މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ޕީއެންސީގެ ކާމިޔާބީ ފާހަގަކުރުން މާދަމާ ރެއަށް ފަސްކޮށްފި

ޕީއެންސީގެ ކާމިޔާބީ ފާހަގަކުރުން މާދަމާ ރެއަށް ފަސްކޮށްފި

ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބުގައިި ޕީއެންސީ އަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށް މިރޭ ބާއްވަން ތާވަލުކުރި ހާއްސަ ބައްދަލުވުން މާދަމާ ރެއަށް ފަސްކޮށްފިއެވެ. ޕްރޮގްރެސިވް ކޯލިޝަންގެ އިސްތަރުޖަމާން ހިނާ ވަލީދު މީޑިއާ އަށް ވިދާޅުވީ މި ބައްދަލުވުން ފަސްކުރީ މޫސުން ތަންނުދިނުމުގެ ސަބަބުން ކަމަށެވެ. “އިންތހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ދިވެހި ރައްޔިތުންނަށް ޝުކުރުއަދާކުރުމަށް ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާ މޫސުން ގޯސްވުމުގެ ސަބަބުން މާދަމާ ރެއަށް ފަސްކުރެވިފައިވާ ވާހަކަ...

މުޙައްމަދު އަފްރާޙް
ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާ އިޢުލާން ކުރުން އަންނަ އާދީއްތަ ދުވަހު

ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާ އިޢުލާން ކުރުން އަންނަ އާދީއްތަ ދުވަހު

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާ އަންނަ އާދީއްތަ ދުވަހުގެ އިޢުލާން ކުރަން ހަމަޖެހިފައިވާކަން އިލެކްޝަން ކޮމިޝަނުން ހާމަކޮށްފިއެވެ. މިކަން ހާމަކޮށް އެ ކޮމިޝަންގެ ނައިބް ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާއާއި ޖުމްލަ ނަތީޖާ މިހާރު ކޮމިޝަނުން އާންމުކޮށް އިޢުލާން ކޮށްފައިވާ ކަމަށެވެ. އިތުރަށް ވިދާޅުވެފައި ވަނީ އިންތިހާބުގެ ރަސްމީ ނަތީޖާ މި މަހުގެ 8 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން އިޢުލާން […]

އިބްރާހިމް ޚަލީލް
ޕީއެންސީގެ ކާމިޔާބީ ފާހަގަކުރުން މިރޭ

ޕީއެންސީގެ ކާމިޔާބީ ފާހަގަކުރުން މިރޭ

ރާއްޖޭގެ ރިޔާސީ އިންތިހާބުގައިި ޕީއެންސީ އަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށާއި އެ ޕާޓީގެ ކެންޑިޑޭޓް އަދި އިންތިހާބީ ރައީސް، މާލޭ ސިޓީގެ މޭޔަރު ރައްޔިތުންނާ ބައްދަލުކުރެއްވުން މިރޭ އޮންނާނެ ކަމަށް އެ ޕާޓީން ހާމަކުރައްވައިފިއެވެ. ޕީއެންސީ އިން ވިދާޅުވީ މިކަމަށްޓަކައި ބާއްވާ ހާއްސަ ރަސްމިއްޔާތު އޮންނާނީ އާޓިފިޝަލް ބީޗުގައި މިރޭ ކަމަށާއި މި ރަސްމިއްޔާތު ފެށޭނީ މިރޭ 8:30 ގައި ކަމަށެވެ. އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު، ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވެފައިވަނީ މި ރަސްމިއް...

މުޙައްމަދު އަފްރާޙް
ވާދޫ ވޯޓުފޮށި ފަޅާލި މީހާގެ ބަންދަށް 60 ދުވަސް

ވާދޫ ވޯޓުފޮށި ފަޅާލި މީހާގެ ބަންދަށް 60 ދުވަސް

ގދ. ވާދޫ ވޯޓުފޮށި ފަޅާލި މީހާގެ ބަންދަށް 60 ދުވަސް ޖަހައިފިއެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ ވާދޫގައި ބެހެއްޓި ވޯޓު ފޮށްޓެއް ފަޅާލި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު ޖަހައިފި ކަމަށާއި އެ މައްސަލައިގާ ހައްޔަރުކޮށްފައިވަނީ އުމުރުން 35 އަހަރުގެ މީހެއް ކަމަށެވެ. އޭނާގެ ބަންދަށް 60 ދުވަސް ކޯޓުން ދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އެމީހާ ރުޅިއައިސްފައިވަނީ އައިޑީކާޑު ނެތުމުގެ ސަބަބުން ވޯޓު ނުލެވިގެން ކަމަށް މައުލޫމާތު ލިބިފައިވާއިރު، އެރަށުގައި ބަހައްޓާފައި ހުރި […]

