މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހދ. އަތޮޅު (ތިލަދުންމަތީ ދެކުނުބުރި) (3,879 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
3,879 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހދ. އަތޮޅުގެ ޚަބަރުތައް

3879 ޚަބަރުގެ ތެރެއިން
ގޯލްޑަން ފުޓްސަލް ޗެލެންޖު: މަކުނުދުއާ ނެއްލައިދޫ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެ 📍 ހދ. ނެއްލައިދޫ

ގޯލްޑަން ފުޓްސަލް ޗެލެންޖު: މަކުނުދުއާ ނެއްލައިދޫ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެ

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ހދ. އަތޮޅު ބުރުގައި މަކުނުދޫ އާއި ނެއްލައިދޫ ބައްދަލުކުރި މެޗުން އެއްވަރުވެގެން ނިމިއްޖެއެވެ. ގްރޫޕް ދޭއްގައި ރޭ މި ދެ ޓީމުން ބައްދަލުކުރި މެޗު އެއްވަރުވީ3-3 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި މަކުނުދޫގެ ލަނޑުތައް ޖަހައިދިނީ ނުހާދު ފައުޒީ އާއި މުހައްމަދު އަޝްފާގް އެވެ. އެ ޓީމުގެ ތިން ވަނަ ލަނޑަކީ ނެއްލައިދޫގެ އަލީ ހަސަން އަތުން ބައިކޮޅަށް ވަތް ލަނޑެވެ. ނެއްލަދޫއިން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖަހައިިދިނީ މެޗުގެ މޮޅު […]

އަފްރާހް އަބްދުލް ރަޝީދު
📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ބާއްވާ އެންމެ ބޮޑު ޓްރޭޑް ފެއަރގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ހދ. ކުޅުދުއްފުށީގައި ކޮންމެ އަހަރުވެސް ބާއްވާ އެންމެ ބޮޑު ވިޔަފާރިވެރިންގެ ފެއަރ ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. ޖަލާލުއްދީން ސްކޫލުގެ ޕީޓީއޭގެ ފަރާތުން އިންތިޒާމްކުރާ މި ޓްރޭޑް ފެއަރ މިއަހަރު ބާއްވަން ނިންމާފައިވަނީ ނޮވެމްބަރު 28 އިން ޑިސެމްބަރު 2 އަކަށް ޖަލާލުއްދީން ސްކޫލުގަ އެވެ. މި ފެއަރގައި ބައިވެރިވުމުގެ އެންމެ ފަހު ތަރީހަކީ އަންނަ މަހުގެ 18 ގެ ނިލަޔަށެވެ. ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އެސްކޫލުގެ ނަމްބަރު 6528869 ގުޅުއްވާ ނަންނޯޓްކުރުމަށް އެ ސްކޫލުން […]

އަފްރާހް އަބްދުލް ރަޝީދު
ކުޅުދުއްފުށީ ހޮސްޕިޓަލުގެ ޑޮކްޓަރުން، ވައިކަރަދޫގައި ބަލިމީހުން ބަލަނީ 📍 ހދ. ވައިކަރަދޫ

ކުޅުދުއްފުށީ ހޮސްޕިޓަލުގެ ޑޮކްޓަރުން، ވައިކަރަދޫގައި ބަލިމީހުން ބަލަނީ

ހދ. އަތޮޅު ހެލްތު ސާވިސަސްގެ އައުޓްރީޗް ޕްރޮގުރާމުގެ ދަށުން، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މަސައްކަތް ކުރާ ދެ ޑޮކްޓަރަކު، ހދ. ވައިކަރަދޫ ސިއްހީ މަރުކަޒުގައި ބަލިމީހުން ބަލާގޮތަށް ހަމަޖެހިއްޖެއެވެ. ވައިކަރަދޫ ސިއްހީ މަރުކަޒުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި ހަފްތާގެ ބުދަ ދުވަހު، ކުޅުދުއްފުށީ ހޮސްޕިޓަލުގެ އަންހެނުންގެ ހާއްސަ ޑޮކްޓަރު، ޑރ. ނެހާ އާއި އެތެރެހަށީގެ ހާއްސަ ޑޮކްޓަރު، ޑރ. ޕްރަމޯދު އެމަރުކަޒުގައި ބަލި މީހުން ބަލާނެއެވެ. އެގޮތުން އަންހެނުންގެ ހާއްސަ ޑޮކްޓަރު 35 ބަލިމީހުން...

Thiladhun
އަމީރު އަމީން ސްކޫލުގައި އޯނަމް ފާހަގަކުރިކަން ކުޅުދުއްފުށީ ކައުންސިލުން ދޮގުކޮށްފި 📍 ހދ. ކުޅުދުއްފުށި

އަމީރު އަމީން ސްކޫލުގައި އޯނަމް ފާހަގަކުރިކަން ކުޅުދުއްފުށީ ކައުންސިލުން ދޮގުކޮށްފި

ކުޅުދުއްފުށީ ކައުންސިލުން ހިންގަމުން އަންނަ ޕްލޭސްކޫލު، އަމީރު އަމީން ސްކޫލުގެ ގޯތިތެރޭގައި، އިންޑިޔާގެ ކެރެލާގައި ފާހަގަކުރާ ދީނީ އިހުތިފާލެއްކަމުގައިވާ “އޯނަމް” ފާހަގަކުރިކަމަށް، އިސްލާމިކް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ އަލީ އާދަމް ވިދާޅުވި ވިދާޅުވުން އެކައުންސިލުން ދޮގުކޮށްފިއެވެ. އެކައުންސިލުގެ ފަސް މެންބަރުން ސޮއިކުރައްވާ މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެފަދަ ދީނާ ޚިލާފު އެއްވެސް ކަމެއް އަމީރު އަމީން ސްކޫލުގައި ހިނގާފައި ނުވާކަމަށެވެ. އަދި ސްކޫލާ ބެހޭގޮތުން އެކި ފަރ...

Thiladhun
📍 ހދ. ހަނިމާދޫ

ލޯންޗު ބަންޑުން ޖަހާލި ހާދިސާ ހިނގި ސަރަހައްދުން ފޮއްޓެއް ފެނިއްޖެ

ހދ. ނޮޅިވަރަންފަރުން ފުރައިގެން އެ އަތޮޅު ހަނިމާދުއަށް ދަތުރުކުރަނިކޮށް ލޯންޗެއް ބަނޑުން ޖަހާލައި ފަސް މީހުން ނިޔާވި ހާދިސާ ހިނގި ސަރަހައްދުން ލަގެޖް ފޮއްޓެއް ފެނިއްޖެއެވެ. ހަނިމާދޫ ޒުވާނަކު ރޭ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ލޯންޗު ބަންޑުން ޖަހާލި ސަރަހައްދުގައި ފީނަން އުޅެނިކޮށް ފޮއްޓެއް ފެނިފައިވާ ކަމަށެވެ. އަދި އަމާނަތްތެރިކަމާއެކު ފޮއްޓަށް އެއްވެސް ގެއްލުމެއްނުދީ މިހާރު އެ ފޮށި ވަނީ ހަނިމާދޫ ފުލުހުންނާއި ހަވާލު ކުރެވިފައި ކަމަށް އޭނާ ބުނެފައިވެއެވެ. މި ފޮއްޓަކީ ލޯންޗުން ދަތުރުކު...

އަފްރާހް އަބްދުލް ރަޝީދު
📍 ހދ. ނޭކުރެންދޫ

އެމްއައިބީގެ 5000 ހިއްސާ ނޭކުރެންދޫ ކައުންސިލުން ގަނެފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ފަސް ހާސް ހިއްސާ ނޭކުރެންދޫ ކައުންސިލުން ގަނެފިއެވެ. އިސްލާމިކް ބޭންކްގެ ހިއްސާ ގަތުމަށް ކައުންސިލުން ނިންމާފައިވަނީ ކައުންސިލުގެ 2019 ވަނަ އަހަރުގެ 13 ވަނަ އާއްމު ބައްދަލުވުމުން ކައުންސިލްގެ 3 މެމްބަރުންގެ އިއްތިފާޤުންނެވެ. ނޭކުރެންދޫ ކައުންސިލުން އިސްލާމިކް ބޭންކްގެ ކުޅުދުއްފުށި ބްރާންޗް މެދުވެރިކޮށް 35 ރުފިޔާގެ ރޭޓުން އެއްލައްކަ ހަތްދިހަ ފަސްހާސް ރުފިޔާގެ ހިއްސާ ގަނެފައިވަނީ 16 ސެޕްޓެމްބަރ 2019 ވީ ހޯމަދުވަހުއެވެ. ކައުންސިލްގެ ފަރާތުން ހިއްސާ ބައްލަވ...

އިބްރާހިމް އަސްވާޤް
📍 ހދ. ނައިވާދޫ

ގޯލްޑަން ފުޓްސަލް: ނޭކުރެންދޫ މޮޅުވިއިރު، ނޮޅިވަރަންފަރު - ނައިވާދޫ މެޗު ވީ އެއްވަރު

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ހދ. އަތޮޅުބުރުގެ ގްރޫޕް އެކެއްގެ ފުރަތަމަ މެޗު ފަސޭހަ ކަމާއެކު ނޭކުރެންދޫ ކާމިޔާބުކުރިއިރު، ނޮޅިވަރަންފަރާއި ނައިވާދޫ ބައްދަލުކުރި މެޗުން އެއްވަރުވެގެން ނިމިއްޖެއެވެ. ގްރޫޕް އެކެއްގެ ފުރަތަމަ މެޗު ނޭކުރެންދޫއިން ކާމިޔާބުކުރީ ކުމުންދާއާ ވާދަކޮށް 1-4 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ނޭކުރެންދޫގެ ލަނޑުތައް ޖަހައިދިނީ ވިލްފް، ނަޝްވާން، އާއްކޮ އަދި އިފާޒްއެވެ. ކުމުންދޫގެ ހަމައެކަނި ލަނޑު ޖަހައިދިނީ އާދަމް އަބްދުﷲ އެވެ. ގްރޫޕް އެކެއްގެ ދެވަނަ މެޗުގައި ނޮޅިވަރަންފަރާއި ނައި...

އަފްރާހް އަބްދުލް ރަޝީދު
ގޯލްޑެން ފުޓްސަލް: ހދ ގެ އެންމެ ތަޖުރިބާކާރު ކުޅުންތެރިން ނޭކުރެންދޫ ޓީމުގައި 📍 ހދ. ނޭކުރެންދޫ

ގޯލްޑެން ފުޓްސަލް: ހދ ގެ އެންމެ ތަޖުރިބާކާރު ކުޅުންތެރިން ނޭކުރެންދޫ ޓީމުގައި

މިރޭ ފަށަން ހަމަޖެހިފައިވަ ގޯލްޑެން ފުޓްސަލް މުބާރާތުގައި ހދ އަތޮޅުގެ އެންމެ ތަޖުރިބާކާރު ކުޅުންތެރިން ހިމެނެނީ ނޭކުރެންދޫ ޓީމުގައެވެ. އެގޮތުން މިފަހަރު ނޭކުރެންދޫ ޓީމްގެ ފޯވާޑްއަށް ކުޅޭ އަހްމަދު އިމާޒް އަކީ ރާއްޖޭގެ ގައުމީ ޓީމްއަށް ކުޅެފައިވާ ކުޅުންތެރިއެކެވެ. ގައުމީ ޓީމްއަށް ގޯލްމެޑަލް ހާސިލްކުރި މުބާރާތުގައި އަހްމަދު އިމާޒް އާއްކޮ ވަނީ ކުޅެފައެވެ. ރާއްޖޭގެ ބޮޑެތި ކުލަބްތަކުގެ މެދުތެރެ ބެލެހެއްޓުމުގައި ފާހަގަ ކޮށްލެވޭ އަލީ އިފާޒް އަކީވެސް ނޭކުރެންދޫ ޓީމުގައި ހިމެނޭ ކުޅުންތެރިއެކެވެ. އަލީ އިފާޒ...

އިބްރާހިމް އަސްވާޤް
📍 ހދ. ކުރިނބީ

ކުރިނބީ ފުޓްސަލް ދަނޑު ބޮޑުކޮށްދޭނެ ފަރާތެއް ހޯދަނީ

ހދ. ކުރިނބީ ފުޓްސަލް ދަނޑު ބޮޑުކޮށް ނުނިމިހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ. ކުރިނބީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 25 ވަނަ ދުވަހުގެ 10:30 ގައި ކައުންސިލްގެ އިދާރާއަށް ވަޑައިގަތް މައުލޫމާތު ސާފުކުރެއްވުން އެދޭ ކަމަށެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ އަންނަ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހުގެ 10:30 ގައި ކައުންސިލްގެ އިދާރާގައެވެ. އެ ކައުންސިލުން ބުނީ މައުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ […]

އަފްރާހް އަބްދުލް ރަޝީދު
📍 ހދ. ފިނޭ

ގުޅީފަޅު ބަނދަރު ކޮންސަލްޓެންސީއަށް އެއް މިލިއަން ޑޮލަރު

ގުޅިފަޅުގައި ތަރައްގީކުރާ އިންޓަނޭޝަނަލް ޕޯޓުގެ ކޮންސަލްޓެންސީ މަސައްކަތް އެއް މިލިއަން ޑޮލަރަށް ހަވާލުކޮށްފިއެވެ. ފިނޭންސް މިނިސްޓްރީ ބުނީ ކޮންސަލްޓެންސީ މަސައްކަތް ހަވާލުކޮށްފައިވަނީ ޑެންމާކާއި ހޮލެންޑުގެ ދެ ކޮންސަލްޓަންސީ ކުންފުންޏެއްގެ މައްޗަށް އެކުލެވޭ ޖޮއިންޓް ވެންޗާއަކަށް ކަމަށެވެ. އެއީ ޑެންމާކްގެ ކުންފުނި ނީރާސް އާއި ހޮލެންޑުގެ މެރިޓައިމް އެންޑް ޓްރާންސްޕޯޓު ބިޒްނަސް ކުންފުންޏަށެވެ. މި މަސައްކަތުގެ ސަބް ކޮންސަލްޓެންޓުންނަކީ ވޯޓާ ސޮލިއުޝަންސް އަދި ކްލެރިއަން މޯލްޑިވްސް އަދި ބީޗް ރޮކް ވެން...

އަފްރާހް އަބްދުލް ރަޝީދު
ކުމުންދޫއިން ކަރަންޓު ކެނޑޭ މައްސަލަ ހައްލުކުރުމަށް 200 ކިލޯ ވޯޓުގެ ޖަނަރޭޓަރެއް ގެންގޮސްފި 📍 ހދ. ކުމުންދޫ

ކުމުންދޫއިން ކަރަންޓު ކެނޑޭ މައްސަލަ ހައްލުކުރުމަށް 200 ކިލޯ ވޯޓުގެ ޖަނަރޭޓަރެއް ގެންގޮސްފި

އިންޖީނުތަކަށް މައްސަލަ ދިމާވެ، ހދ. ކުމުންދުއިން ކަރަންޓު ކެނޑޭ މައްސަލަ ހައްލުކުރުމަށް 200 ކިލޯވޯޓުގެ ޖަނަރޭޓަރެއް އެ ރަށަށް ގެންގޮސްފިއެވެ. ކުމުންދޫ ކައުންސިލް ރައީސް އަމީން މުހައްމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބުދަ ދުވަހު މި ޖަނަރޭޓަރު ކުމުންދުއަށް ގެންގޮސްފައިވާ ކަމަށެވެ. ކުމުންދޫ ރައްޔިތުންނަށް ކަރަންޓު ދިނުމަށް މިހާރު އެރަށު އިންޖީނުގޭގައި ބޭނުންކުރަމުންދަނީ ތިން އިންޖީނުކަމަށްވާއިރު، އެއީ 200 ކިލޯވޯޓް، 160 ކިލޯވޯޓް އަދި 104 ކިލޯވޯޓުގެ ތިން އިންޖީނުކަމަށް މަޢުލޫމާތުލިބެއެވެ. އަމީން ކު...

އަފްރާހް އަބްދުލް ރަޝީދު
📍 ހދ. ހަނިމާދޫ

2018 ވަނަ އަހަރު ހަނިމާދޫ ސްކޫލުން އެންމެ މޮޅު ދަރިވަރަކީ ފާތިމަތު ރިފްދާ

ހދ. ހަނިމާދޫ ސްކޫލުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ބާއްވައިފިއެވެ. 2018، އެކި ގޮތްގޮތުން ރަނގަޅު ނަތީޖާތައް ހޯދި ދަރިވަރުންނަށް އިނާމުދީ، އެކުންދިންގެ އަގުވަޒަންކުރުމަށް މި ޖަލްސާ ބާއްވާފައިވަނީ ރޭ، އެރަށު އިޖުތިމާއީ މަރުކަޒުގައެވެ. މި ޖަލްސާގައި، 2018 ވަނަ އަހަރު ހަނިމާދޫ ސްކޫލުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ ފާތިމަތު ރިފްދާއެވެ. ގްރޭޑް 10އޭގައި ކިޔެވި ރިފްދާ އަކީ ސްކޫލު ނިންމާ އިމްތިހާނުތަކުން، ސްކޫލު ފެންވަރުގައިވެސް އެންމެ މޮޅު އެއް ދަރިވަރެވެ. ރޭ […]

Thiladhun

ނޮޅިވަރަމުގެ މަގުތަކުގެ އީއައިއޭ ހަދާނެ ބަޔަކު ހޯދަނީ

ހދ. ނޮޅިވަރަމުން އަލަށް ދޫކުރުމަށް ހަމަޖެހިފައިވާ ގޯތިތަކާގުޅޭ މަގުމަގާއި ގޯޅިތަކުގެ އީއައިއޭ ހަދައިދޭނެ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން އިއުލާނުކޮށްފިއެވެ. ނޮޅިވަރަމު ކައުންސިލުން ކުރި އިއުލާނުގައި ވާގޮތުން އެރަށުން އަލަށް ދޫކުރަން ނިންމާފައިވާ ގޯތިތަކާގުޅޭ މަގުމަގާއި ގޯޅިތަކުގެ އީއައިއޭ ހަދައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 24 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:30 އަށް ކައުންސިލަށް ހާޒިރުވެ މައުލޫމާތު ސާފުކުރުމަށް ފަހު މިމަހުގެ 30 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30 އަށް އަންދާސީ ހިސ...

އަފްރާހް އަބްދުލް ރަޝީދު
📍 ހދ. ވައިކަރަދޫ

އާރުއޯ ފެން ޕްލާންޓުތައް ކުމުންދުއަށާއި ވައިކަރަދުއަށް ގެންގޮސްފި

ހދ. ކުމުންދޫ އާއި އެ އަތޮޅު ވައިކަރަދުގައި ބަހައްޓާ އާރުއޯ ފެން ޕްލާންޓުތައް އެ ދެ ރަށަށް ގެންގޮސްފިއެވެ. މި ދެ ރަށުގައި އާރުއޯ ފެން ޕްލާންޓު ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މި އަހަރުގެ ކުރީ ކޮޅުގައެވެ. އޯޕިޑްގެ ލޯނު އެހީ އާއި ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން ބަހައްޓާ މި ފެން ޕްލާންޓުތަކުގެ އިތުރުން ސްޓޯރޭޖް ޓޭންކް ބެހެއްޓުމާއި އިސްކުރު ބަރިން އާންމުންނަށް ފެން ދޫކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ. […]

އަފްރާހް އަބްދުލް ރަޝީދު