ރާއްޖެ އާޒިމް މޭޔަރުގެ ގޮނޑި ކާމިޔާބުކުރުމުން އާޒިމާގެ މަރުހަބާ މާލޭގެ މޭޔަރަކު އިންތިހާބު ކުރުމަށް އިއްޔެ ބޭއްވި ބައި އިލެކްޝަންގައި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓު އާދަމް އާޒިމް ކާމިޔާބު ކުރެއްވުމާ ގުޅިގެން އޭނާއާ އެންމެ ގާތުން ވާދުކުރި ޕީއެންސީގެ ކެންޑިޑޭޓް އާޒިމާ ޝަކޫރު ބަލި ގަބޫލު ކުރައްވައި އާޒިމަށް މަރުހަބާ ދަންނަވައިފިއެވެ. އިލެކްޝަންސް ކޮމިޝަންގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި ބައި އިލެކްޝަން ކާމިޔާބު ކުރެއްވި އެމްޓީސީސީގެ ކުރީގެ ސީއީއޯ އާޒިމަށް ވަނީ 7،621 ވޯޓު ލިބިވަޑައިގެންފައެވެ. އޭނާއާ ވާދަކުރެއްވި ކުރީގެ ބަންޑާރަ ނައިބު އާޒިމާ އަށް […] މުޙައްމަދު · 2 އަހަރު ކުރިން
ވާހަކަ ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (22) ކުރީގެ އަދަދާއިގުޅޭ: ” ކިހިނެއްތަ ވީ؟ ” ދޮރުން ނިކުމެ ނިކުމެ ހުއްޓާ، ޖުމާ ޒާރާގާތު ކޮށްލި ސުވާލުގެ އަޑު މާހިލްގެ ކަންފަތުގައި ޖެހުމާއެކު މާހިލްއަށް ދަތްތައް ފިއްތާލެވުނެވެ. ނަމަވެސް މަޑުކުރެވެން ނެތުމުން އޭނާ ގޮސް އަވަސް އަވަހަށް އެމްބިޔުލާންސަށް އެރިއެވެ. ރުޝްދީގެ މޫނުމަތިން އިންތިހާ ދަރަޖައިގެ ރުޅިވެރިކަން ފެންނަން ހުރި ނަމަވެސް އެވަގުތު އޭނާވެސް އިންނާނީ ވަރަށް ހާސްވެފައިކަން މާހިލަށް އެނގުނެވެ. ” ދޮންތާ! ކީއްތަ ވެގެން މިއުޅެނީ؟ ” އެމްބިޔުލާންސް ދުއްވާލުމާއެކު އަނެއްކާވެސް ރީނާ […] ސަލާމާ ޢަބްދުލް ޢަލީމް · 2 އަހަރު ކުރިން
ކުޅިވަރު ފަހުވަގުތު ނިއުކާސަލް ބަލިކޮށް ސިޓީ ދެވަނައަށް އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީއާއި ނިއުކާސަލް ބައްދަލުކުރި އެއްވަރުވެގެން ނިމެން ދަނިކޮށް އިތުރު ވަގުތުގައި ލަނޑު ޖަހައިގެން ސިޓީން މެޗު ކާމިޔާބު ކޮށްފިއެވެ. ނިއުކާސަލްގެ ދަނޑުގައި ކުޅުނު މި މެޗު ނިމިގެން ގޮސްފައި ވަނީ 3-2 ގެ ނަތީޖާއިންނެވެ. ފުރަތަމަ ހާފުގައި ދެ ޓީމްގެ ފަރާތުން ވެސް ފެނިގެން ގޮސްފައިވަނީ ވާދަވެރި ކުޅުމެކެވެ. މެޗުގެ ފުރަތަމަ ލަނޑު 26 ވަނަ މިނެޓުގައި ޖަހައިދިނީ ބާނާޑޯ ސިލްވާއެވެ. ވޯލްކާ ނިއުކާސަލްގެ ގޯލު ކުރިމައްޗަށް ތިރިން ހުރަސްކުރި […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ ރޯދައަށް ކޮންމެ ގޭބީސީއަކަށް ސަރުކާރުން ހަނޑުލާއި ފުށް ހަދިޔާ ކުރަނީ އަންނަ ރޯދަމަހަށް ދިވެހިރާއްޖޭގެ ކޮންމެ ގޭބީސީއަކަށް 10 ކިލޯގެ ހަނޑޫ ބަސްތާއަކާއި 10 ކިލޯގެ ފުށްބަސްތާއެއް ސަރުކާރުގެ ހަރަދުގައި ދިނުމަށް ނިންމަވާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މިމަހުގެ 7 އިން 13 އަށް ޗައިނާ އަށް ކުރެއްވި ފުރަންމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ރާއްޖެވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ވަނީ ސަރުކާރުގެ އަމާޒަކީ ވަކި