މުޙައްމަދު އަފްރާޙް
މެނިފެސްޓޯގެ ނުނިމި ހުރި ކަންކަން ނިންމެވުމަށް ރައީސް އެދިވަޑައިގެންފި

މެނިފެސްޓޯގެ ނުނިމި ހުރި ކަންކަން ނިންމެވުމަށް ރައީސް އެދިވަޑައިގެންފި

ދައުރުގެ ބާކީ މި އޮތް ދުވަސްތަކުގައިވެސް މެނިފެސްޓޯގެ ނުނިމި ހުރިކަންކަން ނިންމެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު، ވަޒީރުންގެ މަޖިލީހުގެ މެމްބަރުންގެ ކިބައިން އެދިވަޑައިގެންފިއެވެ. އެމަނިކުފާނު މިފަދައިން އެދިވަޑައިގެންނެވީ ވަޒީތުންގެ މަޖިލީހުގެ މެމްބަރުންނާއެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. ރައީސް އޮފީހުގައި ކުރިއަަށްދިޔަ މި ބައްދަލުކުރެއްވުމުގައ ވަޒީރުންގެ މަޖިލީހުގެ މެންބަރުން އެއްޓީމެއްގެ ގޮތުގައި މި ފަސް އަހަރު މަސައްކަތް ކުރައްވައިފައިވާކަން ފާހަގަކުރައްވައި، ރައީސް ވަ...

މުޙައްމަދު އަފްރާޙް
ޔާމީން ގެއަށް ބަދަލު ކޮށްފި

ޔާމީން ގެއަށް ބަދަލު ކޮށްފި

ޕީޕީއެމް ގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލު ކުރައްވައިފިއެވެ. އެމަނިކުފާނު ގެއަށް މިއަދު ބަދަލުކުރައްވާފައިވާއިރު، ޔާމީން ގެއަށް ވަޑައިގެންނެވުމަށް ކާރުކޮޅުން ފައިބާ ވަޑައިގެންނެވުމުން އެންމެ ފުރަތަމަ މަރުހަބާ ދެންނެވީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ. ޔާމީން މާލެ ގެންނެވީ ޖަލު ބަންދުން ގޭ ބަންދަށް ބަދަލު ކުރުމަށެވެ. އެމަނިކުފާނު ގެއަށް ބަދަލު ކުރެއްވުމުން އެކަމުގެ އުފަލުގައި ޔާމިނަށް ސަޕޯޓު ކުރަައްވާ ގިނަ އަދަދެއްގެ ބަޔަކު ވަނީ ޔާމީންގެ ގެކޮޅު ކައިރިއަށް ޖަމާ...

މުޙައްމަދު އަފްރާޙް
ރައީސާއި އިންތިހާބީ ރައީސް މުއިއްޒު ބައްދަލުކުރައްވައިފި

ރައީސާއި އިންތިހާބީ ރައީސް މުއިއްޒު ބައްދަލުކުރައްވައިފި

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، އިންތިޚާބީ ރައީސް ޑރ. މުޢިއްޒު އާއި މިއަދު ބައްދަލު ކުރައްވައިފިއެވެ. އިއްޔެ އޮތް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އައު ދައުރަކަށް ރައީސް ކަމަށް ޑރ. މުޙައްމަދު އިންތިޚާބު ވެފައި ވަނީ ވޯޓުލީ މީހުންގެ 53.78 އިންސައްތަ ވޯޓު ހޯދައިގެންނެވެ. އެއީ، 126،499 ވޯޓެވެ. އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް ޞާލިޙަށް ލިބިވަޑައިގަތީ 46.22 އިންސައްތަ ވޯޓެވެ. އެއީ 108،735 ވޯޓެވެ. ރިޔާސީ އައު ދައުރަކަށް ހުވާކުރުން އޮންނާނީ އަންނަ ނޮވެމްބަރު […]

ޔުމްނާ ޢަލީ
މިދަނޑިވަޅުގައި ނިޒާމީ ވޯޓެއް ނެގުމަކީ ގާނޫން އަސާސީގެ ރޫހާ ހިލާފުކަމެއް: ޤާސިމް

