އަންނަ ރޯދަމަހަށް ދިވެހިރާއްޖޭގެ ކޮންމެ ގޭބީސީއަކަށް 10 ކިލޯގެ ހަނޑޫ ބަސްތާއަކާއި 10 ކިލޯގެ ފުށްބަސްތާއެއް ސަރުކާރުގެ ހަރަދުގައި ދިނުމަށް ނިންމަވާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މިމަހުގެ 7 އިން 13 އަށް ޗައިނާ އަށް ކުރެއްވި ފުރަންމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ރާއްޖެވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ވަނީ ސަރުކާރުގެ އަމާޒަކީ ވަކި ބަޔަކަށް ބަރޯސާނުވެ، އަމިއްލަ ފައި މައްޗަށް ތެދުވެފައިވާ ބަޔަކަށް ދިވެހިން ހެދުންކަމަށް ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވާ އަސާސީ ކާބޯތަކެތީގެ ބާވަތްތައް ހޯދުމަށް ވެސް ވަކި ޤައުމަކަށް ބަރޯސާވުން ހުއްޓާލުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އަދި އެހެން ޤައުމުތަކުން އެތަކެތި ގެންނަން ނިންމާފައިވާކަމަށް ވެސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ، އަންނަ ރޯދަމަހު ސަރުކާރުން ރައްޔިތުންނަށް ހިލޭ ކޮންމެ ގޭބީސީއަކަށް 10 ކިލޯގެ ހަނޑޫ ބަސްތާއަކާއި 10 ކިލޯގެ ފުށްބަސްތާއެއް ހަދިޔާކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
''މި ރޯދަމަހ،ު ފުރަތަމަފަހަރަށް އަޅުގަނޑުމެން ކޮންމެ ގޭބީސީއަކަށް ހިލ،ޭ ދިވެހި ސަރުކާރުގެ ފަރާތުން 10 ކިލޯގެ ހަނޑޫ ބަސްތާއަކާއ،ި 10 ކިލޯގެ ފުށް ބަސްތާއެއް ހަދިޔާކުރާނަނ.ް އޭގެ އިތުރު ކަންތައްތައްވެސް ވާނ.ެ އަދި މި އަންނަ އަހަރު އެއަށްވުރެ އިތުރުވެސް ކުރާނަނ.ް އަޅުގަނޑުމެން އަމިއްލަ ފައިމައްޗަށް އިރާދަކުރެއްވިއްޔާ ތެދުވާނ،ީ ވަކި ބަޔަކަށް ބަރޯސާވުން ނިމުމަކަށް ގެނެސް'' ރައީސް ވިދާޅުވިއެވެ.
ސަރުކާރުން ވަނީ މުޅި ރާއްޖެ އަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް 10 ޕަސެންޓަށް ކާޑުގެ ބާވަތްތައް ގެނައުމަށް ތުރުކީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައި ކަމަށާއި، ތުރުކީގެ ފުށުގެ ފުރަތަމަ ޝިޕްމަންޓް އަންނަ މަހު ރާއްޖެ އަންނާނެކަމަށް ރައީސް ވިދާޅުވިއެވެ.
ކާޑުގެ ބާވަތްތަކުގެ އިތުރުން ފިޔާ، އަލުވި، ބިސް ފަދަ ތަކެތި އެކި ގައުމުތަކުން ގެންނަން ނިންމާފައިވާ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
''އަޅުގަނޑުމެންގެ ބޭސިކް ކޮމޯޑިޓީ،ޒް ހަނޑ،ޫ ހަކުރ،ު ފުށް މިހާރު އެންމެ ދިމާއަކަށް ބަރޯސާއެއް ނުވާނ.ެ އަޅުގަނޑުމެން ވާނީ ތުރުކީއާ އެކީގައި އެއްބަސްވުމުގައި ސޮއިކުރެވިފައި މިހާރ.ު ހަނޑ،ޫ ހަކުރ،ު ފުށާއ،ި އެކިއެކި ބާވަތްތައ،ް ތުރުކީން މިހާރު މުޅި ރާއްޖެއަށް އެއް އަހަރަށް ބޭނުންވާވަރުގެ އިތުރަށ،ް 10 ޕަސެންޓް ލާފައި މިހާރު ވާނީ އެއްބަސްވުން ހެދިފައ.ި މިހާރު ފުށުގެ ފުރަތަމަ ޝިޕްމަންޓަށް ވަނީ އޯޑަރު ދެވިފައ.ި ފެބުރުވަރީ މަހު އަންނާނ.ެ ހަނޑ،ޫ ހަކުރ،ު ދެންވެސް ހުރ،ި ފިޔ،ާ ބިސ،ް އަދި އަލުވ،ި މިފަދަ ތަކެތި އެކި ޤައުމުތަކުން މިހާރުވަނީ ހަމަޖެހިފައ.ި އެ ތަކެތި އަންނާނެ.'' ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!