މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ނައިބު ރައީސް ހުސެން ޔުގެންޑާ އަށް

ނައިބު ރައީސް ހުސެން ޔުގެންޑާ އަށް

ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް މިރޭ ޔުގެންޑާ އަށް ފުރާވަޑައިގެންފިއެވެ. ރައީސް އޮފީހުން ބުނިގޮތުގައި ރައީސްގެ މި ދަތުރުފުޅަކީ އެ ޤައުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. ރައީސް އޮފީހުން މައުލޫމާތުދިން ގޮތުގައި ނައިބު ރައީސްގެ މި ދަތުރުފުޅުގައި ޔުގެންޑާގެ ކަމްޕާލާގައި ބާއްވާ ނޮން-އެލައިންޑް މޫވްމަންޓް (ނާމް)ގެ 19 ވަނަ ސަމިޓުގެ ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައާއި “ގްރޫޕް އޮފް 77 އެންޑް ޗައިނާ” (ޖީ77) ގެ ދަށުން ބާއްވާ ތިންވަނަ ސައުތް ސަމިޓްގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. މި...

ޔުމްނާ ޢަލީ
އަމިއްލަ ފަރާތްތަކެއްގެ އެހީގައި ހުޅުމާލޭގައި ދެ މިސްކިތާއި މާލޭގައި މިސްކިތެއް އަޅަނީ

އަމިއްލަ ފަރާތްތަކެއްގެ އެހީގައި ހުޅުމާލޭގައި ދެ މިސްކިތާއި މާލޭގައި މިސްކިތެއް އަޅަނީ

އަމިއްލަ ފަރާތްތަކެއްގެ އެހީގައި ހުޅުމާލޭގައި އިތުރު ދެ މިސްކިތާއި މާލޭގައި މިސްކިތެއް އެޅުމުގެ ފުރުސަތު ލިބިފައިވާކަމަށް އިސްލާމީކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު ޝަހީމް މިކަން ހާމަކުރެއްވީ ”އެކްސް”ގައި ކުރެއްވި ޕޯސްޓެއް މެދުވެރިކޮށެވެ. ޝަހީމް ވިދާޅުވީ، އަމިއްލަ ފަރާތްތަކެއްގެ އެހީގައި ހުޅުމާލޭގައި ދެ މިސްކިތް އަދި މާލޭގައި މިސްކިތެއް އެޅުމަށް ފުރުސަތު ލިބިފައިވާ ކަމަށެވެ. މީގެ ތެރެއިން މާލޭގައި އަޅަން ފުރުސަތު ލިބިފައި ވަނީ ތިން ބުރީގެ...

ޔުމްނާ ޢަލީ
ހުޅުމާލެ ދެވަނަ ފިޔަވަހީގައި 150 މީހުންގެ ޖާގައިގެ ވަގުތީ މިސްކިތެއް އަޅަން ފަށައިފި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި 150 މީހުންގެ ޖާގައިގެ ވަގުތީ މިސްކިތެއް އަޅަން ފަށައިފި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި 150 މީހުންގެ ޖާގައިގެ ވަގުތީ މިސްކިތެއް އެޅުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ. އެޗްޑީސީން މިއަދު ބުނީ ބުނީ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމަށް، ވަގުތީ މިސްކިތެއް ބިނާ ކުރުމުގެ މަސައްކަތް އެ ކުންފުނިން ހަލުވިކަމާއެކު ކުރަމުންދާ ކަމަށެވެ. މި މިސްކިތަކީ އަންހެނުންނާއި ފިރިހެން ބައި ވަކިކޮށް ހަދާ މިސްކިތެއް ކަމަށް އެޗްޑީސީން ބުންޏެވެ. އެޗްޑީސީން ބު...

