މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
މަކުނުދޫގައި ދެން އެއާޕޯޓެއް ނާޅާނެ: ރާޢީ

މަކުނުދޫގައި ދެން އެއާޕޯޓެއް ނާޅާނެ: ރާޢީ

މަކުނުދޫ އެއާޕޯޓު މި ސަރުކާރުން ނާޅާނެ ކަމަށާއި، މި ސަރުކާރުން ހއ. އަތޮޅާއި، ހދ. އަތޮޅު ބޮޑުތަނުން ބާކީކޮށްލާނެ ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ. މަކުނުދޫގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް މިދިޔަ އެމްޑީޕީގެ ސަރުކާރުން ވަނީ ފަށާފައެވެ. މިގޮތުން ވެރިކަމުގެ ފަހު އަހަރު (2023 ވަނަ އަހަރު) ޖޫން މަހުގެ 22 ވަނަ ދުވަހު މަކުނުދޫ އެއާޕޯޓު އަޅަން ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ބިގް ފިޝް ކުންފުންޏާއި ވަނީ ހަވާލުކޮށްފައެވެ. އަދި […]

ޔުމްނާ ޢަލީ
ޤުރްއާނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމްތަކުގައި ބައިވެރިވާން ހުޅުވާލައިފި

ޤުރްއާނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމްތަކުގައި ބައިވެރިވާން ހުޅުވާލައިފި

ކީރިތި ޤުރްއާނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމާއި މުރާޖަޢާ ޕްރޮގްރާމްގައި ބައިވެރިވާން ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ރޭ ހުޅުވައިލައިފިއެވެ. ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ރޭ ކުރި ޢިއުލާނެއްގައި ބުނެފައިވަނީ، އިސްލާމީކަންތައްތަކާބެހޭ ވުޒާރާއާއި ގުޅިގެން އެ މަރުކަޒުގެ ފަރާތުން ޤުރްއާނަށް އަހުލުވެރި ކުރުމުގެ ޕްރޮގްރާމް ތަކެއް ފެށުމަށް ނިންމާފައިވާތީ، އެ ޕްރޮގްރާމްތަކުގައި ބައިވެރިވާން ހުޅުވާލާކަމަށެވެ. މިގޮތުން އެ މަރުކަޒާއި، އިސްލާމީކަންތައްތަކާބެހޭ ވުޒާރާ ގުޅިގެން ކުރިއަށް ގެންދަން...

ޔުމްނާ ޢަލީ
އެންމެ މޮޅު ކުޅުންތެރިއަކަށް މެސީ، އެންމެ މޮޅު ކޯޗަކީ ގާޑިއޯލާ

އެންމެ މޮޅު ކުޅުންތެރިއަކަށް މެސީ، އެންމެ މޮޅު ކޯޗަކީ ގާޑިއޯލާ

ފީފާގެ ބެސްޓް އެވޯޑްސް އިން ހޮވާ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް އާޖެންޓީނާގެ ކެޕްޓަން ލައޮނަލް މެސީއަށް ލިބިއްޖެއެވެ. މި އެވޯޑް މިހާރު ދެމުންދާ ގޮތަށް ފޯމެޓް ބަދަލުކޮށްފައި ވަނީ 2016 ވަނަ އަހަރުއެވެ. އޭގެ ފަހުން މެސީ މިވަނީ މި އެވޯޑް ތިން ފަހަރު ހޯދާފައެވެ. ކުރިން މެސީ ވަނީ މި އެވޯޑް 2019 ވަނަ އަހަރާއި 2022 ވަނަ އަހަރު ހޯދާފައެވެ. ރޭ އެވޯޑް ފަހްލާއަށް މެސީ ހާޒިރުވެފައި ނުވެއެވެ. މެސީއާއި އެންމެ […]

އިބްރާހިމް ޚަލީލް
ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (23)

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (23)

