ރާއްޖެ ޚަބަރުފަތުރާ ހުރިހާ ވަސީލަތްތައް އަމާނާތްތެރި ވާންޖެހޭ: ހުތުބާ ޚަބަރުފަތުރާ ހުރިހާ ވަސީލަތްތަކަކީ އަމާނާތްތެރި ވަސީލަތަކަށްވާންޖެހޭ ކަމަށާއި ހަމަޖެހުން އޮންނާނީ މީޑިއާގެ ދައުރު ޒިންމާދާރުކަމާއެކު އަދާކޮށްގެން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ. ހުތުބާގައި ބުނީ މީޑިއާ ވާންޖެހޭނީ ތެދުވެރި ބިނާކުރަނިވި ބާރަކަށް ކަމަށާއި މީސްތަނުންނަށް ހަގީގަތް ބަޔާންކޮށްދޭ މާތް ރަސްކަލާނގެއަށް ބިރުވެރިވާ ފަރާތަކަށް ކަމަށް ވެސް ހުތުބާގައި ވަނީ ބުނެފައެވެ. އަދި އެއީ ދޮގު ޚަބަރުތައް ފަތުރައި މީހުން ހިތްތަކުގައި ބިރުވެރިކަން ވައްދާ ވަސީލަތަށް ވެގެން ނުވާނެ ކަމަށް ވެސް ބު... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ މަޝްރޫއު ތަކުގެ ތަފްސީލު ބަލާނީ ކުރިއަށްދާން، ކެންސަލް ކުރާކަށް ނޫން: ޑރ. މުއިއްޒު އެމްޑީޕީގެ ސަރުކާރުން ބޭރު ގައުމުތަކާއެކު ވެފައިވާ އެއްބަސްވުންތަކުގެ ތަފްސީލުތައް ބަލާނީ ކުރިއަށް ދާންކަމަށާއި، ރާއްޖެ އަޅުވެތިވެކަމަށް ދާކަހަލަ ކަމެއް އޮތްނަމަ، އެކަން ބަދަލުކޮށް އެ މަޝްރޫއެއް ހުއްޓާނުލާ ކުރިއަށް ގެންދަވާނެކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ބުރާސްފަތި ދުވަހުގެ ރޭ ސަލްޓަން ޕާކުގައި ބޭއްވި ބައްދަލުވުމެއްގައި މުއިއްޒު ވިދާޅުވީ މި ސަރުކާރުގައި ހުރި އަޑި ނޭނގޭ ކަންތައްތައް ބަލާ ރައްޔިތުނަށް ހިތްހަމަޖެހުން ގެނެސްދެއްވާނެ ކަމަށ... އިސްމާއިލް މޫސާ · 3 އަހަރު ކުރިން
ޚަބަރު ރައީސް ސޯލިހަކީ އަނިޔާވެރިކަމާއި ޑްރަގުން ރާއްޖެ ސަލާމަތް ކޮށްދެއްވާނެ ލީޑަރު: މާޒު ސަލީމް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ އަނިޔާވެރިކަމާއި ޑްރަގުގެ ވަބާއިން ރާއްޖެ ސަލާމަތް ކޮށްދެއްވާނެ ލީޑަރު ކަމަށް، ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވި އުމަރު ނަސީރުގެ ރަނިންމޭޓު، އަހުމަދު ސަލީމް (މާޒު ސަލީމް) ވިދާޅުވެއްޖެ އެވެ. އެމްޑީޕީގެ ސޯސަން ޖަގަހައިގައި ބުރާސް ފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ސަލީމު ވިދާޅުވީ އަނިޔާވެރިކަން އިޔާދަކުރަން ބޭނުން ނުވާނަމަ އިންތިހާބުގައި މިސްޓޭކެއް ނުހެދުމަށާއި، އަނިޔާވެރިކަމާއި ޑްރަގުގެ ވަބާއިން ރާއްޖެ ސަލާމަތް ކޮށްދެއްވާނެ ލީޑަރަކީ ރައީސް ސޯލިހު ކަމަށެވެ.... އިސްމާއިލް މޫސާ · 3 އަހަރު ކުރިން
ރާއްޖެ ނާޒިމްގެ އިލްތިމާސް: ގައުމުގެ މިނިވަންކަން ދިފާއު ކުރުމަށް މުއިއްޒު އަށް ވޯޓު ދެއްވާ ގައުމުގެ މިނިވަންކަން ދިފާއު ކުރުމަށް ޕީއެންސީ، ޕީޕީއެމް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު އަށް ވޯޓު ދެއްވުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި ރިޔާސީ ރޭހުގައި ވާދަކުރެއްވި ދަނގެތީ ދާއިރާގެ މަޖިލިސް މެމްބަރު، ކުރީގެ ދިފާއީ ވަޒީރު