ރާއްޖެ ފޭސްބުކް އެކައުންޓް ހެކް ކޮށްގެން ފައިސާ ހޯދާ މައްސަލަތަކެއް، ސަމާލުވޭ! ފޭސްބުކް އެކައުންޓް ހެކް ކޮށްގެން ފައިސާ ހޯދާ މައްސަލަތަކެއް ފެންމަތިވެފައިވާތީ ސަމާލުވުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސް ކުރައްވައިފިއެވެ. އެ އިދާރާ އިން ވިދާޅުވީ ފޭސްބުކް އެކައުންޓް ޕާސްވޯޑު ރީސެޓް ކުރުމަށް ކަމަށް ބުނެ ގުޅައި، އޯޓީޕީ ކޯޑު މޯބައިލް ފޯނަށް ފޮނުވުމަށް ފަހު ފޭސްބުކް އެކައުންޓް ހެކް ކޮށްގެން އޮޅުވާލައިގެން ފައިސާ ހޯދަމުންގެންދާ މައްސަލަތައް އެ ހިދުމަތަށް ހުށަހެޅުމުންދާ ކަމަށެވެ. އެގޮތުން 48 ގަޑިއިރުގެ ތެރޭގައި މިފަދަ 6 މައްސަލަ ހުށަހަޅާފައިވާ ކަމަށާއި މަކަރާއި ހީލަތުން 3... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ރިޔާސީ އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކޮށްފި ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބުގެ ރަސްމީ ނަތީޖާ ރޭ އިއުލާން ކޮށްފިއެވެ. އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރެއްވި ރަސްމީ ނަތީޖާއިން ދައްކާގޮތުގައި ޕީއެންސީގެ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު އަދި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ލިބިވަޑައިގަތީ 129159 ވޯޓެވެ. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ލިބިވަޑައިގަތީ 109868 ވޯޓެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓު ދިނުމުގެ ހައްގު 282804 މީހުންނަށް ލިބިފައިވާއިރު، ވޯޓ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ޕީއެންސީގެ ރައީސްގެ މަގާމަށް މުއިއްޒު ހަމަޖައްސައިފި ޕީއެންސީގެ ރައީސްގެ މަގާމަށް އިންތިހާބީ ރައީސް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސައިފިއެވެ. އެމަނިކުފާނު މި މަގާމަށް ހަމަޖައްސާފައިވަނީ ރޭ ބޭއްވި އެ ޕާޓީގެ ކައުންސިލު ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ނިންމާފައިވަނީ އެ ޕާޓީގެ ރައީސަކަށް މުއިއްޒު އަދި ނައިބު ރައީސަކަށް ރަނިންމޭޓް ހުސައިން ހަމަޖެއްސުމަށެވެ. އެގޮތަށް ނިންމީ ޕީއެންސީ ކައުންސިލް ބައްދަލުވުމަށް ހާޒިރުވި 40 މެމްބަރުންގެ އިއްތިފާގުންނެވެ. އެ ޕާޓީގެ ރައީސްގެ މަގާމުގައި މިހައިތަނަށް ހުންނެވީ ރައްޔިތުންގެ މަޖިލީހުގ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހޯރަފުށީގައި ބަހައްޓާފައި ހުރި ރައީސްގެ ފޮޓޯއަށް ކަޅުތެޔޮ ޖެހިޖެހުން ކައުންސިލުން ކުއްވެރިކޮށްފި ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރެއިން ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ އެއާޕޯޓް ސަރަހައްދުގައި ބަހައްޓާފައި ހުރި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފޮޓޯއަށް ބަޔަކު ކަޅުތެޔޮޖެހި ޖެހުން އެ ރަށު ކައުންސލިން ކޮށްވެރިކޮށް ބަޔާން ނެރެފިއެވެ. މިކަމާއި ގުޅިގެން އެ ކައުންސިލުން ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައި ވަނީ ހޯރަފުށީ އެއާޕޯޓާއި އެ ރަށުގެ ތަރައްގީގެ ބާނީއަކީ ރައީސުލް ޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ކަމަށާއި އެ އެއާޕޯޓް ހަގީގަތަކަށް ހައްދައިދެއްވާ ރޭގަނޑުގެ ދަތުރުތައް ފަށ... އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ވިޔަފާރި އުރީދޫ ނޭޝަން ގޭމާސްލޭންޑް ފެސްޓިވަލްގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ގޭމިން ފެސްޓިވަލް ކަމަށްވާ އުރީދޫ ނޭޝަން ގޭމާސް ލޭންޑުގައި ކުރިއަށް ދާ މުބާރާތްތަކުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ގޭމިން ފެސްޓިވަލްގައި ބާއްވާ މުބާރާތްތަކުން މޮޅުވާ ފަރާތްތަކަށް ބޮޑެތި ފައިސާގެ އިނާމުތަކުގެ އިތުރުން ހުރިހާ އުމުރުފުރައެއްގެ ގޭމަރުންނަށްވެސް މަޖާ އަދި ހިތްގައިމު ތަޖުރިބާއެއް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި ގޭމިން ފެސްޓިވަލްގައި ބައިވެރިވުމަށް އުރީދޫ ނޭޝަން އިން ހުރިހާ ގޭމަރުންނަށް ދައުވަތު އަރުވައެވެ. އުރީދޫ ނޭޝަން ގޭމާސް ލ... އަޙްމަދު ވަހީދު · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހަނިމާދޫގައި ދުވަސްވީ މީހަކަށް ހަމަލާދީ ފޭރުނު މީހަކު ހައްޔަރުކޮށްފި ހދ. ހަނިމާދޫގައި އުމުރުން ދުވަސްވީ މީހަކަށް ހަމަލާދީ ފައިސާތަކެއް ފޭރުނު މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ ރޭ 11:45 ހާއިރު ހަނިމާދޫގައި ގެޔަކަށް ވަދެ އެ ގޭގައި އުޅޭ 63 އަހަރުގެ މީހަކަށް އަނިޔާކޮށް ފައިސާ ފޭރުނު ކަމުގެ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. ހާއްސަ އެހީ އަށް ބޭނުންވާ އެ މީހާ އަށް ހަމަލާ ދިން 25 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަނިޔާ ލިބުނު މީހާ އަށް މިހާރު އަންނަނީ […] މުޙައްމަދު · 3 އަހަރު ކުރިން
ރާއްޖެ މާލޭގެ މޭޔަރުގެ ޒިންމާތައް ޑެޕިއުޓީ މޭޔަރު ނަރީޝްއާ ހަވާލުކޮށްފި މާލޭގެ މޭޔަރު އަދި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކައުންސިލުގެ ހުރިހާ އިސް ޒިންމާތަކެއް ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝްއާ ހަވާލުކުރައްވައިފިއެވެ. މިއަދު ހެނދުނު ބޭއްވި މާލޭ ސިޓީ ކައުންސިލުގެ އާންމު ޖަލްސާ އަކީ މާލޭގެ މޭޔަރުގެ ހައިސިއްޔަތުން މުއިއްޒު ބައިވެރިވެވަޑައިގެންނެވި އެންމެ ފަހު ޖަލްސާއެވެ. އެ ޖަލްސާގައި މާލެ ސިޓީ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ 17 ކައުންސިލަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ކައުންސިލްގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ މިދިޔަ މަހު ބޭއްވި ރިޔާސީ އިނ... މުޙައްމަދު · 3 އަހަރު ކުރިން
