މަޖިލިސް 48 މެންބަރުންގެ ސޮޔާއެކު، ނަޝީދު ވަކިކުރަން މަޖިލިހަށް ހުށަހަޅައިފި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން ވަކި ކުރަން މަޖިލިހަށް ހުށަހަޅައިފިއެވެ. ނަޝީދުގެ މައްޗަށް އިތުބާރު ނެތް ކަމަށް ނިންމައި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ފާސް ކުރީ މިއަދެވެ. އެގޮތަށް ނިންމީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ. އެ ބައްދަލުވުމުގައި ގިނަ އަދަދެއްގެ މެމްބަރުން ބައިވެރިވެވަޑައިގަތެވެ. އެންމެ ފަހުން، އެ މައްސަލަ މަޖިލިހަށް ހުށަހަޅާފައިވަނީ 48 މެމްބަރުންގެ ސޮޔާއެކުގައި މިރޭގެ ވަގުތެއްގައެ... މުޙައްމަދު · 3 އަހަރު ކުރިން
ކުޅިވަރު އަހަރުތަކަކަށް ފަހު އާސެނަލް އަށް ސިޓީ އަތުން މޮޅެއް އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ އަތުން މޮޅެއް ނުލިބި އޮތް އޮތުމަށް އާސެނަލުން ނިމުން ގެނެސްފިއެވެ. މިރޭ އަމިއްލަ ދަނޑުގައި އާސެނަލުން ސިޓީގެ މައްޗަށް 1-0 ގެ ނަތީޖާއިން ކުރި ހޯދިއިރު، މިއީ 2015 ވަނަ އަހަރު ފަހުން ލީގުގައި ސިޓީ މައްޗަށް އާސެނަލަށް ކުރި ހޯދުނު ފުރަތަމަ ފަހަރެވެ. މި މެޗުގައި އާސެނަލުން ލަނޑު ޖަހާފައި ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނެޓަށްވެފައި ވަނިކޮށެވެ. އޭރިއާ ރޮނގު ކައިރީ ހިރެ މާޓިނެލީ […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ކުޅިވަރު ލިވަޕޫލާއި ބްރައިޓަން އެއްވަރު އިނގިރޭސި ޕްރިމިއާ ލީގުގެ މިރޭ ލިވަޕޫލާއި ބްރައިޓަން ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ބަރައިޓަންގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވެފައި ވަނީ 2-2 ގެ ނަތީޖާއިންނެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ ބްރައިޓަން އިންނެވެ. މި ލަނޑު މެޗުގެ 20 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ސިމޮން އެންޑިންގްރާއެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ ލިވަޕޫލުގެ ފަހަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައިގެންނެވެ. މެޗުގެ 40 ވަނަ މިނެޓުގައި ސަލާހް ވަނީ […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު "ހިޔަލަ" އެކްސްޕޯ މިފަހަރު ހދ. އަތޮޅާއި ށ. އަތޮޅުގައި މިއަހަރުގެ “ހިޔަލަ” އެކްސްޕޯ ހދ އަތޮޅާއި ށ އަތޮޅުގައި ބާއްވަން ނިންމައި، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ބިޒްނަސް ސެންޓަރ ކޯރޕަރޭޝަން (ބީ.ސީ.ސީ) އިން ވިދާޅުވީ މިއީ ބައިނަލްއަގުވާމީ ގެވެށި މަސައްކަތްތެރިންގެ ދުވަހާއި، ދުނިޔޭގެ އަންހެން ވިޔަފާރިވެރިންގެ ދުވަސް ފާހަގަކުރުމަށް، ކަނބަލުންނަށް ޚާއްސަކޮށްގެން ބާއްވާ އެކްސްޕޯއެއް ކަމަށެވެ. މިފަހަރުގެ އެކްސްޕޯ އިންތިޒާމްކުރަނީ އެ ކުންފުނީގެ ކުޅުދުއްފުށި ސިޓީ ބްރާންޗާއި، ކުޅުދުއްފުށި ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ޒިގްޒެގް އިންޓަ އޮފީސް ފުޓްސަލް ޓޯނަމަންޓްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި ހދ. ކުޅުދުއްފުށީގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމިއްޔާއެއް ކަމަށްވާ ޒިގްޒެގް ފޯ ޔޫތު ލިންކޭޖުން އިންތިޒާމް ކޮށްގެން އެ ރަށުގައި ހުރި ސަރުކާރު މުއައްސަސާތަކާއި ކުންފުނިތަކަށް އަމާޒުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ “ޒިގްޒެގް އިންޓަ އޮފީސް ފުޓްސަލް ޓޯނަމަންޓް 2023” ގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިއީ ޒިގްޒެގްގެ ފަރާތުން މި މުބާރާތް ބާއްވާ ނުވަވަނަ ފަހަރެވެ. މި އަހަރުގެ މުބާރާތް ފެށުމަށް ތާވަލު ކޮށްފައި ވަނީ މި މަހުގެ 27 ވަނަ ދުވަހުއެވެ. މި […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ރާއްޖެ ފިހާރައެއްގެ ތެރޭގައި މީހެއްގެ ކަރަށް ވަޅި ހެރި އަންހެން މީހާގެ ބަންދަށް 15 ދުވަސް މާލޭގެ މަޖީދީ މަގުގައި ހުންނަ ފިހާރައެއްގެ ތެރޭގައި ބިދޭސީ މީހެއްގެ ކަރަށް ވަޅި ހެރި އަންހެން މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ. ފުލުހުން އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 29 އަހަރުގެ ދިވެހި އަންހެނަކެވެ. ފުލުހުން މިއަދު ބުނީ އެމީހާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށެވެ. ދައުރުވަމުންދާ ވީޑިއޯއިން ފެނިގެން ދަނީ ޑްރީމް މޯބައިލް ފިހާރައެއް ތެރޭގައި ކަޅު ކުލައިގެ ހެދުމެއް […] މުޙައްމަދު · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅަން އެމްޑީޕީގެ ޕީޖީން ނިންމައިފި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލިހަށް ވެއްދުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން މިއަދު ނިންމައިފިއެވެ. މިއަދު މެންދުރުފަހު ބޭއްވި އެމްޑީޕީގެ ޕީޖީގެ ބައްދަލުވުމުގައި، ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅަން ފާސްކުރީ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ. ނަޝީދު މަގާމުން ވަކި ކުރުމަށް 39 މެމްބަރުންގެ ސޮއި ވަނީ ހަމަވެފައެވެ. މަޖިލިހުގެ ރައީސް ނަޝީދުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށްޓަކައި މިދިޔ... މުޙައްމަދު · 3 އަހަރު ކުރިން
ރާއްޖެ ފަލަސްޠީނު ރައްޔިތުންނަށް މުސްތަގިއްލު ދައުލަތެއް ގާއިމުކޮށް ދިނުމަކީ މުޖުތަމަޢުގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއް: އަދާލަތު ފަލަސްޠީނު ރައްޔިތުންނަށް މުސްތަގިއްލު ދައުލަތެއް ގާއިމުކޮށް ދިނުމަކީ ބައިނަލްއްގުވާމީ މުޖުތަމަޢުގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއް ކަމަށާއި އެހެންކަމުން ލަސްނުކޮށް މި ޒިންމާއަދާކުރުމަށް ޢަދާލަތު ޕާޓީން ގޮވާލައިފިއެވެ. އެ ޕާޓީން މިހެން ގޮވާލާފައިމިވަނީ ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރަމުން އަންނަ އެ ގައުމުގެ ޖަމާއަތެއްކަމަށްވާ، ހަމާސް އިން، އެ ގައުމުގެ ބިންތަކަށް ވެރިވެގަނެގެން ތިބި