މިދަނޑިވަޅުގައި ނިޒާމީ ވޯޓެއް ނެގުމަކީ ގާނޫން އަސާސީގެ ރޫހާ ހިލާފުކަމެއް: ޤާސިމް

މިދަނޑިވަޅުގައި ނިޒާމީ ވޯޓެއް ނެގުމަކީ ގާނޫން އަސާސީގެ ރޫހާ ހިލާފުކަމެއް ކަމުގައު ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މަޖިލިސް މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މއިަދު ކުރައްވާފައިވާ ޓްވީޓެއްގައެވެ. އެ ޓްވީޓުގައި މި އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހުގެ ކުރިން ނިޒާމީ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހުން ޤަރާރެއް ފާސްކޮށް، އިލެކްޝަންސް ކޮމިޝަނަށް ހުށައަޅުއްވާފައިވާކަން ފާހަގަ ކުރައްވާ ވިދާޅުވީ ރާއްޖޭގެ ޤާނޫން އަސާސީއާއި ޤާނޫންތަކާއި އެއްގޮތަށް ރިޔ...

މުޙައްމަދު އަފްރާޙް
ޑރ. މުއިއްޒަށް ޗައިނާއިން ވެސް މަރުހަބާ ކިޔައިފި

ޑރ. މުއިއްޒަށް ޗައިނާއިން ވެސް މަރުހަބާ ކިޔައިފި

ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ކުރިއަށް އޮތްދައުރު ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ މަގާމް ހޯއްދެވި ޑރ.މުޙައްމަދު މުއިއްޒުއަށް ޗައިނާއިން ވެސް މަރުހަބާ ކިޔައިފިއެވެ. މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއް މެދުވެރިކޮށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާން ލިޖިންގ ވަނީ އިންތިހާބު ކާމިޔާބުކުރުމާއި ގުޅިގެން މުއިއްޒުއަށް މަރުހަބާ ވިދާޅުވެފައެވެ. ރިޔާސީ އިންތިހާބް ކާމިޔާބު ކުރެއްވުމާއި ގުޅުގެން އެންމެ ފުރަތަމަ މުއިއްޒުއަށް މަރުހަބާ ވިދާޅުވި ބޭފުޅަކީ އިންޑިއާގެ ބޮޑުވަޒީރު ނަ...

އިބްރާހިމް ޚަލީލް
ލީގުގައި ސިޓީ ބަލިކުރި ފުރަތަމަ ޓީމަކަށް ވުލްވްސް

ލީގުގައި ސިޓީ ބަލިކުރި ފުރަތަމަ ޓީމަކަށް ވުލްވްސް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީއާއި ވުލްވްސް ބައްދަލުކުރި މެޗު ވުލްވްސް ކާމިޔާބުކޮށް، ލީގުގައި ސިޓީ މައްޗަށް ކުރި ހޯދި ފުރަތަމަ ޓީމްގެ ޝަރަފް ވުލްވްސް އިން ހޯދައިފިއެވެ. ރޭ ވުލްވްސް އިން އަމިއްލަ ދަނޑުގައި ވަނި 2-1 ގެ ނަތީޖާއިން ސިޓީ ބަލިކޮށްފައެވެ. ލީގުގައި މިހާތަނަށް ސިޓީން ހަތް މެޗު ކުޅެފައިވާއިރު، އެ ހަތް މެޗުން ހޯދި 18 ޕޮއިންޓާއިއެކު، ޕޮއިންޓް ތާވަލުގެ އެއްވަނާގައި މިވަގުތު އޮތީ ސިޓީއެވެ. ދެވަނާގައި ހަތް މެޗުން 17 […]

އިބްރާހިމް ޚަލީލް
ރިޔާސީ އިންތިހާބާއި ގުޅިގެން މާދަމާ ވެސް ސަރުކާރު ބަންދު

ރިޔާސީ އިންތިހާބާއި ގުޅިގެން މާދަމާ ވެސް ސަރުކާރު ބަންދު

ރިޔާސީ އިންތިހާބާއި ގުޅިގެން އޮކްޓޯބަރު 2 ވަނަ ދުވަހަކީ ވެސް ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސާލިހު ނިންމަވައިފިއެވެ. މިކަން އިޢުލާނު ކުރައްވާފައި ވަނީ ރައީސް އޮފީހުން މިއަދު ހެނދުނު ނެރުއްވި ދެންނެވުމެއް ގައެވެ. ރައީސް މިގޮތަށް ނިންމެވީ، ސެޕްޓެންބަރު މަހުގެ 30 ވީ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބާއި ގުޅޭ އެކިއެކި މަސައްކަތްތަކުގައި، ޙަރަކާތްތެރިވި ސަރުކާރުގެ ގިނަ ޢަދަދެއްގެ މުވައްޒަފުންނާއި ޢާންމު ރައްޔިތުން، ވޯޓާ ގުޅިގެން ކުރަން ޖެހުނު އެންމެހައި މަސައްކަތް...

