މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ކަސްޓަމަރުންނަށް ހާއްސަ ލަކީޑްރޯއަކާއެކު އާބަންކޯއިން ކަސްޓަމަ ސާވިސް ހަފުތާ ފާހަގަކުރަނީ

ކަސްޓަމަރުންނަށް ހާއްސަ ލަކީޑްރޯއަކާއެކު އާބަންކޯއިން ކަސްޓަމަ ސާވިސް ހަފުތާ ފާހަގަކުރަނީ

ކަސްޓަމަރުންނަށް ހާއްސަ ލަކީޑްރޯއަކާއެކު އާބަންކޯއިން ބައިނަލްއަގުވާމީ ކަސްޓަމަ ސާވިސް ހަފުތާ ފާހަގަކުރަން ފަށައިފިއެވެ. މި ހަފުތާ ފާހަގަކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 8 ން 12 އަށެވެ. މި މުއްދަތުގެ ތެރޭގައި އާބަންކޯއިން ހިދުނަތް ހޯދާ ކަސްޓަމަރުންގެ މެދުގައި ލަކީޑްރޯއެއް ބާއްވާނެއެވެ. މި ލަކީޑްރޯގައި ތިން ނަސީބުވެރިން ހޮވާނެއެވެ. މި ތިން ނަސީބުވެރިންނަށް ކުޑަގިރިއަށް ހިލޭ ދަތުރެއް ވަނީ ހުށަހަޅައިފައެވެ. އާބަންކޯއިން ވަނީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ފުރިހަަމަ ހިދުމަތެއް ދިނުމުގައި ކަސްޓަމަ...

އަޙްމަދު ވަހީދު
ހަނިމާދޫ ކައުންސިލުގެ ޤުރުއާން ކްލާހުގައި ބައިވެރިވާން ހުޅުވާލައިފި

ހަނިމާދޫ ކައުންސިލުގެ ޤުރުއާން ކްލާހުގައި ބައިވެރިވާން ހުޅުވާލައިފި

ހދ. ހަނިމާދޫ ކައުންސިލުގެ ގުރުއާން ކްލާހުގައި ބައިވެރިވާނެ ދަރިވަރުން ހޯދަން އިއުލާން ކޮށްފިއެވެ. އެ އިދާރާ އިން ކުރައްވާފައިވާ އިއުލާނެއްގައި ވިދާޅުވީ މިއީ އުމުރުން 4 އަހަރާއި 17 އަހަރާއި ދެމެދުގެ ދެ ޖިންސުގެ ކުދިންނަށް އަމާޒުކޮށްގެން ހިންގުމަށް ނިންމާފައިވާ ގުރުއާން ކުލާހެއް ކަމަށެވެ. އަދި މި ކުލާހުގައި ބައިވެރިވާ ދަރިވަރުންގެ ފީ އަކީ މަހަކު 200 ރުފިޔާ ކަމަށެވެ. މި ކުލާހުގައި ބައިވެރިވާން އެދޭ ދަރިވަރުން “ޤުރްއާން ކްލާހަށް ވަނުމަށް އެދި ހުށަހަޅާ ފޯމު” ފުރިހަމަކުރުމަށް ފަހު، […]

މުޙައްމަދު އަފްރާޙް
އިސްރާއީލުން ދެމުންގެންދާ ހަމަލާތައް ވަގުތުން ހުއްޓައިލުމަށް އެމްޑީޕީން ގޮވައިލައިފި

އިސްރާއީލުން ދެމުންގެންދާ ހަމަލާތައް ވަގުތުން ހުއްޓައިލުމަށް އެމްޑީޕީން ގޮވައިލައިފި

ފަަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ދެމުންގެންދާ ހަމަލާތައް ވަގުތުން ހުއްޓައިލުމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ގޮވައިލައިފިއެވެ. އެ ޕާޓީން ނެރުނު ނޫސްބަޔާނެއްގައި ވަނީ ޔަހޫދީން އަޅުވެތިކޮށްފައިވާ ފަލަސްޠީނުގެ ޣައްޒާގައި ދިރިއުޅޭ މުސްލިމް އަޚުންނާއި އުޚްތުންނާ ދެކޮޅަށް އިސްރާޢީލުގެ އަސްކަރިއްޔާ އިން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާއި ހަނގުރާމައިގެ ކުށްތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. ފަލަސްޠީނުގެ ކުށެއް ނެތް މުސްލިމުން ޝަހީދުކޮށް، އެ މީހުންގެ ލޭއޮހޮ...