މުޙައްމަދު
ތައިލެންޑާއި ޔޫއޭއީ އިން އާސަންދަ ލިބޭ ގޮތް ހެދުމުގެ މަސައްކަތް ފަށައިފި

ތައިލެންޑާއި ޔޫއޭއީ އިން އާސަންދަ ލިބޭ ގޮތް ހެދުމުގެ މަސައްކަތް ފަށައިފި

ތައިލެންޑާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން އާސަންދަ ސްކީމްގެ ދަށުން ބަލިމީހުން ފޮނުވަން ކުރަން ޖެހޭ މަސައްކަތްތައް ކަމާ ގުޅުންހުރި އެހެން އިދާރާތަކާއެކު، ކުރަން ފަށާފައިވާ ކަމަށް އާސަންދަ ކުންފުނިން މިރޭ ބުނެފިއެވެ. ކުރިއަށް އޮތް ތަނުގައި ތައިލެންޑާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން އާސަންދަ ސްކީމްގެ ދަށުން ބަލިމީހުން ފޮނުވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވައިފައެވެ. އާސަންދަ ސްކީމްގެ ދަށުން ރާއްޖެ އިން ބޭރަށް ބަލި މީހުން މިވަގުތު ފޮނުވަމުން […]

މުޙައްމަދު
ހައި ކޯޓުން ކައިޒީން އަށް ކާމިޔާބީއެއް

ހައި ކޯޓުން ކައިޒީން އަށް ކާމިޔާބީއެއް

މަޝްހޫރު މޮޑެލް ފާތިމަތު ޒަޔާން އިބްރާހީމް (ކައިޒީން) އޭނާގެ ބައްޕައާ ދެކޮޅަށް ކުރާ ދައުވާގައި އޭނާގެ ބައްޕަގެ ޣައިރު ހާޒިރުގައި ހުކުމްކުރުމާ މެދު އަލުން ގޮތެއް ނިންމަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ. ބޯޓެއްގެ މައްސަލާގައި ކައިޒީން އޭނާގެ ބައްޕަ، އިބްރާހީމް އަލީފުޅާ ދެކޮޅަށް ދައުވާކުރީ އޭނާ ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ދީގެން ގަތް ބޯޓެއް އޭނާގެ ރުހުން ނެތި ބައްޕަގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ކަމަށް ބުނެ އެވެ.  ކައިޒީން ދައުވާކުރަނީ އެ […]

ހުސައިން ހަބީބް
ކޮމަންޑޫން ގޯއްޗަށް އެދުނު މީހުންނަށް ލިބުނު ޕޮއިންޓް އާންމުކޮށް ޝަކުވާއަށް ހުޅުވާލައިފި

ކޮމަންޑޫން ގޯއްޗަށް އެދުނު މީހުންނަށް ލިބުނު ޕޮއިންޓް އާންމުކޮށް ޝަކުވާއަށް ހުޅުވާލައިފި

ށ. ކޮމަންޑޫއިން ބަންޑާރަ ގޯއްޗަށް އެދުނު މީހުންނަށް ޕޮއިންޓް ލިބުނު ގޮތުގެ ވަގުތީ ލިސްޓް އެރަށު ކައުންސިލުން މިއަދު އާންމުކޮށްފިއެވެ. އެ ލިސްޓު އާންމުކޮށް ކޮމަންޑޫ ކައުންސިލުން ބުނީ، ޕޮއިންޓް ލިބިފައިވާ ގޮތާމެދު އެއްވެސް ފަރާތަކުން ޝަކުވާ ހުށަހަޅަން ބޭނުންނަމަ މިއަދުން ފެށިގެން އަންނަ ފެބްރުއަރީ 4 ވާ އާދިއްތަ ދުވަހުގެ 13:30ގެ ނިޔަލަށް އެފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ޝަކުވާ ހުށަހަޅަން ޖެހެނީ އެކަމަށް ޚާއްޞަކޮށްފައިވާ ”ޝަކުވާ ފޯމު” މެދުވެރިކޮށެވެ. އެ ފޯމު އެ އިދާރާގެ ކައުންޓަރުން […]

އިބްރާހިމް ޚަލީލް
ކުރީގެ ސިއްހީ ޚިދުމަތްތެރިންގެ ދަފުތަރުގައި ރަޖިސްޓަރީވާން ހުޅުވާލައިފި

