މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުފަހަރުގެ ތެރެއިން ވައިފުޅި އަޅައިގެން ފީނައިގެން އެންދަމާ ކޮންމެ އުޅަނދަކުން އެއް ފަޅުވެރިއަކު ރެސްކިއު ޑައިވަރާއި ހަމައަށް ސެޓިފައިކުރުމުގެ ޕްރޮގްރާމް އަންނަ ހުކުރު ދުވަހު ފަށަން ތައްޔާރުވެއްޖެއެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މިއަދު ވިދާޅުވީ، ރައީސް ޑރ. މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ މަގުޗާޓޫ ''ހަފްތާ 14''ގައި ހިމެނޭ މަސްވެރިކަން ކުރާ ކޮންމެ އޮޑިއަކުން މަދުވެގެން އެއް ފަޅުވެރިއަކު ރެސްކިއު ޑައިވަރެއް ފެންވަރަށް ތަމްރީނުކުރުމުގެ ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތު މި މަހުގެ 19 ވާ ހުކުރު ދުވަހު ބާއްވަން ނިންމާފައިވާ ކަމަށެވެ.

Ad
rt

މި ރަސްމިއްޔާތު ބާއްވަން ނިންމާފައިވަނީ ދެކުނުގެ މަސްވެރި ރަށެއްކަމުގައިވާ ގދ. މަޑަވެލީގައެވެ.

ރެސްކިއު ޑައިވަރުން ތަމްރީން ކުރުމަށް ޑައިވް އިންސްޓްރަކްޓަރުން ހޯދަނީ

މި ޕްރޮގްރާމް ކުރިއަށް ގެންދާނީ ސަރުކާރު ޤަބޫލުކުރާ މިފަދަ ތަމްރީނުތައް ހިންގާ ސެންޓަރުތަކުގައި ކަމަށް ސަރުކާރުން ކުރިން ވަނީ ބުނެފައެވެ.

މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުފަހަރުގެ ތެރެއިން ވައިފުޅި އަޅައިގެން ފީނައިގެން އެންދަމާ ކޮންމެ އުޅަނދަކުން އެއް ފަޅުވެރިއަކު ރެސްކިއު ޑައިވަރާއި ހަމައަށް ސެޓިފައިކުރުމުގެ ޕްރޮގްރާމު ފަށަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައި އެކަން ފަށަން ތައްޔާރުވެފައިވާއިރު، އެންވަތުގެ ޑިޒައިނަށް ބަދަލުގެންނަން ބޭނުންވާ މަސްވެރި އުޅަނދު ފަހަރަށް މާލީ ދޭން ވެސް ކުރިން ވަނީ ނިންމަވާފައެެވެ.