ބަޔަކަށް ބަރޯސާނުވެ، އަމިއްލަ ފައި މައްޗަށް ތެދުވެފ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ މާލޭ މޭޔަރުކަމަށް އާޒިމް މާލޭގެ މޭޔަރަކު ހޮވުމަށް މިއަދު ބޭއްވި ބައި-އިލެކްޝަން އިދިކޮޅު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓްގައި ވާދަކުރެއްވި އާދަމް އާޒިމް ކާމިޔާބު ކުރައްވައިފިއެވެ. އާޒިމް، މާލޭ މޭޔަރު ގޮނޑި ކާމިޔާބުކުރައްވާފައިވާކަން މިހާތަނަށް ގުނުނު ފޮށިތަކުގެ ނަތީޖާއިން ދައްކައެވެ. މި ބައި-އިލެކްޝަންގައި ޖުމްލަ 55 ވޯޓު ފޮށި ބަހައްޓާފައިވާއިރު، މިހާތަނަށް ގުނި 41 ފޮށިން އާޒިމް ވަނީ 5,303 ވޯޓު ހޯއްދަވައިފައެވެ. އާޒިމް އާއި އެންމެ ގާތުން ވާދަކުރެއްވީ ސަރުކާރު ހިންގާ ފަރާތުން ވާދަކުރެއްވި ކުރީގެ ބަ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ އިތުރު އެހީތެރިކަމާއެކު ތައިލެންޑުންނާއި ޔޫއޭއީ އިން އާސަންދަ ލިބޭ ގޮތް ހަދަނީ ގިނަ އަދަދެއްގެ ދިވެހިން މިހާރު ދަތުރުކުރަމުން އަންނަ ތައިލެންޑުންނާއި، އަރަބި އިސްލާމީ ޤައުމެއްކަމަށްވާ އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)އިން އާސަންދަ ލިބޭގޮތް ހައްދަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މި މަހު 7 ވަނަ ދުވަހު ރައީސްގެ ދެކަނބަލުން، ސަރުކާރުގެ މަތީ ފަންތީގެ ވަފުދަކާއެކު ޗައިނާ އަށް ފެއްޓެވި ފުރަންމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ރާއްޖެވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ވަނ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ''ޗައިނާގެ ފަތުރުވެރިންގެ އަދަދު ދެގުނަކޮށް، އެ ޤައުމު އަލުން އެއްވަނަ މަންޒިލަށް ހެދޭނެ'' ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ޗައިނާ ފަތުރުވެރިންގެ އަދަދު ދެގުނަކޮށް އެއްވަނަ މާކެޓަށް އެ ޤައުމު އަލުން ހެދޭގޮތަށް ކަންކަން ތަރުތީބުކުރެވިފައިވާ ކަަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، މި މަހު 7 ވަނަ ދުވަހު ރައީސްގެ ދެކަނބަލުން، ސަރުކާރުގެ މަތީ ފަންތީގެ ވަފުދަކާއެކު ޗައިނާ އަށް ފެއްޓެވި ފުރަންމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ރާއްޖެވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ. ރާއްޖެ ވަޑައިގެން، ލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ހަތަރެއް ޖެހުމާއި ހަމައަށް ވޯޓުލީ 26 އިންސައްތަ މީހުން އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަަދު ބާއްވާ ބައި-އިލެކްޝަންތަކުގައި މިއަދު ހަވީރު 16:00 އާއި ހަމައަށް ވޯޓު ލާފައި ވަނީ 26.08 އިންސައްތަ މީހުންނެވެ. މާލޭގެ މޭޔަރުގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާ، މާލެ ސިޓީ ކައުންސިލްގެ ހެންވޭރު ދެކުނު ދާއިރާ އަދި މާލެ ސިޓީ ކައުންސިލްގެ މެދު ހެންވޭރު