ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް މިރޭ ޔުގެންޑާ އަށް ފުރާވަޑައިގެންފިއެވެ.
ރައީސް އޮފީހުން ބުނިގޮތުގައި ރައީސްގެ މި ދަތުރުފުޅަކީ އެ ޤައުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.
ރައީސް އޮފީހުން މައުލޫމާތުދިން ގޮތުގައި ނައިބު ރައީސްގެ މި ދަތުރުފުޅުގައި ޔުގެންޑާގެ ކަމްޕާލާގައި ބާއްވާ ނޮން-އެލައިންޑް މޫވްމަންޓް (ނާމް)ގެ 19 ވަނަ ސަމިޓުގެ ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައާއި "ގްރޫޕް އޮފް 77 އެންޑް ޗައިނާ" (ޖީ77) ގެ ދަށުން ބާއްވާ ތިންވަނަ ސައުތް ސަމިޓްގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.
މި ދެސަމިޓުގައި ވެސް އެމަނިކުފާނު ތަޤްރީރުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ވެސް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.
ރާއްޖެ އަކީ ނޮން-އެލައިންޑް މޫވްމަންޓް (ނާމް)ގެ މެންބަރު ޤައުމެކެވެ. ޖުމްލަ 120 މެންބަރު ޤައުމު ހިމެނޭ އެ ޖަމާއަތުގެ މެންބަރަކަށް ރާއްޖެ ވެފައި ވަނި 1976 ވަނަ އަހަރު އެވެ.
ނައިބު ރައީސް ޙުސެން ޔުގެންޑާއަށް މިރޭ ފުރާވަޑައިގެންނެވިއިރު، ރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވެސް މިވަގުތު ހުންނެވީ އެ ޤައުމުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!