ކީރިތި ޤުރްއާނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމާއި މުރާޖަޢާ ޕްރޮގްރާމްގައި ބައިވެރިވާން ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ރޭ ހުޅުވައިލައިފިއެވެ.

ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ރޭ ކުރި ޢިއުލާނެއްގައި ބުނެފައިވަނީ، އިސްލާމީކަންތައްތަކާބެހޭ ވުޒާރާއާއި ގުޅިގެން އެ މަރުކަޒުގެ ފަރާތުން ޤުރްއާނަށް އަހުލުވެރި ކުރުމުގެ ޕްރޮގްރާމް ތަކެއް ފެށުމަށް ނިންމާފައިވާތީ، އެ ޕްރޮގްރާމްތަކުގައި ބައިވެރިވާން ހުޅުވާލާކަމަށެވެ.

Ad
rt

މިގޮތުން އެ މަރުކަޒާއި، އިސްލާމީކަންތައްތަކާބެހޭ ވުޒާރާ ގުޅިގެން ކުރިއަށް ގެންދަން ހުޅުވާލާފައި ވަނީ ބަލައިގެން ކިޔެވުމަށް އަހުލުވެރި ކުރުވުމާއި، ހާފިޒުންނަށް އަމާޒުކޮށްގެން މުރާޖަޢާކުރުމުގެ ޕްރޮގްރާމެވެ.

މިޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު 15 ޖަނަވަރީ 2024 އިން ފެށިގެން ހުޅުވާލާފައިވާއިރު، މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފޯމު 15 ޖަނަވަރީ 2024 އިން ފެށިގެން އެ މަރުކަޒުގެ ވެބްސައިޓު (www.nchq.gov.mv) އިން ލިބެންހުންނާނެކަމަށް އެ މަރުކަޒުން ބުނެއެވެ.

މި ޕްރޮގްރާމްތައް ފެށުމަށް ހަމަޖެހިފައިވަނީ 24 ޖަނަވަރީ 2024 ގައެވެ. އަދި ނިންމުމަށް އަމާޒުކޮށްފައި ވަނީ 8 އޭޕްރީލް 2024 އެވެ.

މިކަމަށް އެދޭ ފަރާތްތަކުން އެކަމަށް ޚާއްޞަކޮށްފައިވާ ފޯމު މެދުވެރިކޮށް ނުވަތަ އެތަނުގެ އީމެއިލް application@nchq.gov.mv މެދުވެރިކޮށް ހުށަހެޅުމަށް އެ މަރުކަޒުން ވަނީ އެދިފައެވެ.

މި ކަމާ ގުޅިގެން އިތުރު މައުލޫމާތު ބޭނުންވާނަމަ ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ނަންބަރު 3019328 ފޯނަށް ގުޅުމަށް އެ މަރުކަޒުން ވަނީ އެދިފައެވެ.

ފޯމުތައް: