ރާއްޖެ އަދާލަތުން ވެސް ބަރުލަމާނީއާ ދެކޮޅު ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ފުރޮޅައިލަންްް ނުފެންނަކަމަށް އަދާލަތު ޕާޓީ (އޭޕީ)އިން ވެސް ރޭ ނިންމައިފިއެވެ. އަދާލަތުން ބުނީ، ބަރުލަމާނީ ނިޒާމަށް ތާޢީދު ނުކުރުމަށް، ރޭ ބޭއްވި އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ އިއްތިފާޤުން ފާސްކޮށްފައިވާ ކަމަށެވެ. އަދާލަތުން މި ނިންމުން ނިންމިއިރު، ރާއްޖޭގައި ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރުމާ މެދު އާންމު ވޯޓެއް ނަގާ ނަމަ، ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރަން ރާއްޖޭގެ އެންމެ ބޮޑު ޕާޓީ، ވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ގައުމީ މަޖިލީހު... ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ރާއްޖެ އުޅަނދުތައް ދުއްވާއިރު މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި އެއްގަމާއި ކަނޑުގެ އުޅަނދުތައް ދުއްވާއިރު މޫސުމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އިލްތިމާސްކޮށްފިއެވެ. މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް ގަދަ ވިއްސާރަ ކުރަމުންދާ ދުވަސްވަރެކެވެ. ޚާއްސަގޮތެއްގައި ހއ. އަތޮޅުން ފެށިގެން ރ. ބ. ދ. ވ. ފ. އދ. ޅ. އަތޮޅު ފަދަ އަތޮޅުތައް ހިމެނޭ ސަރަހައްދުތަކަށް މި ދުވަސްވަރު މޫސުން ގޯހެވެ. އަދި މާލެ ސަރަހައްދަށް ވެސް މޫސުން ގޯހެވެ. މޫސުމަށް ސަމާލުވުމަށްއެދި މިއަދު ފުލުހުން ނެރުއްވި ސަމާލުގެ މެސެޖުގައި ވަނީ އެއްގަމު […] ޙުސައިން ޝަހުދީ · 3 އަހަރު ކުރިން
ރާއްޖެ ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރަން އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފި ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމުގެ ވޯޓެއް ނަގާނަމަ، ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށް ތާއީދު ނުކުރަން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ގައުމީ މަޖިލީހުން ރޭ ފާސްކޮށްފިއެވެ. ވެރިކަމުގެ ނިޒާމު ބަދަލުކުރަން އާންމު ވޯޓެއް ނަގަން އިލެކްޝަންސް ކޮމިޝަން (އީސީ)އަށް އަންގައި ރައްޔިތުންގެ މަޖިލީހުން ވަނީ ގަރާރެއް ފާސްކޮށްފައެވެ. މި ގަރާރަކީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ފުރޮޅާލުމަށް އިސްވެ މަސައްކަތްކުރާ ދަ ޑިމޮކްރެޓްސްގެ ފަރާތުން އެ ޕާޓީގެ މެންބަރު، ހުޅުދޫ... ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ރާއްޖެ މަކުނުދޫން ގޯތި ދޫކުރުމުގެ އުސޫލު އިސްލާހުކޮށް، 215 ގޯއްޗަށް ހުޅުވާލައިފި ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ އިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު އިސްލާހުކޮށް ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލައިފިއެވެ. މަކުނުދޫން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލަށް އިސްލާޙް ގެނެސް އެރަށު ކައުންސިލުން އިއްޔެ ވަނީ އެ އިސްލާހާއެކު އެ އުސޫލު ޢާންމުކުރައްވާފައެވެ. މި އުސޫލުގެ ދަށުން އެރަށުން 2400 އަކަފޫޓުގެ 215 ބަންޑާރަ ގޯތި ދޫކުރަން ނިންމާފައިވާއިރު، އެރަށުން ބަންޑާރަ ގޯއްޗަށް އެދުމުގެ ފުރުސަތު މިއަދު (އޮކްޓޯބަރު 4 ވާ ބުދަ ދުވަހުގެ) މެންދުރު 12 […] ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ރާއްޖެ އާ ސަރުކާރަށް އެމްޑީޕީން ފުރިހަމަ އެއްބާލުން ދޭނެ: ރައީސް އިންތިހާބީ ރައީސް ޑރ. މުހައްމަދު އުއްފައްދަވާ އާ ސަރުކާރަށް އެމްޑީޕީން އެއްބާރުލުން ދޭނެ ކަމަށާއި، އިދިކޮޅު ޕާޓީއެއްގެ އެ ޕާޓިން އެމްޑީޕީން ރަނގަޅު މަސައްކަތްތަކެއް ކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. މިދިޔަ ހޮނިހިރު ދުވަހު އޮތް ރިޔާސީ އިންތިހާބުގެ ނާކާމިޔާބީ ފަހުން އެމްޑީޕީން ބޭއްވި ގައުމީ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި، ރައީސް ވިދާޅުވީ، ޑރ. މުއިއްޒުގެ ސަރުކާރުގެ ކުރީކޮޅު، ސަރުކާރު އެކުލަވާލަން ކުރަން ޖެހޭ ކަންކަމުގައި އެމްޑީޕީގެ އެއްބާރުލުން ލިބޭނެ ކަމަށެވެ. […... އިސްމާއިލް މޫސާ · 3 އަހަރު ކުރިން
ރާއްޖެ ރިޔާސީ ނިޒާމު ދަމަހައްޓަން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ ރާއްޖޭގައި ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރަން އާންމު ވޯޓަކަށް ގޮސްފިނަމަ، ރިޔާސީ ނިޒާމު ދަމަހައްޓަން އަމަލީ ގޮތުން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގަރާރާ މެދު އެމްޑީޕީން ގޮތެއް ނިންމުމަށް މިރޭ ބޭއްވި ގައުމީ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރިޔާސީ ނިޒާމާއި، ބަރުލަމާނީ ނިޒާމުގައި ވެސް ރަނގަޅާއި ގޯސް އެބަހުރި ކަމަށާއި، ނަމަވެސް ރާއްޖެއަށް އެންމެ... އިސްމާއިލް މޫސާ · 3 އަހަރު ކުރިން
ވިޔަފާރި އުރީދޫ ނޭޝަން ގޭމާސް ލޭންޑް ފެސްޓިވަލްގެ ޕާޓްނަރަކަށް އީ2އެސް ގޭމިން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ގޭމިން ފެސްޓިވަލް “އުރީދޫ ނޭޝަން ގޭމާސް ލޭންޑް” ގެ ޕާޓްނަރަކަށް އީ ސްޕޯޓްސް އޯގަނައިޒޭޝަނެއް ކަމަށްވާ އީ2އެސް ގޭމިން ހަމަޖައްސައިފިއެވެ. އުރީދޫ މޯލްޑިވްސް އިން އިއުލާންކޮށްފައިވާ ގޮތުގައި މި ފެސްޓިވަލް ކުރިއަށްދާނީ މި މަހުގެ 19، 20 އަދ 21ގައެވެ. އުރީދޫ މޯލްޑިވްސް ހެޑްކުއާޓާސްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އިވެންޓްގައި ހުރިހާ ވައްތަރެއްގެ ގޭމް ކުޅޭ ފަރާތްތަކަށް ވެސް އެކަށީގެންވާ ހަރަކާތްތައް ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. މީގެ ތެރޭގައި […] އަޙްމަދު ވަހީދު · 3 އަހަރު ކުރިން