މުހައްމަދު ނާޒިމް އިލްތިމާސް ކުރައްވައިފިއެވެ. ނާޒިމް ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ބޭފުޅަކު އައްޔަން ކުރާއިރު، އެންމެންގެ އިސްވާޖިބަކަށް ވާންވާނީ، ދިވެހި […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ތުޅާދޫގައި މަސް ކައްކަން ހަދާފައިހުރި ތަނެއްގައި ރޯވެ، ދެލައްކަ ރުފިޔާގެ ގެއްލުން ބ. ތުޅާދޫ ގައި މަސްކައްކަން ހަދާފައި ހުރި ތަނެއްގައި އަލިފާން ރޯވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާން ރޯވެފައިވަނީ އެރަށު އިރުމަތީ ބަނދަރު ސަރަހައްދުގައި މަސްކެއްކުމަށް ހާއްސަކޮށްގެން ހަދާފައިވާ ތަނެއްގައެވެ. އަދި މި ހާދިސާ ހިނގާފައިވަނީ ރޭ ފަތިހުގެ ވަގުތެއްގައެވެ. އެރަށުން ވާހަކަ ދެއްކި މީހަކު “ތިލަދުން” އަށް ބުނީ އެތަނަކީ ޕީޕީއެމް ޕީއެންސީ ތުޅާދޫ ދާއިރާގެ ނައިބު ރައީސް މުހައްމަދު އަތީފްގެ ތަނެއް ކަމަށާއި އަލިފާން ރޯވިކަން އެނގުނީ ފަތިހު 04:30 ހާއިރު ކަމަށެވެ. އެތަނުގައި އަލިފާން... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުއްޓާއި އައްޑޫ ގައި ކެންސަރަށް ފަރުވާ ހޯދޭނެ އިންތިޒާމް ގާއިމުކޮށްދޭނަން: މުއިއްޒު ޕީއެންސީގެ ވެރިކަމެއްގައި ކުޅުދުއްފުށި ސިޓީ އާއި އައްޑޫ ސިޓީ ގައި ކެންސަރަށް ފަރުވާ ހޯދޭނެ އިންތިޒާމް ގާއިމުކޮށްދެއްވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. “މުއިއްޒު ރައްޔިތުންގެ ގާތަށް”ގެ ނަމުގައި ބޭއްވި ސުވާލާއި ޖަވާބުގައި އެމަނިކުފާނު ވިދާޅުވީ އެ ދެ ސިޓީގައި ވެސް ކެންސަރަށް ފަރުވާ ހޯދޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށެވެ. މީގެ އިތުރުން އައިޖީއެމްއެޗާއި، ދަރުމަވަންތަ ހޮސްޕިޓަލުގެ ހިދުމަތުގެ ފެންވަރު ވަރަށް ބޮޑަށް ދަށްވެފައިވާކަން ފާހަގަ ކުރައްވާ ވިދާޅ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ވިޔަފާރި ނޫމަރާ ބަނދަރުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވެއްޖެ ށ. ނޫމަރާ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ސައިޓް މޮބިލައިޒް ކޮށްފިއެވެ. މި މަސައްކަތް ފަށަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ސައިޓް މޮބިލައިޒް ކުރީ އިއްޔެއެވެ. މި މަޝްރޫއުގެ ދަށުން، 34،386 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި އައު ހާބަ ބޭސިން ފުންކުރުމާއި، 5،076 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 2،920 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި ނެރު ފުންކުރުމުގެ މަސައްކަތް ކުރާނެއެވެ. މ... އަޙްމަދު ވަހީދު · 3 އަހަރު ކުރިން