ކުރީގެ ސިއްހީ ޚިދުމަތްތެރިންގެ ދަފުތަރުގައި ރަޖިސްޓަރީވާން ހުޅުވާލައިފި

ކުރީގެ ސިއްހީ ޚިދުމަތްތެރިން އަނބުރާ ޚިދުމަތަށް ނެރެން ސަރުކާރުން އެކުލަވާލި ޚާއްޞަ އުސޫލުގެ ދަށުން، ކުރީގެ ސިއްހީ ޚިދުމަތްތެރިންގެ ދަފުތަރުގައި ރަޖިސްޓަރީވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. ސިއްހަތާބެހޭ ވުޒާރާއިން މިއަދު ކުރި ޢުލާނެއްގައި ބުނީ ޚިދުމަތުން ދުރުވެފައިވާ ޞިއްޙީ ޚިދުމަތްތެރިން، އަނބުރާ ޚިދުމަތަށް ނުކުތުމުގެ މަގު ތަނަވަސްކޮށްދިނުމުގެ މަޤުޞަދުގައި އެކަށައަޅާފައިވާ ޚާއްސަ ސިޔާސަތު ތަންފީޒު ކުރުމަށްޓަކައި އެކުލަވާލެވިފައިވާ “ޚިދުމަތުން ދުރުވެފައިވާ ޞިއްޙީ ޚިދުމަތްތެރިން އަނބުރާ ޚިދ...

ޔުމްނާ ޢަލީ
ފަތާ ޓްރެކް ކައިރީގައި ހުރި ޕަމްޕް ސްޓޭޝަން ނަގަން ހަވާލުކޮށްފި

ފަތާ ޓްރެކް ކައިރީގައި ހުރި ޕަމްޕް ސްޓޭޝަން ނަގަން ހަވާލުކޮށްފި

މާލެ ބޮޑުތަކުރުފާނު މަގު ފަތާ ޓްރެކް ކައިރީގައި ހުންނަ ސްޓެލްކޯގެ ޕަމްޕު ސްޓޭޝަން ނަގައި އެހެން ތަނަކަށް ބަދަލުކުރަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ. ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރީ އެކުންފުނީގެ ސީއީއޯ އަބްދުﷲ ޒިޔާދެވެ. އެ ޕަމްޕު ސްޓޭޝަނަކީ މާލޭގ...

އަޙްމަދު ވަހީދު
ސިހުރު ހަދާ މީހުންގެ ގާތަށް ގޮސް ފަންޑިތަ ނުހެދުމަށް ފިގުހު އެކަޑަމީން އެދިއްޖެ

ސިހުރު ހަދާ މީހުންގެ ގާތަށް ގޮސް ފަންޑިތަ ނުހެދުމަށް ފިގުހު އެކަޑަމީން އެދިއްޖެ

ފަންޑިތަ އާއި ސިހުރު ހަދާ މީހުންގެ އެހީތެރިކަން ނުހޯދުމަށް ފިގުހު އެކަޑަމީން އިލްތިމާސްކޮށްފިއެވެ. ފިގުހު އެކަޑަމީން ނެރުނު ބަޔާނެއްގައި ބުނީ މި ފަހަކަށް އައިސް ރާއްޖޭގެ ބައެއް ހަބަރުފަތުރާ ވަސީލަތްތައް މެދުވެރިކޮށް އިސްލާމްދީނުގައި ވަރަށް ބޮޑު ފާފައެއްގެ ގޮތުގައި ހަރާމްކޮށްފައިވާ ސިހުރު ހެދުމަށް ހިތްވަރު ލިބޭ ގޮތަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށެވެ. އިސްލާމީ އަގީދާގައި ބަލިތަކުން ޝިފާ ލިބުމަށާއި ހަޔާތުގެ ކަންކަން ރަނގަޅު ކުރުމަށް އެދި ﷲ ސުބަހާނަހޫ ވަތައާލާ ފިޔަވައި އެހެން ފަރާތްތަކަކުން އެ...

މުޙައްމަދު
ރާއްޖެއަކީ މިހާރު ހެޕަޓައިޓިސް ބީ ކޮންޓްރޯލް ކުރެވިފައިވާ ގައުމެއް

ރާއްޖެއަކީ މިހާރު ހެޕަޓައިޓިސް ބީ ކޮންޓްރޯލް ކުރެވިފައިވާ ގައުމެއް

ރާއްޖެއަކީ ހެޕަޓައިޓިސް ބީ ބަލި ކޮންޓްރޯލު ކުރެވިފައިވާ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބަލައިގެންފިއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ ރާއްޖެއަކީ ހެޕަޓައިޓިސް ބީ ކޮންޓްރޯލު ކުރެވިފައިވާ ގައުމެއް ކަމަށް ޑަބްލިއުއެޗްއޯ އިން މިހާރު ކަނޑައަޅާފައިވާ ކަމަށާއި އެ ގޮތަށް ނިންމީ ހެޕަޓައިޓިސް ވެކްސިން ދިނުމުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރީ ކަމަށެވެ. އްޖޭގެ ގިނަ އަދަދެއްގެ ކުޑަކުދިންނަށް ހެޕަޓައިޓިސް އެ ވެކްސިން ދެވިފައިވާ ކަން...

މުޙައްމަދު
ސެމްސަންގެ ފަހުގެ ފޯނުތައް ދައްކާލާ އިވެންޓް މިރޭ، ބައިވެރިވާ މީހުންނަށް އުރީދޫއިން ހަދިޔާއެއް ހޯދުމުގެ ފުރުސަތު

ސެމްސަންގެ ފަހުގެ ފޯނުތައް ދައްކާލާ އިވެންޓް މިރޭ، ބައިވެރިވާ މީހުންނަށް އުރީދޫއިން ހަދިޔާއެއް ހޯދުމުގެ ފުރުސަތު

ސެމްސަންގެ ފަހުގެ ފޯނުތައް ދައްކާލާ އިވެންޓް ބަލަންގޮސްގެން އަގުހުރި ހަދިޔާއެއް ހޯދުމުގެ ފުރުސަތު އުރީދޫ މޯލްޑިވްސް އިން ހުޅުވާލައިފިއެވެ. “ގެލެކްސީ އަންޕެކްޑް 2024” އިވެންޓްގެ ވޮޗް ޕާޓީއެއް މިރޭ އުރީދޫއިން ބާއްވާނެއެވެ. މި ވޮޗް ޕާޓީ ފަށާނީ މިރޭ ސީހައުސް ކެފޭގައި 9:30 ގައެވެ. މި ވޮޗް ޕާޓީއަށް ދާ މީހުންގެ ތެރެއިން ނަސީބުވެރިއަކަށް ސެމްސަން ގެލެކްސީ ބަޑްސް 2 އެއް ލިބޭނެއެވެ. އުރީދޫ އާއި ސެމްސަން ގުޅިގެން ކޮންމެ އަހަރަކުވެސް އެ ކުންފުނީގެ އައު ފޯނުތައް […]

އަޙްމަދު ވަހީދު
ކުރީގެ ސިއްހީ ޚިދުމަތްތެރިން އަނބުރާ ޚިދުމަތަށް ނެރުމުގެ އުސޫލު އިފްތިތާޙްކޮށްފި

ކުރީގެ ސިއްހީ ޚިދުމަތްތެރިން އަނބުރާ ޚިދުމަތަށް ނެރުމުގެ އުސޫލު އިފްތިތާޙްކޮށްފި

ކުރީގެ ސިއްހީ ޚިދުމަތްތެރިން އަނބުރާ ޚިދުމަތަށް ނެރެން ސަރުކާރުން އެކުލަވާލި ޚާއްޞަ އުސޫލު މިއަދު އިފްތިތާޙްކޮށްފިއެވެ. މި ޚާއްޞަ އުސޫލު އިފުތިތާޙު ކޮށްދެއްވީ އެކަމަށްޓަކައި މިއަދު ހެނދުނު ސިއްހަތާބެހޭ ވުޒާރާގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް އެވެ. މިއީ އެކިއެކި ސަބަބުތަކަށްޓަކައި ޚިދުމަތުން ދުރުވެފައިވާ ޞިއްޙީ ޚިދުމަތްތެރިން، އަނބުރާ ޚިދުމަތަށް ނުކުތުމުގެ މަގު ތަނަވަސްކޮށްދިނުމަށް ވޭޖް އުޞޫލުން މަސައްކަތްކުރެވޭނެ ގޮތްތަކަށް ވަޒީފާ ހަމަޖެއްސުމަށް ކަނޑަ...