ބައިނަލްއަގުވާމީ ތައިލެންޑުގެ މޯލެއްގައި ދިން ބަޑީގެ ހަމަލާގައި ދިވެއްސަކަށް އަނިޔާވިތޯ ބަލަނީ ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި ދިވެހިން އާންމުކޮށް ގޮސް އުޅޭ މޯލްއެއްގައި ދިން ބަޑީގެ ހަމަލާގައި ދިވެއްސަކަށް އަނިޔާވިތޯ ބެލުމުގެ މަސައްކަތް ފަށައިފިއެވެ. ބެންކޮކުގެ މެދުތެރޭގައި ހުންނަ ސިއާމް ޕެރަގަން މޯލަށް ދިން ހަމަލާގައި ތިން މީހަކު މަރާލައި، ފަސް މީހަކު ވަނީ ޒަހަމްވެފައެވެ. ހަމަލާ ދިން ކަމުގެ ތުހުމަތުގައި 14 އަހަރުގެ ކުއްޖަކު ވަނީ ފުލުހުން ހައްޔަރުކޮށްފައެވެ. އެ ކުއްޖާ ހައްޔަރުކޮށްފައި ވަނީ މޯލް ތެރެއިންނެވެ. ބެންކޮކުގެ މެދުތެރޭގައި ހުންނަ ސިއާމް ޕެރަގަން އަކީ މުޅި އޭޝިއާގައި އެންމެ […] މުޙައްމަދު · 3 އަހަރު ކުރިން
ރާއްޖެ މި މަހު ނިޒާމީ ވޯޓެއް ނެގުމުގެ ފުރުސަތެއް ނެތް: އީސީ ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމެއް ކަނޑައެޅުމަށް ބާއްވަން ޖެހޭ އިންތިހާބު މި މަހު ނެގުމުގެ ފުރުސަތެއް މިހާރު ނެތް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިއަދު ވިދާޅުވެއްޖެއެވެ. ހަބީބް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައިވާ ގޮތުން އިންތިހާބެއް ބޭއްވުމަށް މަދުވެގެން 45 ދުވަސް ބޭނުންވާ ކަމަށެވެ. ހަބީބް ވިދާޅުވި ގޮތުގައި އެއީ އިންތިހާބު އިއުލާން ކުރުމާއި ރަޖިސްޓްރީ އާންމުކޮށް ޝަކުވާ އަށް ހުށަހެޅުމާއި ރީ-ރަޖިސްޓްރ... މުޙައްމަދު · 3 އަހަރު ކުރިން
ރާއްޖެ އަމާންކަން ކަށަވަރު ކޮށްނުދެވޭ ވަރުގެ ސީޕީއެއް ނުލެއްވުމަށްއެދި އިމްރާންގެ އިލްތިމާސެއް ގައުމާއި ރައްޔިތުންގެ އަމާންކަން ކަށަވަރު ނުކޮށްދެވޭ ވަރުގެ ފަރާތެއް ކަމިޝަނާ އޮފް ޕޮލިސް (ސީޕީ) ގެ މަގާމަށް ނުލުމަށް ހޯމް މިނިސްޓާ އަދި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ، އިންތިިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކިބައިން އިލްތިމާސް ކުރައްވައިފިއެވެ. އޭނާ މިފަދައިން އެދިވަޑައިގެންނެވީ އިންތިހާބީ ރައީސް އަދި މާލޭ ސިޓީގެ މޭޔަރު ޓެގް ކުރައްވައި، ކުރައްވާފައިވާ ޓްވީޓެއްގައެވެ. ހޯމް މިނިސްޓާ މިފަދައިން އިލްތިމާސް ކުރައްވާފައިވާއިރު، އިންތިހާބުގައި ޕީއެންސީ، ޕީޕީއެމް ކޯލިޝަނަށް ލިބުނު... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ޑިމޮކްރެޓްސް އާ އެކު އެއްވެސް ކަމެއްގައި އެއްބަސްވުމެއް ނެތް: އެމްޑީޕީ ދަ ޑިމޮކްރެޓްސް އާ އެކު އެއްވެސް ކަމެއްގައި އެއްބަސްވުމެއް ހަދާފައި ނުވާނެ ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ. އެމްޑީޕީ އިން މިހެން ބުނެފައި މިވަނީ ނިޒާމީ ވޯޓާ ގުޅޭ ކަންކަމާ މެދު ބަހުސް ކުރުމަށް ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވަހަކަފުޅަކާއި ގުޅިގެންނެވެ. ނަޝީދު ވިދާޅުވީ ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ދަ ޑިމޮކްރެޓްސް އިން ވަކި ކޮޅަކަށް ތާއީދު […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