ރާއްޖެ ވައަތު ކަށި އިނގިލީގައި ފާހަގަ ޖަހާގޮތަށް ބަދަލުކޮށްފި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓްލާ މީހުން ފާހަގަ ކުރުމުގެ ގޮތުން އަތުގެ އިނގިލީގައި ޖަހާ ނިޝާން، ވައަތު ކަށި އިނގިލީގައި ޖަހަން އިލެކްޝަން ކޮމިޝަނުން ނިންމައިފިއެވެ. އެ ކޮމިޝަނުން ކުރިން ނިންމާފައި އޮތީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓްލާ މީހުންގެ ވައަތު މެދު އިނގިލީގައި ފާހަގަ ޖަހާ ގޮތަށެވެ. ނަމަވެސް އެ ނިންމުން ބަދަލުކޮށް އެ ކޮމިޝަނުން މިރޭ ކޮށްފައިވާ ޓްވީޓްގައި ވަނީ މެދު އިނގިލީގައި ފާހަގަ ޖަހަން ނިންމާފައި އޮތް އޮތުން ބަދަލުކޮށް […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ޚަބަރު ގިނަ އަދަދެއްގެ ފަންނާނުންގެ ތާއީދު ރައީސް ސޯލިހަށް އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ގިނަ އަދަދެއްގެ ފަންނާނުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރަން ނިންމައިފިއެވެ. ރައީސް ސޯލިހުގެ ކެމްޕޭން އޮފީސް ހުންނަ ސޯލްޓް އޮފީސްގެ އިމާރާތުގައި ރައީސް ސޯލިހް ވަނީ ފިލްމީ ދާއިރާގެ ފަންނާނުންނާއި، މިއުޒީޝަނުންނާއި އާޓިސްޓުންނާއި ފޮޓޯގްރާފަރުންގެ ތެރެއިން ގިނަ ބަޔަކާ ބައްދަލު ކުރައްވައިފައެވެ. ރައީސަށް ތާއީދު ކުރި މަޝްހޫރު ފިލްމީ ތަރިންގެ ތެރޭގައި ޔޫސުފް ޝަފީއު (ޔޫއްޕެ)، މަރިޔަަމް އައްޒަ، ޝީލާ ނަޖީބު، ރަވީ […] މުޙައްމަދު · 3 އަހަރު ކުރިން
ޚަބަރު ކަރަބޯ ކަޕް ހަތަރުވަނަ ބުރުގައި ޔުނައިޓެޑާއި ދެކޮޅަށް ނިއުކާސަލް އިނގިރޭސި ލީގް ކަޕް (ކަރަބޯ ކަޕް) ހަތަރުވަނަ ބުރުގައި މެންޗެސްޓާ ޔުނައިޓެޑާއި ނިއުކާސަލް ޔުނައިޓެޑް ވާދަކުރަން ޖެހިއްޖެއެވެ. މިދިޔަ ސީޒަންގައި ލީގު ކަޕް ޔުނައިޓެޑުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިން ފައިނަލުގައި ނިއުކާސަލް ބަލިކޮށްގެންނެވެ. ވުމާއިއެކު މިއީ ބަދަލުފިހައި މުބާރާތުން ޔުނައިޓެޑް ކަޓުވާލަން ނިއުކާސަލަށް ލިބޭ ރަނގަޅު ފުރުޞަތެކެވެ. ނިއުކާސަލް ހަތަރުވަނަ ބުރަށް ކޮލިފައި ވެފައިވަނީ ވަރުގަދަ މެންޗެސްޓާ ސިޓީ ތިންވަނަ ބުރުގައި ކަޓުވާލުމަށް ފަހުއެވެ. ޔުނައިޓެޑުން ހަތަރުވަނަ ބުރުގައި އ... އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ރާއްޖެ އުމަރުގެ ރަނިންމޭޓް މާޒް ސަލީމްގެ ތާއީދު ރައީސް ސޯލިހަށް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ރަނިންމޭޓު މާޒް ސަލީމް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކޮށް ކެމްޕެއިނާ ގުޅިވަޑައިގެންފިއެވެ. މި މަހުގެ 9 ވަނަ ދުވަހު، ބޭއްވި ރިޔާސީ އިންތިހާބުގައި ހަތަރު ވަނަ އަށް އެންމެ ގިނަ ވޯޓު ހޯއްދަވާފައި ވަނީ އުމަރު ނަސީރެވެ. އޭނާ އަށް 6،000 އަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގެންނެވި އިރު، ދެން އިންތިހާބުގައި […] މުޙައްމަދު · 3 އަހަރު ކުރިން
