ރާއްޖެ ސައުދީގެ އެހީތެރިކަމާއެކު ރާއްޖޭގައި ހިންގާ މަޝްރޫއުތަކަށް އިންތިހާބީ ރައީސްގެ ޝުކުރު ސައުދީ އަރަބިއްޔާގެ އެހީތެރިކަމާއެކު ދރާއްޖޭގައި ކުރިޔަށްގެންގޮސްފައިވާ އަދި މިހާރުވެސް ކުރިޔަށްދާ މަޝްރޫއުތަކަށް އިބްތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޝުކުރު އަދާކުރައްވައިފިއެވެ. އެމަނިކުފާނު ޝޫކުރު އަދާކުރެއްވީ ސައުދީ އަރަބިއްޔާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ޑރ. މުއިއްޒުގެ އަރިހަށް ކުރެއްވެވި އިހުތިރާމުގެ ޒިޔާރަތުގައެވެ. އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ވެސް ބައިވެރިވެވަޑައިގެންނެވި މި ބައްދަލުކުރެއްވުމުގައި މުއިއްޒު ވަނީ އައު ސަރުކާރުން ރައްޔިތުންނަށް ވެވ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކެލާ ދާއިރާގެ ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދެވިއްޖެ: އިބުރޭ ހއ. ކެލާ ދާއިރާގެ ރަށްރަށުގެ ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދެވިއްޖެކަމުގެ އިހުސާސް ކުރެއްވޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ. އޭނާ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ކެލާ ދާއިރާގެ ތިން ރަށުގެ ތަރައްގީއަށް އިހުލާސްތެރި މަސައްކަތްތަކެއް ކުރެވި އަދި އެކަމުގެ ސަބަބުން އެރަށް ރަށުގެ ގިނަ ރައްޔިތުންގެ ދިރިއުޅުމަށާއި އުންމިދުތަކަށް ހެޔޮބަދަލުތަކެއް އައިސްފައިކަމުގެ އިހްސާސް ކުރެއްވޭ ކަމަށެވެ. ކެލާ ދާއިރާގައި އެރަށުގެ އިތުރުން... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ކަސްޓަމްސްގެ 20 މުވައްޒަފުން ތަމްރީނު ދަތުރެއްގައި އިންޑިއާ އަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ 20 މުވައްޒަފުން ތަމްރީނު ދަތުރެއްގައި އިންޑިއާ އަށް ފުރަން ހަމަޖެހިފައިވާކަމަށް އެ އިދާރާ އިން ހާމަކުރައްވައިފިއެވެ. ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ނެރުއްވި ބަޔާނެއްގައި ވަނީ މިއީ ހަފުތާއެއްގެ މުއްދަތަށް ކުރިއަށް ގެންދާ ތަމްރީނުތަކެއް ކަމަށާއި މި ތަމްރީނުތައް އޮންނާނީ މި އޮކްޓޯބަރު މަހުގެ 8 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. މީގެ އިތުރުން ސެންޓްރަލް ބޯޑް އޮފް އިންޑައިރެކްޓް ޓެކްސް އެންޑް ކަސްޓަމްސް (ސީބީއައިސީ) ގެ ދަށުން ކަސްޓަމްސް ތަމްރީން […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ވިލިމާލޭގައި ހުރި ފަޅު ގެއެއްގައި ރޯވި އަލިފާން ނިއްވާލައިފި ވިލިމާލޭގައި ހުރި ގެއެއްގައި ރޯވި އަލިފާން ނިއްވާލައިފިއެވެ. އެމްއެންޑީއެފް އިން ވިދާޅުވީ އަލިފާން ރޯވެފައިވަނީ މީހުން ނޫޅޭ ފަޅުގެއެއްގައި ކަމަށާއި އެ ހާދިސާގެ ރިޕޯޓުކޮށްފައިވަނީ ފަތިހު 5:12 ހާއިރު ކަމަށެވެ. އެ ރިޕޯޓު ލިބުމާއެކު އެމްއެންޑީއެފް ވިލިމާލެ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެ އަލިފާން ނިއްވާލާފައިވާ ކަމަށާއި އަލިފާން