ކުރީގެ އަދަދާއިގުޅޭ: ” މި ގުޅުން ނިންމާލިޔަސް މިހިތުގައި ތި ނޫން ލޯތްބެއް ނުހިނގާނެ! ދުވަހަކުވެސް…” އެހެން ބުނުމަށްފަހު މާހިލް އަވަސް އަވަހަށް ނިކުންނަން ހިނގައިގަތެވެ. މާހިލް ނިކުމެގެން ދިޔައިރުގައިވެސް ޖުމާއަށް ހުރެވުނީ ބަލަހައްޓައިގެންނެވެ. ” މާހިލް އެހެން މީހަކާއެކު އުޅޭތަން ބަލަން އަހަންނަށް ދެނެއް ކެތެއް ނުކުރެވޭނެ! ކުޑަދުވަސްކޮޅެއްގެ ތެރޭގައި މާހިލްދެކެ އަހަންނަށް ވަރަށް ބޮޑަށް ލޯބިވެވިއްޖެ! އަހަރެން ދެން މިތާ އުޅޭކަށްވެސް ބޭނުމެއް ނޫން… ބޭނުމެއް ނޫން” އެނދުގައި އިށީނދެލަމުން ޖުމާއަށް އަމ...

ސަލާމާ ޢަބްދުލް ޢަލީމް
ޤުރްއާން ކިޔަވާނެ މީހުންގެ ދަފުތަރެއް އެކުލަވައިލަނީ

ޤުރްއާން ކިޔަވާނެ މީހުންގެ ދަފުތަރެއް އެކުލަވައިލަނީ

ރަސްމީ ޖަލްސާތަކުގައި ޤުރްއާން ކިޔަވާނެ ފަރާތްތަކުގެ ދަފުތަރެއް އެކުލަވާލުމަށް ނިންމައި، އެ ދަފުތަރުގައި ބައިވެރިވުމުގެ ފުރުސަތު ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން މިރޭ ހުޅުވައިލައިފިއެވެ. ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ކުރި ޢިއުލާނެއްގައި ބުނީ، ރަސްމީ ޖަލްސާތަކުގައި ޤުރްއާން ކިޔަވާނެ ފަރާތްތަކުގެ ދަފުތަރެއް އެކުލަވާލުމަށް ބޭނުންވާކަމަށެވެ. އެހެންކަމުން ޖަލްސާތަކުގައި ތަޖުވީދުމަގުން ރީތިކޮށް ޤުރްއާން ކިޔެވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ވަނީ އެ ދަފުތަރުގައި ބައިވެރިވުމުގެ ފުރުސަތު ހުޅު...

ޔުމްނާ ޢަލީ
މާލޭ ސޯޝަލް ސެންޓަރުގައި މެޑިކަލް ފެސިލިޓީއެއް އިފްތިތާޙްކޮށްފި

މާލޭ ސޯޝަލް ސެންޓަރުގައި މެޑިކަލް ފެސިލިޓީއެއް އިފްތިތާޙްކޮށްފި

މާލޭގެ ސޯޝަލް ސެންޓަރުގައި މިނިމަމް މެޑިކަލް ރިކުއަޔާމަންޓްސް ފެސިލިޓީ މިރޭ އިފްތިތާޙްކޮށްފިއެވެ. ކުޅިވަރު ކުޅޭ ތަންތަނުގައި ހުންނަ މެޑިކަލް ރޫމް، ދަށްވެގެން ވަކި ޞިއްޙީ މިންގަނޑެއްގައި ޤާއިމުކޮށްފައި ހުންނަންޖެހެއެވެ. މިގޮތުން މާލޭގެ ސޯޝަލް ސެންޓަރުގައި މިނިމަމް މެޑިކަލް ރިކުއަޔާމަންޓްސް ފެސިލިޓީ އިފްތިތާހްކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި މި ފެސިލީ އިފްތިތާޙްކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. ސޯޝަލް ސެންޓަރުގައި މި ފެސިލިޓީ ގާއިމުކުރީ ޤައުމީ އަދި ބައިނަލްއަޤްވާމީ ކުޅިވަރު މުބާ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީގެ ހައުސިން މަޝްރޫއުތައް އަވަހަށް ނިންމައިދިނުމަށް މޭޔަރު އެދިވަޑައިގެންފި

