📍 ށ. ކަނޑިތީމު
ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް ''ވިޒިޓް ކަނޑިތީމު'' އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާހުކޮށްފި
ށ. ކަނޑިތީމުގެ ލޯކަލް ޓޫރިޒަމް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވައި، ރަށުގެ އިގްތިސާދީ ތަރައްގީއަށް އަމާޒުކޮށްގެން ހިންގާ މުހިންމު ހަރަކާތެއް ކަމަށްވާ “ވިޒިޓް ކަނޑިތީމު” އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. މި މަޝްރޫއަކީ މުޖުތަމައު އިސްނަގައިގެން، ރަށުގެ އިގްތިސާދީ ބާރުވެރިކަން އިތުރުކުރުމަށާއި ޒަމާނީ ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ފަތުރުވެރިކަން ކުރިއެރުވުމަށް ފެށި މަސައްކަތެކެވެ. ކަނޑިތީމު ކައުންސިލް އިދާރާގެ ހޯލާއި އޮންލައިންކޮށް ގުޅާލައިގެން ހައިބްރިޑް ފޯމެޓެއްގައި ބޭއްވި މި...