ރޯވެފައިވަނީ “ބަސްމަލާ” ނަމަކަށް ކިޔާ ގޭގައި ކަމަށް ވެސް އެ އިދާރާ އިން ވިދާޅުވިއެވެ. އަލިފާން ރޯވެފައިވަނީ އޭސީ މަރާމާތުކުރުމުގެ މަސައްކަތަށް ބޭނުންވާ ބައެއް ސާމާނު ގުދަންކ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ މިއަދާއި މާދަމާ ވެސް މޫސުން ގޯސްވާނެ ރާއްޖޭގެ މޫސުން މިއަދާއި މާދަމާ ވެސް ގޯސްވާނެކަމަށް ލަފާކުރައްވައި، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސް ކުރައްވައިފިއެވެ. އެ އޮފީހުން ވިދާޅުވީ އުތުރުގެ އަތޮޅުތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށާއި މެދުރާއްޖެ އާއި ދެކުނުގެ އަތޮޅުތަކަށް ވިއްސާރަވުމާއެކު ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދިި ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާ ދެކުނު 3 މޭލާއި 13 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މީގެ އިތުރުން ވިލާގަނޑުގައި... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ނޮޅިވަރަންފަރު ޑަބްލިއުޑީސީން ކުރިއަށް ގެންދާ ކޭކް ޑެކަރޭޝަން ކޯސް ފަށައިފި ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އިންތިޒާމް ކޮށްގެން އެރަށުގައި ކުރިއަށް ގެންދާ އެޑްވާންސް ލެވެލް ކޭކް ޑެކަރޭޝަން ކޯސް ފަށައިފިއެވެ. ޖުމްލަ ދިހަދުވަހުގެ މުއްތަށް ކުރިއަށް ގެންދާ މި ކޯސް ފަށާފައި ވަނީ އިއްޔެއެވެ. މި ކޯސް ކުރިއަށް ދަނީ ޖުމްލަ ދިހަ ބައިވެރިންނާއި އެކުގައެވެ. މި ކޯހާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ދެމުން ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ނަޒްމީނާ އަހްމަދު ބުނީ މި ކޯހުގައި […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ރާއްޖެ ކުރީގެ މިނިސްޓަރު އަމީންގެ ބައްޕަ އެކްސިޑެންޓުވެ، އައިސީޔޫގައި ފަރުވާދެނީ ކުރީގެ ހެލްތު މިނިސްޓަރު ޢަބުދުﷲ އަމީންގެ ބައްޕަ ދުއްވި ސައިކަލުގައި ކާރަކުންޖެހި މިރޭ ހިނގި އެކްސިޑެންޓްގައި ލިބުނު އަނިޔާއަށް އައިސީޔޫގައި ފަރުވާދެމުން އެބަދެއެވެ. އަމީންގެ އިތުރުން ޖަޕާންގައި ހުންނަ ރާއްޖޭގެ ޑެޕިއުޓީ އެމްބެސެޑަރު މުހައްމަދު އަމީތުގެ ބައްޕަ އަހްމަދު މަނިކު 74އ، އެކްސިޑެންޓްވީ މިރޭ އިޝާނަމާދުން ފައިބައިގެން ޗީބޯ ރެސްޓޯރެންޓުކައިރީ ހުންނަ އޭނާ ދިރިއުޅޭ ގެއަށް ދިޔަ މަގުމަތީގައެވެ. މި އެކްސިޑެންޓާގުޅޭ މައުލޫމާތު އަހްމަދު މަނިކުގެ ޢާއިލީ މެންބަރަކު ‘’ތިލަދުން’’ އަށް ހިއްސާކޮށްފައިވ... ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ރާއްޖެ ބުރިޖު ހައިވޭގައި 4 ކާރު ޖެހި އެކްސިޑެންޓެއް ހިނގައިފި ބުރިޖި ހައިވޭގައި 4 ކާރެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ އެކްސިޑެންޓުވީ މާލެއިން ހުޅުމާލެ އަށް ދަތުރުކުރާ ފަޅީގައި ކަމަށެވެ. އަދި އެ ސަަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަކަމަށެވެ. މި އެކްސިޑެންޓާއި ގުޅިގެން ބުރިޖުގެ ޓްރެފިކް