ކުޅިވަރު ބެލިންހަމްގެ މޮޅު ކުޅުމާއިއެކު ރެއާލުން ނަޕޯލީ ބަލިކޮށްފި ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސީގައި ރޭ ނަޕޯލީއާއި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗު ރެއާލުން ކާމިޔާބު ކޮށްފިއެވެ. ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗު ރެއާލުން ކާމިޔާބު ކޮށްފައި ވަނީ 3-2 ގެ ނަތީޖާއިންނެވެ. ނަޕޯލީގެ ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ ނަޕޯލީންނެވެ. ނަޕޯލީއަށް 19 ވަނަ މިނެޓުގައި މި ލަނޑު ޖަހައިދިނީ ޑިފެންޑަރ އޮސްޓިގާޑެވެ. ނަޕޯލީން ލީޑު ނެގިތާ އަށް މިނެޓް ފަހުން ރެއާލުން ވަނީ ލަނޑުޖަހައި […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ރާއްޖެ މުއިއްޒު އެންމެ ފުރަތަމަ ބައްދަލުކުރެއްވި ބޭރުގެ ސަފީރަކަށް އިނގިރޭސި ސަފީރު އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެރޮން ރޮސްލާއާ މިއަދު ބައްދަލުކުރައްވައިފިއެވެ. މިއީ މަގާމަށް އިންތިހާބުވުމަށް ފަހު މުއިއްޒު ބައްދަލު ކުރެއްވި ފުރަތަމަ ބޭރުގެ ސަފީރެވެ. އެ ބައްދަލުވުން އޮތީ މުއިއްޒުގެ އަމިއްލަ ގެ މ. ދިމްޔާތުގައެވެ. އެ ބައްދަލުވުމުގައި މުއިއްޒުގެ އަރިހުގައި އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުކުރެއްވުމުގައި، އިނގިރޭސި ވިލާތުގެ ސަފީރު ކެރޮން ރޮސް... މުޙައްމަދު · 3 އަހަރު ކުރިން
މަޖިލިސް ޒަރީރަށް ހަމަލާދިން މައްސަލާގައި ތިން މީހަކަށް ދައުވާކޮށްފި މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރަށް ހަމަލާދިން މައްސަލާގައި ތިން މީހެއްގެ ދައުވާކޮށް، ކޯޓަށް ފޮނުވައިފި އެވެ. މިދިޔަ މެއި މަހު ކެފޭއެއްގެ ތެރޭގައި ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ޒަރީރުގެ ބޮލަށް ހަމަލާދިން މައްސަލާގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ އެ މައްސަލާގައި މިދިޔަ ހަފުތާގައި ދައުވާކޮށް، ކްރިމިނަލް ކޯޓަށް ފޮނުވީ މއ. ނައިޓްވިލާ އިބްރާހިމް އަބްދުﷲ (ގައްބަރޭ) އާއި ތ. ކިނބިދޫ ދީފްރަމްގޭ އަހުމަދު އަވްޝަމާއި މ. ތާޖް މުލާއިމް މުހައްމަދު މައްޗަށް ކަމަށެވެ. […] ހުސައިން ހަބީބް · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހަނިމާދޫ ބަނދަރާއި ޑްރައިވިން ޓްރެކް ސަރަހައްދު ފެހި ކުރުމުގެ މަސައްކަތް ކައުންސިލުން ފަށައިފި ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގެ ބަނދަރާއި ޑްރައިވިން ޓްރެކް ފެހިކުރުމުގެ ގޮތުން އެ ސަރަހައްދުތަކުގައި ބޮޑެތި ގަސް އިންދުމުގެ މަސައްކަތް ކައުންސިލުން ފަށައިފިއެވެ. ހަނިމާދޫ ފެހިކުރުމުގެ ގޮތުން ރަށުގެ އެކި ސަރަހައްދުތަކުގައި 1000 ގަސް އިންދުމުގެ ޕްރޮގްރާމެއް ކައުންސިލުން ފަށާފައި ވަނީ މިދިޔަ ޖޫން މަސް ތެރޭގައެވެ. މި ޕްރޮގްރާމްގެ ދަށުން ރަށުގެ މަގުތަކާއި އަދިވެސް އެހެނިހެން ބައެއްތަންތަނުގައި ގަސް އިންދުމުގެ ހަރަކާތް އެ ކައުންސިލުގެ މުވައްޒަފުން ނުކުމެ ދޭތެރެދޭތރެއިން އަންނަނީ ކުރިއަށް ގެންދަމުނ... އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ރާއްޖެ މާލޭ ސިޓީގެ މޭޔަރުގެ މަގާމަށް