މަޖިލިސް މެންބަރު ޝަރީފަށް ހަމަލާދިންކަމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފި ރައްޔިތުން މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ) އަށް ހަމަލާދިންކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ހައްޔަރުކޮށްފައިވަނީ 4 ދިވެހިން ކަމަށާއި އެއީ އުމުރުން 27 އަހަރުގެ ފިރިހެނަކާއި 24 އަހަރުން ތިން ފިރިހެނުން ކަމަށެވެ. އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން 27 އަހަރުގެ މީހާއާއި 24 އަހަރުގެ ދެމީހުންނަށް ވަނީ 60 ދުވަހުގެ މުއްދަތެއް ޖަހާފައިވާއިރު، 24 އަހަރުގެ އެކަކގެ ބަންދަށް 30 […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ކުޑަކުއްޖަކާ ބެހުނު މީހަކު ހައި ކޯޓުން ސަލާމަތެއް ނުވި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 15 އަހަރަށް ޖަލަށްލާން ކުރި ހުކުމަކަށް ހައި ކޯޓުން ތާއީދުކޮށްފި އެވެ. ދ. ބަނޑިދޫ މީހެއްގެ މައްޗަށް އެ ހުކުމް އައީ 2019 ވަނަ އަހަރު އޭނާގެ އަނބިމީހާގެ ދައްތަގެ ދަރިފުޅަށް ޖިންސީ ގޯނާކުރި މައްސަލައިގަ އެވެ. އޭނާ 15 އަހަރަށް ޖަލަށް ލާން ހުކުމް ހުކުމްކުރީ ކްރިމިނަލް ކޯޓުންނެވެ. އެ މައްސަލަ އެ މީހާގެ ފަރާތުން އިސްތިއުނާފް ކުރުމުން މިދިޔަ ބުދަ ދުވަހު ހައި ކޯޓުން ކުރި ހުކުމުގައި ވަނީ […] އަލީ އާދިލް · 3 އަހަރު ކުރިން
ބައިނަލްއަގުވާމީ ޗައިނާގެ ރައީސް މުއިއްޒަށް: ގުޅުން ބަދަހިކޮށް، ކުރިއެރުން ހޯދައިދޭން ތައްޔާރު އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް، ޗައިނާގެ ރައީސް ޝީ ޖިންޕިން މަރުހަބާ ވިދާޅުވެއްޖެއެވެ. ޗައިނާ އިން ރާއްޖެ ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވޭންގް ލިޒިން މެދުވެރިކޮށް “އެކްސް”ގައި ކުރެއްވި ޕޯސްޓުގައި ޝީ ވިދާޅުވީ ރާއްޖެ އާއި ޗައިނާއާ ދެމެދު އޮންނަނީ ޒަމާންވީ ގާތް ގުޅުމެއް ކަމަށެވެ. އަދި އިހްލާސްތެރިކަމާ އެކުގައި ދެ ގައުމުން އެއް ގައުމު އަނެއް ގައުމަށް އިތުބާރުކުރުމާއި އެހީތެރިކަން ފޯރުކޮށްދިނުމަށް އަދި ތަރައްގީގައި ބައިވެރިވުން އޮންނާނެ ކަމަށް ވިދާޅުވިއެވެ. ޝީގެ މެސެޖްގައި ވިދާޅުވީ [... މުޙައްމަދު · 3 އަހަރު ކުރިން
ރާއްޖެ އިންތިހާބީ ރައީސް މުއިއްޒު، ނަޝީދުއާ ބައްދަލު ކުރައްވައިފި އިންތިހާބީ ރައީސް، ޑރ. މުހައްމަދު މުއިއްޒު، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އާ މިއަދު ބައްދަލު ކުރައްވައިފިއެވެ. ނަޝީދުގެ ދައުވަތަކަށް މި ބައްދަލުވުން ކުރިއަށް ގެންދިޔައީ ރައްޔިތުންގެ މަޖިލިހުގެ އިދާރާގައެވެ. މި ބައްދަލުވުމުގައި ނަޝީދުގެ އިތުރުން މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމާއި ދަ ޑިމޮކްރެޓްސްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މުއިއްޒު މަޖިލިހުގެ އިދާރާ އަށް ވަޑައ... މުޙައްމަދު · 3 އަހަރު ކުރިން