ކުޅުދުއްފުށީގެ ހައުސިން މަޝްރޫއުތައް އަވަހަށް ނިންމައިދިނުމަށް މޭޔަރު އެދިވަޑައިގެންފި

ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށި ސިޓީގައި ހިންގަން ހަމަޖެހިފައިވާ އަދި ފަށާފައިވާ ހައުސިން މަޝްރޫއުތައް އަވަހަށް ނިންމައި ދިނުމަށް އެ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ސަރުކާރަށް ގޮވާލައްވައިފިއެވެ. މިކަމާއި ގުޅިގެން އާތިފް މިއަދު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރުން މިހާރު ކުޅުދުއްފުށި ސިޓީގައި އަޅަން ފަށާފައިވާ 400 ހައުސިން ޔުނިޓާއި، ކޮންޓްރެކްޓަރ ފައިނޭންސްއިން، އެ ސިޓީގައި 1000 ހައުސިންޔުނިޓް އެޅުމަށް އެމެރިކާގެ ސްޓްރަކްޗަރސް އަންލިމިޓެޑްއާއި ފަހިދިރިއުޅުން ކޯޕަރޭޝަންއާއި ދެ...

އިބްރާހިމް ޚަލީލް
އެސްޓީއޯ ރަމަޒާން ބާޒާރު ފަށައިފި، މިފަހަރު 300،000 ރުފިޔާގެ އަގުހުރި އިނާމްތައް!

އެސްޓީއޯ ރަމަޒާން ބާޒާރު ފަށައިފި، މިފަހަރު 300،000 ރުފިޔާގެ އަގުހުރި އިނާމްތައް!

ރޯދަ މަހަށް ހާއްސަކޮއް އެސްޓިއޯއިން ކޮންމެ އަހަރަކުވެސް ބައްވާ “ރަމަޒާން ބާޒާރު” ޕްރޮމޯޝަންގެ މިއަހަރުގެ ޕަރޮމޯޝަން މިރޭ ފަށައިފިއެވެ. މިރޭ އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ޕްރޮމޯޝަން ފައްޓަވައިދެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދި އިބްރާހިމެވެ. އެސްޓީއޯ ރަމަޒާން ބަޒާރަކީ ވިޔަފާރިކުރައްވާ ފަރާތްތަކުގެ ތެރޭގައި އެންމެ މަގްބޫލް އެއް ސޭލްއެވެ. އެހެން އަހަރު ތަކެކޭވެސް އެއްގޮތަށް މި އަހަރުގެ އެސްޓީއޯ ރަމަޒާން ބަޒާރުގައި ވެސް ހިތްގައިމު ގިނަ ޑިސްކައުންޓްތަކެއް އ...

އަޙްމަދު ވަހީދު
އުތީމު ގަނޑުވަރު ސަރަހައްދު ލޭންޑްސްކޭޕް ކުރުމަށް ކުރެހުމުގެ މަސައްކަތް ކުރަން ހަވާލުކޮށްފި

އުތީމު ގަނޑުވަރު ސަރަހައްދު ލޭންޑްސްކޭޕް ކުރުމަށް ކުރެހުމުގެ މަސައްކަތް ކުރަން ހަވާލުކޮށްފި

އުތީމު ގަނޑުވަރު ސަރަހައްދު ލޭންޑްސްކޭޕް ކުރުމަށް ކުރަންޖެހޭ ތަފްސީލީ ކުރެހުމުގެ މަސައްކަތް ކުރަން ބަޔަކާ ހަވާލުކޮށްފިއެވެ. އުތީމު ކައުންސިލުން ބުނީ އެރަށު ގަނޑުވަރު ސަރަޙައްދު ލޭންޑްސްކޭޕް ކުރުމަށްޓަކައި ތަފްޞީލީ ކުރެހުން ތައްޔާރު ކޮށްދިނުމުގެ މަސައްކަތް ރިޔަން ޕްރައިވެޓް ލިމިޓެޑް އާއި ހަވާލުކޮށްފައިވާ ކަމަށެވެ. މި މަސައްކަތް ހަވާލުކޮށްފައި ވަނީ މަދުވެގެން 56 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަސައްކަތުގެ އަގަކީ 194،000 ރުފިޔާ ކަމަށް އުތީމު ކައުންސިލުން މައުލޫމާތު ދެއެވެ. އުތީމު ގަނޑުވަރުވަ...