މުޙައްމަދު އަފްރާޙް
ދައުލަތުގެ ބަޖެޓު އެކުލަވާލުމަށް އިންތިހާބީ ރައީސްގެ ފަރާތްޕުޅުން ކޮމެޓީއެއް

ދައުލަތުގެ ބަޖެޓު އެކުލަވާލުމަށް އިންތިހާބީ ރައީސްގެ ފަރާތްޕުޅުން ކޮމެޓީއެއް

އަންނަ އަހަރަށް ލަފާކުރާ ދައުލަތު ބަޖެޓް އެކުލަވާލުމުގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން މަސައްކަތް ކުރާނެ ކޮމިޓީއެއް އުފައްދަވައިފިއެވެ. މިކަން ހާމަކުރެއްވީ އިންތިގާލީ މަރުހަލާގެ ތަތުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުުގައެވެ. އޭނާ ވިދާޅުވީ އެ ކޮމެޓީ އެކުލަވައިލާ، މިހާރުވަނީ މަސައްކަތް ފަށާފައި ކަމަށެވެ. އަދި މިއީ ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް ކަމަށެވެ. އެހެންނަމަވެސް އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ނަ...

މުޙައްމަދު އަފްރާޙް
އިންތިހާބީ ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ޖުމްހޫރީ މައިދާނުގައި

އިންތިހާބީ ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ޖުމްހޫރީ މައިދާނުގައި

އިންތިހާބީ ރައީސް, ޑރ. މުހައްމަދު މުއިއްޒު، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާ ކުރެއްވުން އޮންނާނީ އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ކަމަށް އިންތިގާލީ ތަރުމާން މުހައްމަދު ފިރުޒުލް އަބްދުﷲ ވިދާޅުވެއްޖެއެެވެ. ނޫސްވެރިންނަށް މައުލުމާތު ދެއްވަމުން އޭނާ ވިދާޅުވީ ޑރ. މުއިއްޒު އެދިވަޑައިގެންނެވީ އެ ރަސްމިއްޔާތު ނޮވެންބަރު މަހުގެ 17 ވަނަ ދުވަހު ހަވީރު ޖުމްހޫރީ މައިދާނުގައި ބޭއްވުމަށް ކަމަށެވެ. އަދި އެގޮތަށް ކަންތައް ތަރުތީބުވަމުން އަންނަ ކަމުގެ ޔަގީންކަން މަޖިލީހުން ދެއްވާފައިވާ ކަމަށް...

މުޙައްމަދު އަފްރާޙް
އިންތިހާބީ ރައީސްގެ އޮފީހުން ސަރުކާރަށް ކުރި ތުހުމަތުތައް ސަރުކާރުން ދޮގު ކޮށްފި

އިންތިހާބީ ރައީސްގެ އޮފީހުން ސަރުކާރަށް ކުރި ތުހުމަތުތައް ސަރުކާރުން ދޮގު ކޮށްފި

އިންތިހާބީ ރައީސްގެ އޮފީހުން ސަރުކާރަށް ކުރެއްވި ތުހުމަތުތައް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ދޮގު ކުރައްވައިފިއެވެ. މ. ދިމްޔާތުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިހާބީ ރައީސްގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވީ ސަރުކާރުގެ ލިޔެކިއުންތަކަށް ބަދަލު ގެންނަ ކަމުގެ މައުލޫމާތާއި އައު ވަޒީފާތައް އުފެއްދުމާއި ވަޒީފާއަަށް މީހުން ނެގުން ފަދަ ކަންތައްތައް ކުރަމުން ގެންދާ ކަމުގެ މައުލޫމާތު ތަކުރާރުކޮށް ލިބެމުން އަންނަކަމަށެވެ. އެހެންކަމުން އެފަ...