މަހްލޫފް ވާދަކުރައްވަނީ މާލޭ ސިޓީގެ މޭޔަރުގެ މަގާމަށް އަހްމަދު މަހްލޫފް ނުކުންނަވަން ނިންމަވައިފިކަން އިއުލާން ކުރައްވައިފިއެވެ. މަހްލޫފު މިކަން އިއުލާން ކުރައްވާފައިވަނީ ސޯޝަލް މީޑިއާގެ ޓްވިޓާގައެވެ. އެ ޓްވީޓުގައި އޭނާ ވިދާޅުވީ އަންނަ މަހުގެ 17 ވަނަ ދުވަހު ހުސްވާ މާލޭ މޭޔަރު މަގާމުގެ ބައި-އިލެކްޝަންގައި ވާދަކުރުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި މާލޭގެ އެންމެހާ ރައްޔިތުން ތާއީދު ކޮށްދެއްވުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. “17 ނޮވެމްބަރު 2023 ވަނަ ދުވަހު ހުސްވާ މާލޭ މޭޔަރު މަގާމުގެ ބައި-އިލެކްޝަންގައި ވާދަކުރުމަށް އަ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ނިޒާމީ ވޯޓުގެ މައްސަލަ މަޑުޖައްސާލަން ނަޝީދު ނިންމަވައިފި ބަރުލަމާނީ ނިޒާމުގެ ވޯޓުގެ މައްސަލަ މަޑުޖައްސާލަން ނިންމަވާފައިކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ނަޝީދު ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ރައްޔިތުންގެ މެދުގައި އާންމު ވޯޓެއް ނަގަން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އަންގާ ގަރާރެއްގެ މަސައްކަތް މަޖިލީހުގައި ކުރިއަށްދާ ކަމުގެ މައުލޫމާތު އިއްޔެ އިންތިހާބީ ރައީސް ޑރ. މުހައްމ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ވާހަކަ ސިލްސިލާ ވާހަކަ: ޝިކާޔަތު (ފަހުބައި) ކުރީގެ އަދަދާއިގުޅޭ، ޔަޝްމީ މަޑުމަޑުން ގޮސް ހާރޫންގާތު ހުއްޓުނެވެ. އަދި ހާރޫންގެ މޭގައި ބޯޖައްސާލީވެސް ރަހީލަށް ބަލަމުންނެވެ. އެއާއިއެކު ރުޅިގަދަވެފައި ހުރެ ރަހީލް ނިކުމެގެން ދިޔައެވެ. އެހިނދު ހާރޫން ޔަޝްމީގެ ގައިގައި ބައްދާލަމުން ނިތްކުރިއަށް ބޮސްދިނެވެ. *** ހަވީރުގެ ވަގުތެވެ. ޒޫނާ އިނީ ޖާވިދްގެ އިންތިޒާރުގައެވެ. އުނގުމަތީގައި ބާލީސް ބާއްވާލައިގެން އިނދެ އޭނާ ކެތްތެރިކަމެއް ނެތި ވަގުތު ގުނަމުން ދިޔައެވެ. ޒޫނާ އެހެން އިންނަތާ މާގިނައިރުތަކެއް ނުވެ ޖާވިދް އައިސް ދޮރު ހުޅުވާލިއެވެ. އަދި ވަރުބަލިކަ... ސަލާމާ ޢަބްދުލް ޢަލީމް · 3 އަހަރު ކުރިން
ރާއްޖެ އަދާލަތުން ވެސް ބަރުލަމާނީއާ ދެކޮޅު ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ފުރޮޅައިލަންްް ނުފެންނަކަމަށް އަދާލަތު ޕާޓީ (އޭޕީ)އިން ވެސް ރޭ ނިންމައިފިއެވެ. އަދާލަތުން ބުނީ، ބަރުލަމާނީ ނިޒާމަށް ތާޢީދު ނުކުރުމަށް، ރޭ ބޭއްވި އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ އިއްތިފާޤުން ފާސްކޮށްފައިވާ ކަމަށެވެ. އަދާލަތުން މި ނިންމުން ނިންމިއިރު، ރާއްޖޭގައި ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރުމާ މެދު އާންމު ވޯޓެއް ނަގާ ނަމަ، ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރަން ރާއްޖޭގެ އެންމެ ބޮޑު ޕާޓީ، ވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ގައުމީ މަޖިލީހު... ޔުމްނާ ޢަލީ · 3 އަހަރު ކުރިން