ޔުމްނާ ޢަލީ
ވީއައިއޭގެ އާ ކާގޯ ޓާމިނަލް ހުޅުވައިފި

ވީއައިއޭގެ އާ ކާގޯ ޓާމިނަލް ހުޅުވައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ކާގޯ ޓާމިނަލް މިއަދު ހުޅުވައިފިއެވެ. އެކަމަށް ބޭއްވި ރަސްމިއްޔާތުގައި އެތަން ހުޅުއްވައި ދެއްވީ ރައީސް ޑރ މުޙައްމަދު މުޢިއްޒު އެވެ. ޖާގައިގެ ގޮތުން ތަނަވަސް އާ ކާގޯ ޓާމިނަލް ހަދާފައި ވަނީ ހުޅުލެ އައިލެންޑް ހޮޓާ (އެޗްއައިއެޗް) އާ ކައިރީގައި އެވެ. މިތަނަކީ ކުރީގެ ޓަމިނަލަށްވުރެ ކާގޯ ހޭންޑްލިންގެ މަސައްކަތް ގާތްގަނޑަކަށް ތިންގުނަ އިތުރަށް ކުރެވޭ ވަރުގެ ތަނެކެވެ. ކުރީގައި ބޭނުންކުރަމުން އައި ޓާމިނަލުން އަހަރަކު 50،000 ޓަނުގެ ކާގޯގެ […]

ޔުމްނާ ޢަލީ
ހޮނިހިރު ދުވަހު ބޭއްވި ބައި-އިލެކްޝަންތަކުގެ ރަސްމީ ނަތީޖާ ޢިއުލާންކޮށްފި

ހޮނިހިރު ދުވަހު ބޭއްވި ބައި-އިލެކްޝަންތަކުގެ ރަސްމީ ނަތީޖާ ޢިއުލާންކޮށްފި

މާލޭގެ މޭޔަރުގެ އިތުރުން ތިން ކައުންސިލަރުން ހޮވުމަށް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ބައި-އިލެކްޝަންތަކުގެ ރަސްމީ ނަތީޖާ މިއަދު ޢިއުލާންކޮށްފިއެވެ. އިލެކްޝަން ކޮމިޝަން (އީސީ) އިން މިއަދު ޢިއުލާންކުރި ރަސްމީ ނަތީޖާގައި ބުނާގޮތުން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓްގައި މާލޭ މޭޔަރުކަމަށް ވާދަކުރެއްވި އާދަމް އާޒިމް އެ މަގާމު ކާމިޔާބު ކުރެއްވީ ވޯޓުދިން މީހުންގެ 44.81 ވޯޓު ހޯއްދަވައިގެންނެވެ. އެއީ 7621 ވޯޓެވެ. އާޒިމްއާ ވާދަކުރެއްވި ޕީއެންސީގެ ކެންޑިޑޭޓު އަދި ކުރީގެ ބަންޑާރަ ނައިބު...

ޔުމްނާ ޢަލީ
ދިވެހި ޤައުމިއްޔަތު މާއްދާ އަންނަ ދިރާސީ އަހަރު ކިޔަވައިދޭން ފަށަނީ

ދިވެހި ޤައުމިއްޔަތު މާއްދާ އަންނަ ދިރާސީ އަހަރު ކިޔަވައިދޭން ފަށަނީ

ދިވެހި ޤައުމިއްޔަތު ވަކި މާއްދާއެއް ގޮތުގައި އަންނަ ދިރޭސީ އަހަރު ކިޔަވައިދޭން ފަށަން ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ. މިކަން ހާމަކުރެއްވީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ނިންމުންތައް ހާމަކުރަން ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބުދުﷲ ނާޒިމް އިބްރާހިމް އެވެ. ސޯޝަލް ކައުންސިލްގެ ބައްދަލުވުމުގެ ބައެއް ނިންމުންތައް ވެސް އިއްޔެ ވަޒީރުންގެ މަޖިލީހަށް ހުށަހަޅައި ނިނ...

ޔުމްނާ ޢަލީ
ހޫތީން އެމެރިކާގެ މަނަވަރަކަށް އަމާޒުކޮށް މިސައިލް ހަމަލާއެއް ފޮނުވާލައިފި

ހޫތީން އެމެރިކާގެ މަނަވަރަކަށް އަމާޒުކޮށް މިސައިލް ހަމަލާއެއް ފޮނުވާލައިފި

ޔަމަންގައި ހޫތީ ހަނގުރާމަވެރިންގެ ބާރު އޮންނަ ސަރަހައްދަކުން ރަތް ކަނޑުގައި އޮތް އެމެރިކާގެ އަސްކަރީ މަނަވަރަކަށް އަމާޒުކޮށް މިސައިލް ހަމަލާއެއް ފޮނުވާލައިފިއެވެ. ނަމަވެސް އެމެރިކާ އިން ބުނަނީ އެ ގައުމުގެ މަނަވަރަކަށް އަމާޒުކޮށް ފޮނުވާލި މިސައިލް ހަމަލާ ވައްޓާލާފައިވާ ކަމަށެވެ. މިއީ ހޫތީ ހަނގުރާމަވެރިން ރަތް ކަނޑުން ދަތުރު ކުރާ އުޅަނދުތަކުގެ ތެރެއިން އިސްރާއީލަށް ވާގިވެރިވާ އުޅަނދުތަކަށް ހަމަލާދޭން ފެށި ފަހުން އެމެރިކާގެ މަނަވަރަކަށް އަމާޒުކުރި ފުރަތަމަ ހަމަލާއެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑު...

މުޙައްމަދު
ސިފައިން ބޭލުން އަވަސް ކުރަން އިންޑިއާ އިން އެއްބަސްވެއްޖެ

ސިފައިން ބޭލުން އަވަސް ކުރަން އިންޑިއާ އިން އެއްބަސްވެއްޖެ

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުން އަވަސް ކުރަން ރާއްޖެ އާއި އިންޑިއާ އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް އްޖޭގެ ފޮރިން މިނިސްޓްރީން އިއްޔެ ބުނެފިއެވެ. މިދިޔަ މަހުގެ ކުރީކޮޅު ދުބާއީގައި ބޭއްވި ކޮޕް28 ސަމިޓްގެ ހަވާސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ބައްދަލު ކުރައްވައި ރާއްޖެއާއި އިންޑިއާގެ ގުޅުން ބަދަހި ކުރުމަށް ދެ ގައުމުގެ މެދުގައި ކޯ-ގްރޫޕެއް އުފެއްދެވުމަށް ނިންމަވައިފައެވެ. “ހައި ލެވެލް ކޮމިޓީ” އެއް އުފައްދައި އެ ކޮމިޓީގެ […]

މުޙައްމަދު
އެމްޑީޕީ މަޖިލިސް ޕްރައިމަރީ 43 ދާއިރާއެއްގައި، ނަންތައް އާންމުކޮށްފި

އެމްޑީޕީ މަޖިލިސް ޕްރައިމަރީ 43 ދާއިރާއެއްގައި، ނަންތައް އާންމުކޮށްފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައަޅަން 43 އިދާރީ ދާއިރާއެއްގައި ޕްރައިމަރީ ބާއްވަން ނިންމައި އެ ދާއިރާތަކަށް ކުރިމަތިލި ކެންޑިޑޭޓުންގެ ނަންތައް އިއްޔެ އާންމުކޮށްފިއެވެ. އެމްޑީޕީން ވަނީ އަންނަ 20 ވަނަ މަޖިލީހަށް އެ ޕާޓީގެ ޓިކެޓް ހޯދަން ޝައުގުވެރިވާ ފަރާތްތައް ޝައުގުވެރިކަން ފާޅުކުރުމަށް ފުރުސަތު ހުޅުވާލާފައެވެ. އެ ފުރުސަތުގައި ކުރިމަތިލި މެންބަރުންކުރެ އެއް މެންބަރަކު ކުރިމަތިލި ދާއިރާތަކަ...

ޔުމްނާ ޢަލީ