މުޙައްމަދު އަފްރާޙް
ލެވަކޫސެން އެއްވަނައަށް، ލައިޕްޒިގް އާއި ބަޔާން އެއްވަރު

ލެވަކޫސެން އެއްވަނައަށް، ލައިޕްޒިގް އާއި ބަޔާން އެއްވަރު

ލިވަޕޫލާއި ރެއާލް މެޑްރިޑާއި ބަޔާން މިއުނިކްގެ މެދުތެރޭ މޮޅަށް ކުޅުނު ސްޕެއިންގެ ކުރީގެ މިޑްފީލްޑަރ ޒަބީ އެލްންސޯގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ބަޔާން ލެވަކޫސެން އިން ޖަރުމަނު ލީގުގެ ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ. މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ލެވަކޫސެން އިން ވަނީ ރޭ ޖަރުމަނު ލީގުގައި މެއިންޒްގެ މައްޗަށް 3-0 ގެ ނަތީޖާއިން ކުރި ހޯދާފައެވެ. ލެވަކޫސެން އިން ލީގުގައި މިހާތަނަށް ހަ މެޗު ކުޅެފައިވާއިރު އެ ޓީމް އަދި […]

އިބްރާހިމް ޚަލީލް
ޑރ. މުއިއްޒަށް އިންޑިއާގެ ބޮޑުވަޒީރު މަރުޙަބާ ވިދާޅުވެއްޖެ

ޑރ. މުއިއްޒަށް އިންޑިއާގެ ބޮޑުވަޒީރު މަރުޙަބާ ވިދާޅުވެއްޖެ

ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ކުރިއަށް އޮތްދައުރު ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ މަގާމް ހޯއްދެވި ޑރ.މުޙައްމަދު މުއިއްޒުއަށް އިންޑިއާގެ ބޮޑުވަޒީރު ނަރިންދުރަ މޯދީ މަރުހަބާ ވިދާޅުވެއްޖެއެވެ. މަރުހަބާ ވިދާޅުވެ އެކްސްގައި މޯދީ ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައި ވަނީ އިންޑިއާ އާއި ރާއްޖޭގެ ޒަމާންވީ ބަދަހި ގުޅުން އިތުރަށް ވަރުގަދަކޮށް އިންޑިއާ ކަނޑުގެ ސަރަހައްދުގައި ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމުގައި ދެމި އޮންނާނެ ކަމަށެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓްލުން އިއްޔެ ބާއްވާފަ...

އިބްރާހިމް ޚަލީލް
ރައީސް ޔާމީން ވީއެންމެ އަވަހަކަށް ގެއަށް ބަދަލުކޮށްދެއްވާ: މުއިއްޒު

ރައީސް ޔާމީން ވީއެންމެ އަވަހަކަށް ގެއަށް ބަދަލުކޮށްދެއްވާ: މުއިއްޒު

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ވީ އެންމެއަވަހަކަށް ގެއަށް ބަދަލުކޮށްދެއްވުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ. އެމަނިކުފާނު މިފަދައިން އެދިވަޑައިގެންނެވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުމުގެ ނަތީޖާ އާ ގުޅޭގޮތުން މިހާރު ކުރިއަށް ގެންދަވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. މުއިއްޒު ވިދާޅުވީ އެއީ ރައީސް ސާލިހަށް ޤާނޫނީ ގޮތުން ކުރެވޭނެ ކަމެއް ކަމަށާއި މިވަގު...

މުޙައްމަދު އަފްރާޙް
ޖިރޯނާ ބަލިކޮށް ރެއާލް އެއްވަނައަށް

ޖިރޯނާ ބަލިކޮށް ރެއާލް އެއްވަނައަށް

ސްޕެނިޝް ލަލީގާގައި މިރޭ ރެއާލް މެޑްރިޑާއި ޖިރޯނާ ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ރެއާލް ޖެހިލައިފިއެވެ. މިރޭ ޖިރޯނާގެ ދަނޑުގައި ކުޅުނު މެޗު ރެއާލުން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއިންނެވެ. މި މެޗު ފަށައިގެން ފުރަތަމަ ފަސްވަރަކަށް މިނެޓް ޖިރޯނާގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިފައެވެ. އެ ވަގުތުތެރޭ ފުލުފުލުގައި ޖިރޯނާއިން ވަނީ ރެއާލުގެ ގޯލަށް ނުރައްކާ ކޮށްފައެވެ. ހުސް ދެ ފުރުޞަތު ތަނަވަސްކުރި ނަމަވެސް ގޯލެއް ކާމިޔާބު ކުރެވޭ […]

އިބްރާހިމް ޚަލީލް