އިޒްރޭލަށް ކުއްލި ހަމަލާތަކެއްދީ އޮޕަރޭޝަނެއް ފަށާފައިވާ ދަނޑިވަޅެއްގައެވެ. އަދާލަތު ޕާޓީން ކޮށްފައިވާ ޓ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ އިންތިހާބީ ރައީސްގެ އޮފީސް ހިންގުމަށް ސްޓެލްކޯގެ 5 ވަނަ ފަންގިފިލާ އިންތިހާބީ ރައީސްގެ އޮފީސް ހިންގުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) 5 ވަނަ ފަންގިފިލާ ހަމަޖައްސައިފިއެވެ. މިކަން ރައީސް އޮފީހުން ވަނީ ހާމަކުރައްވާފައެވެ. 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅިގެން، ވެރިކަން ބަދަލުވުމުގެ މަރުޙަލާގައި އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން ކުރައްވަންޖެހޭ ކަންތައްތައް ކުރެއްވުމަށްޓަކައި، “އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް” މި ނަމުގައި އިދާރާއެއް، 2023 އޮކްޓޫބަރު 5 ވަނަ ދުވަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ އުފައްދަވާފައެވެ. ވެރިކަން ބަދަލުވުމުގ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ "ވައްކަމާދެކޮޅަށް ވާހަކަދައްކައި ހާމަކުރަން އެންމެ ބޮޑަށް ފުރުސަތު ލިބިގެންދިޔައީ މި ފަސް އަހަރު" ވައްކަމާދެކޮޅަށް ވާހަކަދައްކައި ހާމަކުރަން އެންމެ ބޮޑަށް ފުރުސަތު ލިބިގެންދިޔައީ މި ފަސް އަހަރު ކަމުގައި ރައްޔިތުންގ މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބުދުއްލަތީފް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ކުރައްވާފައިވާ ޓްވީޓެއްގައެވެ. އެ ޓްވީޓުގައި ވިދާޅުވީ ވައްކަން ބަލަންޖެހޭނެ ކަމަށާއި އެއީ މިދައުރު ވިޔަސް، ނިމިދިޔަ ދައުރު ވިޔަސް، އަދި އޭގެ ކުރީ ދައުރަށް ވީނަމަވެސް ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރި ވެފައިވާނަމަ އެކަންކަން ބެލި އަދަބު ލިބެން ޖެހޭ ކަމަށެވެ. މީގެ އިތުރުނ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ޔާމީންގެ އިސްތިއުނާފް އަޑުއެހުން ޕީޖީން އެދިގެން ކެންސަލް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުުގެ އިސްތިއުނާފް ޝަރީއަތް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އެދިގެން މިއަދު ކެންސަލް ކޮށްފި އެވެ. މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށުގައި ޔާމީނަށް އިއްވާފައިވާ ހުކުމާއި ރިޝްވަތު ދިނުމުގެ ކުރުގައި ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް އިއްވާފައި ޖަލު ހުކުމުގެ އިސްތިއުނާފް ޕީޖީން އެދިގެން ކުރިން ވެސް ކެންސަލްކުރި އެވެ. މިއަދު މެންދުރު ފަހު 2:00 އަށް ތާވަލްކުރި ޝަރީއަތް […] ހުސައިން ހަބީބް · 3 އަހަރު ކުރިން