ދާއިރާއަށް ކައުންސިލަރުން ހޮވަން ބާއްވާ މި ބައި-އިލެކްޝަންގެ ވޯޓުލުން ފެށީ ހެނދުނު 8:00 ގައެވެ. މީގެ އިތުރުން މ. މުލަކު އަންހެނުންގެ ތަރައްގީއަށް […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ޗައިނާ އިން 130 މިލިއަން ޑޮލަރުގެ ހިލޭ އެހީ ވަނީ ހަމަޖެހިފައި: ރައީސް ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ދެކަނބަލުންނަށް ޗައިނާ އަށް ކުރެއްވި ފުރަންމާނަ ދަތުރުފުޅުގެ ތެރެއިން އެ ޤައުމުން 130 މިލިއަން ޔޫއެސް ޑޮލަރުގެ ހިލޭ އެހީވަނީ ހަމަޖެހިފައިކަމަށް ރައީސް މުޢިއްޒު މިއަދު ވިދާާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، މި މަހު 7 ވަނަ ދުވަހު ރައީސްގެ ދެކަނބަލުން، ސަރުކާރުގެ މަތީ ފަންތީގެ ވަފުދަކާއެކު ޗައިނާ އަށް ފެއްޓެވި މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ރާއްޖެ ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ. ޗައި... ޙުސައިން ޝަހުދީ · 2 އަހަރު ކުރިން
ރާއްޖެ ހުޅުމާލެ ސަހަރާ މިސްކިތުގެ ގޯތިތެރޭގައި ފެންހިންދާ ރަނގަޅު ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ: ޝުޖާއު ހުޅުމާލެ ސަހަރާ މިސްކިތުގެ ގޯތިތެރޭގައި ފެންހިންދޭނެ ރަގަޅު ނިޒާމެއް ޤާއިމް ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަމަށް ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާޙީމް ޝުޖާއު ވިދާޅުވެއްޖެއެވެ. އާސަހަރާގައި އައު އިމާރާތްތަކެއް ހެދުމުގެ މަސައްކަތް ކުރަމުން އެތަނުގައި މީހުން ވަޅުލުން މިދިޔަ އަހަރު ހުއްޓައިލާ ހުޅުމާލޭ ސަހަރާއަށް ވަނީ ބަދަލުކޮށްފައެވެ. ރާއްޖެއަށް އިއްޔެ ކުރި ގަދަ ވިއްސާރާގައި ތިން އަށް އެންމެ ގިނަ ވާރޭ ވެހުނީ ހުޅުމާލޭއަށެވެ. ހުޅުމާލޭ ސަހަރާ މިސްކިތ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ވޯޓުލާން ނުކުންނަ ނިސްބަތް ދަށް، މެންދުރު އެކަކާއި ހަމައަށް ވޯޓުލީ 14 އިންސައްތަ މީހުން އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަަދު ބާއްވާ ބައި-އިލެކްޝަންތަކުގައި މިހާތަނަށް ވޯޓުލާން ނުކުންނަ ނިސްބަތް ނިސްބަތުން ދަށްއިރު، މެންދުރު 13:00 އާއި ހަމައަށް ވޯޓުލާފައި ވަނީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންކުރެ 14.08 އިންސައްތަ މީހުންނެވެ. މާލޭގެ މޭޔަރުގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާ، މާލެ ސިޓީ ކައުންސިލްގެ ހެންވޭރު ދެކުނު ދާއިރާ އަދި މާލެ ސިޓީ ކައުންސިލްގެ މެދު ހެންވޭރު ދާއިރާއަށް ކައުންސިލަރުން ހޮވަން ބާއްވާ މި ބައި-އިލެކްޝަންގެ ވޯޓުލުން ފެށީ ހެނދުނު […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ އެމެރިކާ އިން ދޭ ކޮންމެ ހަމަލާއަކަށް ރައްދު ނުދީ ނުތިބޭނަން: ހޫތީ އެމެރިކާ އާއި އިނގިރޭސި ވިލާތުން ޔަމަނަށް ވައިގެ މަގުން ދޭން ފެށި