ކޮލަމް ރިޔާސީ ކެނޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒަށް 9 ސުވާލެއް! ކުރިއަށް އޮތް ފަސް އަހަރު ރާއްޖޭގެ ވެރިކަމުގައި ހުންނަވާނެ ބޭފުޅެއް ކަނޑައެޅުމަށް ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން މި ސެޕްޓެމްބަރު މަހުގެ 30 ވާ ހޮނިހިރު ދުވަހު ބާއްވާއިރު، މި ބުރުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުން ވެސް ގެންދަވަނީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ތަފާތު އެކި ފޯމިއުލާތައް ބޭނުން ކުރައްވައިގެން ކެމްޕެއިން ކުރައްވަމުންނެވެ. ދެވަނަ ބުރުގައި ވާދަކުރައްވަނީ ސެޕްޓެމްބަރު 9 ވަނަ ދުވަހު ބޭއްވި އިންތިހާބުގައި އެންމެ މަތީން ވޯޓު ހޯއްދެވި ދެ ކެންޑިޑޭޓުން […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ވިޔަފާރި އުރީދޫ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް: ފިޓްސްއެއާއިން ކޮލަމްބޯއަށް ހާއްސަ ފެއާއެއް ކޮލަމްބޯއަށް ދަތުރު ކުރާ އުރީދޫ ކްލަބް ޕްރިމިއާ މެމްބަރުންނަށް ހާއްސަ އޮފާއެއް އުރީދޫ މޯލްޑިވްސް އިން ތައާރަފު ކޮށްފިއެވެ. އެ ކުންފުނިން މި އޮފާ ތަައާރަފު ކޮށްފައިވަނީ ފިޓްސްއެއާ އާ ގުޅޮގިގެންނެވެ. އެގޮތުން މިގާރު އުރީދޫ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ފިޓްސް އެއާއިން ކޮލަމްބޯއަށް ދެކޮޅު ޓިކެޓް 204 ޑޮލަރަށް ލިބޭނެއެވެ. މި ފެއާގައި ޓިކެޓް ނެގުމަށް އުރީދޫ އެޕް މެދުވެރިކޮށް ކްލަބް ޕްރިމިއާ ކާޑު ދެއްކުމުން ޓިކެޓް ލިބޭނެއެވެ. މިއީ ޗުއްޓީ ހޭދަކުރަން ކޮލަމްބޯއަށް ދާ […] އަޙްމަދު ވަހީދު · 3 އަހަރު ކުރިން
ރާއްޖެ އަންހެނަކު ކުރީގެ ފިރިމީހާއަށް ދިން ފައިސާ އަނބުރާ ދޭން ހުކުމްކޮށްފި ކައިވެނިކޮށްގެން އުޅުނުއިރު ފިރިމީހާއަށް އަނބިމީހާ ދިން ފައިސާ އާއި އެ ފައިސާ ހޯދަން އަންހެން މީހާ ކުރަންޖެހުނު ގާނޫނީ ހަރަދު އަނބުރާ ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ. ޏ. ފުވައްމުލަކު އަންހެނަކު ގދ. ތިނަދޫ ފިރިހެނަކާ 2016 ވަނަ އަހަރުން ފެށިގެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ކައިވެނި ކޮށްގެން އުޅުނުއިރު ގިނަ އަދަދެއްގެ ފައިސާ ދިނުމުގެ އިތުރުން އޭނާ ބުނެގެން ލޯނެއް ވެސް ނަގައިދިނެވެ. ކައިވެނި ރޫޅުމަށްފަހު އެ ފައިސާ އަނބުރާ ނުދޭތީ އަންހެން […] ހުސައިން ހަބީބް · 3 އަހަރު ކުރިން
ރާއްޖެ "އިންޑިއާ ފަސްޓް ޕޮލިސީ" ބަހަކީ ރައީސް ޔާމީން އުފެއްދެވި ބަހެއް: ޝާހިދު “އިންޑިއާ ފަސްޓް ޕޮލިސީ” ބަހަކީ ރައީސް ޔާމީން އުފެއްދެވި ބަހެއް ކަމުގައި ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ސާލިހުގެ ކެމްޕެއިން ދަތުރުފުޅުގައި ގދ. ތިނަދޫ ސިޓީއަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ޝާހިދު ވިދާޅުވި “އިންޑިއާ ފަސްޓް ޕޮލިސީ” ބަސް އުފެއްދެވީ އިދިކޮޅު ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ކަމަށާއި އެ ވާހަކަތައް ދަ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން