ އެއްވެސް ކުލައެއް އެއްވެސް ފޯރިއެއް ހއ. އުލިގަމުގައި ނެތެވެ. މިކަން އުލިގަމަށް ޒިޔާރަތް ކުރާ ފަރާތްތަކުންވެސް ފާހަގަ ކުރެއެވެ. އެއްވެސް ސިޔާސީ ޕާޓީއެއްގެ ޖަގަހައެއް، ޕޯސްޓަރެއް، ދިދައެއްހާ ހިސާބުވެސް އުލިގަމުން ނުފެނެއެވެ. އުލިގަމުގެ ރައްޔިތަކުވެސް ސިޔާސީ ބަޙުސްކުރުމުގައި ނުވަތަ ސިޔާސީ ދެބަސްވުމުގައި އަރާރުންވާތީ ނުފެނެއެވެ. އެހެންނަމަވެސް ރަށަށް ވަޑައިގެންނެވި ހަމައެކަނި ރިޔާސީ ކެންޑިޑޭ... ތިލަދުން · 3 އަހަރު ކުރިން
ރާއްޖެ އެމްޑީޕީ ދޫކޮށް މުއިއްޒަށް ތާއީދު ކުރަން އެމްޑީއޭ އިން ނިންމައިފި އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކުރި ތާއީދު އަނބުރާ ގެނެސް، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރަން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން މިރޭ ނިންމައިފިއެވެ. މިރޭ ބޭއްވި އެމްޑީއޭގެ ކައުންސިލް ބައްދަލުވުމުގައި އެގޮތަށް ނިންމި އިރު، ކައުންސިލަށް ހުށަހެޅުއްވީ ކައުންސިލް މެމްބަރު މުހައްމަދު އައްބާސްއެވެ. އެކަމަށް ތާއީދު ކުރެއްވީ އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފެވެ. އެ ހު... މުޙައްމަދު · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހއ. އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތަށް ވޮލަންޓިއަރުން ހޯދަނީ ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ހއ.އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ “ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް 1445” ކުރިއަށް ގެންދިޔުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ވޮލަންޓިއަރުން ހޯދުމަށް އިއުލާން ކޮށްފިއެވެ. މިޑްލް ސްޕޯޓްސް ކުލަބުން މައުލޫމާތު ދީފައިވާ ގޮތުގައި މި އަހަރު އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް ހިންގުމުގައި ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކޮށްދޭނެ މީހުން ހޯދުމަށް އިއުލާން ކޮށްފައި ވަނީ އެކަމަށް ބައެއް ފަރާތްތަކުން އެދެމުން އައުމާއިއެކު، ހަމަހަމަ ގޮތެ... އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ރާއްޖެ އަޒުމް ކަނޑައަޅަންވީ އުޅުންތަކާއި ގުޅުންތައް އިސްލާހު ކުރަން: ރައީސް ކީރިތި ރަސޫލާގެ އީދު މީލާދު ފާހަގަ ކުރާއިރު، އަޒުމް ކަނޑައަޅަންވީ އިތުރު އެކަލޭގެފާނުގެ މާތް ސީރަތުން ލިބިދޭ ފިލާވަޅުތަކުން، އަޅުގަނޑުމެންގެ އުޅުންތަކާއި ގުޅުންތައް އިސްލާހް ކުރުމަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެއެވެ. ކީރިތި ރަސޫލާގެ އީދު މީލާދުގެ މުނާސަބާގައި އެމަނިކުފާނު މިއަދު ފޮނުއްވި ހިތޯބުގައި ރައީސް ވިދާޅުވީ މާތް ނަބިއްޔާގެ އީދު މީލާދު ފާހަގަ ކުރާ މުނާސަބަތުގައި ދިވެހިން ގަދައަޅައި މަސައްކަތް ކުރަންވީ އެކަލޭގެފާނުގެ ސީރަތުން އިންސާނިއްޔަތަށް އަލިކޮށްދިން ފަދ... މުޙައްމަދު · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ތިލައުތުރު ފުޓްސަލް މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ބާއްވާ “ތިލައުތުރު ފުޓްސަލް މުބާރާތް 2023” ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މުބާރާތް ނޮވެމްބަރ މަހުގެ ތިންވަނަ ދުވަހު ފެށުމަށް ތާވަލު ކޮށްފައިވާއިރު، މި އަހަރުގެ މުބާރާތް ކުރިއަށް ގެންދަނީ ހއ.އަތޮޅު ކައުންސިލާއި އެ އަތޮޅު މާރަންދޫ ކައުންސިލް ގުޅިގެން މާރަންދޫގައެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ އެ އަތޮޅުގެ ކޮންމެ ރަށަކުން އެއް ޓީމަށެވެ. މުބާރާތުގައި ބައިވެރިކ... އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ރާއްޖެ މުއިއްޒުގެ ގެއަށް މަސްތުވާތަކެތި ވައްދާ ރެއިޑްކުރަން އުޅޭ ވާހަކަ ފުލުހުން ދޮގުކޮށްފި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ދިރިއުޅުއްވާ މ. ދިމްޔާތަށް މަސްތުވާތަކެތި ވައްދައި ރެއިޑް ކުރަން އުޅޭ ވާހަކަ ފުލުހުން ދޮގުކޮށްފިއެވެ. މުއިއްޒުގެ ގެއަށް މަސްތުވާތަކެތި ވައްދައި، އެ ގެ ރެއިޑް ކުރަން އުޅޭ ކަމަށް ބުނެ، އެންމެ ފުރަތަމަ ހަބަރު ފެތުރީ ޗެނަލް 13 އިންނެވެ. އެ ޗެނަލުން ބުނީ މުއިއްޒުގެ ބޮލުގައި ދޮގު ތުހުމަތު އަޅުވައި އޭނާ ފްރޭމްކޮށް، ހައްޔަރުކުރަން ފުލުހުން މަސައްކަތް ކުރާ ކަމަށެވެ. އަދި އެކަމަށް ވަކި ހާއްސަ […] މުޙައްމަދު · 3 އަހަރު ކުރިން
ކޮލަމް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ތަރައްޤީ ލާމަރުކަޒީ ސިޔާސަތާ އެކުގައި! “މިހާރު ރާއްޖެތެރޭގެ ރައްޔިތުންނަށް ދިމާވާ އެންމެބޮޑު އެއް ދައްޗަކީ، ކިތަންމެ ކުޑަ ކަމަކަށް ނަމަވެސް، ޞިއްޙީ ފަރުވާއަކަށް ބޭނުންވެއްޖިއްޔާ މާލެ ދާންޖެހޭކަން… ކޮންމެ ކަމެއް ދިމާވުމުން، މާލެ ދިޔުމަކީ އެއްގޮތަކަށްވެސް ފަސޭހަކަމަކަށް ނުވާނެ…ވަރަށް ބޮޑެތި ޚަރަދުތައް ކޮށްގެން ނޫނީ ނުކުރެވޭ ކަމަކަށްވާނީ…. މިއަދު ތިލަދުންމަތީ ދެކުނުބުރީގެ ކުޅުދުއްފުށީގައި މި ހުޅުވުނު ރީޖަނަލް ހޮސްޕިޓަލުގެ ސަބަބުން މިހިސާބުގަނޑުގެ ރައްޔިތުންނަށް ވަރަށްބޮޑު ފަސޭހަކަމެއް ލިބިގެންދާނެ ކަމާމެދަކު ޝައްކެއްނެތް.” މިއީ 1982 މާރ... ހާޝިމް އަބޫބަކުރު · 3 އަހަރު ކުރިން
ރާއްޖެ ޔާމީން ފައިސާ ދައުރުކުރީ އިތުރު ފައިސާ ލައިގެން އަސްލު ގެއްލޭ ގޮތަށް: ޕީޖީ ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަމަލު ކުރެއްވީ ފައިސާގެ އަސްލު ގެއްލޭ ގޮތަށް ކަމަށާއި އެއީ މަނީ ލޯންޑްރިންގެ އަމަލެއް ކަމަށް ދައުލަތުން މިއަދު ބުނެފި އެވެ. އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ޔާމީން 11 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައިވާއިރު، އެ މަނިކުފާނަށް ރިޝްވަތު ދިން ކަން ސާބިތުވެ، ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ތިން އަހަރުގެ ޖަލު […] ހުސައިން ހަބީބް · 3 އަހަރު ކުރިން
ޚަބަރު ތިނަދޫ ތަރައްގީކޮށް ދެއްވާނެ ކަމަށް ވިދާޅުވެ، މުއިއްޒުގެ ގިނަ ވައުދުތަކެއް ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި ގދ. ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ލިބޭ މިންވަރަށް ތަރައްގީކޮށް ދެއްވާނެ ކަމަށް އިދިކޮޅު ކެންޑިޑޭޓު އަދި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ގދ. ތިނަދު އަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ އިންތިހާބު ކާމިޔާބުކޮށް ވެރިކަމާ ހަވާލުވެވަޑައިގެންފި ނަމަ، ގާނޫނީ ހަމަތަކުގެ މަތިން ތިނަދު އަށް ސިޓީއެއްގެ ދަރަޖަ ދެއްވާނެ ކަން […] މުޙައްމަދު · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ގެއްލިގެން ހޯދަމުން ދިޔަ މަކުނުދޫ ނާތިފް ފެނިއްޖެ ގެއްލިގެން ހޯދަމުންދިޔަ ހދ. މަކުނުދޫ ސިތާރާމަންޒިލް، ނާތިފް އަބްދުއްސަލާމް ފެނިއްޖެއެވެ. އުމުރުން 28 އަހަރުގެ ނާތިފް ގެއްލިފައިވަނީ މިމަހުގެ 17 ވަނަ ދުވަހު މާލެއިންނެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ ރޭގެ ވަގުތެއްގައި އޭނާ ވަނީ މާލެއިން ފެނިފައި ކަމަށެވެ. އޭނާގެ ހާލު ރަނގަޅު ކަމަށެވެ. ނާތިފްގެ ޚަބަރެއް އާއިލާއަށް ނުވެ، ގެއްލިފައިވާ ކަމުގެ ރިޕޯޓު ފުލުހުންނަށް ކޮށްފައިވަނީ ސެޕްޓެމްބަރ 17 ވަނަ ދުވަހުއެވެ. އަދި އޭނާ ހޯދުމުގެ ފުލުހުން ވަނީ ކުރައްވާފައެވެ. މިފަހަކަށް އައިސް ރާއްޖޭގެ އެކި […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން