ވިޔަފާރި އިންނަމާދޫ ގޮނޑުދޮށް ހިމާޔަތް ކުރަން ފަށައިފި ރ. އިންނަމާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ފަށައިފިއެވެ. ސަރުކާރުން މި މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެ ކުންފުނިން ބުނީ، އިންނަމާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މި މަހުގެ 9 ވަނަ ދުވަހު ކަމަށެވެ. މި މަޝްރޫއުގެ ދަށުން، 360 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރާނެއެވެ. އިންނަމާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަކީ 14.77 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އަޙްމަދު ވަހީދު · 2 އަހަރު ކުރިން
ރާއްޖެ ޓައިވާންއާ އެކީގައި ރަސްމީ އެއްވެސް ގުޅުމެއް ނުބާއްވާނަން: ރާއްޖެ “ޗައިނާ ވަން” ސިޔާސަތުގައި ދެމިތިބޭނެ ކަމަށާއި ޓައިވާންއާ އެކީގައި ރަސްމީ އެއްވެސް ގުޅުމެއް ނުބާއްވާނެ ކަމަށް ދިވެހި ސަރުކާރުން މިއަދު ބުނެފިއެވެ. ޓައިވާނުގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އާންމު އިންތިހާބު ޗައިނާއާ ދެކޮޅު ކެންޑިޑޭޓް ލައި ޗިންގް ޓޭ ވަނީ ކާމިޔާބުކޮށްފައެވެ. ޖެހިޖެހިގެން ތިން ވަނަ ފަހަރަށް އިންތިހާބު ކާމިޔާބު ކުރި އިރު އޭނާއަކީ މިހާރުވެސް ޓައިވާނުގެ ނައިބު ރައީސްއެވެ. ޓައިވާނުން ވެރިއަކު އިންތިހާބު ކުރިއިރު، ޗައިނާ އިން އެކަމެއް ގަބޫލެއް ނުކުރެއެވެ. ޗައިނާ އިން […] މުޙައްމަދު · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ރައްޔިތުންނަށް ބަނޑުހަނޑޫ ދޭން ބުނުމަކުން މިހާރު ނުހެއްލޭނެ: އިބުރޭ ރައްޔިތުންނަށް ބަނޑުހަނޑޫ ދޭން ބުނުމަކުން މިހާރު ނުހެއްލޭނެކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެއެވެ. މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލިމަންޓަރީ ގުރޫޕްގެ ނައިބު ލީޑަރުކަން ވެސް ކުރައްވާ އިބްރޭ މިހެން ވިދާޅުވީ ”އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައެވެ. މާލޭ ސިޓީގެ މޭޔަރުކަމަށް އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އާދަމް އާޒިމް ހޮވުމުން، އިބްރޭ ސަރުކާރަށް ”ވައްބަހުން ޖެއްސެވީ” އަންނަ ރޯދަމަހު ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް 10 ކިލޯގެ ހަނޑޫ ބަސްތާއަކާއި ފުށް ބ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ 15 މާރިޗްގެ ކުރިން އިންޑިޔާގެ ސިފައިން ގެންދަން އެދިއްޖެ އަންނަ މާރިޗް މަހުގެ 15ގެ ކުރިން ރާއްޖޭގައި ތިބި އިންޑިޔާގެ ސިފައިން އަނބުރާ އެ ޤައުމަށް ގެންގޮސް ނިންމުމަށް ދިވެހި ސަރުކާރުގެ ފަރާތުން އިންޑިއާ ސަރުކާރުގައި އެދިއްޖެއެވެ. މިކަން ހާމަކުރެއްވީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ނިންމުންތައް ހާމަކުރަން ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބުދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ، ރާއްޖޭގައި... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހޯރަފުށީ ޑަބްލިއުޑީސީގެ ލޯގޯ ފަރުމާކޮށްދޭނެ ފަރާތެއް ހޯދަނީ ތިލަދުންމަތީ އުތުރުބުރީ ހޯރަފުށި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ލޯގޯ ފަރުމާކޮށްދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފިއެވެ. މި މުބާރާތަށް ހުށަހަޅާ ލޯގޯގައި އަންހެނުންގެ ތަރައްގީއާއި ހޯރަފުށި ރަމްޒުކޮށްދޭން ޖެހެއެވެ. އަދި މީގެއިތުރުން އެ ރަށަށް ހާއްސަ ކަމެއް ނުވަތަ ކަންތައްތަކެއް ނުވަތަ އެ ރަށުގެ ސަގާފަތެއް ނުވަތަ އެ ރަށުގެ ތާރީހް ހިމަނަން ޖެހެއެވެ. ހުށަހަޅާ ލޯގޯތަކުގެ ތެރެއިން އެ ކޮމެޓީން ފާސްކުރާ ލޯގޯ ފަރުމާކުރާ ފަރާތަށް 5000 (ފަސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ކުޅިވަރު ވީނީގެ ހެޓްރިކުން ބާސާ ބަލިކޮށް ރެއާލުން ސްޕަ ކަޕް ކާމިޔާބުކޮށްފި ސްޕެނިޝް ސްޕަ ކަޕް ފައިނަލުގައި ބާސެލޯނާ ބަލިކޮށް ރެއާލް މެޑްރިޑުން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ. ރެއާލަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިން ކްރިސްޓިއާނޯ ރޮނާލްޑޯ މިހާރު ކުޅެމުން އަންނަ ސައުދީގެ އަލް ނަސްރުގެ ދަނޑުގި ރޭ ކުޅުން ފައިނަލް މެޗު ރެއާލުން ކާމިޔާބު ކޮށްފައި ވަނީ 4-1 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ. މިއީ ރެއާލުން ސްޕެނިޝް ސްޕަކަޕް ކާމިޔާބުކުރި 13 ވަނަ ފަހަރެވެ. މި މުބާރާތް އެންމެ ގިނައިން ކާމިޔާބު ކޮށްފައި ވަނީ ބާސާއިންނެވެ. އެ ޓީމުން […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ ހަ ބިލިއަން ރުފިޔާ ހޯދަން ކޮރެލް ބޮލެވާޑުން ދައުލަތާ ދެކޮޅަށް ދައުވާކޮށްފި ރަސްފަންނު ކުރިމަތީގައި ރެސިޑެންޝަލް ކޮމްޕްލެކްސްއެއް އަޅަން ކޮރެލް ބޮލެވާޑަށް ދިން ބިން އަތުލި މައްސަލާގައި ގެއްލުމުގެ ބަދަލުގައި 426 މިލިއަން ޑޮލަރު (6.5 ބިލިއަން ރުފިޔާ) ހޯދަން އެ ކުންފުނިން ދައުވާކޮށްފި އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ކޮރެލް ބޮލެވާޑަށް ރަސްފަންނު ކުރިމަތިން ދިން ބިން އަތުލުމަށްފަހު ހުޅުމާލެއިން އެ ކުންފުންޏަށް ބިމެއް ދޭން ނިންމީ ކުރީގެ ސަރުކާރުގައި 2019 ވަނަ އަހަރު އެވެ. އެ މައްސަލާގައި ކޮރެލް ބޮލެވާޑް […] ހުސައިން ހަބީބް · 2 އަހަރު ކުރިން
ޚަބަރު ''އެއާ އެމްބިއުލާންސްގެ ޚިދުމަތް މާރިޗް 1 ގައި ފެށޭނެ، ތައިލެންޑާއި ހަމައަށް ވިޔަސް ބަލިމީހުން ގެންދެވޭނެ'' ރާއްޖޭގައި އަލަށް ތަޢާރުފްކުރާ އެއާ އެމްބިއުލާންސްގެ ޚިދުމަތް އަންނަ މާރިޗް މަހުގެ 1 ގައި ފެށޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، 17 ނޮވެމްބަރު 2023ގައި ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ފުރަތަމަ ކުރެއްވި ފުރައްމާނަ ދަތުރުފުޅުގައި ޗައިނާ އަށް ވަޑައިގަތުމަށްފަހު އިއްޔެ މާލެ ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ. ޗައިނާގެ ރައީސް ޝީ ޖިންގްޕިންގެ ދަޢުވަތަަކަށް މިމަހުގެ 7 އިން 13 އަށް... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ އަޅުގަނޑު ވާނީ އެންމެންގެ މޭޔަރަކަށް: އާޒިމް އޭނާ ވާނީ އެންމެންގެ މޭޔަރަކަށް ކަމަށް މާލެ ސިޓީގެ އިންތިހާބީ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެއެވެ. އާޒިމް “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލެ ސިޓީގެ މޭޔަރު ކަމަށް އޭނާ އަށް އިތުބާރު ކުރައްވައި އިންތިހާބު ކާމިޔާބުކޮށް ދެއްވީތީ ޝުކުރު ދަންނަވާ ކަމަށެވެ. އަދި އެއްވެސް މީހަކު ތަފާތުނުކޮށް އޭނާ ވާނީ އެންމެންގެ މޭޔަރަކަށް ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ. Male’ City Mayor kamah alhugandah ithubaaru kuravvaa, inthihaab kodhdhevveethee shukuru […] މުޙައްމަދު · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށީގައި ބާއްވާ ފޮތިކޮތަޅު ފަހަން ދަސްކޮށްދޭ ކޯހުގައި ބައިވެރިވާން ހުޅުވާލައިފި ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށި ސިޓީގައި ބާއްވާ ފޮތިކޮތަޅު ފަހަން ދަސްކޮށްދޭ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ކޯހުން ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ ފަހަން ދަންނަ 30 ފަރާތަކަށެވެ. މި ކޯސް ކުރިއަށް ގެންދަން ރާވާފައި ވަނީ މި މަހުގެ 18 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށެވެ. ކްލާސްތައް ކުރިއަށް ގެންދަން ރާވާފައި ވަނީ ރޭގަނޑު 20:30 އިން 22:30 އަށް، އެންއޯސީ ހޯލުގައެވެ. މި ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ އިންޑިއާ ސިފައިން ފޮނުވާލުމުގެ ރަސްމީ ވާހަކަތައް ފަށައިފި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަށް ދެ ޤައުމުގެ ދެމެދުގައި ބާއްވާ ރަސްމީވާހަކަތައް މިއަދު ފަށައިފިއެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދަން އެގައުމުން އެއްބަސްވެފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ޢިއުލާންކުރެއްވީ އެކުވެރި އިމާރާތް، ޔުނައިޓެޑް އެރެބް އެމިރޭޓްސް، (ޔޫއޭއީ)އަށް ކުރެއްވި ދަތުރުފުޅަށްފަހު 3 ޑިސެމްބަރު 2023 ގައި މާލެ ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ވިޔަފާރި އެންމެ ހޫނު ގަދަ ދުވަސްވަރު މެދުނުކެނޑި ކަރަންޓް ދޭން ދެ ޖަނަރޭޓަރު ސެޓް ގެނެސްފި މި އަހަރުގެ އެންމެ ހޫނު ދުވަސްވަރު، މެދުނުކެނޑި ކަރަންޓުގެ ޙިދުމަތް ފޯރުކޮށްދިނުމަށް ސްޓެލްކޯއިން ދެ ޖަނަރޭޓަރު ސެޓު ގެނެސްފިއެވެ. ސްޓެލްކޯއިން ބުނީ މި އަހަރުގެ ހޫނު މޫސުމަށް ތައްޔާރުވުމަށްޓަކައި، ގެންނަން ހަމަޖެހިފައިވާ ޖެނަރޭޓަރު ސެޓްތަކުގެ ތެރެއިން 1.6 މެގަވޮޓްގެ ދެ ހައިސްޕީޑް ކޮންޓެއިނާ ޖަނަރޭޓަރު ސެޓް އިއްޔެ ރާއްޖެ ގެނެވިފައިވާ ކަމަށެވެ. މިހާރު އެ ޖަނަރޭޓަރު ސެޓްތައް ބެހެއްޓުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އިތުރު ދެ ޖަަނަރޭޓަރު ސެޓު ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަަމަށްވެސް ސްޓެލްކޯއ... އަޙްމަދު ވަހީދު · 2 އަހަރު ކުރިން
ރާއްޖެ ބަލިވީ މަސައްކަތް ނުކުރެވިގެން، ހިދުމަތް ނުކޮށްދެވިގެނެއް ނޫން: ޕީއެންސީ މާލެ ސިޓީގެ މޭޔަރަކު އިންތިހާބު ކުރުމަށް ބޭއްވި ބައި އިލެކްޝަން ކާމިޔާބު ނުކުރެވުނީ މަސައްކަތް ނުކުރެވިގެން ކަމަށާއި ހިދުމަތް ނުކޮށްދެވިގެން ނޫން ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެއެވެ. ޕީއެންސީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމް/ޕީއެންސީ އަށް ސަރުކާރު ލިބި، ސަރުކާރު އެކުލަވާލުމުގެ މަސައްކަތުގައި އުޅެން ޖެހުމުން އިންތިހާބަށް ދޭންވާ ސަމާލުކަން ނުދެވުނު ކަމަށެވެ. އިއްޔެގެ އިންތިހާބަކީ ލިބުނު ފިލާވަ... މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ ރައްޔިތުންނަށް ފެންވަރުރަނގަޅު ބޭސް ފޯރުކޮށްދިނުމަށް ޔޫރަޕުންނާއި އެމެރިކާއިން ބޭސް އެތެރެކުރާނަން: ރައީސް ރާއްޖެއަށް އާދައިގެ ބޭސް ގެނައުން ނިމުމަކަށް ގެނެސް ރައްޔިތުންނަށް ފެންވަރުރަނގަޅު ބޭސް ފޯރުކޮށްދިނުމަށް ޔޫރަޕުންނާއި އެމެރިކާއިން ބޭސް އެތެރެކުރާގޮތައް ކަންކަން އިންތިޒާމު ކުރައްވާނެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، މިމަހުގެ 7 އިން 13 އަށް ޗައިނާ އަށް ކުރެއްވި ފުރަންމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އިއްޔެ ރާއްޖެވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ. ރައީސް ވިދާޅުވީ، ރާއްޖެއަށް އާދައިގެ ބޭސް... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ބައި އިލެކްޝަންތަކުގެ ނަތީޖާ: ގިނަ ގޮނޑި ހޯދީ ޕީއެންސީން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއްޔެ ބޭއްވި ބައި އިލެކްޝަންގައި އެންމެ ގިނަ ގޮނޑި ހޯދި ޕާޓީއަކަށް ވެރިކަން ކުރާ ޕީއެންސީވެއްޖެއެވެ. އީސީން އިއްޔެ ވަނީ ޖުމްލަ ހަތަރު ބައި އިލެކްޝަނެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން އެންމެ ބޮޑު ޝައުގެއް އަދި ވާދަވެރިކަމެއް އުފެދިގެން އައި ބައި އިލެކްޝަނަކަށްވީ މާލޭގެ މޭޔަރު ކަމަށް ބޭފުޅަކު އިންތިހާބު ކުރުމަށް ބޭއްވި ބައި އިލެކްޝަނެވެ. މި ބައި އިލެކްޝަންގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ ހެންވޭރު ދެކުނު ދާއިރާ އާއި […] މުޙައްމަދު · 2 އަހަރު ކުރިން