މުޙައްމަދު އަފްރާޙް
ޔާމީން ގެއަށް ބަދަލުކުރީ ސިއްހީ ނުރައްކަލެއްގެ ސަބަބުން: އެމްސީއެސް

ޔާމީން ގެއަށް ބަދަލުކުރީ ސިއްހީ ނުރައްކަލެއްގެ ސަބަބުން: އެމްސީއެސް

11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކުރީ ސިއްހީ ނުރައްކަލެއްގެ ސަބަބުން ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އިން ވިދާޅުވެއްޖެއެވެ. ކަރެކްޝަނުގެ މީޑިއާ އޮފިޝަލް އާމިނަތު ޔުސްރީން އަހުމަދާއި ހަވާލާދެއްދައި، ރާއްޖޭގެ އޮންލައިނެއް ކަމަށްވާ “އަދަދު” ނޫހުގައި ވަނީ ރިޝްވަތާއި މަނީލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ގެންދަވާ ޔާމީން ގެއަށް ބަދަލުކުރީ ސިއްހީ ނުރައްކަލެއްގެ ސަބަބުން ކަމަށެވެ. ޔާމ...

މުޙައްމަދު އަފްރާޙް
މަޖިލިސް ޖަލްސާ މިއަދު ކުރިއަށް ނުގެންދިޔައީ ރޭވުމަކުން: އަސްލަމް

މަޖިލިސް ޖަލްސާ މިއަދު ކުރިއަށް ނުގެންދިޔައީ ރޭވުމަކުން: އަސްލަމް

މިއަދު ބާއްވަން ތާވަލުކުރި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރިއަށް ނުގެންދިޔައީި ގަސްދުގައި ރާވައިގެން ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ޕީޖީ ގުރޫޕްގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. އެމްޑީޕީ ޕީޖީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ކޯރަމް ހަމަ ނުވެގެން މަޖިލިސް މެދުކަނޑާލީ މީގެ ކުރިން ޢަމަލުކުރާ އުސޫލަކުން ނޫން ކަމަށެވެ. އަދި ޖަލްސާ ހުއްޓާލާފައިވަނީ ހުއްޓާލަންޖެހޭ ގޮތަކަށް ނޫން...

މުޙައްމަދު އަފްރާޙް
ނަޝީދު މަގާމުން ވަކިކުރުމުގެ ގަރާރު ވަނީ ލިބިފައި: މަޖިލިސް އިދާރާ

ނަޝީދު މަގާމުން ވަކިކުރުމުގެ ގަރާރު ވަނީ ލިބިފައި: މަޖިލިސް އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ ގަރާރެއް ލިބިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ވިދާޅުވެއްޖެއެވެ. އެ އިދާރާ އިން ވިދާޅުވީ މި މައްސަލަ ގާނޫނު އަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށްގެންދެވޭނެ ކަމަށެވެ. ނަޝީދު މަޖިލީހުގެ ރައީސްގެ މަގާމުން ވަކި ކުރަން މަޖިލިހަށް ހުށަހަޅާފައިވަނީ 48 މެމްބަރުންގެ ސޮޔާއެކުގައި ރޭގެ ވަގުތެއްގައެވެ. މަޖިލިހަށް ހުށަހެޅި ގަރާރުގައި ވަނީ މަޖިލީހުގެ އެޖެންޑާ ކަނޑައެޅުމާއި މަޖިލީހުގެ ތަޅުމ...

މުޙައްމަދު އަފްރާޙް
ކުޑަގިރި ފަރަށް އެރި ބޯޓު ރާއްޖެއިން ފުރުން މަނާކޮށްފި

ކުޑަގިރި ފަރަށް އެރި ބޯޓު ރާއްޖެއިން ފުރުން މަނާކޮށްފި

ކ. ކުޑަގިރި ފަރަށް އެރި ބޯޓު ރާއްޖެ އިން ފުރުން މަނާކުރަން ސިވިލް ކޯޓުން އަމުރެއް ނެރެފި އެވެ. މިދިޔަ ޖެނުއަރީ މަހު ކުޑަގިރި ފަރަށް އެރި އޭއެމް އެމްއެސްވީ މަރިޔާ ސިންތަޔަތިރައި ރިޔަނަ ބޯޓު އެ ފަރަށް އެރި މައްސަލާގައި އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ވަނީ އެ އުޅަނދުގެ ވެރިފަރާތް ތިން މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފަ އެވެ. ޖޫރިމަނާ ފައިސާ ނުދައްކާތީ އެ މައްސަލަ އީޕީއޭ އިން ސިވިލް ކޯޓަށް ހުށަހެޅުމަށް […]

ހުސައިން ހަބީބް
ބީއެމްއެލް ސްކޫލްތަކުގެ ފެތުމުގެ މުބާރާތް ފަށައިފި

ބީއެމްއެލް ސްކޫލްތަކުގެ ފެތުމުގެ މުބާރާތް ފަށައިފި

ބީއެމްއެލް އިންޓަސްކޫލް ސްވިމިން ކޮމްޕެޓިޝަން (ސްކޫލްތަކުގެ ފެތުމުގެ މުބާރާތް) ފަށައިފިއެވެ. މިއަދު ފެށި މި މި މުބާރާތަކީ 19 ވަނަ ސްކޫލްތަކުގެ ފެތުމުގެ މުބާރާތެވެ. މިއަހަރުގެ މުބާރާތުގައި 500އަށްވުރެ ގިނަ ފެތުންތެރިން ބައިވެރިވެއެވެ. މުބާރާތުގައި ބައިވެރިވާ ފެތުންތެރިންނަށް ބީއެމްއެލުން ވަނީ ކާމިޔާބީއަށް އެދިފައެވެ. މި މުބާރާތް ބީއެމްއެލުން ކުރިއަށްގެންދަނީ ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ ގުޅިގެންނެވެ. ބީއެމްއެލުން ވަނީ އިއްޔެ ކުޑަކުދިންނަށް ހާއްސަކޮށްގެން ފެތުމުގެ ފެސްޓިވަލެއްވެސް ކުރިއ...

އަޙްމަދު ވަހީދު
ޕޯސްޓް އޮފީހުގެ ނަމުގައި ސްކޭމް މެސެޖުތަކެއް، ސަމާލުވޭ!

ޕޯސްޓް އޮފީހުގެ ނަމުގައި ސްކޭމް މެސެޖުތަކެއް، ސަމާލުވޭ!

ފައިސާ ހޯދުމަށްޓަކައި ޕޯސްޓް އޮފީހުގެ ނަމުގައި ސްކޭމް މެސެޖުތަކެއް ފޮނުވަމުންދާތީ ސަމާލުވުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސްކޮށްފިއެވެ. ފުލުހުން ކުރި ޓްވީޓެއްގައި ބުނީ، މަކަރާއި ހީލަތުން ފައިސާ ހޯދާ ފަރާތްތަކުން ޕޯސްޓް އޮފީހުގެ ނަމުގައި މެސެޖުތަކެއް ފޮނުވަމުން އަންނަކަމަށެވެ. މިފަދަ މެސެޖު ލިބުނަސް، މެސެޖުގައި ވާ ލިންކަށް ނުފިއްތުމަށް ފުލުހުން އިލްތިމާސްކުރެއެވެ. ސްކޭމް މެސެޖުތަކާއި ކޯލުތަކުގެ މައްސަލަ ދޭތެރެ ދޭތެރެއިން ފެންމަތިވެއެވެ. ދާދިފަހުން ޕޯސްޓުގެ ހިދުމަތް ދޭ ޑީއެޗްއެލްގެ ނަމުގ...

އަޙްމަދު ވަހީދު
ސައުދީ އިން ރާއްޖެއަށް 300 އަށްވުރެ ގިނަ ސްކޮލާޝިޕް

ސައުދީ އިން ރާއްޖެއަށް 300 އަށްވުރެ ގިނަ ސްކޮލާޝިޕް

ސައުދީ އަރަބިއާ އިން ރާއްޖެއަށް 300 އަށްވުރެ ގިނަ ސްކޮލާޝިޕް ދީފިއެވެ. ރާއްޖޭގެ މަތީ ތައުލީމާއި ބެހޭ ވުޒާރާ އިން ވިދާޅުވީ ސައުދި އަރަބިއާ ގެ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ރާއްޖެ އަށް 300 އަށް ވުރެ ގިނަ ސްކޮލާޝިޕް ފުރުސަތު ދީ، ކުރިމަތިލާން ހުޅުވާލާފައިވާ ކަމަށެވެ. މި ސްކޮލާޝިޕްތަކުގެ ތެރޭގައި ކޮމްޕިއުޓާ ސައިންސް، އެގްރިކަލްޗާ، އެޑިއުކޭޝަނަލް ސްޕެޝަލިޓީޒް، އިސްލާމް އެންޑް އަރަބް ލޭންގްވޭޖް، އިންޖިނިއަރިން، އިކޮނެމި، ޕޮލިޓިކްސް، ލޯ، މީޑިއާ އަދި ބިޒްނަސް މެނޭޖްމަންޓް ފަދަ ދާއިރާތަކުގެ […]

މުޙައްމަދު އަފްރާޙް
ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އެކަކުގެ ފައި ޗިސްވެއްޖެ

ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އެކަކުގެ ފައި ޗިސްވެއްޖެ

ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ދެމީހަކަށް އަނިޔާވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓުގައި އަނިޔާވި ދެމީހުންނަށް ވެސް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ. ހުޅުމާލޭގައި ހުރި މީހަކު ‘ތިލަދުން’ އަށް ބުނީ މި އެކްސިޑެންޓް ހިނގީ ހުޅުމާލޭ ފޭސް އެކެއްގެ އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސް ކުރިމަތިން ކަމަށާއި އަނިޔާވި މީހުން ޓްރީ ޓޮޕް ހޮސްޕިޓަލަށް ގެންދިޔައީ ވެސް އެމްއެންޑީއެފްގެ ސިފައިން ކަމަށެވެ. “މި އެކްސިޑެންޓްވީ ކަންނެލި ޖެޓީން މަގަށް ނިކުތް ސައިކަލަކާއި...

މުޙައްމަދު އަފްރާޙް
އިސްރާއީލްގެ 30 އަށް ވުރެ ގިނަ މީހުން ތިބީ ރަހީންކޮށްފައި: އިސްލާމިކް ޖިހާދު

އިސްރާއީލްގެ 30 އަށް ވުރެ ގިނަ މީހުން ތިބީ ރަހީންކޮށްފައި: އިސްލާމިކް ޖިހާދު

ފަލަސްތީނާއި އިސްރާއީލާ ދެމެދު މިހާރު ހިނގަމުން އަންނަ ހަމަނުޖެހުންތަކުގައި އިސްރާއީލްގެ 30 އަށް ވުރެ ގިނަ މީހުން ރަހީނުކޮށްފައިވާ ކަމަށް ފަލަސްތީން ރައްޔިތުންގެ ދިފާއުގައި މަސައްކަތް ކުރާ ޖަމާއަތެއް ކަމަށްވާ އިސްލާމިކް ޖިހާދުން ބުނެފިއެވެ. އިސްލާމިކް ޖިހާދުގެ ލީޑަރު ޒިޔާދު ނަކަލް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ރަހީންކޮށްފައި ތިބި މީހުން ޣައްޒާ އަށް ގެންގޮސްފައިވާ ކަމަށެވެ. “ހަނގުރާމައިގެ އަސީރުންގެ ގޮތުގައި ގިނަ އަދަދެއްގެ ސިފައިންނާއި އާންމުން އަހަރުމެންގެ ބާރުގެ ދަށުގައި އެބަތިބި. އިސްލާމިކް...

މުޙައްމަދު