ޔުމްނާ ޢަލީ
ގޯލްޑަން ފުޓްސަލް: ހަނިމާދޫ، މަކުނުދޫ، ނޮޅިވަރަންފަރު، ނައިވާދޫ އަދި ނެއްލައިދޫ ފެށުން ރަނގަޅުކޮށްފި

ގޯލްޑަން ފުޓްސަލް: ހަނިމާދޫ، މަކުނުދޫ، ނޮޅިވަރަންފަރު، ނައިވާދޫ އަދި ނެއްލައިދޫ ފެށުން ރަނގަޅުކޮށްފި

“ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024” ރޭ ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުތަކުގައި ހދ.އަތޮޅުގެ މެޗުތައް ކުރިއަށްދިޔައިރު ހަނިމާދޫ، މަކުނުދޫ، ނޮޅިވަރަންފަރު، ނައިވާދޫ އަދި ނެއްލައިދޫއިން ކުޅުނު ފުރަތަމަ މެޗުތައް ކާމިޔާބުކޮށް ފެށުން ރަނގަޅު ކޮށްފިއެވެ. ރޭ ހަނިމާދޫއިން ވަނީ ފަސޭހަކަމާއިއެކު ފިނޭގެ މައްޗަށް ކުރި ހޯދާފައެވެ. މި މެޗު ހަނިމާދޫއިން ކާމިޔާބު ކޮށްފައި ވަނީ 4-0 ގެ ނަތީޖާއިންނެވެ. މި މެޗުގައި ހަނިމާދޫއަށް ލަނޑުތައް ޖަހައިދިނީ އަބޫބަކުރު ސިއްދީގު، ހުޒާމް އަބްދުއްރަހީމް، ނައުފަލް އަބ...

އިބްރާހިމް ޚަލީލް
ވިހެއުމަށްފަހު ކުނިގޮނޑަށް ކުއްޖާ އެއްލައިލި ލަންކާ މީހާއަށް ތިން ދަޢުވާއެއް

ވިހެއުމަށްފަހު ކުނިގޮނޑަށް ކުއްޖާ އެއްލައިލި ލަންކާ މީހާއަށް ތިން ދަޢުވާއެއް

އދ. ދިގުރަށު ކުނި ގޮނޑުން ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ތުއްތު ކުއްޖަކުފެނުނު މައްސަލާގައި ތުހުމަތުވާ ސްރީލަންކާގެ އަންހެންމީހާގެ މައްޗަށް ދަޢުވާކުރަން ފޮނުވައިފިއެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް) އިން މިއަދު ވަނީ އެމީހާގެ މައްޗަށް ތުހުމަތުވާ އެ މައްސަލާގައި ދަޢުވާކޮށްދިނުމަށް އެދި ކްރިމިނަލް ކޯޓަށް އިއްޔެ ހުށަހަޅާފައިވާ ކަމަށް ބުނެފައެވެ. ޕީޖީ އޮފީހުން ބުނީ 3 ޑިސެންބަރު 2023 ވަނަ ދުވަހުގެ ހެނދުނު 9:28 ހާއިރު އދ. ދިގުރަށުގެ ކުނި ގޮނޑުން މަރުވެފައި […]

ޔުމްނާ ޢަލީ
ރެސްކިއު ޑައިވަރުން ތަމްރީން ކުރުމުގެ ޕްރޮގްރާާމް ފެށުން އަންނަ ހުކުރު ދުވަހު

ރެސްކިއު ޑައިވަރުން ތަމްރީން ކުރުމުގެ ޕްރޮގްރާާމް ފެށުން އަންނަ ހުކުރު ދުވަހު

މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުފަހަރުގެ ތެރެއިން ވައިފުޅި އަޅައިގެން ފީނައިގެން އެންދަމާ ކޮންމެ އުޅަނދަކުން އެއް ފަޅުވެރިއަކު ރެސްކިއު ޑައިވަރާއި ހަމައަށް ސެޓިފައިކުރުމުގެ ޕްރޮގްރާމް އަންނަ ހުކުރު ދުވަހު ފަށަން ތައްޔާރުވެއްޖެއެވެ. މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މިއަދު ވިދާޅުވީ، ރައީސް ޑރ. މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ މަގުޗާޓޫ ”ހަފްތާ 14”ގައި ހިމެނޭ މަސްވެރިކަން ކުރާ ކޮންމެ އޮޑިއަކުން މަދުވެގެން އެއް ފަޅުވެރިއަކު ރެސްކިއު ޑައިވަރެއް ފެންވަރަށް ތަމްރީނުކު...

ޔުމްނާ ޢަލީ