ރާއްޖެ މިއަދު ދެކުނާއި މެދުރާއްޖޭގެ އެކި ހިސާބަށް ގުގުރުމާއެކު ވިއްސާރަކުރާނެ: މެޓް ދެކުނާއި މެދުރާއްޖޭގެ އެކި ހިސާބަށް ގުގުރުމާއެކު މިއަދު ވިއްސާރަކުރާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއްޖެއެވެ. އެ އިދާރާ އިން ނެރުނު މޫސުމީ ބުލެޓިންގައި ވާގޮތުން ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް ފާހަގކުރައްވާފައިވެއެވެ. މިއަދުގެ އިރު އޮއްސި 6 ޖެހުމާއި ހަމައަށް ރާއްޖޭގެ މޫސުން ލަފާކުރާގޮތަށް ބަލައިލާ ނެރެފައިވާ މި ބުލެޓިން ގައި އިތުރަށް ވިދާޅުވެފައިވަނީ އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރިނަމަވެސް، އެ ސަރަހައްދަށް މޫސުން އާއްމުގޮތެއްގައި ރަނގަޅުވާނ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހއ. އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް ސްޕޮންސަރ ކުރުމުގެ ފުރުޞަތު ހުޅުވާލައިފި ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ހއ.އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ “ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް 1445” ސްޕޮންސަރ ކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތަކީ ފާއިތުވި ދެ އަހަރު ރަމަޞާން މަހު ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުގެ ފަރާތުން “ދިއްދޫ އެންމެ އަލިގަދަތަރި” ނަމުގައި ކުރިއަށް ގެންގޮސްފައިވާ މުބާރާތެކެވެ. އެ ދެ އަހަރު މި މުބާރާތް ހާއްސަ ކޮށްފައި ވަނީ ދިއްދޫގައި ދިރިއުޅޭ ފަރާތްތަކަށެވެ. ނަމަވެސް މިދިޔަ އަހަރުގެ މުބާރާތް ނިންމުމުގެ […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހިޔާ ފްލެޓުން ވެއްޓުނު އައިހަމް ނިޔާވެއްޖެ، ކަށުނަމާދު މިއަދު 10:00ގައި ހުޅުމާލެ ފޭސް 2 ގެ ހިޔާ ޓަވަރެއްގެ ފްލެޓަކުން ރޭ ވެއްޓުނު ކުއްޖާ ނިޔާވެއްޖެއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މި ކުއްޖާ އަކީ ހއ. ދިއްދޫ، ޝަމަންވިލާ، އުމުރުން 15 އަހަރުގެ މުހައްމަދު އައިހަމް އިސްމާއީލް އެވެ. އެ ކުއްޖާ ވެއްޓިފައި އޮތްތަނުގައި ގިނަ އަދަދެއްގެ ލޭ ހުރިއިރު، އެ ކުއްޖާ ވެއްޓުމުން ވަނީ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އެ ކުއްޖާ ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން ކަނޑައެޅީ ރޭ 00:45 ހާއިރުއެވެ. ހިޔާ ޓަވަރެއްގެ 12 ވަނަ ފަންގިފިލާއިން ކުއްޖަކު […] ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ރާއްޖެ އެކްސިޑެންޓްގައި އަނިޔާވި ކުރީގެ މިނިސްޓަރު އަމީންގެ ބައްޕަ ނިޔާވެއްޖެ ހުކުރު ދުވަހުގެ ރޭ އިޝާނަމާދުން ފައިބައިގެން ސައިކަލްގައި ގެއަށް އަންނަނިކޮށް އެކްސިޑެންޓްވެ އަނިޔާވި، ކުރީގެ ހެލްތު މިނިސްޓަރު ޢަބުދުﷲ އަމީންގެ ބައްޕަ ރޭ ނިޔާވެއްޖެއެވެ. އަމީންގެ އިތުރުން ޖަޕާންގައި ހުންނަ ރާއްޖޭގެ ޑެޕިއުޓީ އެމްބެސެޑަރު، މަޑުއްވަރީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަމީތުގެ ބައްޕަ އަހްމަދު މަނިކު 74 (އަހަރު) އެކްސިޑެންޓްވީ ހުކުރު ދުވަހުގެ ރޭ އިޝާނަމާދުން ފައިބައިގެން ޗީބޯ ރެސްޓޯރެންޓުކައިރީ ހުންނަ އޭނާ ދިރިއުޅޭ ގެއަށް ދިޔަ މަގުމަތީގައެވެ. ކުރީގެ މިނިސްޓަރު އަމީންގެ ބައްޕަ އެކ... ޔުމްނާ ޢަލީ · 3 އަހަރު ކުރިން