ހަމަލާތަކަށް ރައްދު ނުދީ ނުތިބޭނެ ކަމަށް ޔަމަން ކޮންޓްރޯލް ކުރަމުން އަންނަ ހޫތީ ހަނގުރާމަވެރިންގެ ލީޑަރެއް ކަމުގައިވާ އަބްދުލް މާލިކް އަލް-ހޫތީ ވިދާޅުވެއްޖެއެވެ. އިނގިރޭސި ވިލާތާއި އެމެރިކާ ގުޅިގެން އެންމެ ފުރަތަމަ ޔަމަނަށް ވައިގެ ހަމަލާތައް ދޭން ފެށީ މިދިޔަ ބުދަ ދުވަހުގެރެއެވެ. އޭގެ ފަހުން ރޭ ދަންވަރުގެ ވަގުތެއްގައި ވެސް ޔަމަންގެ މިލިޓަރީ ސައިޓުތަކަކަށް ކަމަށް ބުނެ، އަސްކަރީ މަނަވަރު ބޭނުންކޮށްގެން ޔަމަނަށް […] މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ މާލޭގެ މޭޔަރަކަށް ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުން ވޯޓުލައްވައިފި މާލޭގެ މޭޔަރު ކަމަށް ވާދަ ކުރައްވާ ހުރިހާ ކެންޑިޑޭޓުން ވެސް މިއަދު ވޯޓުލައްވައިފިއެވެ. މާލޭގެ މޭޔަރުގެ އިތުރުން މާފަންނު ދެކުނު ދާއިރާ އާއި ހެންވޭރު ދެކުނު ދާއިރާ އާއި މެދުހެންވޭރު ދާއިރާގެ މެންބަރު ކަމަށް ކެންޑިޑޭޓަކު އިންތިހާބު ކުރުމާއި މ. މުލަކު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަންގެ ވޯޓުލުން މިއަދު ހެނދުނު 8:00 ގައި ވަނީ ފަށައިފައެވެ. މި ބައި އިލެކްޝަންގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުން ވެސް މިވަނީ ވޯޓުލައްވައިފައެވެ. […] މުޙައްމަދު · 2 އަހަރު ކުރިން
ކުޅިވަރު ހޮފެންހެއިމް ބަލިކޮށް ބަޔާނުން، ލެވަކޫސެންއާއި އޮތް ފަރަގު ކުޑަކޮށްފި ޖަރުމަނު ލީގުގައި ރޭ ބަޔާން މިއުނިކާއި ހޮފެންހެއިމް ބައްދަލުކުރި މެޗު ބަޔާނުން ކާމިޔާބުކޮށްފިއެވެ. އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ބަޔާނުން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއިންނެވެ. މި މޮޅާއިއެކު ބަޔާނުން މިވަނީ ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް ބަޔާން ލެވަކޫސެންއާއި އޮތް ފަރަގު އެއް ޕޮއިންޓަށް ކުޑަކޮށްފައެވެ. ލެވަކޫސެން އެއްވަނާގައި އޮތީ 16 މެޗުން ލިބުނު 42 ޕޮއިންޓާއި އެކުގައެވެ. ދެވަނާގައި ބަޔާން އޮތީ 16 މެޗުން 41 ޕޮއިންޓް ހޯދައިގެންނެވެ. ބަޔާން […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ އިއްޔެ އެންމެ ބޯކޮށް ވާރޭ ވެހުނީ މާލެ، ހުޅުލެ އަދި ހުޅުމާލެ އަށް ރާއްޖެއަށް ކުރި ވިއްސާރާގައި އެންމެ ގިނައިން ވާރޭ ވެހުނީ މާލެ އާއި ހުޅުލެ އަދި ހުޅުމާލެ އަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން މިއަދު ބުނެފިއެވެ. މޫސުމާ ބެހޭ ގައުމީ އިދާރާ އިން ހާމަކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އެންމެ ގިނައިން ވާރޭ ވެހުނީ މާލެ ސަރަހައްދަށެވެ. މާލެއަށް 159.3 މިލިމީޓަރު, ހުޅުލެއަށް 143.4 މިލިމީޓަރު އަދި ހުޅުމާލެއަށް 105.4 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށް ރިކޯޑް ކުރެވިފައިވާ ކަމަށް މޫސުމާ ބެހޭ […] މުޙައްމަދު · 2 އަހަރު ކުރިން