ބްލޮކްވެފައިވާ ކަމަށާއި އެހެންކަމުން ބުރިޖުން ދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް އެ އިދާރާ އިން ވަނީ އެދިވަޑައިގެންފައެވެ. މިކަމާއި ގުޅިގެން އިތުރުު ތަފްސީލެއް އަދިހާމައެއް ނުކުރައްވައެވެ. މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ވިޔަފާރި އެލައިޑުން ޓީޗަރުންގެ ދުވަސް ފާހަގަކޮށްފި އެލައިޑް އިންޝުއަރެންސް އާއި އެލައިޑްގެ އިސްލާމިކް ވިންޑޯ އަޔާދީ ތަކަފުލް ގުޅިގެން ޓީޗަރުންގެ ދުވަސް ފާހަގަކޮށްފިއެވެ. އެ ކުންފުނިން ވަނީ ޓީޗަރުންގެ ދުވަސް ފާހަގަކުރުމަށް ގްރޭޓާ މާލެ ސަރަހައްދުގެ 37 ސްކޫލަކަށް ޒިޔާރަތްކޮށްފައެވެ. އަދި، އެ ސްކޫލުތަކުގެ ޓީޗަރުންނަށް ވަނީ ކޭކު ހަދިޔާ ކޮށްފައެވެ. އެލައިޑުން ބުނީ ޓީޗަރުންގެ ދުވަހުގެ ހާއްސަ ހަރަކާތެއް އެ ސްކޫލުން ކުރިއަށް ގެންދިޔައީ ޓީޗަރުން ކުރަމުން އަންނަ ހިދުމަތްތައް އަގުވަޒަން ކުރުމުގެ ގޮތުން ކަމަށެވެ. އަދި ޓީޗަރުންނަކީ ގައުމުގެ ޖީލު ބިނާ ކުރަމުން... އަޙްމަދު ވަހީދު · 3 އަހަރު ކުރިން
ކުޅިވަރު ޔުނައިޓެޑްގައި ކުޅުމުގެ ފުރުޞަތު ނުލިބުނަސް މެގުއާ ގައުމީ ސްކޮޑަށް މި މަހުގެ ނުވަވަނަ ދުވަހުން ސަތާރަވަނަ ދުވަހުގެ ނިޔަލަށް އޮންނަ އިންޓަނޭޝަނަލް ބްރޭކްގައި އިންގްލެންޑުން ކުޅޭ ދެ މެޗަށް އެކުލަވާލި ޓީމުން މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ހެރި މެގުއާއަށް ކޯޗް ސައުތުގޭޓް ފުރުޞަތު ދީފިއެވެ. އަންނަ އިންޓަނޭޝަނަލް ބްރޭކްގައި އިންގްލެންޑުން ދެ މެޗެއް ކުޅޭނެއެވެ. އެއީ އޮސްޓްރޭލިއާއާއި ދެކޮޅަށް ކުޅޭ ރަހުމަތްތެރިކަމުގެ މެޗާއި ޔޫރޯ ކޮލިފައިންގައި އިޓަލީއާއި ދެކޮޅަށް ކުޅޭ މެޗެވެ. މެންޗެސްޓާ ޔުނައިޓެޑްގެ ފުރަތަމަ އެގާރައިން ޖާގަ ހޯދުން މެގުއާއަށް އުނދަގޫވެފައި ވީނަމ... އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ވިޔަފާރި އުރީދޫއިން ފުޓްރެސްޓާ ގުޅިގެން ޓީޗަރުންނަށް ހާއްސަ އޮފާއެއް އުރީދޫ މޯލްޑިވްސް އިން ފުޓްރެސްޓާ ގުޅިގެން ޓީޗަރުންނަށް ހާއްސަ އޮފާއެއް ތައާރަފު ކޮށްފިއެވެ. މިއީ މިއަހަރުގެ ޓީޗަރުންގެ ދުވަހާ ގުޅުވައިގެން އުރީދޫއިން ތައާރަފުކުރޮ އޮފާއެކެވެ. މި އޮފާގެ ދަށުން ޓީޗަރުންނަށް ފުޓްރެސްޓުން 15 އިންސައްތައިގެ ޑިސްކައުންޓެއް ލިބިގެންދާނެއެވެ. ފުޓްރެސްޓަކީ ފައިގެ ތަފާތު ފައިގެތަފާތު މަސާޖުތައް ފޯރުކޮށްދޭ ތަނެކެވެ. މިއީ ބިޒީކޮށް އުޅޭ ފަރާތްތަކަށް “ރިލެކްސް” ކޮށްލަން ވަރަށް ރަނގަޅު ޙިދުމަތެކެވެ. އުރީދޫއިން ޓީޗަރުންނަށް ހާއްސަ މި އޮފާގެ ދަށުން މި މަހުގެ ނިޔަލަށް ފުޓްރެސްޓު... އަޙްމަދު ވަހީދު · 3 އަހަރު ކުރިން
ކޮލަމް ކީރިތި ރަސޫލާ ގެނެސްދެއްވި ފޮތާއި ގޮތުގައި ވަރުގަދައަށް ހިފެހެއްޓުމަށް ހުތުބާގައި ގޮވައިލައިފި ކީރިތި ރަސޫލާ ގެނެސްދެއްވި ފޮތާއި ގޮތުގައި ވަރުގަދައަށް ހިފެހެއްޓުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވައިލައިފިއެވެ. ކީރިތި ރަސޫލާ ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ރަބީއުލް އައްވަލުގެ މައްސަރުގެ މައްޗަށް އަލިއަޅުވައްވާފައިވާ ހުތުބާގައި ވަނީ އެކަލޭގެފާނުގެ ސުންނަތުގައި ވަރުގަދައަށް ހިފަހައްޓައި، ހުރިހައި ޢަމަލުތަކެއްގައި ވެސް ކީރިތި ރަސޫލާ ނަމޫނާއަކަށް ބެލުމަށް ވެސް ގޮވައިލާފައެވެ. މީގެ އިތުރުން ރަބީއުލް އައްވަލު މަހަކީ ބަރަކާތުން ފުރިގެންވާ މަހެއް ކަމަށާއި މި މަހަކީ އާލަމްތަތަކަށް ރަހުމަތެއް... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ކުޅިވަރު ލިވަޕޫލާއި ވެސްޓް ހޭމް މޮޅުވިއިރު ބްރައިޓަން އެއްވަރު ޔުއެފާ ޔޫރޮޕާ ލީގުގެ ގްރޫޕް އީގައި ރޭ ލިވަޕޫލާއި ބެލްޖިއަމްގެ ޔޫނިއަން ސެއިންޓް ބައްދަލުކުރި މެޗު ލިވަޕޫލުން ކާމިޔާބު ކޮށްފިއެވެ. ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ލިވަޕޫލުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއިންނެވެ. ރޭ މެޗުގައި ލިވަޕޫލަށް ފުރަތަމަ ލަނޑު ޖަހައިދިނީ ފުރަތަމަ ހާފު ނިމެން އެއް މިނެޓަށް ވެފައި ވަނިކޮށް ގްރެވެންބާޗްއެވެ. މިއީ އޭނާ ލިވަޕޫލަށް ޖަހައިދިން ފުރަތަމަ ލަނޑެވެ. ދެވަނަ ލަނޑު މެޗުގެ ފަހު މިނެޓްގައި އެ ޓީމުން އުފެއްދި ކައުންޓަ އެޓޭކެއްގައި […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ކުޅިވަރު ލެވަންޑޯސްކީއަށް އަނިޔާވެ މަހެއްހާ ދުވަހަށް ކުޅުމާއި ދުރަށް ބާސެލޯނާއަށް ކުޅެމުން އަންނަ ޕޮލެންޑްގެ ތަޖުރިބާކާރު ފޯވާޑް ރޮބާޓް ލެވަންޑޯސްކީއަށް އަނިޔާވެ މަހެއްހާ ދުވަހު ކުޅުމާއި ދުރުގައި ހުންނަން ޖެހިފައިވާ ކަމުގައި މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. ލެވަންޑޯސްކީގެ ވާތުފައިގެ ކުޑަހުޅަށް އަނިޔާވެފައި ވަނީ ޗެމްޕިއަންސް ލީގުގައ ރޭ ޕޯޓޯއާއި ދެކޮޅަށް ކުޅުނު މެޗުގައެވެ. އެ އަނިޔާގެ ސަބަބުން ފުރަތަމަ ހާފުގެ 34 ވަނަ މިނެޓުގައި އޭނާ ވަނީ ބަދަލުކޮށްފައެވެ. އޭނާ ބަދަލުގައި ފެރާން ޓޯރޭސް ކުޅެން ނުކުތްއިރު 1-0 ގެ ނަތީޖާއިން ބާސާ މޮޅުވި މި މެޗުގައި […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހޯރަފުށީ އެޗްއާރުއެފް ސީސީ ކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި ތިލަދުންމަތީ ހޯރަފުށީ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ “އެޗް އާރު އެފް ސީސީ ކަޕް 2023” ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފިއެވެ. މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން އަންނަ ނޮވެމްބަރ މަހުގެ 01 ވަނަ ދުވަހުގެ 13:30 ގެ ކުރިން އެކަމަށްޓަކައި ތައްޔާރު ކުރެވިފައިވާ އޮންލައިން ފޯމް ފުރިހަމަ ކުރުމަށްފަހު ސަބްމިޓް ކުރެއްވުމަށް ހޯރަފުށީ ކައުންސިލުން އެދިލައްވައެވެ. މުބާރާތުގައި ބައިވެރިވާ ޓީމްތަކުގެ ޓީމް ލިސްޓް ހުށަހެޅުމަށް ބާއްވާ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ ނޮވ... އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން