ރާއްޖެ އިންތިޚާބާއި މެދު ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ވަނީ ބޮޑުވެފައި: އީޔޫ ރާއްޖޭގެ ރިޔާސީ އިންތިހާބު އޮތް ދުވަހު ކަންހިނގާފައިވަނީ ވަރަށް އަމާންއޮމާންކޮށް ކަމަށާއި އެކަމުގެ ސަބަބުން އިންތިހާބާއި މެދު ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ބޮޑުވެފައިވާކަމަށް މި އިންތިހާބު އޮބްޒާވްކުރި ޔޫރަޕިއަން ޔޫނިއަން އިން ވިދާޅުވެއްޖެވެ. ހޮޓެލް ޖެން ގެ ބޯލް ރޫމުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީޔޫގެ ޗީފް އޮބްޒާވަރ، ނާޗޯ ސަންޗޭޒް އަމޯރ ވިދާޅުވީ ދެ ބުރުގައި ވެސް އިލެކްޝަން ކޮމިޝަނުން މަސައްކަތް ކޮށްފައިވަނީ ވަރަށް ޕްރޮފެޝަނަލްކޮށް އަދި ދެފުށް ފެންނަގޮތަށް ކަމަށެވ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ކުޅިވަރު އިންޓަނޭޝަނަލް މާސްޓާ ކަޕްގެ ރަނަރަޕްކަން ހުއްރިއްޔާ އަށް ސްރީލަންކާގައި ކުރިއަށްގެންދިޔަ އިންޓަރނޭޝަނަލް މާސްޓަރ ކަޕް 2023 ގެ ރަނަރަޕްކަން ހުއްރިޔާ ސްޕޯޓްސް ކުލަބުން ހޯދައިފިއެވެ. ސްރީކަންކާގެ ފުޓްބޯޅަ ފެޑެރޭޝަން ޓާފް ދަނޑުގައި އިއްޔެ ކުރިއަށްދިޔަ މި މުބާރާތުގައި ބައިވެރިވެފައިވަނީ ސްރީލަންކާގެ ދެ ޓީމެއްގެ އިތުރުން ރާއްޖޭގެ ޓީމަކާއި އިންޑިއާގެ ޓީމެކެވެ. ކުރީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބޭއްވުނު މި މުބާރާތުގެ ފުރަތަމަ މެޗްގައި ބައްދަލުކުރީ ހުއްރިއްޔާ ސްޕޯސްޓް ކުލަބާއި ސްރީލަންކާގެ ސުޕަރ ސްޓަރ ވެޓްރެންސްއެވެ. މި މެޗު 3-0 ގެ ނަތީޖާއިން ކާމިޔާބުކުރީ... އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ރާއްޖެ ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގަނެފި ޕޯސްޓް މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގަނެފިއެވެ. އެ އިދާރާ އިން ވިދާޅުވީ މިތަކެތި އަތުލައިގަނެފައިވަނީ މިއަހަރުގެ އޯގަސްޓް 14 ވަނަ ދުވަހު ކަމަށެވެ. އަދި އެއީ ޕޯސްޓް މެދުވެރިކޮށް ނެދަލެންޑުން ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ކަމަށެވެ. މި މަސްތުވާތަކެތި ފެނިފައިވަނީ އެ ޕެކޭޖު ބަލައި ފާސްކުރަމުންދިޔައިރު، އޭގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ކަސްޓަމްސް އަށް ޝައްކުކުރެވިގެން، އިތުރަށް ޗެކްކުރުމުގެ ތެރޭގައި ކަމަށް ވެސް ކަސްޓަ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ރައީސް ވިދާޅުވަނީ ފޮޓޯ ނަގައި، ކޮލަމް ލިޔުއްވަން ބޭނުންފުޅުވާ ކަމަށް! ވެރިކަމުން ފައިބައި ވަޑައިގަތުމަށް ފަހު، ހުންނަވާނީ ވަރަށް ހުސްކޮށް ކަމަށާއި ހުސް ވަގުތުގައި ފޮޓޯ ނަގައި ކޮލަމް ލިޔުއްވަން ޝައުގުވެރިވެ ވަޑައިގަންނަވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި ރައީސް ވިދާޅުވީ ތަޖުރިބާގެ އާއި އެނގިވަޑައިގެން ހުންނެވި އެއްޗެއްގެ އަލީގައި ގައުމަށްޓަކައި ކުރެއްވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި ރައްޔިތުންގެ... މުޙައްމަދު · 3 އަހަރު ކުރިން
ރާއްޖެ މުއިއްޒު ހޯއްދެވި ކާމިޔާބީ އަށް ސައުދީ، އެމެރިކާ، ލަންކާ އިން މަރުހަބާ ކިޔައިފި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހޯއްދެވި ކާމިޔާބީ އަށް ސައުދީ އަރަބިއްޔާ އާއި އެމެރިކާ އަދި ސްރީލަންކާ އިން މަރުހަބާ ކިޔައިފިއެވެ. ދެވަނަ ބުރުގެ ނަތީޖާ އަށް ދައްކާ ގޮތުން އިދިކޮޅު ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވަނީ 129،159 ވޯޓު ހޯއްދަވައިފައެވެ. މުއިއްޒާ ވާދަކުރެއްވި އެމްޑީީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންފައި ވަނީ 109،868 ވޯޓެވެ. މިއީ 19،291 ވޯޓުގެ ތަފާތެކެވެ. […] މުޙައްމަދު · 3 އަހަރު ކުރިން
ރާއްޖެ ނިޒާމީ ވޯޓުގެ ކަންކަމުގައި ކުރިއަށްދާނީ ޕީޕީއެމް/ޕީއެންސީގެ މަޝްވަރާގެ މަތީން: ހަސަން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަކަށް ބަދަލު ކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ މަޝްވަރާގެ މަތިން ކަމަށް ދަ ޑިމޮކްރެޓްސް އިން ބުނެފިއެވެ. އެ ޕާޓީ އުފެއްދުމުގެ އިސް މޭސްތިރިޔާ، މަޖިލިސް ރައީސް މުޙައްމަދު ނަޝީދު އިސްވެ ހުންނަވައި އެ ޕާޓީން މަސައްކަތް ކުރަމުން އަންނަނީ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށެވެ. ގާނޫނުއަސާސީ މިހާރު އޮންނަ ގޮތުން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރެވޭނީ ގާނޫނު އަސާސީއަށް އިސްލާހު […] ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ރާއްޖެ ގާނޫނީ ހުރަހެއް ނެތްނަމަ ނޮވެމްބަރު 11 ގައި އިންތިހާބީ ރައީސް ހުވާކުރެވޭނެ: ރައީސް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ގާނޫނީ ހުރަހެއް ނެތް ނަމަ، ނޮވެމްބަރު 11 ގައި ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ނޮވެމްބަރު 11 އަކީ ތާރީހުގައި ރާއްޖޭގެ ވެރިކަން ބަދަލުވަމުން އައިސްފައިވާ ދުވަސް ކަމަށެވެ. އަނެއްކާވެސް އިޔާދަކުރައްވަން އެމަނިކުފާނު ބޭނުންފުޅުވާ ކަމަށް ވެސް ރަ... މުޙައްމަދު · 3 އަހަރު ކުރިން
ރާއްޖެ ރާއްޖެ ދޫކޮށް ދާން ޖެހޭ އެއްވެސް ސަަބަބެއް ނެތް، ދިރިއުޅޭނީ ރާއްޖޭގައި: ރައީސް ރާއްޖެ ދޫކޮށް ދާން ޖެހޭ އެއްވެސް ސަަބަބެއް ނެތް ކަމަށާއި ދިރިއުޅުއްވާނީ ރާއްޖޭގައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު މިއަދު ވިދާޅުވެއްޖެއެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ ދިރުއުޅުއްވާނީ އުފަން ރަށުގައާއި މާލޭގައި ކަމަށެވެ. އެހެންނަމަވެސް ރާއްޖެއިން ބޭރަށް މީހުން ދަތުުރުކުރާ ފަދައިން ބައެއް ފަހަރު ރާއްޖެއިން ބޭރަށް ދަތުރެއް ކޮށްލައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ. އިންތިހާބަށްފަހު އެމަނިކުފާނު ރާއްޖެ ދޫކުރަ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ވޭތުވެދިޔަ 24 ގަޑިއިރު 75.2 މިލިމީޓަރުގެ ވާރޭ މާލެއަށް ވެހިއްޖެ ވޭތުވެދިޔަ 24 ގަޑިއިރު 75.2 މިލިމީޓަރުގެ ވާރޭ މާލެއަށް ވެހިފައިވާ ކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާގެ ތަފާސް ހިސާބުން ދައްކައިފިއެވެ. އެ އިދާރާގެ ތަފާސް ހިސާބުން ދައްކާގޮތުގައި ރޭ އިރާކޮޅުން ފެށިގެން މާލެއަށް ވާރޭ ވެހެމުންދިޔައިރު، ގާތްގަނޑަކަށް ދެ ގަޑިއިރުގެ ތެރޭގައި 53.7 މިލިމީޓަރުގެ ވާރޭ މާލެއަށް ވެހިފައިވާ ވެއެވެ. ދެން އެންމެ ގިނައިން ވާރޭ ވެހުނުކަމަށް ރެކޯޑްކުރެވިފައިވާ ބ. ދަރަވަންދުއަށް 64 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، ހުޅުލެއަށް 63.7 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ވެސް […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ކުޅިވަރު ރޯމާއަށް މުހިންމު މޮޅެއް، ޔުވެންޓަސްއާއި އެތުލާންޓާ އެއްވަރު އިޓާލިއަން ލީގުގައި ރޭ ފްރޮސިނޯނޭ ބަލިކޮށް ރޯމާއިން މުހިންމު މޮޅެއް ހޯދިއިރު، ޔުވެންޓަސްއާއި އެތުލާންޓާ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ޔޫރަޕްގެ ބޮޑެތި ގިނަ ޓީމްތަކަކަށް ކޯޗްކަން ކޮށްދީފައިވާ މޮރީނިއޯގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ރޯމާ ރޭ އަމިއްލަ ދަނޑުގައި ވަނީ 2-0 ގެ ނަތީޖާއިން ފްރޮސިނޯނޭ ބަލިކޮށްފައެވެ. ސީޒަންގައި މިހާތަނަށް ރޯމާއިން ލީގުގައި ހަތް މެޗު ކުޅެފައިވާއިރު މޮޅުވީ އެންމެ ދެ މެޗުންނެވެ. ތިން މެޗުން ބަލިވިއިރު ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ. ލީގު […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ރާއްޖެ ވޯޓުލާ ބޫތުތަކަށް ގެނައި ބަދަލުގެ ސަބަބުން ވޯޓުގެ ސިއްރުކަން ކަށަވަރުވެގެންދިޔަ: އެޗްއާރްސީއެމް ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވޯޓުލާ ބޫތުތަކަށް އިލެކްޝަންސް ކޮމިޝަނުން ގެނައި ބަދަލުގެ ސަބަބުން ވޯޓުގެ ސިއްރުކަން ކަށަވަރުވެގެންދިޔަ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ވިދާޅުވެއްޖެއެވެ. އެ ކޮމިޝަނުން ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި އެކޮމިޝަންގެ ރައީސާ މަރްޔަމް މުނާ ވިދާޅުވީ އިންތިހާބުގެ ފުރަތަމަ ބުރާ އަޅާބަލާއިރު، ދެވަނަ ބުރުގައި ގިނަ ކަންތައްތަކެއް އީސީ އިން ރަނގަޅުކޮށްފައިވާ ކަމަށެވެ. އެގޮތުން ވޯޓުލާ މަރުކަޒްތަކުގައި ޙަރަކާތްތެރިވި އޮފިޝަލުންގެ އ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ އެމްޑީޕީ ވަރުގަދަ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތުން މުހިންމު: ރައީސް ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކާ އެމްޑީޕީ ވަރުގަދަ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތުން މުހިންމު ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިހާބުގެ ނާކާމިޔާބީއަށްފަހު، ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ވެރިކަން ބަދަލުވެގެން ދިއުމާއެކު، އެމްޑީޕީ ވަރުގަދަ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮންނާނެ ކަމަށެވެ. ރައީސް ވިދާޅުވީ މުހިންމީ އެމަނިކުފާނު ހުންނަ މަގާމެއް ނޫން ކަމަށާއި ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ކުރުމަށް... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ އެމްއެމްއޭ އާއި ބޭންކުތަކުން މިއަދު ހިދުމަތް ލިބޭ މިއަދަކީ ސަރުކާރު ބަންދު ދުވަހެއް ނަމަވެސް އެމްއެމްއޭ އާއި ބޭންކުތަކުން ހިދުމަތް ލިބޭނެ ކަމަށް މަރުކަޒީ ބޭންކުން ވިދާޅުވެއްޖެއެވެ. ރާއްޖޭގެ މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވިދާޅުވީ ބޭންކުތަކުންނާއި އެ އިދާރާ އިން ފައިސާ ބަލައިގަނެ، ދޫކުރުމުގެ ހިދުމަތް މިއަދު ހެނދުނު 08:30 އިން މެންދުރު 2 ޖެހުމާއި ހަމައަށް އެޕޮއިންޓްމަންޓް އުސޫލުން ލިބޭނެ ކަމަށެވެ. މީގެ އިތުރުން ސިޓީ އާއި ތަކެތި ބަލައިގަތުގެ ހިދުމަތް ވެސް ހަމަ މިވަގުތުގައި ލިބޭނެ ކަމަށް […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ވާހަކަ ސިލްސިލާ ވާހަކަ: ޝިކާޔަތު (72) ކުރީގެ އަދަދާއިގުޅޭ، ” ކޮންތާކަށް އަހަރެން ތިގެންދަނީ ؟” ޔަޝްމީގެ އަތުގެ ކުޑަހުޅުގައި ބާރުބާރަށް ހިފުމަށްފަހު އޭނާ ހިނގައިގަތީ ކޮޓަރިން ބޭރަށް ނިކުންނާށެވެ. ނަމަވެސް އަތަށް ބާރު ލުމަށްފަހު ޔަޝްމީ އަތް ފޮޅުވާލީ ނުހަނު ބާރަށެވެ. އޭރު އޭނާއަށް މާނޭވާ ލެވެމުންދެއެވެ. މޫނުމަތީގައިވަނީ ނުތަނަވަސްކަމާއި ހިތްދަތިކަމުގެ އަސަރު ތަކެވެ. ޔަޝްމީ އަތް ފޮޅުވާލުމާއިއެކު، ހާރޫން ފަސްއެނބުރި ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ. ” ކީއްކުރަން އަހަރެން ތި ގެންދަނީ؟ އަހަރެން ބޭނުމެއް ނޫނޭ ހާރޫންއާއެކު ދާކަށް! ” ޔަޝްމީއ... ސަލާމާ ޢަބްދުލް ޢަލީމް · 3 އަހަރު ކުރިން
ރާއްޖެ ''މުޢިއްޒުގެ ސަރުކާރުގައި ޑިމޮކްރެޓުން ބައިވެރިވާނެ'' ދެން ފެށޭ ރިޔާސީ އައު ދައުރުގައި ވެރިކަމާއި ހަވާލުވެވަޑައިގަންނަވާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގައި ދަ ޑިމޮކްރެޓްސް ވެސް ބައިވެރިވާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ. ދަ ޑިމޮކްރެޓްސްގެ ފައުންޑަރ، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް މިރޭ ވިދާޅުވީ، ދެން އުފެދޭ ޑރ. މުޢިއްޒުގެ ސަރުކާރުގައި އެ ޕާޓީން ވެސް ބައިވެރިވާނެ ކަމަށެވެ. ރިޔާސީ އިންތިޚާބުގެ ދަ ޑިމޮކްރެޓްސް އިން ވާދަކޮށްފައިވާއިރު، އިންތިޚާބުގެ ފުރަތަމަ ބުރުގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބު […] ޔުމްނާ ޢަލީ · 3 އަހަރު ކުރިން