📍 ށ. ކަނޑިތީމު
ކަނޑިތީމުގެ 12 މަގެއްގައި ތާރުއަޅަނީ
ޒަމާނީ ފެންވަރަށް ރަށުގެ މަގުތައް ތަރައްޤީކުރުމަށް ސަރުކާރުން ހުށަހެޅި މަޝްރޫޢުގެ ދަށުން، ރައްޔިތުންގެ މަޝްވަރާއާއެކު މަގުތަކުގައި ތާރު އަޅައިގެން ތަރައްޤީކުރުމަށް، ށ. ކަނޑިތީމު ކައުންސިލުން ނިންމައިފިއެވެ. ކަނޑިތީމު ކައުންސިލްގެ ރައީސް އިބްރާހީމް ނަޒްމީ “ތިލަދުން”އަށް ވިދާޅުވީ މަގުތައް ހެދުމަށް ސަރުކާރުން މައިގަނޑު ތިން ގޮތެއް ހުށަހެޅިކަމަށެވެ. އެއީ ތާރުއެޅުމާއި، ގާ އެތުރުމުގެ އިތުރުން ވެލިން މަގުތައް ހެދުމެވެ. ނަމަވެސް ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބޭއްވި މަޝްވަރާތަކުގައި ގިނަ ރައްޔިތުން އެދިފަ...